Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޗެއަރޕަރސަން އިންތިޚާބު

އެމްޑީޕީ މިއަދު ހޭލައިފި، ޕާޓީގެ ވިސްނުން ބަދަލުވާތަން ފެނޭ: މާރިޔާ

އެމްޑީޕީގެ ޗެއަރޕަރސަން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ގެނައުމަށް ތާއީދު ހޯދުމަށް ބޭއްވި ޖަލްސާގައި، މާރިޔާ އަހުމަދު ދީދީ ވިދާޅުވީ ގައުމުގެ ހާލަތު މިހާރު އޮތް ގޮތުން ޕާޓީގެ ހުންގާނު ޒުވާނަކާ ހަވާލުކުރުމުގެ ބަދަލުގައި ބޭނުންވަނީ ތަޖުރިބާކާރު ލީޑަރެއް ކަމަށް. މި ވަގުތަކީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ގެއްލެމުންދާ ބިރުވެރި ދަނޑިވަޅެއްކަން ފާހަގަކުރައްވައި، ރައީސް ޑރ. މުއިއްޒުގެ ސަރުކާރު ބަދަލުކުރުމަށްޓަކައި ޕާޓީގެ އިސް ސަފަށް ރައީސް ނަޝީދު ގެނައުން މުހިންމު ކަމަށް އޭނާ ވިދާޅުވި.

ނަޒާހަތު އިބްރާހިމް
ނަޒާހަތު އިބްރާހިމް | 22 މެއި 2026 | ހުކުރު 08:46
އެމްޑީޕީގެ ކުރީގެ ޗެއަރޕަރސަން މާރިޔާ އަހުމަދު ދީދީ "ބޮޑު ބަދަލު" ޖަލްސާގައި ވާހަކަދައްކަވަނީ

އެމްޑީޕީގެ ކުރީގެ ޗެއަރޕަރސަން މާރިޔާ އަހުމަދު ދީދީ "ބޮޑު ބަދަލު" ޖަލްސާގައި ވާހަކަދައްކަވަނީ | ރާއްޖެ އެމްވީ

އެމްޑީޕީ މިއަދު ހޭލާފައިވާ ކަމަށާއި ޕާޓީގެ ވިސްނުން ބަދަލުވާތަން ފެންނަމުންދާ ކަމަށް އެމްޑީޕީގެ ކުރީގެ ޗެއަރޕަރސަން މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.

އޭނާ އެފަދައިން ވިދާޅުވީ އެމްޑީޕީގެ ޗެއަރޕަރސަން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ގެނައުމަށް ތާއީދު ހޯދުމަށް ކުރިއަށް ގެންދާ "ބޮޑު ބަދަލު" ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

Advertisement - newsAdvertisement

މާރިޔާ ވިދާޅުވީ ޕާޓީގެ ކަންކަން ދަށް ވެގެން ދިޔަ ދަނޑިވަޅެއް ދިޔަ ކަމަށެވެ. މިއަދު ޕާޓީ އަލުން އިތުރަށް ހަރަކާތްތެރިވާ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ. މިއަދު ގައުމުގައި ޚިޔާލުފާޅުކުރުމާއި އެހެނިހެން ހައްގުތައް ވަރަށް ބޮޑަށް ގެއްލެމުންދާ ކަމަށާއި އެކަންކަން ރަނގަޅު ކުރެވޭނީ ވަރަށް ރަނގަޅު ތަޖުރިބާ ހުރި ބަޔަކު ޕާޓީގެ ހުންގާނާއި ހަވާލުވެގެން ކަމަށް މާރިޔާ ވަނީ ވިދާޅުވެފަ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަން ބަދަލު ކުރެވޭނީ ތަޖުރިބާ ހުރި ބަޔަކު ޕާޓީގައި އިސްކޮށް މަސައްކަތް ކޮށްގެން ކަމަށާއި އެއީ ފަސޭހަ ކަމަކަށް ނުވާނެ ކަމަށް މާރިޔާ ވިދާޅުވި އެވެ. އެމްޑީޕީ މުހިންމު މީހުން އެކަމާއި މެދު ވަރަށް ބޮޑަށް ވިސްނަން ޖެހޭ ކަމަށް މާރިޔާ ވަނީ ވިދާޅުވެފަ އެވެ.

އެމްޑީޕީގެ އާއްމު މެމްބަރުންނަކީ ގައުމުގެ ކަންކަން އިސްލާހުކުރުމަށް އަބަދުވެސް މަސައްކަތް ކުރާ ބައެއް ކަމަށް މާރިޔާ ސިފަކުރެއްވި އެވެ. ޕާޓީގެ ހުންގާނު ޒުވާނަކާއި ހަވާލުކުރަންވީ ވަގުތަކީ މިއީ ނޫން ކަމަށާއި މިއީ އެއަށް ވުރެ ބިރުވެރި ދަނޑިވަޅެއް ކަމަށް މާރިޔާ ވިދާޅުވި އެވެ.

"މި ވަގުތު ޕާޓީގެ އިސް ސަފަށް ބޭނުން ވަނީ ރައީސް ނަޝީދު. ޕާޓީ ބައިވެރިކޮށްގެން ޕާޓީގެ އާއްމު މެމްބަރުންނާއި އެކުވެގެން އެކަން ކުރެވޭނެ ބޭފުޅަކީ ރައީސް ނަޝީދު." މާރިޔާ ވިދާޅުވި އެވެ.

އެމްޑީޕީގެ ޗެއަރޕަރސަންގެ އިންތިޚާބު އޮންނާނީ އަންނަ ޖޫން މަހުގެ 12 ވަނަ ދުވަހު އެވެ.

އެމްޑީޕީާމާރިޔާ އަހުމަދު ދީދީ މުހައްމަދު ނަޝީދުބޮޑު ބަދަލުޑރ. މުޙައްމަދު މުޢިއްޒު

އިތުރަށް ކިޔާލަން

21 މެއި 2026

ރައީސް މުއިއްޒު އަކީ ބޭވަފާތެރި އެއް، ބޭވަފާތެރިކަމަކީ ދިވެހިން ބަލައިގަންނާނެ ކަމެއް ނޫން: ނަޝީދު

21 މެއި 2026
ރައީސް މުއިއްޒު އަކީ ބޭވަފާތެރި އެއް، ބޭވަފާތެރިކަމަކީ ދިވެހިން ބަލައިގަންނާނެ ކަމެއް ނޫން: ނަޝީދު
21 މެއި 2026

މިއަދު މިއޮތީ 20-30 އަހަރު ކުރިން ކުރި މަސައްކަތް އަލުން ކުރަން ޖެހޭ ހިސާބަށް ހައްގުތައް ގެއްލިފައި: ފައްޔާޒް

21 މެއި 2026
މިއަދު މިއޮތީ 20-30 އަހަރު ކުރިން ކުރި މަސައްކަތް އަލުން ކުރަން ޖެހޭ ހިސާބަށް ހައްގުތައް ގެއްލިފައި: ފައްޔާޒް
21 މެއި 2026

އެމްޑީޕީގެ ލީޑަރޝިޕް އިތުރު ޖީލަކަށް ނުދެވޭ ނަމަ އަނެއްކާ ވެސް ގެއްލެނީ އިތުރު އެއް ޖީލަށް ޕާޓީގެ ލީޑަރޝިޕަށް އައުމުގެ ފުރުސަތު: ރައީސް ސޯލިހު

21 މެއި 2026
އެމްޑީޕީގެ ލީޑަރޝިޕް އިތުރު ޖީލަކަށް ނުދެވޭ ނަމަ އަނެއްކާ ވެސް ގެއްލެނީ އިތުރު އެއް ޖީލަށް ޕާޓީގެ ލީޑަރޝިޕަށް އައުމުގެ ފުރުސަތު: ރައީސް ސޯލިހު
21 މެއި 2026

މީކާއިލް ޗެއަރޕަރސަންކަމަށް އައުމަކީ ޕާޓީ ރަނގަޅަށް ރުކުރުވާލަން ލިބޭ ފުރުސަތެއް: ނާޒިލް

21 މެއި 2026
މީކާއިލް ޗެއަރޕަރސަންކަމަށް އައުމަކީ ޕާޓީ ރަނގަޅަށް ރުކުރުވާލަން ލިބޭ ފުރުސަތެއް: ނާޒިލް
21 މެއި 2026

ސްޓާފް ސާޖަންޓު މަހުދީ ނިޔާވުން: އެ ދުވަހު ކަން ހިނގި ގޮތުގެ ހަގީގީ ވާހަކަތައް!

21 މެއި 2026
ސްޓާފް ސާޖަންޓު މަހުދީ ނިޔާވުން: އެ ދުވަހު ކަން ހިނގި ގޮތުގެ ހަގީގީ ވާހަކަތައް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު