Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކޯޓު އަމުރު ކޮންޓްރޯވާސީ

"ކޯޓުން ބޭރުގައި ހިނގާ ކަމަކަށް ކޯޓުގެ އަމިއްލަ އިސްނެގުމަށް އަމުރެއް ނެރެވިދާނެ ކަަމަށް ގަބޫލު ނުކުރެވޭ"

ކޯޓުން ބޭރުގައި ހިނގާ ކަންކަމާ ގުޅިގެން ކޯޓުގެ އަމިއްލަ އިސްނެގުމަށް އަމުރު ނެރުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ. "އަދަދު" ނޫހުގެ ޑޮކިއުމެންޓްރީއަކާ ގުޅިގެން ކްރިމިނަލް ކޯޓުން ނެރުނު އަމުރަށް ފާޑުވިދާޅުވަމުން ޖަމީލް ވިދާޅުވީ، ކޯޓުގެ ހުރުމަތް ރައްކާތެރިކުރުމުގެ އަމުރުތަކަކީ ހަމައެކަނި ކޯޓުގެ ތެރޭގައި ހިނގާ ކަންކަމަށް އޮންނަ އެއްޗެއް ކަމަށެވެ. އަދި މީހުންގެ މިނިވަންކަން ގެއްލޭ ގޮތަށް އާންމުކޮށް ހުޅުވާލައިގެން މިފަދަ އަމުރުތައް ނެރުމަކީ ގަވާއިދުތަކާ ޚިލާފު ކަމެއްކަން އޭނާ ފާހަގަކުރެއްވި.

ނަޒާހަތު އިބްރާހިމް
ނަޒާހަތު އިބްރާހިމް | 24 މެއި 2026 | އާދީއްތަ 14:56
ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލް އަހުމަދު

ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލް އަހުމަދު | ސްކްރީން އިމޭޖް

ކޯޓުން ބޭރުގައި ހިނގާ ކަމަކަށް ކޯޓުގެ އަމިއްލަ އިސްނެގުމަށް އަމުރެއް ނެރެވިދާނެ ކަަމަށް ގަބޫލު ނުކުރެވޭ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.

އޭނާ އެފަދައިން ވިދާޅުވީ ރާއްޖެޓީވީގެ ޓީވީ ޓޯކް ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.

Advertisement - newsAdvertisement

ކޯޓުގެ ހުރުމަތް ނަގާލުމުގެ ބަޔަކީ ނުވަތަ ގެގް އޯޑަރ އަކީ ކޯޓުގެ ތެރޭގައި ހިނގާ ކަންތައްތައް ހިފެހެއްޓުމަށް އޮންނަ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ. ދެން ޝަރީއަތުގެ މައްސަލައިގެ އަސްލު އޮޅޭ ގޮތަށް ރިޕޯޓް ކުރެވިފައިވާ ނަމަ ނުވަތަ ވަކި ގޮތަކަށް ވިސްނައިދިނުމަށް މަސައްކަތް ކުރާ ނަމަ އެފަދަ އަމުރެއް ނެރެވިދާނެ ކަމަށް ޖަމީލް ވިދާޅުވި އެވެ. 

ފަނޑިޔާރުންނާއި އިލްމުވެރިން ވެސް އެންމެ ދުވަހަކަށް ވެސް މީހުންގެ މިނިވަންކަން ގެއްލޭ ގޮތަށް އަމުރެއް ނެރުމާއި ޚިލާފު ކަމަށް ޖަމީލް ވަނީ ވިދާލުވެފަ އެވެ. މިއީ ދައުލަތަކުން އާއްމު ފަރުދަކާއި ދިމާއަށް އައުން ކަމަށް ވެސް ޖަމީލް ވިދާޅުވި އެވެ.

"އެކަން އެބަ އެނގޭ ގަވާއިދުން ވެސް. އެ ގަވާއިދުގައި ކޯޓުގައި ހިނގާ ކަމަކާއި މެދު ފަނޑިޔާރަށް އަމުރެއް ނެރެވިދާނެކަމަށް ބުނާ އިރު ކޯޓުން ބޭރުގައި ހިނގާ ކަމަކާ މެދު ދައުލަތުން ދައުވާ ކުރާ ގޮތަށް މި އޮންނަނީ. އަދި ވަރަށް ސްޕެސިފިކް ކޮށް ވަކި މީހަކަށް ނޫނީ ބަޔަކަށް މި އޮންނަނީ. އެ އޮންނަނީ އާއްމުކޮށް ހުޅުވާލެވިފަ އެއް ނޫން." ޖަމީލް ވިދާޅުވި އެވެ.

އަދަދު ނޫހުން ގެނެސްދިން އައިޝާ ޑޮކިއުމެންޓްރީގެ ވާހަކަ ސީދާކޮށް ވެސް ނުސީދާކޮށް ވެސް ދެއްކުން މަނާކޮށް "މުޅި ރާއްޖެ" އަށް ކްރިމިނަލް ކޯޓުން އަމުރެއް ނެރެފައި ވަނީ މޭއި މަހުގެ 10 ވަނަ ދުވަހު އެވެ.

މުހައްމަދު ޖަމީލު އަހުމަދުކްރިމިނަލް ކޯޓްއަދަދު ނޫސްއައިޝާ ޑޮކިއުމެންޓްރީ

އިތުރަށް ކިޔާލަން

24 މެއި 2026

ލީވާން އާއި ޝަހުޒާނަށް ކުރި ޙުކުމުގެ އިސްތިއުނާފު ހައިކޯޓުން ބަލައިގެންފި

24 މެއި 2026
ލީވާން އާއި ޝަހުޒާނަށް ކުރި ޙުކުމުގެ އިސްތިއުނާފު ހައިކޯޓުން ބަލައިގެންފި
23 މެއި 2026

ސިޔާސީ ގޮތުން މީހުން ޖަލަށް ލުމަށްފަހު ވެސް އެ ވިދާޅުވަނީ ސިޔާސީ ހައްޔަރީން ނެތް ކަމަށް!

23 މެއި 2026
ސިޔާސީ ގޮތުން މީހުން ޖަލަށް ލުމަށްފަހު ވެސް އެ ވިދާޅުވަނީ ސިޔާސީ ހައްޔަރީން ނެތް ކަމަށް!
22 މެއި 2026

ޖަލަށްލި ނޫސްވެރިޔާ ލީވާން ބަންދުގެ މުއްދަތު ހަމަވުމާ ގުޅިގެން މިނިވަންކޮށްފި

22 މެއި 2026
ޖަލަށްލި ނޫސްވެރިޔާ ލީވާން ބަންދުގެ މުއްދަތު ހަމަވުމާ ގުޅިގެން މިނިވަންކޮށްފި
21 މެއި 2026

ޝަމްއާނަށް ޙުކުމް ކުރުމުގެ އަޑުއެހުން ދިފާއުން އެދިގެން ކެންސަލްކޮށްފި

21 މެއި 2026
ޝަމްއާނަށް ޙުކުމް ކުރުމުގެ އަޑުއެހުން ދިފާއުން އެދިގެން ކެންސަލްކޮށްފި
20 މެއި 2026

ހިޔާލުފާޅުކުރުމުގެ މިނިވަންކަން ބޭނުންކުރުމުން ވަޒީފާއިން ވަކިކުރުމަކީ ބޭއިންސާފެއް، އެމްޑީޕީން އެފަރާތްތަކަށް އެހީވާނެ: މައުރޫފް

20 މެއި 2026
ހިޔާލުފާޅުކުރުމުގެ މިނިވަންކަން ބޭނުންކުރުމުން ވަޒީފާއިން ވަކިކުރުމަކީ ބޭއިންސާފެއް، އެމްޑީޕީން އެފަރާތްތަކަށް އެހީވާނެ: މައުރޫފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު