Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އައިޝާ ޑޮކިއުމަންޓްރީ

ލީވާން އާއި ޝަހުޒާނަށް ކުރި ޙުކުމުގެ އިސްތިއުނާފު ހައިކޯޓުން ބަލައިގެންފި

ކްރިމިނަލް ކޯޓުން ނެރުނު "ގެގް އޯޑަރާ" ޚިލާފުވި ކަމަށް ބުނެ އަދަދު ނޫހުގެ ދެ ނޫސްވެރިން ކަމަށްވާ މުހައްމަދު ޝަހުޒާނާއި ލީވާން އަލީ ނަސީރުގެ މައްޗަށް އިއްވި ޖަލު ހުކުމާއި ޖޫރިމަނާގެ މައްސަލަ ހައިކޯޓުގައި މިހާރު ވަނީ ރަޖިސްޓްރީކޮށްފައި. މި ދެ ނޫސްވެރިންނަށް ހުކުމް ކުރީ "އައިޝާ" ޑޮކިއުމެންޓްރީއާ ގުޅޭ ވާހަކަ ދެއްކުން މަނާކޮށްފައި ވަނިކޮށް އެ އަމުރާ ޚިލާފުވި ކަމަށް ނިންމައި، ގާނޫނީ އެހީތެރިކަން ހޯދަން އެކަށީގެންވާ ވަގުތު ނުދީ އަވަސް އަރުވާލައިގެން ބޭއްވި ޝަރީއަތެއްގައި.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 24 މެއި 2026 | އާދީއްތަ 07:05
ޖަލަށްލި އަދަދުގެ ދެ ނޫސްވެރިން ލީވާން އަލީ ނާސިރާއި، ޝަހުޒާން މުހައްމަދު

ޖަލަށްލި އަދަދުގެ ދެ ނޫސްވެރިން ލީވާން އަލީ ނާސިރާއި، ޝަހުޒާން މުހައްމަދު | އަދަދު

 

އަދަދު ނޫހުގެ ދެ ނޫސްވެރިންނަށް ކުރި ޖަލު ހުކުމާއި ޖޫރިމަނާގެ މައްސަލައިގެ އިސްތިއުނާފު ހައިކޯޓުން ބަލައިގަތުމަށް ނިންމައިފި އެވެ.

Advertisement - newsAdvertisement

މި މައްސަލައިގައި ހިމެނެނީ އަދަދު ނޫހުގެ ނޫސްވެރިން ކަމަށްވާ މުހައްމަދު ޝަހުޒާން އާއި ލީވާން އަލީ ނަސީރު އެވެ. ޝަހުޒާނާއި ލީވާން ކޯޓަށް ހާޒިރުކުރީ އެ ނޫހުން ގެނެސްދިން ޑޮކިއުމެންޓްރީގެ ވާހަކަ ސީދާކޮށް ވެސް ނުސީދާކޮށް ވެސް ދެއްކުން މަނާކޮށް ކްރިމިނަލް ކޯޓުން ރާއްޖޭގެ ހުރިހާ ރައްޔިތުންގެ މައްޗަށް "ގެގް އޯޑަރ" ނުވަތަ އަނގަ ބަންދުކުރުމުގެ އަމުރު ނެރެފައި އޮއްވާ އެ ވާހަކަ ދައްކާ ލިޔުނު ކަމަށް ބުނެ އެވެ. 

ގާނޫނީ އެހީތެރިކަން ހޯދަން އެކަށީގެންވާ ވަގުތު ނުދީ އަވަސް އަރުވާލައިގެން ބޭއްވި ޝަރީއަތެއްގައި އެ ދެ ނޫސްވެރިންނަށް ހުކުމް ކުރީ އަދަދުން ނެރުނު އައިޝާ ޑޮކިޔުމެންޓްރީގެ ވާހަކަދެއްކުން ހުއްޓުވުމަށް ކްރިމިނަލް ކޯޓުން ނެރުނު ގެގް އަމުރާ ހިލާފުވި ކަމަށް ނިންމައިގެންނެވެ.

މި މައްސަލައިގައި ލީވާނަށް އިއްވީ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެކެވެ. އޭގެ ތެރެއިން 10 ދުވަސް ޖަލުގައި ހޭދަކުރަން ޖެހޭނެ ކަމަށް ކަނޑައަޅައި ހުކުމުގެ ބާކީ ބައި ޖޫރިމަނާއަކަށް ބަދަލުކުރި އެވެ.  ޝަހުޒާނަށް ވެސް އިއްވީ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެކެވެ. އޭގެ ތެރެއިން 15 ދުވަސް ޖަލުގައި ހޭދަކުރަން ޖެހޭނެކަމަށް ކަނޑައަޅައި ބާކީ ބައި ޖޫރިމަނާއަށް ބަދަލުކުރި އެވެ.

އަދަދު ނޫހުން ގެނެސްދިން "އައިޝާ" ޑޮކިއުމެންޓްރީގެ މައްސަލައިގައ ކޯޓުން ވަކިގޮތެއް ކަނޑައަޅަންދެން ދަޢުވާ ކުރެވިފައިވާ ހާދިސާއާ (އައިޝާ ޑޮކިއުމެންޓްރީ) ގުޅުންހުރި ވީޑިއޯ ޑޮކިއުމަންޓަރީ މުޖުތަމަޢުގެ ތެރޭގައި ދައުރު ނުކުރުމަށާއި، މި ޑޮކިއުމަންޓަރީގައި ގެނަސްދީފައިވާ އެއްވެސް ވާހަކައެއް ސީދާ ގޮތުންނާއި ނުސީދާ ގޮތުންވިޔަސް ނުދެއްކުމަށާއި، ޝަރީޢަތަށް ހުށަހެޅިފައިވާ ޑޮކިއުމަންޓަރީ އާ ގުޅޭ މައްސަލައިގެ ޙަސްމަކާއި ނުވަތަ ކުށުގެ ޝިކާރައަށްވީ މީހާ ގެ އެއްވެސް ވާހަކައެއް ނުދެއްކުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ. 

ކްރިމިނަލް ކޯޓުގެ އަމުރުގައި ބުނެފައިވަނީ މިބާވަތުގެ މައްސަލަތަކަކީ ޤާނޫނު އަސާސީގެ 42 ވަނަ މާއްދާގެ (ނ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކުރާ މުޖްތަމަޢުގެ އަޚްލާޤީ އުސޫލުތައް ހިފެހެއްޓުމުގެ ގޮތުން، އާންމުކޮށް ހުޅުވާނުލައި ސިއްރު ކޮށްގެން ކުރިއަށް ގެންދެވޭނެ ޝަރީޢަތްތަކެއް ކަމުގައިވާއިރު، މައްސަލާގައި ހުށަހަޅާފައިވާ ލިޔުންތަކާއި ޝަރީޢަތާއި ގުޅުންހުރި މަޢުލޫމާތުތައް ނުފެތުރުމަށް އަމުރުކޮށް މިފަދަ ކޮންމެ ކަމަކީ ކޯޓުގެ ޙުރުމަތް ކެނޑުންކަމުގައި ބެލިދޭނެ އަމަލެއްކަމުގައި އަންގާ ކަމަށެވެ. 

ހައިކޯޓުގެ ވެބްސައިޓުން ދައްކާ ގޮތުގައި މި ދެ މައްސަލަ މިހާރު ވަނީ ރަޖިސްޓްރީ ކުރެވިފައެވެ.

އަދަދު ނޫސްމުހައްމަދު ޝަހުޒާންލީވާން އަލީ ނާސިރުކްރިމިނަލް ކޯޓްހައި ކޯޓުއައިޝާ ޑޮކިއުމެންޓްރީ

ކޮމެންޓް

އިތުރަށް ކިޔާލަން

ސިޔާސީ ގޮތުން މީހުން ޖަލަށް ލުމަށްފަހު ވެސް އެ ވިދާޅުވަނީ ސިޔާސީ ހައްޔަރީން ނެތް ކަމަށް!

ސިޔާސީ ގޮތުން މީހުން ޖަލަށް ލުމަށްފަހު ވެސް އެ ވިދާޅުވަނީ ސިޔާސީ ހައްޔަރީން ނެތް ކަމަށް!

23 މެއި 2026
ޖަލަށްލި ނޫސްވެރިޔާ ލީވާން ބަންދުގެ މުއްދަތު ހަމަވުމާ ގުޅިގެން މިނިވަންކޮށްފި

ޖަލަށްލި ނޫސްވެރިޔާ ލީވާން ބަންދުގެ މުއްދަތު ހަމަވުމާ ގުޅިގެން މިނިވަންކޮށްފި

22 މެއި 2026
ޝަމްއާނަށް ޙުކުމް ކުރުމުގެ އަޑުއެހުން ދިފާއުން އެދިގެން ކެންސަލްކޮށްފި

ޝަމްއާނަށް ޙުކުމް ކުރުމުގެ އަޑުއެހުން ދިފާއުން އެދިގެން ކެންސަލްކޮށްފި

21 މެއި 2026
ނޫސްވެރިންނަކީ ޤައުމުގެ މޫނުބަލާ ލޯގަނޑު، ޝަހުޒާންއާ ލީވާން ވަގުތުން ދޫކޮށްލާ: ޝާޒް

ނޫސްވެރިންނަކީ ޤައުމުގެ މޫނުބަލާ ލޯގަނޑު، ޝަހުޒާންއާ ލީވާން ވަގުތުން ދޫކޮށްލާ: ޝާޒް

21 މެއި 2026
ހިޔާލުފާޅުކުރުމުގެ މިނިވަންކަން ބޭނުންކުރުމުން ވަޒީފާއިން ވަކިކުރުމަކީ ބޭއިންސާފެއް، އެމްޑީޕީން އެފަރާތްތަކަށް އެހީވާނެ: މައުރޫފް

ހިޔާލުފާޅުކުރުމުގެ މިނިވަންކަން ބޭނުންކުރުމުން ވަޒީފާއިން ވަކިކުރުމަކީ ބޭއިންސާފެއް، އެމްޑީޕީން އެފަރާތްތަކަށް އެހީވާނެ: މައުރޫފް

20 މެއި 2026

އަހަރުތަކުން މިއަދު

23 މެއި
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި
20242 އަހަރު ކުރިން
ދުނިޔެ

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ
20224 އަހަރު ކުރިން
ރާއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ
20215 އަހަރު ކުރިން
ރިޕޯޓު

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު