Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެގެގް އަމުރު

ގެގް އަމުރު ނިސްބަތްވާ މައްސަލައިގައި ދައުވާ އުފުލާފައިވާ ފިޔާޒުގެ ފަރާތުން އެ އަމުރު ހައިކޯޓުގައި އިސްތިއުނާފު ކޮށްފި

"އަދަދު" ނޫހުގެ ދެ އެޑިޓަރެއްގެ މައްޗަށް އުފުލާފައިވާ ގަޒުފުގެ ދައުވާގެ ޝަރީއަތްތައް ސިއްރުކޮށް، ކްރިމިނަލް ކޯޓުން ނެރުނު ގެގް އޯޑަރު، ހުސައިން ފިޔާޒު މޫސާގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކޮށްފި. މި މައްސަލަ ކުރިން އިސްތިއުނާފު ކުރި ނޫސްވެރިންގެ ޖަމިއްޔާއަކީ މައްސަލައިގައި ހިމެނޭ ފަރާތަކަށް ނުވާތީ، ހައިކޯޓުން ވަނީ އެ މައްސަލަ ބޭރުކޮށްލާފައި. ކްރިމިނަލް ކޯޓުން މި ޝަރީއަތް ސިއްރުކުރަން ނިންމީ މުޖުތަމައުގެ އަޚްލާގީ މިންގަނޑުތައް ހިފެހެއްޓުމުގެ ބޭނުމުގައި ކަމަށް ބުނެފައިވޭ.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 17 މެއި 2026 | އާދީއްތަ 09:12
އަދަދު ނޫހުގެ ސީއީއޯ ހުސެއިން ފިޔާޒު މޫސާ

އަދަދު ނޫހުގެ ސީއީއޯ ހުސެއިން ފިޔާޒު މޫސާ | އަދަދު

އަދަދު ނޫހުން ނެރުނު ޑޮކިއުމަންޓްރީއާ ގުޅިގެން ކޯޓުން ނެރެފައިވާ ގެގް އޯޑަރ އަމުރުގެ އިސްތިއުނާފު ހައިކޯޓުން ބޭރުކޮށްލާފައިވާތީ، ގެގް އަމުރު ނިސްބަތްވާ މައްސަލައިގައި ހިމެނޭ ހުސައިން ފިޔާޒު މޫސާގެ ފަރާތުން އެ އަމުރު ހައިކޯޓުގައި އިސްތިއުނާފު ކޮށްފިއެވެ. 

މި އަމުރު ހައިކޯޓުގައި ފުރަތަމަ އިސްތިއުނާފު ކުރީ ނޫސްވެރިންގެ ޖަމިއްޔާ (މޯލްޑިވްސް ޖަރނަލިސްޓް އެސޯސިއޭޝަން) އިންނެވެ. ނަމަވެސް އާދިއްތަ ދުވަހު ހައިކޯޓުން ވަނީ މި މައްސަލަ ބޭރުކޮށްލާފަ އެވެ. ސަބަބެއްކަމަށް ބަޔާންކޮށްފައި އޮތީ ނޫސްވެރިންގެ ޖަމިއްޔާއަކީ ގެގް އަމުރު ނިސްބަތްވާ މައްސަލައިގައި ހިމެނޭ ބައެއް ނޫންކަމަށްވާތީ މައްސަލަ ބަލައިގަނެވެން ނެތް ކަމަށެވެ.

Advertisement - newsAdvertisement

މި މައްސަލައިގައި ދައުވާ އުފުލާފައިވަނީ އަދަދު އޮންލައިން ނޫހުގެ އެޑިޓަރ އިން ޗީފް އަދި ސީއީއޯ ހުސައިން ފިޔާޒް މޫސާއާއި އެޑިޓަރ ހަސަން މުހައްމަދުގެ މައްޗަށެވެ. 

އެހެންވެ މި މައްސަލައިގައި ދައުވާ އުފުލާފައިވާ ފިޔާޒުގެ ފަރާތުން އާދިއްތަ ދުވަހު ވަނީ މި އަމުރު ހައިކޯޓުގައި އިސްތިއުނާފު ކޮށްފައެވެ.

އައިޝާ ޑޮކިއުމެންޓްރީގެ މައްސަލައާ ގުޅިގެން އަދަދު އޮންލައިން ނޫހުގެ އެޑިޓަރ އިން ޗީފް އަދި ސީއީއޯ ހުސައިން ފިޔާޒް މޫސާ އާއި އެޑިޓަރ ހަސަން މުހައްމަދުގެ މައްޗަށް އުފުލާފައިވާ ޤަޒުފުގެ ކުށުގެ ދައުވާގެ ޝަރީއަތްތައް ކުރިއަށް ގެންދަނީ އާންމުކޮށް ހުޅުވާނުލައި ސިއްރުކޮށްގެންކަންވެސް ފާހަގަކޮށްލެވެއެވެ. 

ޖިނާއީ މައްސަލަތަކުގެ ޝަރީޢަތުގެ އަޑުއެހުންތަކަކީ އާންމު ގޮތެއްގައި ހުޅުވާލެވިގެން ބާއްވާ ޝަރީޢަތުގެ އަޑުއެހުންތަކެއް ކަމުގައިވީ ނަމަވެސް، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 42 ވަނަ މާއްދާގެ (ނ) ގައި މިކަމަށް އިސްތިސްނާތަކެއް ބަޔާންކޮށްފައިވާކަން ފާހަގަކޮށް ކްރިމިނަލް ކޯޓުން ވަނީ މި މައްސަލައިގެ ޝަރީއަތްތައް ސިއްރުކޮށްގެން ކުރިއަށް ގެންދިއުމަށް ނިންމާފައެވެ. އެގޮތުން ގިނަ ކަންތައްތަކެއް މަނާކޮށް ކޯޓުން ނެރުނު ގެގް އޯޑަރ ގައި ބުނެފައިވަނީ، ޖިންސީ މައްސަލަތަކާއި އެބާވަތުގެ އަޚްލާޤީ ގޮތުން ބަދު މައްސަލަތަކުގެ އަޑުއެހުންތައް އާންމުކޮށް ކުރިއަށް ގެންދެވެނީ ޝަރީޢަތްތައް ހުޅުވާނުލާ ކަމަށާއި، އެއީ މުޖްތަމަޢުގެ އަޚްލާޤީ އުސޫލުތައް ހިފެހެއްޓުމުގެ ގޮތުން ކަމަށެވެ.

ހުސައިން ފިޔާޒް މޫސާއަދަދު އޮންލައިންހައްސާން މުހައްމަދުހައި ކޯޓުއެމްޖޭއޭކްރިމިނަލް ކޯޓް

އިތުރަށް ކިޔާލަން

17 މެއި 2026

ނޫސްވެރިންގެ ޖަމިއްޔާއަކީ ގެގް އަމުރު ނިސްބަތްވާ މައްސަލައިގައި ހިމެނޭ ބައެއް ނޫންކަމަށް ބުނެ އަމުރުގެ އިސްތިއުނާފު ބޭރުކޮށްލައިފި

17 މެއި 2026
ނޫސްވެރިންގެ ޖަމިއްޔާއަކީ ގެގް އަމުރު ނިސްބަތްވާ މައްސަލައިގައި ހިމެނޭ ބައެއް ނޫންކަމަށް ބުނެ އަމުރުގެ އިސްތިއުނާފު ބޭރުކޮށްލައިފި
17 މެއި 2026

ފިޔާޒާއި ހަސަނުގެ މައްޗަށް ކުރާ ޤަޛުފުގެ ދައުވާގެ ޝަރީއަތް އޮބްޒަރވް ކުރުމުގެ ފުރުސަތުދޭން ނޫސްވެރިންގެ ޖަމިއްޔާއިން އެދިއްޖެ

17 މެއި 2026
ފިޔާޒާއި ހަސަނުގެ މައްޗަށް ކުރާ ޤަޛުފުގެ ދައުވާގެ ޝަރީއަތް އޮބްޒަރވް ކުރުމުގެ ފުރުސަތުދޭން ނޫސްވެރިންގެ ޖަމިއްޔާއިން އެދިއްޖެ
17 މެއި 2026

މީދޫ ކައުންސިލް ރައީސްގެ އިންތިޚާބުގެ ވޯޓުލުން ޖޫން 13ގައި

17 މެއި 2026
މީދޫ ކައުންސިލް ރައީސްގެ އިންތިޚާބުގެ ވޯޓުލުން ޖޫން 13ގައި
16 މެއި 2026

އަދަދުގެ ނޫސްވެރިން ޖަލަށްލުމަށް ކުރި ޙުކުމާއި، ގެގް އޯޑަރ އަމުރުގެ އިސްތިއުނާފު ރަޖިސްޓްރީކޮށްދީ، އަޑުއެހުންތައް އަވަހަށް ބާއްވައިދޭން އެދިއްޖެ

16 މެއި 2026
އަދަދުގެ ނޫސްވެރިން ޖަލަށްލުމަށް ކުރި ޙުކުމާއި، ގެގް އޯޑަރ އަމުރުގެ އިސްތިއުނާފު ރަޖިސްޓްރީކޮށްދީ، އަޑުއެހުންތައް އަވަހަށް ބާއްވައިދޭން އެދިއްޖެ
16 މެއި 2026

"އަދަދު" ނޫހުގެ ނޫސްވެރިން ޖަލަށްލި މައްސަލަ އދ. ގެ ހިއުމަން ރައިޓްސް ކަމިޝަނަރގެ އޮފީހަށް ހުށަހަޅައިފި

16 މެއި 2026
 "އަދަދު" ނޫހުގެ ނޫސްވެރިން ޖަލަށްލި މައްސަލަ އދ. ގެ ހިއުމަން ރައިޓްސް ކަމިޝަނަރގެ އޮފީހަށް ހުށަހަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު