Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ސިފައިންގެ ޤާބިލުކަން

ޤައުމުގެ އަސްކަރިއްޔާގެ ޙާލަތު ސިފައިންގެ އެންމެ މަތީ ވެރިޔާއަށް ނޭނގުން: ބޮޑު ޖޯކެއްނޫންތޯ؟

ގެއްލުނު ފީނުންތެރިން ހޯދުމުގެ އޮޕަރޭޝަނުގައި ސިފައިންގެ ގާބިލުކަން ނެތްކަން ރައީސުލްޖުމްހޫރިއްޔާއަށް އެނގިވަޑައިގެންފައި ނުވާކަމަށް ސަރުކާރުގެ ތަރުޖަމާނު ވިދާޅުވުމާ ގުޅިގެން، ގައުމީ ސަލާމަތާ ބެހޭ އެންމެ މަތީ ވެރިޔާގެ ޒިންމާތަކާ މެދު އާންމުންގެ މެދުގައި ބޮޑެތި ސުވާލުތަކެއް ވަނީ އުފެދިފައި. ސިފައިންގެ އެންމެ މަތީ ވެރިޔާގެ ހައިސިއްޔަތުން އަސްކަރިއްޔާގެ ވަސީލަތްތަކާއި ނުކުޅެދުންތެރިކަން ރައީސަށް އެނގިވަޑައިނުގަތުމަކީ ދައުލަތް ހިންގުމުގެ ނިޒާމުގެ ތެރެއިން ފެނިގެންދިޔަ ބޮޑު އިހުމާލެއްގެ ގޮތުގައި ގިނަ ބަޔަކު ދަނީ ސިފަކުރަމުން. އެހެންކަމުން، މި ހާދިސާއާއެކު ސަރުކާރާއި އަސްކަރިއްޔާއާ ދެމެދު މައުލޫމާތު ބަދަލުކުރާ ނިޒާމުގެ ބަލިކަށިކަން ވަނީ ހާމަވެފައި.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 24 މެއި 2026 | އާދީއްތަ 12:33
ވ. އަތޮޅުގައި ފީނަން ދިޔަ ޑައިވަރުންގެ ތެރެއިން ގެއްލުނު ހަތަރު ޑައިވަރު ހޯދުމަށް، އެމްއެންޑީއެފުން ކުރިއަށްގެންދާ، ސާޗް އެންޑް ރެސްކިއު އޮޕަރޭޝަނުގައި ހޮނިހިރު ދުވަހު ޑައިވްކުރި، ސިފައިންގެ ބޭކަލަކު ވަނީ ނިޔާވެފަ.

ވ. އަތޮޅުގައި ފީނަން ދިޔަ ޑައިވަރުންގެ ތެރެއިން ގެއްލުނު ހަތަރު ޑައިވަރު ހޯދުމަށް، އެމްއެންޑީއެފުން ކުރިއަށްގެންދާ، ސާޗް އެންޑް ރެސްކިއު އޮޕަރޭޝަނުގައި ހޮނިހިރު ދުވަހު ޑައިވްކުރި، ސިފައިންގެ ބޭކަލަކު ވަނީ ނިޔާވެފަ. | ރާއްޖެ އެމްވީ

"ރައީސްގެ ލަފާފުޅާ އިރުޝާދުގެ ދަށުން" މިއީ މި ސަރުކާރު ވެރިކަމަށް އައި ފަހުން އެންމެ ގިނައިން ސަރުކާރުގެ ވަޒީރުންނާއި، ކުންފުނިތަކުގެ ވެރިންނާއި، ދައުލަތުގެ މަޤާމުތަކުގައި ތިއްބަވާ ބޭފުޅުން ވިދާޅުވާ އެއް ބަހަކަށްވާނެއެވެ. ސަރުކާރުގެ ނޫސްވެރިންގެ ބައްދަލުވުމެއްގައި މި ބަސް އަޑުނީވި ދިއުމަކީ ނާދިރުކަމެކޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ރައީސްގެ ލަފާފުޅާއި އިރުޝާދުގެ ދަށުން މެނުވީ ވަޒީރުންނާއި މުއައްސަސާތަކަށް އުއްޑުން އޮންނަ ނާށި ބަންޑުންވެސް ޖަހާލެވޭކަމަކަށް ނުވެއެވެ.

ކަންއެހެން ހުއްޓާ ސަރުކާރުގެ ތަރުޖަމާނު މި ދެއްކެވި ވާހަކަފުޅަކާއެކު، ދިވެހި ރައްޔިތުންނަށް އިވިގެން މިދިޔައީ ކަންބޮޑުވާން ޖެހޭ ވަރުގެ ވާހަކަތަކެކެވެ. ހޮނިހިރު ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާނު ވިދާޅުވެފައިވަނީ ޑައިވަރުން ހޯދުމަށް ކުރަމުންގެންދިޔަ މަސައްކަތުގެ އަދާހަމަ އެ ސަރަޙައްދަށް ވަޑައިގެން ރައީސް ޑރ. މުޙައްމަދު މުއިއްޒު އޮޅުންފިލުއްވިއިރު، ސިފައިންގެ އެފަދަ ޤާބިލުކަމެއް ނެތްކަން އެތަނުގައި ތިއްބެވި ސިފައިންގެ ބޭފުޅުން ރައީސާ ހިއްސާ ކުރައްވާފައި ނުވާކަމަށެވެ. އަދި ކުރެއްވިނަމަ އެކަންކަން ފެސިލިޓޭޓް ކޮށްދެއްވީސްކަމަށް މުންދު ވިދާޅުވިއެވެ.

އެހެންނަމަވެސް ރައީސަކީ ސިފައިންގެ އެންމެ މަތީ ވެރިޔާކަމަށްވާއިރު، ސިފައިންގެ ޤާބިލުކަމާއި މުހިއްމު ސިޔާސަތުތަކާ ގުޅޭ ކަންކަން ރައީސަށް އެނގިވަޑައި ނުގަންނަވަންވީ ކީއްވެތޯ ސުވާލު އުފެދެއެވެ. މިކަމާ ގުޅިގެން ނޫސްވެރިއަކު ސުވާލު ކުރުމުން މުންދު ވިދާޅުވީ، ރައީސަކީ ސިފައިންގެ ކޮމާންޑަރ އިން ޗީފް ކަމުގައިވީ ނަމަވެސް، ރައީސަކީ ސިފައިންނަށް ކަންކަމުގައި އެންގުންތައް އަންގަވާ ބޭފުޅެއް ނޫން ކަމަށެވެ.

ސިފައިންގެ ޤާނޫނުން ރައީސުލްޖުމްހޫރިއްޔާއަށް ސިފައިންގެ މައްޗަށް އަމުރުކުރުމުގެ ބާރު ލިބިދީފައި އޮތް ނަމަވެސް، އެފަދަ ނާޒުކު ޙާލަތެއްގައި ރައީސް އެ އަމުރު ނުކުރައްވަންވީ ކީއްވެތޯ ސުވާލު ކުރުމުން މުންދު ވަނީ އެކަމަށް ސީދާ ޖަވާބެއް ދެއްވުމުގެ ބަދަލުގައި ކުރީ ސަރުކާރުތަކުގައި ކަންކަން ހިނގާފައިވާ ގޮތާ ގުޅޭގޮތުން ވާހަކަ ދައްކަވާފައެވެ. އޭނާ ވިދާޅުވީ ޤާނޫނުން ބާރު ލިބިދީފައި އޮތް ނަމަވެސް ރައީސް އެގޮތަށް އަމުރު ނުކުރައްވާނެ ކަމަށެވެ.

ގެއްލުނު ފީނުންތެރިން ހޯދުމުގެ އޮޕަރޭޝަނާ ގުޅޭގޮތުން ސަރުކާރުން އެންމެ ފަހުން ދީފައިވާ ތަފްސީލުތަކުގެ ސަބަބުން، ހިނގައިދިޔަ ހާދިސާއަށްވުރެ މާ ބޮޑު އަދި މާ ނުރައްކާތެރި ސުވާލެއް މިވަނީ އުފެދިފައެވެ. ސިފައިންގެ އެންމެ މަތީ ވެރިޔާގެ ހައިސިއްޔަތުން، ކަނޑުމަތީގެ މިފަދަ މުހިންމު ހޯދުމުގެ އޮޕަރޭޝަނެއް ހިންގުމުގެ ގާބިލުކަން ދިވެހި އަސްކަރިއްޔާގައި ނެތްކަން ރައީސުލްޖުމްހޫރިއްޔާއަށް އެނގިވަޑައިގެންފައި ނުވާނަމަ، ގައުމުގެ ތައްޔާރީ ހާލަތު ބަލަހައްޓަނީ ސީދާ ކޮން ފަރާތަކުންތޯ މިއީ މިއަދު އުފެދޭ ސުވާލެކެވެ.

މައްސަލައަކީ ރައީސުލްޖުމްހޫރިއްޔާ ސީދާ އެ އޮޕަރޭޝަން ކޯޑިނޭޓް ކުރެއްވުން ނުވަތަ ނުކުރެއްވުމެއް ނޫނެވެ. މައްސަލައަކީ ގައުމީ ސަލާމަތާ ބެހޭ އެންމެ މަތީ ވެރިޔާގެ ހައިސިއްޔަތުން، އެމަނިކުފާނުގެ ކޮމާންޑުގެ ދަށުގައިވާ މުއައްސަސާގެ ވަސީލަތްތަކާއި، ނުކުޅެދުންތެރިކަމާއި، ހުރަސްތަކާއި އަދި ތައްޔާރީ ހާލަތު އެނގިވަޑައިގެންފައި ނެތްކަން ހާމަވެގެން ދިއުމެވެ.

ވަކިން ޚާއްޞަކޮށް ރާއްޖެ ފަދަ ވަށައިގެން ކަނޑު އޮތް ޤައުމެއްގައި ކަނޑުގެ ސިފައިންގެ ޤާބިލުކަމަކީ އަސްކަރިއްޔާގެ އެންމެ އަސާސީ އެއް ދާއިރާއެވެ. މިއީ ބޮޑު ކަނޑުގެ ސަރަހައްދަކަށް ފެތުރިފައިވާ ޖަޒީރާ ގައުމެކެވެ. ކަނޑުމަތީގައި މީހުން ހޯދުމާއި ސަލާމަތްކުރުމުގެ އޮޕަރޭޝަންތަކަކީ ދޭތެރެ ދޭތެރެއިން ހިންގަންޖެހޭ އޮޕަރޭޝަން ތަކެކެވެ.

ތަރުޖަމާނުގެ އެ ވާހަކަފުޅުން ރައްޔިތުންނަށް ގަބޫލުކުރަން މަޖުބޫރުވަނީ ދެ ހާލަތަކުން ކުރެ އެއް ހާލަތެކެވެ. އެއްގޮތަކީ، އަސްކަރިއްޔާގެ ތެރޭގައި އޮޕަރޭޝަނަލް ގޮތުން ހުރި ބޮޑު ނުކުޅެދުންތެރިކަމެއް ސިފައިންގެ އެންމެ މަތީ ވެރިޔާއަށް އެނގިވަޑައިގެންފައި ނެތުމެވެ. ނުވަތަ އަނެއްގޮތަކީ، ސަރުކާރާއި އަސްކަރިއްޔާއާ ދެމެދު މައުލޫމާތު ބަދަލުކުރާ ނިޒާމު ބަލިކަށިކަމުން، މިފަދަ މުހިންމު މައުލޫމާތެއް ގައުމުގެ އެންމެ މަތީ އޮފީހާ ހަމައަށް ފޯރާފައި ނުވުމެވެ.

މި ވާހަކަތަކާއެކު، ސަރުކާރުގެ އެހެން ހުރިހާ ކަމެއްގައި "ރައީސްގެ އިރުޝާދު" ބޭނުންވާ އިރު، ޤައުމީ ސަލާމަތާއި ރައްޔިތުންގެ ފުރާނައާ ގުޅުންހުރި ސިފައިންގެ މުހިއްމު ކަންކަމުގައި ރައީސްގެ ދައުރަކީ ކޮބައިތޯ މިހާރު ވަނީ ސުވާލު އުފެދިފައެވެ. ސިފައިންގެ އެންމެ މަތީ ވެރިޔާގެ ހައިސިއްޔަތުން މުއައްސަސާގެ ޤާބިލުކަން ހުރި މިންވަރު ރައީސަށް އެނގިވަޑައިނުގަތުމަކީ ދައުލަތް ހިންގުމުގެ ނިޒާމުގެ ތެރެއިން ފެނިގެންދިޔަ ބޮޑު އިހުމާލެއްގެ ގޮތުގައި ގިނަ ބަޔަކު ދަނީ ސިފަކުރަމުންނެވެ.

ޑރ. މުޙައްމަދު މުޢިއްޒުދިވެހިރާއްޖޭގެ ޤައުމީ ދިފާއީ ބާރުރައީސުލްޖުމްހޫރިއްޔާއެމެރިކާ ޤައުމީ ސަލާމަތް

ކޮމެންޓް

އިތުރަށް ކިޔާލަން

ބޭހުގެ މައްސަލަ އެއްކޮށް ޙައްލު ކުރުމަށް ރައީސްގެ ޑެޑްލައިނެއް، ވިދާޅުވީ ކުރިއަށް އޮތް ދެ މަސް ތެރޭގައި ބޭހުގެ މައްސަލަ ޙައްލުވާނެކަމަށް!

ބޭހުގެ މައްސަލަ އެއްކޮށް ޙައްލު ކުރުމަށް ރައީސްގެ ޑެޑްލައިނެއް، ވިދާޅުވީ ކުރިއަށް އޮތް ދެ މަސް ތެރޭގައި ބޭހުގެ މައްސަލަ ޙައްލުވާނެކަމަށް!

24 މެއި 2026
ރައީސްގެ އިތުބާރު ނެތް ކަމަށް ފާސްކުރަން ފުރުސަތު ނުދެއްވާނެކަމަށް އަބްދުއްރަޙީމް ވިދާޅުވުމުން ނަޝީދުގެ ރައްދެއް، އަދަދު ހަމަވުމުން ޖެހޭނީ ވޯޓަށް އަހަން

ރައީސްގެ އިތުބާރު ނެތް ކަމަށް ފާސްކުރަން ފުރުސަތު ނުދެއްވާނެކަމަށް އަބްދުއްރަޙީމް ވިދާޅުވުމުން ނަޝީދުގެ ރައްދެއް، އަދަދު ހަމަވުމުން ޖެހޭނީ ވޯޓަށް އަހަން

24 މެއި 2026
ސިފައިންގެ ޑައިވަރުންގެ ކެޕޭސިޓީއާ އިކުއިޕްމަންޓު ނެތްކަން ސިފައިން ރައީސް އަރިހުގައި ވިދާޅެއް ނުވޭ، ވިދާޅުވި ނަމަ ފެސިލިޓޭޓް ކޮށްދޭނަން: މުންދު

ސިފައިންގެ ޑައިވަރުންގެ ކެޕޭސިޓީއާ އިކުއިޕްމަންޓު ނެތްކަން ސިފައިން ރައީސް އަރިހުގައި ވިދާޅެއް ނުވޭ، ވިދާޅުވި ނަމަ ފެސިލިޓޭޓް ކޮށްދޭނަން: މުންދު

23 މެއި 2026
އެމްޑީޕީ މިއަދު ހޭލައިފި، ޕާޓީގެ ވިސްނުން ބަދަލުވާތަން ފެނޭ: މާރިޔާ

އެމްޑީޕީ މިއަދު ހޭލައިފި، ޕާޓީގެ ވިސްނުން ބަދަލުވާތަން ފެނޭ: މާރިޔާ

22 މެއި 2026
ރައީސް މުއިއްޒު އަކީ ބޭވަފާތެރި އެއް، ބޭވަފާތެރިކަމަކީ ދިވެހިން ބަލައިގަންނާނެ ކަމެއް ނޫން: ނަޝީދު

ރައީސް މުއިއްޒު އަކީ ބޭވަފާތެރި އެއް، ބޭވަފާތެރިކަމަކީ ދިވެހިން ބަލައިގަންނާނެ ކަމެއް ނޫން: ނަޝީދު

21 މެއި 2026

އަހަރުތަކުން މިއަދު

23 މެއި
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި
20242 އަހަރު ކުރިން
ދުނިޔެ

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ
20224 އަހަރު ކުރިން
ރާއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ
20215 އަހަރު ކުރިން
ރިޕޯޓު

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު