Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ސާޖަންޓު މަހުދީ

ސާޖަންޓު މަހުދީ ނިޔާވުން: އެ ދުވަހު ކަން ހިނގި ގޮތުގެ ހަގީގީ ވާހަކަތައް!

ސްޓާފް ސާޖަންޓް މުޙައްމަދު މަހުދީ ނިޔާވި ހާދިސާގައި ސަރުކާރުން ދީފައިވާ މައުލޫމާތާއި ހަގީގަތާ ދެމެދު ބޮޑެތި ފުށުއެރުންތަކެއް ހުރިކަން އިތުބާރު ހުރި މަސްދަރުތަކުން ވަނީ ހާމަކޮށްފައި. އެމްއެންޑީއެފްގައި އެފަދަ އޮޕަރޭޝަނެއް ހިންގުމުގެ ފަންނީ ގާބިލުކަން ނެތްކަން އެނގިތިބެ، ސަލާމަތީ ފިޔަވަޅުތަކަށް އިސްކަންނުދީ މަހުދީ އެކަނި ހޮހޮޅައަށް ފޮނުވުމުން މިކަމުގައި އިހުމާލު އޮތްކަމުގެ ތުހުމަތުތައް ވަނީ އަމާޒުވެފައި. އެހެންކަމުން، މި ހާދިސާގެ ފުރިހަމަ ޒިންމާ ނަގާނެ ފަރާތަކާ މެދު އާންމުންގެ މެދުގައި މިހާރު ވަނީ ސުވާލު އުފެދިފައި.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 21 މެއި 2026 | ބުރާސްފަތި 08:48
ވ.އަތޮޅުގައި ފީނަން ދިޔަ ޑައިވަރުންގެ ތެރެއިން ގެއްލުނު ހަތަރު ޑައިވަރު ހޯދުމަށް، އެމްއެންޑީއެފުން ކުރިއަށްގެންދާ، ސާޗް އެންޑް ރެސްކިއު އޮޕަރޭޝަނުގައި މިއަދު ޑައިވްކުރަނިކޮށް ހާލުދެރަވި، އެމްއެންޑީއެފްގެ ސްޓާފް ސާޖަންޓް މުޙައްމަދު މަހުދީ ރައީސް މުއިއްޒު އަރިހުގައި ކަނާތް ފަރާތުގައި ހުއްޓިގެން.

ވ.އަތޮޅުގައި ފީނަން ދިޔަ ޑައިވަރުންގެ ތެރެއިން ގެއްލުނު ހަތަރު ޑައިވަރު ހޯދުމަށް، އެމްއެންޑީއެފުން ކުރިއަށްގެންދާ، ސާޗް އެންޑް ރެސްކިއު އޮޕަރޭޝަނުގައި މިއަދު ޑައިވްކުރަނިކޮށް ހާލުދެރަވި، އެމްއެންޑީއެފްގެ ސްޓާފް ސާޖަންޓް މުޙައްމަދު މަހުދީ ރައީސް މުއިއްޒު އަރިހުގައި ކަނާތް ފަރާތުގައި ހުއްޓިގެން. | ރައީސް އޮފީސް

ކަނޑުއަޑީގެ ހޮހަޅައަކަށް ފީނުމުގެ ތެރޭގައި މަރުވި ސްޓާފް ސާޖަންޓް މުޙައްމަދު މަހުދީގެ މަރުގެ ހާދިސާ ހިނގާފައިވާ ގޮތާ މެދު ގިނަ ސުވާލުތަކެއް އުފެދި، އެ މައްސަލަ މިނިވަން ކޮމިޝަނަކުން ތަހުގީގު ކުރުމަށް ގިނަ ބަޔަކު ވަނީ ގޮވާލަން ފަށާފައެވެ. ވަކިން ޚާއްޞަކޮށް، މި ހާދިސާއާ ގުޅޭގޮތުން މިހާތަނަށް ލިބިފައިވާ މައުލޫމާތުތަކާއި ހަގީގަތްތަކާ ދެމެދު ބޮޑެތި ފުށުއެރުންތަކެއް ހުރިކަން އެތައް ބަޔަކު ގެންދަނީ ފާހަގަ ކުރަމުންނެވެ.

އެމްއެންޑީއެފުން ބުނީ ކީކޭ؟

މި މައްސަލައިގައި ގިނަ ސުވާލުތަކެއް އުފެދިފައިވާއިރު، އެމްއެންޑީއެފުގެ މީޑިއާ ގްރޫޕުގައިވެސް އެތައް ނޫސްވެރިންނެއް ގެންދަނީ އެކިއެކި ސުވާލުތައް ކުރަމުންނެވެ. ނަމަވެސް މިހާތަނަށް އެ ސުވާލުތަށް ޖަވާބެއް ދީފައިނުވާއިރު، ފުލުފުލުގައި ނޫސްވެރިން އަދިވެސް ގެންދަނީ ފުލުހުންނާއި ސިފައިންނަށް ވެސް ގިނަ ސުވާލުތައް ކުރަމުންނެވެ.

މި ޙާދިސާ ހިނގި ދުވަހު އެމްއެންޑީއެފުން ބުނެފައި ވަނީ، ފެލިދެއަތޮޅުގައި ފީނަން ދިޔަ ޑައިވަރުންގެ ތެރެއިން ގެއްލުނު ހަތަރު ޑައިވަރުން ހޯދުމަށް، އެމްއެންޑީއެފުން ކުރިއަށްގެންދާ، ސާޗް އެންޑް ރެސްކިއު އޮޕަރޭޝަނުގައި ޑައިވްކުރި ސްޓާފް ސާޖަންޓް މުޙައްމަދު މަހުދީގެ ހާލު ދެރަވެގެން، އޭޑީކޭ ހޮސްޕިޓަލަށް ގެންދެވިފައިވާ ކަމަށެވެ. އަދި ފަހުން އެކަމުގެ އަޕްޑޭޓަކަށް ދީފައިވަނީ ހަމައެކަނި މަހުދީ ނިޔާވި ޚަބަރާއި، އޭނާއާ ގުޅޭ "ބެކްގްރައުންޑް" މައުލޫމާތެވެ.

ސަރުކާރުގެ ބަސް:

މި މައްސަލައިގައި ސަރުކާރުގެ ތަރުޖަމާނު މުޙައްމަދު ހުސައިން ޝަރީފް (މުންދު) ވަނީ ބޭރުގެ އެކި މީޑިއާތަކަށް ކޮމެންޓު ދެއްވާފައެވެ. އެގޮތުން އެ ޙާދިސާ ހިނގި ދުވަހު ބީބީސީއާ ވާހަކަ ދައްކަވަމުން މުންދު ވިދާޅުވެފައިވަނީ، ރެސްކިއު ޑައިވަރުންގެ 8 ޑައިވަރުން ފީނަން ފޭބި ކަމަށާއި، އެމީހުން މައްޗަށް އެރިއިރު މަހުދީ ނެތްކަން އެނގުނު ކަމަށެވެ.

  Eight rescue divers went into the water today. When they surfaced, they realised Mr Mahdhee didn't come up
މުންދު ބީބީސީއަށް ދެއްވި ކޮމެންޓު

އެކަމާ ގުޅޭގޮތުން އިތުރު ތަފްސީލަށް އެދި ރާއްޖެއެމްވީން ސުވާލު ކުރުމުން މުންދު ވިދާޅުވީ، އޭނާއަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، މަހުދީ އޭނާގެ ބަޑީ ޑައިވަރާ ވަކިވެފައިވަނީ އެންމެ މައްޗަށް އަރާ ހިސާބުން ކަމަށެވެ.

  ބަޑީ ޑައިވަރސް އެއްނު ތިބޭނީ، ހިސް ބަޑީ ރިއަލައިޒްޑް ހީ ވޮޒޮންޓް ދެއަރ، އޮބްވިއަސްލީ އެހިސާބުންނެއްނު އިނގޭނީ، ދެޓްސް އޯލް އައިވޯސް ޓޯލްޑް އޮން ދަ ސީން އެގަޑީގައި، ދެން އޮބްވިއަސްލީ އޭގެ ފުލް ޑީޓެއިލްސް އިނގޭނެ ދެއްތޯ އެމީހުން ރަނގަޅަށް އިންވެސްޓިގޭޓުކޮށް ބަލާއިރު، ބޭސިކަލީ، ފައިން ޑީޓެއިލްސްއަށް ނުގޮސް، އެސެންޝިއަލީ މައްޗަށް އެރިއިރު އެންމެ މައްޗަށް ހަމަ އަރާ ހިސާބަށް ގޮސްފައި، ބަޑީ ޑައިވަރ އާ ވަކިވަނީ.  
ސަރުކާރުގެ ތަރުޖަމާނު މުޙައްމަދު ހުސައިން ޝަރީފް (މުންދު)

ސަރުކާރުގެ ތަރުޖަމާނު ވިދާޅުވެފައި މިވަނީ މަހުދީ އޭނާގެ ބަޑީ ޑައިވަރާ ވަކިވެފައިވަނީ އެންމެ މައްޗަށް އަރާ ހިސާބުން ކަމަށެވެ.

އެހެންނަމަވެސް، އެ ދުވަހު ކަން ހިނގާފައިވަނީ އެގޮތަށް ނޫންކަން އިތުބާރު ހުރި މަސްދަރުތަކުން ވަނީ ރާއްޖެއެމްވީއަށް ކަށަވަރު ކޮށްދީފައެވެ. އެގޮތުން އެ ދުވަހުގެ ޙާދިސާ ހިނގި ގޮތް، އެކަމުގެ މައުލޫމާތު އެންމެ ގާތުން އެނގޭނެ ފަރާތްތަކުން ވަނީ ރާއްޖެއެމްވީއަށް ކިޔައިދީފައެވެ.

ކަން ހިނގި ގޮތް، އަދި އިތުބާރު ހުރި މަސްދަރުތަކުން ކަށަވަރުކޮށްދޭ ގޮތް:

މި ޙާދިސާއާ ގުޅިގެން ގިނަ ސުވާލުތަކެއް އުފެދިފައިވާއިރު، އެހެން ނުވާންވީ ސަބަބެއްވެސް ނެތެވެ. ޤައުމުގައި މިވަރުގެ ބޮޑު ކަމެއް ހިނގައިގެން އުޅޭއިރު، ސަރުކާރާއި ކަމާގުޅޭ އިދާރާތަކުން ފެންނަނީ ކަންކަން ފޮރުވުމަށް މަސައްކަތް ކުރާ މަންޒަރެވެ. ޤައުމުގެ ދިފާއީ ވަޒީރުގެ ބަހެއް ވެސް އެންމެ ކުޑަމިނުން ލިބޭގޮތެއް ވަނީ ނުވެފައެވެ.

މި ޙާދިސާ ހިނގި ގޮތުގެ މައުލޫމާތު އެކަމުގައި އެންމެ "ގާތުން" މަސައްކަތް ކުރި ފަރާތްތަކުން ވަނީ ރާއްޖެއެމްވީއަށް ކިޔައިދީފައެވެ. އެގޮތުން އިތުބާރު ހުރި މަސްދަރުތަކުން ކަށަވަރު ކޮށްދިން ކަންކަން ހިއްސާކޮށްލާނަމެވެ.

މި ސީންގައި ފުރަތަމަ ޙަރަކާތްތެރިވަމުން ދިޔައީ އެމްއެންޑީއެފްގެ 8 ޑައިވަރުންނެވެ. ހުރިހާ ޑައިވަރުންނަކީވެސް ކޯސްޓްގާޑު ޑައިވިންގ ޔުނިޓުގައި ގިނަ އަހަރުތަކެއްގެ ތަޖުރިބާ ލިބިފައިވާ ޑައިވަރުންނެވެ. އެ 8 ޑައިވަރުންގެ ތެރެއިން އެންމެ ފުރަތަމަ ހެނދުނު ގަޑީގައި ފީނަން ފޭބީ 2 ޑައިވަރުންނެވެ. އަދި އެމީހުން ފޭބީވެސް "ސޭފްޓީ ރޯޕް" އަކާ އެކުގައެވެ.

އެ ދެ ޑައިވަރުން އެ ދުވަހަށް ކަނޑައެޅިފައިވާ އެންމެ މަތީ ފުންމިނަށް ދެވުމާއެކު، އޮންނަ އުސޫލުގެ ތެރެއިން އެމީހުން ވަނީ މައްޗަށް އަރާފައެވެ. ދެން ފައިބާން އޮތީ ބާކީ ތިބި 6 ޑައިވަރުންނެވެ.

އެހެންނަމަވެސް ބާކީ ތިބި 6 ޑައިވަރުން ފޭބުމުގެ ކުރިން މެރިން ޕޮލިހުންގެ 4 ޑައިވަރުން އެ ސީނަށް އައެވެ. އެމީހުންގެ ތެރޭގައިވެސް ހިމެނެނީ ދުވަސްވީ ތަޖުރިބާކާރު ޑައިވަރުންނެވެ. މެރިން ޕޮލިހުގެ ޑައިވަރުން އައިސް އެދުނީ މި އޮޕަރޭޝަނާ އެމީހުންވެސް ގުޅެން ފުރުސަތު ދިނުމަށެވެ. އެމީހުން އައީ އެކަމަށް ބޭނުންވާ ސާމާނުވެސް ހިފައިގެންނެވެ.

އެހެންނަމަވެސް އެހިސާބުން މާލޭ އޭރިއާގެ ކޮމާންޑަރު ވަނީ އެކަމަށް އިންކާރުކޮށްފައެވެ. އެގޮތުން އެތަނަކީ ސިފައިންގެ ފުރިހަމަ ކޮންޓްރޯލްގައި އޮތް ތަނެއްކަމަށާއި، އެތަނަށް ފޭބުމުގެ ހުއްދަ ފުލުހުންނަށް ދެވެން ނެތްކަމަށް މާލޭ އޭރިއާގެ ކޮމާންޑަރު އެންގިއެވެ. އެހެންވެ ފުލުހުންގެ ޑައިވަރުން ގުޅީ ފުލުހުންގެ ކޮމާންޑަށެވެ. އަދި އިރުޝާދު ލިބުނީ ސައިޓް ދޫކޮށް ނުގޮސް، އެ ސަރަޙައްދުގައި މަޑުކޮށްގެން ތިބުމަށެވެ. އަދި އެހީތެރިކަން ފޯރުކޮށްދޭން ޖެހޭ ޙާލަތެއް އައިސްފިނަމަ އެހީތެރިކަން ފޯރުކޮށްދިނުމަށެވެ. އެހެންކަމުން އެ އިރުޝާދާ އެއްގޮތަށް މެރިން ޕޮލިހުން އެތަނުގައި މަޑުކުރީއެވެ.

އެތަނުގައި ފުލުހުން މަޑުކޮށްގެން ތިއްބައި މެންދުރު މާލޭ އޭރިއާގެ ކޮމާންޑުން އެމީހުންނަށް ގުޅިއެވެ. އަދި "ކަމެއް ދިމާވެގެން އުޅޭ ކަމަށާއި، އެތަނަށް ކައިރިކޮށްލައިދިނުމަށް" އެދޭކަމަށް ބުންޏެވެ. އޭރު މި ހިނގައިގެން އުޅެނީ ކޮން ކަމެއްކަމެއް ސާފެއް ނޫނެވެ. ސިފައިންގެ ޑައިވަރެއް ގެއްލިގެން އުޅޭކަމާއި، އެއީ މަހުދީކަން އެނގުނީ ފުލުހުން އެތަނާ ކައިރި ކުރުމުންނެވެ.

އެހިސާބުން ފުލުހުން ފީނަން ފޭބިއެވެ. އެއީ ފުލުހުންގެ އަމިއްލަ ނިންމުމެއްގެ ތެރެއިންކަމަށް މައުލޫމާތު ލިބެއެވެ. އަދި ޑީކޯ ޓައިމްއަކީ 50 މިނެޓުކަމަށް ކަނޑައަޅައި، އެ ގަޑިއިރުގެ ތެރޭގައި އަނބުރާ މައްޗަށް އެރުމަށް ޕްލޭންކޮށްގެން މެރިން ފުލުހުން ފޭބިއެވެ. އެހިސާބުން ފާހަގަވި އެއް ކަމަކީ ސިފައިން ދިން ކުރެހުމާއި، ހޮހޮޅައިގެ ސަރަޙައްދުގެ ކުރެހުމާވެސް ފުށުއެރުންތަކެއް ހުރިކަމެވެ.

މަހުދީގެ ހަށިގަނޑު ފެނިފައިވަނީ މެރިން ޕޮލިހުންނަށެވެ. އެމީހުންނަށް ހަށިގަނޑު ފެނުނުއިރުވެސް މަހުދީ އޮތީ މަރުވެފައިކަމަށް މައުލޫމާތު ލިބެއެވެ. ނަމަވެސް ސިފައިން އޭރު ހާމަކޮށްފައިވާ މައުލޫމާތުގައި ބުނެފައިވަނީ މަހުދީގެ ހަށިގަނޑު ހޮސްޕިޓަލަށް ގެނައީ ހާލު ދެރަވެގެން ކަމަށެވެ.

ނުވިތާކަށް، މައްޗަށް އަރަނިކޮށް ގެއްލުނު މީހެއްގެ ހަށިގަނޑު ހޮހަޅައިގެ އެހާ ފުނުން ފެނުނީ ކީއްވެތޯވެސް ސުވާލު އުފެދެއެވެ. ސަބަބަކީ ސަރުކާރުގެ ތަރުޖަމާނު ވިދާޅުވެފައި އެ އޮތް ގޮތުން، މަހުދީ އޭނާގެ ބަޑީ ޑައިވަރާ ވަކިވެފައިވަނީ އެންމެ މައްޗަށް އަރާ ހިސާބުންނެވެ.

މި މައްސަލަ މިހާރު ދިވެހި ފުލުހުންގެ ޚިދުމަތުންވެސް ގެންދަނީ ތަހުގީގު ކުރަމުންނެވެ.

މިސާލަކަށް ހޮހޮޅަ ފަދަ ތަނަކަށް އެކަނި މީހަކު ވަންނަ ޙާލަތުގައިވެސް އެމީހެއްގެ ގައިގައި "ލައިފް ރޯޕް" އަޅުވައެވެ. އެއީ ކަމެއް ދިމާވެއްޖެނަމަ ލައްކެއް ޖަހައި، ބަޑީ ޑައިވަރަށް ސިގްނަލެއް ދިނުމުގެ ބޭނުމުގައެވެ. ނަމަވެސް މަހުދީގެ ހަށިގަނޑު ނެގިއިރު އެފަދަ ރޯޕެއްވެސް ފެންނާކަށް ނެތެވެ. ޔަޤީންވާ ކަމަކީ އެފަދަ އެއްވެސް ޕްލޭނެއް ނެތި މަހުދީ އެކަނި ހޮހޮޅައިގެ ތެރެއަށް ފޮނުވިގެން ނުވާނެ ކަމެވެ. އަދި ޗެމްބަރަށް ވަންނަ ޙާލަތުގައި ވެސް އެންމެން ހަމަކަން ކަށަވަރުކޮށްފައި މެނުވީ ނުނުކުންނާނެ ކަމެވެ.

ރާއްޖެއެމްވީއަށް އިތުބާރު ހުރި މަސްދަރުތަކުން ކަށަވަރު ކޮށްދިން ގޮތުގައި ހޮހޮޅައަށް ވަނީވެސް މަހުދީ އެކަންޏެވެ. އަދި ދެންތިބި ޑައިވަރުން ތިބީ ބޭރުގައެވެ.

އޮޕަރޭޝަނަށް ފޮނުވީ އެ ވަސީލަތާއި ޤާބިލުކަން ނެތްކަން އެނގިހުރެތަ؟

 ރައީސް އޮފީހުންނާއި، ޗީފް އޮފް ޑިފެންސް ފޯސް ހިއްސާ ކުރެއްވި ގޮތުގައި މަހުދީ ނިޔާވި ޙާދިސާ ހިނގި ދުވަހުގެ ކުރީ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އެ ސަރަހައްދަށް ޒިޔާރަތްކުރައްވައި، ޑައިވަރުން ހޯދުމަށް ކުރަމުންގެންދާ މަސައްކަތުގެ އަދާހަމަ އޮޅުންފިލުއްވިއެވެ. މި ޒިޔާރަތުގައި، އެ ސަރަހައްދުގައި ގާއިމުވެތިބި ކަމާބެހޭ އިދާރާތަކުން ވަނީ ގެއްލިފައިވާ މީހުން ހޯދުމަށް ކުރިއަށްގެންދާ ސާޗް އެންޑް ރެސްކިއު އޮޕަރޭޝަނުގެ ތަފްސީލީ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކޮށްފައެވެ. އަދި މި މަސައްކަތްތަކަށް އެހީތެރިވުމަށްޓަކައި ބޭނުންވާނެ އެންމެހައި ކަންކަން ސަރުކާރުން ހަމަޖައްސަވައިދެއްވާނެކަމަށް ވިދާޅުވެ، ރައީސް އެ ދުވަހު ހިތްވަރު ދެއްވިއެވެ.

އަޖައިބުވާ ކަމަކީ މި ޒިޔާރާތުގައި ރައީސާއެކު ވަޑައިގެންނެވީ ދާޚިލީ ވަޒީރާއި، ޚާރިޖީ ވަޒީރާއި ފަތުރުވެރިކަމާ ބެހޭ ވަޒީރު ކަމެވެ. މި އުޅެނީ ބޭރު ދުނިޔެއަށް ވަކި ފޮޓޯއެއް ދެއްކުމަށްކަމުގެ އަޑުތައް އެހިސާބުން ވެސް އޮތީ ގަދަވެފައެވެ.

ހަމަ އެރޭ ސިފައިންގެ އިސް ބޭފުޅުން ވަނީ ދައުލަތުގެ މީޑިއާގައި ވާހަކަ ދައްކަވާފައެވެ. އަދި އެމްއެންޑީއެފުގައި އެފަދަ އޮޕަރޭޝަނެއް ހިންގުމުގެ ޤާބިލުކަން ނެތްކަމަށާއި، އޮޕަރޭޝަން ހިންގަނީ ވެސް ސިފައިން ރިސްކަކަށް ހުށަހަޅައިގެންކަމަށް ބްރިގޭޑިއަރ ޖެނެރަލް މުޙައްމަދު ސަލީމް ވިދާޅުވިއެވެ.

  މިހާރު އަޅުގަނޑުމެން މި ތިބެނީ ޓެކްނިކަލް ޑައިވިންގ އަށް މުޅިން ތައްޔާރުވެފައެކޭ ނުދެންނެވޭނެ، މިހާރު އަޅުގަނޑުމެން މި ކުރަނީ ނޯރމަލް އެއާރގައި، ދެން އަޅުގަނޑުމެންގެ ޑައިވަރުންވެސް ރިސްކަކަށްވެސް ކޮންމެވެސް ވަރަކަށް ލައިގެން ކުރާ ޑައިވްތަކެއް މިހާރު މި ކުރަނީ، އާންމުކޮށް މިކަހަލަ އޮޕަރޭޝަންސްގައި ބޭނުންކުރާ ޓެކްނިކަލް ލެވެލްގެ އިކުއިޕްމަންޓް ބޭނުންކޮށްގެނެއް ނޫން، އެހެންވީމާ އެ ލިމިޓޭޝަން އެބަހުރި.
ބްރިގޭޑިއަރ ޖެނެރަލް މުޙައްމަދު ސަލީމް

އެ ރިސްކް އޮތް ނަމަވެސް، ޖެހިގެން އައި ހޮނިހިރު ދުވަހު މުޅި ހޮހޮޅައިގެ ސަރަޙައްދު ކަވަރ ކުރެވޭނެކަމަށް އޭނާ ވިދާޅުވިއެވެ. ކަން ދިމާކުރި ގޮތުން ޖެހިގެން އައި ދުވަހު އެ ދެންނެވި އޮޕަރޭޝަންގައި ސާޖަންޓު މަހުދީ މި ދުނިޔެ ދޫކޮށް ދިޔައީއެވެ.

ޒިންމާނަގާނީ ކާކު؟

އެހެންކަމުން ސުވާލަކީ މިކަމުގެ ޒިންމާ ނަގާނީ ކާކު ހެއްޔެވެ؟ ކޮމާންޑަރ އިން ޗީފް ގެ ހައިސިއްޔަތުން ސިފައިންގެ އެފަދަ ޤާބިލުކަމެއް ނެތްކަން ރައީސަށް އެނގިވަޑައިގެން ހުންނަވައި، ސިފައިން ބޭނުންކޮށްގެން އެ އޮޕަރޭޝަން ކުރިއަށް ގެންދިއުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު އެންގެވީތޯއެވެ؟ ނުވަތަ އެގޮތަށް އެކަން ނުކުރުއްވުމަށް އަންގަވާފައިވަނިކޮށް، ޗީފް އޮފް ޑިފެންސް ފޯސް އެ އޮޕަރޭޝަން ހިންގުމަށް އޯޑަރު ދެއްވީތޯއެވެ؟ ނުވަތަ މި ދެބޭފުޅުން ބައިޕާސްކޮށް، މާލޭ އޭރިއާގެ ކޮމާންޑަރު އެގޮތަށް އޯޑަރު ދެއްވީތޯއެވެ؟

ސްޓާފް ސާޖަންޓް މުޙައްމަދު މަހުދީގެ ޖަނާޒާ
ސްޓާފް ސާޖަންޓް މުޙައްމަދު މަހުދީގެ ޖަނާޒާ

އެނގޭ އެއްޗަކީ ސިފައިންނަކީ ކޮމާންޑަށް، އޯޑަރަށް ފޮލޯކުރާ ބައެއް ކަމެވެ. ކެރޭ، ހިތްވަރުގަދަ ބައެއްކަމެވެ. މަހުދީ ހިމެނޭ ގޮތުން، އެ ކެޕޭސިޓީ ނެތި އެ ސަރަޙައްދަށް ޑައިވަށް 8 ޑައިވަރުން ފައިބާނީ ކޮންމެވެސް އެކެއްގެ ކޮމާންޑަށް ކަމެވެ. އެހެންވެއްޖެނަމަ ފަރުވާ ކުޑަކަމާއި، ސޭފްޓީއަށް އިސްކަން ނުދިނުމުގެ ސަބަބުން ގެއްލިގެން ދިޔަ ފުރާނައިގެ ޒިންމާ ނަގާނީ ކާކުތޯއެވެ؟ ކޮމާންޑަރ އިން ޗީފް ޑރ. މުޙައްމަދު މުއިއްޒުތޯއެވެ؟ ޗީފް އޮފް ޑިފެންސް ފޯސްތޯއެވެ؟ މާލޭ އޭރިއާގެ ކޮމާންޑަރުތޯއެވެ؟

މުޙައްމަދު މަހުދީއެމްއެންޑީއެފްމުޙައްމަދު ޙުސެއިން (ވަލޭ)ޑރ. މުޙައްމަދު މުޢިއްޒުފެލިދެއަތޮޅުމުހައްމަދު ސަލީމް

ކޮމެންޓް

އިތުރަށް ކިޔާލަން

ނޫސްވެރިންނަކީ ޤައުމުގެ މޫނުބަލާ ލޯގަނޑު، ޝަހުޒާންއާ ލީވާން ވަގުތުން ދޫކޮށްލާ: ޝާޒް

ނޫސްވެރިންނަކީ ޤައުމުގެ މޫނުބަލާ ލޯގަނޑު، ޝަހުޒާންއާ ލީވާން ވަގުތުން ދޫކޮށްލާ: ޝާޒް

21 މެއި 2026
މަހުދީ ނިޔާވި ހާދިސާ ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފި

މަހުދީ ނިޔާވި ހާދިސާ ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފި

20 މެއި 2026
ކުރީގެ ސަރުކާރުން އެދިފައިވާ ގޮތަށް ޔޫކޭ. އިން ރާއްޖޭގެ ކަނޑުމަހަށް ނަގާ ޑިއުޓީ މާފުކުރުމުން އެކަމުގެ ކްރެޑިޓް މުއިއްޒު ނަންގަވަން މަސައްކަތް ކުރައްވައިފި

ކުރީގެ ސަރުކާރުން އެދިފައިވާ ގޮތަށް ޔޫކޭ. އިން ރާއްޖޭގެ ކަނޑުމަހަށް ނަގާ ޑިއުޓީ މާފުކުރުމުން އެކަމުގެ ކްރެޑިޓް މުއިއްޒު ނަންގަވަން މަސައްކަތް ކުރައްވައިފި

20 މެއި 2026
ޑައިވިން ހާދިސާގައި މަރުވި މީހުންގެތެރެއިން އެންމެ ފަހު ދެ ހަށިގަނޑު ނަގައިފި

ޑައިވިން ހާދިސާގައި މަރުވި މީހުންގެތެރެއިން އެންމެ ފަހު ދެ ހަށިގަނޑު ނަގައިފި

20 މެއި 2026
ދައުލަތުގެ އިދާރާތަކުގެ އަމިއްލަ އިސްނެގުމަށް ހާމަކުރަން ޖެހޭ މައުލޫމާތުގެ ތެރެއިން ރައީސް އޮފީހުން ހާމަކުރީ އެންމެ 38 އިންސައްތަ މައުލޫމާތު!

ދައުލަތުގެ އިދާރާތަކުގެ އަމިއްލަ އިސްނެގުމަށް ހާމަކުރަން ޖެހޭ މައުލޫމާތުގެ ތެރެއިން ރައީސް އޮފީހުން ހާމަކުރީ އެންމެ 38 އިންސައްތަ މައުލޫމާތު!

20 މެއި 2026

އަހަރުތަކުން މިއަދު

20 މެއި
ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މުވައްޒަފުން މަސައްކަތް ހުއްޓާލާ ގެއަށް ގޮސްފި
20251 އަހަރު ކުރިން
ރާއްޖެ

ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މުވައްޒަފުން މަސައްކަތް ހުއްޓާލާ ގެއަށް ގޮސްފި

އެސްއެސްސީ ޕޭޕަރު މާކު ކުރަން އައި ޓީޗަރުންނަށް ބޮޑު ތުރާލެއް!
20242 އަހަރު ކުރިން
ރިޕޯޓު

އެސްއެސްސީ ޕޭޕަރު މާކު ކުރަން އައި ޓީޗަރުންނަށް ބޮޑު ތުރާލެއް!

ބިދޭސީންނަށް އުޅަނދުތަކުގެ ކެޕްޓަނުންގެ ގޮތުގައި ނުތިބެވޭނެ، މިއީ ކުޑަކަމެއް ނޫން - އަދުނާން
20233 އަހަރު ކުރިން
ރާއްޖެ

ބިދޭސީންނަށް އުޅަނދުތަކުގެ ކެޕްޓަނުންގެ ގޮތުގައި ނުތިބެވޭނެ، މިއީ ކުޑަކަމެއް ނޫން - އަދުނާން

ރ. އަތޮޅު ރިސޯޓެއްގެ އިމާރާތަކުން ވެއްޓި، މީހަކު މަރުވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

ރ. އަތޮޅު ރިސޯޓެއްގެ އިމާރާތަކުން ވެއްޓި، މީހަކު މަރުވެއްޖެ

ޑޮކްޓަރުންނަށް އޮޅިގެން ސަލާމަތުން އޮތް ފައި ބުރިކޮށްލެވިއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ޑޮކްޓަރުންނަށް އޮޅިގެން ސަލާމަތުން އޮތް ފައި ބުރިކޮށްލެވިއްޖެ

ބައި ލައްކައަށް ވުރެ ގިނަ މެމްބަރުންނާ އެކު އެންމެ މެމްބަރުން ގިނަ ޕާޓީއަކަށް އެމްޑީޕީ
20197 އަހަރު ކުރިން
ރާއްޖެ

ބައި ލައްކައަށް ވުރެ ގިނަ މެމްބަރުންނާ އެކު އެންމެ މެމްބަރުން ގިނަ ޕާޓީއަކަށް އެމްޑީޕީ

ބ. ހިތާދޫގައި ވިޔަފާރި ކުރަނީ ވަރަށް ތަފާތުކޮށް، ސޭޓަކާ ނުލާ!
20188 އަހަރު ކުރިން
ރިޕޯޓު

ބ. ހިތާދޫގައި ވިޔަފާރި ކުރަނީ ވަރަށް ތަފާތުކޮށް، ސޭޓަކާ ނުލާ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު