Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޝަހުޒާންއާ ލީވާން

ނޫސްވެރިންނަކީ ޤައުމުގެ މޫނުބަލާ ލޯގަނޑު، ޝަހުޒާންއާ ލީވާން ވަގުތުން ދޫކޮށްލާ: ޝާޒް

21 މެއި 2026 | ބުރާސްފަތި 04:08

ހައްޔަރުކޮށްފައިވާ ނޫސްވެރިން ވަގުތުން ދޫކޮށްލުމަށް ގޮވާލައި، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ކެތްތެރިކަން ކުޑަކަމުން ވެރިކަން ކުރަން ނޭނގޭ ކަމަށް ޝަހުޒާންގެ ބައްޕަ އަޙްމަދު ޝާޒް ވިދާޅުވެއްޖެ. ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން ޝަހުޒާން ނެރެލި މަންޒަރަކީ ލަދުވެތި ކަމެއްގެ ގޮތުގައި ސިފަކުރައްވައި، ޝާޒް ވިދާޅުވީ ނޫސްވެރިންނަކީ ޤައުމުގެ މޫނުބަލާ ލޯގަނޑު ކަމަށާއި އެމީހުންނަށް އަނިޔާވެރިވުން ހުއްޓާލަން ޖެހޭ ކަމަށް. އަދި މި ސަރުކާރަކީ މިހާތަނަށް ފެނުނު އެންމެ ކޮރަޕްޓް އަދި އަނިޔާވެރި ސަރުކާރުގެ ގޮތުގައި އޭނާ ވަނީ ފާހަގަކުރައްވާފައި.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 21 މެއި 2026 | ބުރާސްފަތި 04:08
ޝަހުޒާންގެ ބައްޕަ، އަހުމަދު ޝާޒް (ތަޖޫބެ)

ޝަހުޒާންގެ ބައްޕަ، އަހުމަދު ޝާޒް (ތަޖޫބެ) | ރާއްޖެ އެމްވީ

ނޫސްވެރިންނަކީ ޤައުމުގެ މޫނުބަލާ ލޯގަނޑު ކަމަށާއި، ޖަލަށް ލާފައިވާ ނޫސްވެރިންކަމަށްވާ މުޙައްމަދު ޝަހުޒާންއާއި، ލީވާން އަލީ ނަސީރު ވަގުތުން ވަގުތުން ދޫކޮށްލުމަށް ގޮވާލާކަމަށް ޝަހުޒާންގެ ބައްޕަ، އަހުމަދު ޝާޒް (ތަޖޫބެ) ވިދާޅުވެއްޖެއެވެ.

އޭނާ އެހެން ވިދާޅުވީ ބުރާސްފަތި ދުވަހު ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ.

Advertisement - newsAdvertisement

ޝާޒް ވިދާޅުވީ، އޭނާއަކީވެސް ޤާނޫނު ތަންފީޒު ކުރުމުގެ ދާއިރާގައި އެތައް އަހަރެއް ވަންދެން އުޅެފައިވާ ފަރާތެއް ކަމަށާއި، ޤާނޫނަކީ އެންމެންނަށް ހަމަހަމަވާން ޖެހޭ އެއްޗެއްކަން އޭނާއަށްވެސް ސާފު ކަމަށެވެ. އަދި ވިދާޅުވީ، ކޯޓު އަމުރެއް ނެރެފައި އޮތްއިރު، އެ އަމުރަކީވެސް ހަމަހަމަކަމާއެކު ތަންފީޒުކުރަންޖެހޭ އަމުރެއް ކަމަށެވެ.

މީގެ އިތުރުން، ނޫސްވެރިޔާ ޝަހުޒާން ކޯޓު އަމުރާ ޚިލާފުވިކަމަށް ރައީސް ޑރ މުޙައްމަދު މުއިއްޒު ނޫސްވެރިންގެ ބައްދަލުވުމުގައި ވަގުތުން ކަނޑައަޅުއްވައި، ނޫސްވެރިޔާވެސް ވަގުތުން އެތަނުން ނެރެލި މަންޒަރަކީ ލަދުވެތި މަންޒަރެއްކަން ފާހަގަ ކުރައްވައި ޝާޒް ވިދާޅުވީ، އެހާ ކެތްތެރިކަން ކުޑަ ބޭފުޅަކަށް ވެރިކަމެއް ނުކުރެވޭނެ ކަމަށެވެ.

  ހަގީގަތުގައި އަޅުގަނޑު ލަދުގަތޭ އެ ދުވަހު އެބޭފުޅާ އުޅުއްވި ގޮތުން، އެބޭފުޅާ ފުރަތަމައިނުންވެސް ޙުކުމް ކުރެއްވީ، ޝަހުޒާން ތިހުރީ ކުށްވެރިވެފައޭ، އަމުރާ ޚިލާފުވެފައޭ، އެބޭފުޅާއަކަށް ނުނިންމެވޭނެ، ދެން ވީ ގޮތަކީ ޝަހުޒާން ބޭރަށް ނެރެން އަމުރެއް ކުރަނީ، އެވަގުތުކޮޅުވެސް ކެތްކޮށް ނުލެވުނު، އެހެންވީމާ އެހާ ކެތްތެރިކަން ކުޑަ ބޭފުޅަކަށް ވެރިކަމެއް ނުކުރެވޭނެ. އަޅުގަނޑުމެން ހަގީގަތުގައިވެސް ހީކުރީ ޑރ މުއިއްޒު ވަޑައިގެންނެވީމާ އެއީ ޑރ މުއިއްޒުކަމަށް، ވަރަށް ބޮޑު ތަރައްޤީއެއް ގެންނަވާނެކަމަށް، ރަނގަޅު ބޭފުޅުން ލައްވާނެކަމަށް، ކެބިނެޓުވެސް ވަރުގަދަވާނެ ކަމަށް، އެހެނެއް ނޫން ވީކީ، މުޅި ލައިފްގަ އަޅުގަނޑުމެން ނުދެކެން މިހާ ދަށްކޮށް ދާ ވެރިކަމެއް، މިހާ ކޮރަޕްޓް އަނިޔާވެރި ވެރިކަމެއް، ވިދާޅުވެދާނެ ޝަހުޒާން ޖަލަށް ލީމައޭ.
ޝަހުޒާންގެ ބައްޕަ، އަހުމަދު ޝާޒް (ތަޖޫބެ)

ޝާޒް ވަނީ ނޫސްވެރިން މިހާރުން މިހާރަށް ދޫކޮށްލުމަށް ސަރުކާރަށް ގޮވާލާފައެވެ. އަދި ނޫސްވެރިންގެ ބޮލަށާއި ލޮލަށް ނޭރުމަށް އެދިލައްވައި ޝާޒް ވިދާޅުވީ، ނޫސްވެރިންނަކީ ޤައުމުގެ މޫނުބަލާ ލޯގަނޑު ކަމަށެވެ.

  ޝަހުޒާންއާ ލީވާން މިހާރުން މިހާރަށް ދޫކޮށްލާށޭ، ހަމައެއާއެކު، ނޫސްވެރިންގެ ދިފާއުގައި މަސައްކަތް ކުރާ ފަރާތްތަކަށް އިތުރު ހާނިކަ ނުކުރައްވާށޭ، ނޫސްވެރިކަން ކުރިޔަދޭށޭ، ނޫސްވެރިން ބޮލަށް ލޮލަށް ނާރާށޭ، އެމީހުންނާ ނުބެހޭށޭ، އެމީހުންނަކީ ހަގީގަތުގައި ޤައުމުގެ މޫނުބަލާ ލޯގަނޑޭ، ބުރަކަށީގައި ހުންނަ އެއްޗެއް ފުރަގަހުގައި ހުންނަ އެއްޗެއް ނުފެންނާނެއޭ އެމީހާއަކަށް، ނޫސްވެރިޔާ ބުނާނެ ބުރަކަށީގައި އެބައިނޭ ކިލާކޮޅެއް، އެ މަސައްކަތް އެ ކުރަނީ.
ޝަހުޒާންގެ ބައްޕަ، އަހުމަދު ޝާޒް (ތަޖޫބެ)

ޝާޒް އިތުރަށް ވިދާޅުވީ، ސުވާލެއް ކޮށްގެން ނުވަތަ ޚަބަރެއް ޖަހައިގެން ޖަލަށް ލުމަކީ ބަލައިގަނެވޭ ކަމެއް ނޫން ކަމަށާއި، އެ ނޫސްވެރިން ވަގުތުން ދޫކޮށްލުމަށް ގޮވާލައްވާ ކަމަށެވެ. އަދި ވިދާޅުވީ، ޝަހުޒާންއާމެދު ފަޚުރުވެރިވާ ކަމަށާއި، އޭނާއަކީ ކަންކަން ދިރާސާކޮށްގެން، ތައްޔާރުވެގެން ނޫސްވެރިންގެ ބައްދަލުވުމަށް ދާ ނޫސްވެރިއެއް ކަމަށެވެ.

 

 

މުހައްމަދު ޝަހުޒާންލީވާން އަލީ ނާސިރުއަހުމަދު ޝާޒްޑރ. މުހައްމަދު މުއިއްޒުރާއްޖެ ޓީވީނޫސްވެރިޔާ

އެންމެ ހިނގާ

1

އޮޑި އަށް ގެނައި ރެއާލް އަށް ކުޅުނު ރޮޑްރިގޭޒް، ކުލަބު ދޫކޮށް ގޮސްފި

2

ވިހައިގެން ހޮސްޕިޓަލުން ނުނިކުމެވި އުޅެނިކޮށް ލިބުނީ ފެނަކައިގެ ވަޒީފާއިން ވަކިކުރިކަމުގެ ޗިޓު!

3

ލޯބިވާ ކުޑަކުޑަ ހިތާއެވެ! ލޯބިވާ ދަރިފުޅާއެވެ!: ތުއްތު ޒީވާގެ ވަކިވުމާއެކު އަޝްރަފްގެ އައު ޅެމަކުން ރޮއްވާލައިފި!

4

މެމްބަރު ސައުދުﷲ ހިލްމީ ސޯޝަލް މީޑިއާގައި އާންމުކުރި ލިސްޓުގައި 18 އަހަރު ނުވާ ކުޑަކުދިންގެ މައުލޫމާތު ހިމެނޭތީ، އެ މައްސަލަ ފުލުހަށް ހުށަހަޅައިފި

5

އަނެއްކާ ވެސް އެކްސިޑެންޓެއް ހިނގައި، 17 އަހަރުގެ އަންހެން ކުއްޖަކަށް އަނިޔާވެއްޖެ

އިތުރަށް ކިޔާލަން

21 އޯގަސްޓު 2026

ރައީސް މުއިއްޒުއާ ވަކިވަކިން ބައްދަލުކުރާ "ރައްޔިތުންގެ އަޑު" ސިލްސިލާގެ އިތުރު ބައްދަލުވުންތަކެއް ކުރިއަށް ގެންގޮސްފި

21 އޯގަސްޓު 2026
ރައީސް މުއިއްޒުއާ ވަކިވަކިން ބައްދަލުކުރާ "ރައްޔިތުންގެ އަޑު" ސިލްސިލާގެ އިތުރު ބައްދަލުވުންތަކެއް ކުރިއަށް ގެންގޮސްފި
20 އޯގަސްޓު 2026

10 އަހަރު ފޯކައިދޫ ފެނަކަ ބްރާންޗަށް ޚިދުމަތް ކުރި މުވައްޒަފަކު އެމްޑީޕީއަށް ސޮއިކުރުމުން ވަޒީފާއިން ވަކިކުރި ކަމުގެ ތުހުމަތު!

20 އޯގަސްޓު 2026
10 އަހަރު ފޯކައިދޫ ފެނަކަ ބްރާންޗަށް ޚިދުމަތް ކުރި މުވައްޒަފަކު އެމްޑީޕީއަށް ސޮއިކުރުމުން ވަޒީފާއިން ވަކިކުރި ކަމުގެ ތުހުމަތު!
19 އޯގަސްޓު 2026

މުއިއްޒު ބޭބެ ހާދަ ކޫލް އޭ، އިނގިރޭސި ބަހަށް ހާދަ މޮޅޭ

19 އޯގަސްޓު 2026
މުއިއްޒު ބޭބެ ހާދަ ކޫލް އޭ، އިނގިރޭސި ބަހަށް ހާދަ މޮޅޭ
19 އޯގަސްޓު 2026

އޭ މިހިރަ ދިދަޔާ އެވެ. އަހަރެމެން ހަނގުރާމައިގެ ތުންފަތްމައްޗަށް އެއްލައިލަނީ ހެއްޔެވެ؟

19 އޯގަސްޓު 2026
އޭ މިހިރަ ދިދަޔާ އެވެ. އަހަރެމެން ހަނގުރާމައިގެ ތުންފަތްމައްޗަށް އެއްލައިލަނީ ހެއްޔެވެ؟
19 އޯގަސްޓު 2026

ކުޑަހުވަދޫގައި 18 މަސްތެރޭ ނިންމާނެކަމަށް ވިދާޅުވެ ރައީސް ބިންގާ އެޅުއްވި ހޮސްޕިޓަލު: ފެންނަން އޮތީ ހަމައެކަނި ހުސް ބިމެއް!

19 އޯގަސްޓު 2026
ކުޑަހުވަދޫގައި 18 މަސްތެރޭ ނިންމާނެކަމަށް ވިދާޅުވެ ރައީސް ބިންގާ އެޅުއްވި ހޮސްޕިޓަލު: ފެންނަން އޮތީ ހަމައެކަނި ހުސް ބިމެއް!
18 އޯގަސްޓު 2026

ރައީސް މުއިއްޒުގެ މޭޔަރު ކަމުގައި 2023 ވަނަ އަހަރު ރައްޔިތުންގެ ބައްދަލުވުންތަކަށް 2 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުކުރެއްވި: މޭޔަރު އާޒިމް

18 އޯގަސްޓު 2026
ރައީސް މުއިއްޒުގެ މޭޔަރު ކަމުގައި 2023 ވަނަ އަހަރު ރައްޔިތުންގެ ބައްދަލުވުންތަކަށް 2 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުކުރެއްވި: މޭޔަރު އާޒިމް
18 އޯގަސްޓު 2026

މި ސަރުކާރުގެ އެންމެ މައިގަނޑު އެއް ސިޔާސަތަކީ އާބާދީ އެއްފަސްކުރުމާއި ސަރަޙައްދީ ތަރައްޤީ: ރައީސް

18 އޯގަސްޓު 2026
މި ސަރުކާރުގެ އެންމެ މައިގަނޑު އެއް ސިޔާސަތަކީ އާބާދީ އެއްފަސްކުރުމާއި ސަރަޙައްދީ ތަރައްޤީ: ރައީސް
17 އޯގަސްޓު 2026

ރައީސް، ރައީސް، އައްޑޫ ސިޓީ އަށް އޮތީ ކޮން ޕްރޮޖެކްޓްތަކެއްތޯ؟

17 އޯގަސްޓު 2026
ރައީސް، ރައީސް، އައްޑޫ ސިޓީ އަށް އޮތީ ކޮން ޕްރޮޖެކްޓްތަކެއްތޯ؟
15 އޯގަސްޓު 2026

އިންޑިއާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާ ތަހުނިޔާ ފޮނުއްވައިފި

15 އޯގަސްޓު 2026
އިންޑިއާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާ ތަހުނިޔާ ފޮނުއްވައިފި
15 އޯގަސްޓު 2026

ރާއްޖޭގައި އިސްލާމް ދީން ދަމަހައްޓަވަނީ ޑރ. މުއިއްޒުކަމަށް ދެއްކެވުން ހުއްޓާލައްވާ! ޤާނޫނު އަސާސީ އޮތްގޮތް ވަރަށް ސާފު!

15 އޯގަސްޓު 2026
ރާއްޖޭގައި އިސްލާމް ދީން ދަމަހައްޓަވަނީ ޑރ. މުއިއްޒުކަމަށް ދެއްކެވުން ހުއްޓާލައްވާ! ޤާނޫނު އަސާސީ އޮތްގޮތް ވަރަށް ސާފު!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް