Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ނާޒިމްގެ އިތުބާރުގެ މައްސަލަ

ނާޒިމް މަޤާމުން ވަކިކުރުމަށް ނަގާ ވޯޓު ސިއްރު ނުކުރަނީ ވޯޓުގެ ހާމަކަން ބޮޑުކުރަން: ޝާހިދު

މި މަހުގެ 14 ވަނަ ދުވަހު ނާޒިމް މަގާމުން ވަކިކުރުމުގެ ގަރާރެއް ލިބިފައިވާ ކަމަށް މަޖިލީހުގެ އިދާރާއިން ވަނީ ބުނެފަ. މަޖިލީހުގެ އާއްމު ކޮމިޓީ އިން ފާސްކުރީ އެ މައްސަލައިގެ ބަހުސް އަށް 50 މިނިޓު ދިނުމަށާއި މެމްބަރަކަށް ބަހުސްގައި 3 މިނިޓުގެ 1 ފުރުސަތު ދިނުމަށް.

ނަޒާހަތު އިބްރާހިމް
ނަޒާހަތު އިބްރާހިމް, ރާއްޖެ އެމްވީ | 20 މެއި 2026 | ބުދަ 13:22
ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު މަޖިލީހުގެ ތަޅުމުގައި ވާހަކަދައްކަވަނީ

ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު މަޖިލީހުގެ ތަޅުމުގައި ވާހަކަދައްކަވަނީ | ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމްގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި ނަގާ ވޯޓު ސިއްރު ނުކުރަނީ ވޯޓުގެ ހާމަކަން ބޮޑުކުރަން ކަމަށް މަޖިލީހުގެ އާއްމު ކޮމިޓީގެ މުގައްރިރު އަދި ހުޅުދޫ ދާއިރާގެ މެމްބަރު މުޙައްމަދު ޝާހިދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމްގެ އިތުބާރު ނެތް ކަމަށް ހުށަހަޅާފައިވާ ގަރާރަށް ބަހުސް ކުރުމަށް 50 މިނިޓު އަދި ޖަވާބުދާރީ ވާން 10 މިނިޓު ދިނުމަށް މަޖިލީހުގެ އާއްމު ކޮމިޓީ އިން ވަނީ ބުދަ ދުވަހު ހަވީރު ނިންމާފަ އެވެ. 

Advertisement - newsAdvertisement

އެ ބަހުސްގެ ވަގުތާ މެދު ކޮމިޓީގައި ވާހަކަދައްކަވަމުން، މާވަށު ދާއިރާގެ މެމްބަރު އަހުމަދު ޝާކިރު ވަނީ ނާޒިމް އަށް 10 މިނިޓު ދޭން ނިންމި ސަބަބާއި ގުޅޭ ގޮތުން ސުވާލުކޮށްފަ އެވެ. 10 މިނިޓަކީ ޖަވާބުދާރީ ވާން އެންމެ އެކަށީގެންވާ ވަގުތު ތޯ ވެސް އޭނާ ސުވާލު ކުރެއްވި އެވެ. ހަމައެހެންމެ މަޖިލީހުގެ ނައިބު ރައީސް އައްޔަން ކުރަނީ ސިއްރު ވޯޓަކުން ކަމަށް ވާއިރު އެ މަޤާމުގައި ހުންނަ މީހާ ވަކިކުރުމަށް ނަގާ ވޯޓު ސިއްރު ނުކުރާ ސަބަބާއި މެދުގައި ވެސް އޭނާ ވަނީ ސުވާލު އުފައްދަވާފަ އެވެ.

ޝާކިރުގެ އެ ސުވާލަށް ޖަވާބުދެއްވަމުން، އެ ހުށަހެޅުއްވުން ހުށަހެޅުއްވި ހޮޅުދޫ ދާއިރާގެ މެމްބަރު އަބްދުއްސައްތާރު މުހައްމަދު ވިދާޅުވީ ޖަވާބުދާރީ ވާން ވަކި ވަރަކަށް ވަގުތު ދިނުމަށް ގަވާއިދުގައި ހިމަނާފައި ނުވާތީ އެ ގޮތަށް ހުށަހެޅީ ކަމަށެވެ. އަދި ކޮމިޓީގެ މުގައްރިރު  ޝާހިދު ވަނީ ނާޒިމް އަށް ޖަވާބުދާރީ ވާން ލިބޭ 10 މިނިޓު ބަހުސް ފަށާ އިރު 5 މިނިޓު އަދި ބަހުސްގެ މެދުތެރެއިން 5 މިނިޓު ދިނުމަށް ނިންމި ދާނެ ކަމަށް ވިދާޅުވެފަ އެވެ.  ހަމައެހެންމެ މަދުވެގެން ދޭން ޖެހޭ ވަގުތެއް ގަވާއިދުގައި ހިމަނާފައި ނެތް ކަމަށް ފާހަގަކުރައްވާ ޝާހިދު ވަހީ ނާޒިމް އަށް ޖަވާބުދާރީވުމަށް 10 މިނިޓު ދިނުމުގައި މައްސަލަ އެއް ނެތް ކަމަށް ދޭހަވާ މޭރުމަކުން ވާހަކަދައްކަވާފަ އެވެ. 

މީގެ އިތުރުން މަޖިލީހުގެ ނައިބު ރައީސް އައްޔަން ކުރުމަށް ނަގާ ވޯޓު ސިއްރު ވި ނަމަވެސް އެ މަޤާމުގައި ހުންނަ މީހާ ވަކި ކުރާ އިރު ނަގާ ވޯޓު ސިއްރު ނުކުރަނީ ވޯޓުގެ ހާމަކަން ބޮޑު ކުރުމަށް ކަމަށް ޝާހިދު ވިދާޅުވި އެވެ.

މަޖިލީހުގެ އާއްމު ކޮމިޓީ އިން ފާސްކުރީ އެ މައްސަލައިގެ ބަހުސް އަށް 50 މިނިޓު ދިނުމަށާއި މެމްބަރަކަށް ބަހުސްގައި 3 މިނިޓުގެ 1 ފުރުސަތު ދިނުމަށެވެ. 

މި މަހުގެ 14 ވަނަ ދުވަހު ނާޒިމް މަގާމުން ވަކިކުރުމުގެ ގަރާރެއް ލިބިފައިވާ ކަމަށް މަޖިލީހުގެ އިދާރާއިން ވަނީ ބުނެފަ އެވެ. އަދި އެ މައްސަލަ ގާނޫނު އަސާސީއާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެ މަތިން ކުރިއަށްގެންދާނެ ކަމަށް މަޖިލީހުގެ އިދާރާއިން ވަނީ ހަމަ އެ ދުވަހު ބުނެފަ އެވެ. 

އަހްމަދު ނާޒިމްމުހައްމަދު ޝާހިދުހޮޅުދޫ ދާއިރާއަހުމަދު ޝާކިރު20 ވަނަ ރައްޔިތުންގެ މަޖިލީސް

ކޮމެންޓް

އިތުރަށް ކިޔާލަން

ނާޒިމް ވަކިކުރުމުގެ މައްސަލަ: ޖަވާބުދާރީ ވާން ނާޒިމް އަށް ޖުމްލަ 10 މިނިޓު، ބަހުސް އަށް މެމްބަރަކަށް 3 މިނިޓުގެ 1 ފުރުސަތު

ނާޒިމް ވަކިކުރުމުގެ މައްސަލަ: ޖަވާބުދާރީ ވާން ނާޒިމް އަށް ޖުމްލަ 10 މިނިޓު، ބަހުސް އަށް މެމްބަރަކަށް 3 މިނިޓުގެ 1 ފުރުސަތު

20 މެއި 2026
ދައުރު ދަންމާލައިގެން ކުރަން ޖެހޭ "މުހިއްމު މަސައްކަތަކީ" ނާޒިމް ވަކިކުރުން

ދައުރު ދަންމާލައިގެން ކުރަން ޖެހޭ "މުހިއްމު މަސައްކަތަކީ" ނާޒިމް ވަކިކުރުން

20 މެއި 2026
މަޖިލީހުގެ ނައިބު ރައީސް ކަމުން ނާޒިމް ވަކިކުރުން: ގަރާރަށް ބަހުސް ކުރާނެ މެންބަރުންގެ އަދަދާ، ދިފާއުގައި ވާހަކަދައްކަން ދޭނެ ވަގުތު ކަނޑައަޅަނީ

މަޖިލީހުގެ ނައިބު ރައީސް ކަމުން ނާޒިމް ވަކިކުރުން: ގަރާރަށް ބަހުސް ކުރާނެ މެންބަރުންގެ އަދަދާ، ދިފާއުގައި ވާހަކަދައްކަން ދޭނެ ވަގުތު ކަނޑައަޅަނީ

20 މެއި 2026
މުހިއްމު މަސައްކަތް ހުރި ކަމަށް ބުނެ މަޖިލީހުގެ ދައުރު ދަންމާލުމަށް ފަހު ތާވަލު ކުރި ފުރަތަމަ ޖަލްސާ ވެސް ކެންސަލް

މުހިއްމު މަސައްކަތް ހުރި ކަމަށް ބުނެ މަޖިލީހުގެ ދައުރު ދަންމާލުމަށް ފަހު ތާވަލު ކުރި ފުރަތަމަ ޖަލްސާ ވެސް ކެންސަލް

18 މެއި 2026
 މީދޫ އިންތިޚާބުގެ މައްސަލަ: ހައިކޯޓުގެ ނިންމުމާއެކު އެމްޑީއޭއާއި ޕީއެންސީ ކެންޑިޑޭޓާ ވޯޓު އެއްވަރުވެއްޖެ!

މީދޫ އިންތިޚާބުގެ މައްސަލަ: ހައިކޯޓުގެ ނިންމުމާއެކު އެމްޑީއޭއާއި ޕީއެންސީ ކެންޑިޑޭޓާ ވޯޓު އެއްވަރުވެއްޖެ!

14 މެއި 2026

އަހަރުތަކުން މިއަދު

20 މެއި
ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މުވައްޒަފުން މަސައްކަތް ހުއްޓާލާ ގެއަށް ގޮސްފި
20251 އަހަރު ކުރިން
ރާއްޖެ

ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މުވައްޒަފުން މަސައްކަތް ހުއްޓާލާ ގެއަށް ގޮސްފި

އެސްއެސްސީ ޕޭޕަރު މާކު ކުރަން އައި ޓީޗަރުންނަށް ބޮޑު ތުރާލެއް!
20242 އަހަރު ކުރިން
ރިޕޯޓު

އެސްއެސްސީ ޕޭޕަރު މާކު ކުރަން އައި ޓީޗަރުންނަށް ބޮޑު ތުރާލެއް!

ބިދޭސީންނަށް އުޅަނދުތަކުގެ ކެޕްޓަނުންގެ ގޮތުގައި ނުތިބެވޭނެ، މިއީ ކުޑަކަމެއް ނޫން - އަދުނާން
20233 އަހަރު ކުރިން
ރާއްޖެ

ބިދޭސީންނަށް އުޅަނދުތަކުގެ ކެޕްޓަނުންގެ ގޮތުގައި ނުތިބެވޭނެ، މިއީ ކުޑަކަމެއް ނޫން - އަދުނާން

ރ. އަތޮޅު ރިސޯޓެއްގެ އިމާރާތަކުން ވެއްޓި، މީހަކު މަރުވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

ރ. އަތޮޅު ރިސޯޓެއްގެ އިމާރާތަކުން ވެއްޓި، މީހަކު މަރުވެއްޖެ

ޑޮކްޓަރުންނަށް އޮޅިގެން ސަލާމަތުން އޮތް ފައި ބުރިކޮށްލެވިއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ޑޮކްޓަރުންނަށް އޮޅިގެން ސަލާމަތުން އޮތް ފައި ބުރިކޮށްލެވިއްޖެ

ބައި ލައްކައަށް ވުރެ ގިނަ މެމްބަރުންނާ އެކު އެންމެ މެމްބަރުން ގިނަ ޕާޓީއަކަށް އެމްޑީޕީ
20197 އަހަރު ކުރިން
ރާއްޖެ

ބައި ލައްކައަށް ވުރެ ގިނަ މެމްބަރުންނާ އެކު އެންމެ މެމްބަރުން ގިނަ ޕާޓީއަކަށް އެމްޑީޕީ

ބ. ހިތާދޫގައި ވިޔަފާރި ކުރަނީ ވަރަށް ތަފާތުކޮށް، ސޭޓަކާ ނުލާ!
20188 އަހަރު ކުރިން
ރިޕޯޓު

ބ. ހިތާދޫގައި ވިޔަފާރި ކުރަނީ ވަރަށް ތަފާތުކޮށް، ސޭޓަކާ ނުލާ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު