Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ދަރަނި

ދަރަނީގެ މައްސަލަ ހައްލު ނުކުރެވޭ ނަމަ ރާއްޖޭގެ ރައްޔިތުން އިތުރު ނިކަމެތި ކަމެއްގެ ތެރެއަށް ދާން ޖެހިދާނެ ކަމުގެ ބިރު އެބައޮތް: ކުރީގެ ރައީސް ނަޝީދު

ކުރީގެ ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގެ ދަރަނީގެ މައްސަލަ ހައްލުނުކުރެވިއްޖެނަމަ، ޑިމޮކްރަސީގެ ތެރެއިން ރައްޔިތުން ހޯދި އިޖުތިމާއީ ރައްކާތެރިކަމާއި ތަނަވަސްކަން ގެއްލިދާނެ ކަމުގެ ބިރު އެބައޮތް ކަމަށް. ތަރައްގީގެ މަޝްރޫއުތަކުން އާމްދަނީ ލިބުމުގެ މާ ކުރިން ލޯނު ދައްކަން ޖެހުމަކީ ދަރަނި ބޮޑުވާ ސަބަބެއްކަން ފާހަގަކުރައްވައި، މިކަމަށް އޮތް ހައްލަކީ ހަމައެކަނި ހަރަދު ކުޑަކުރުން ނޫން ކަމަށާއި ދަރަނި އަލުން ތަރުތީބުކުރުން ކަމަށް އެމަނިކުފާނު ވިދާޅުވި. އެހެންކަމުން، މި ނާޒުކު ހާލަތުން އަރައިގަތުމަށްޓަކައި ރާއްޖޭގެ އިގްތިސާދީ މިސްރާބަށް ބޮޑު ބަދަލެއް ގެންނަންޖެހޭ ކަމަށް ނަޝީދު ވިދާޅުވި.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 17 މެއި 2026 | އާދީއްތަ 07:46
ހޮނިހިރު ދުވަހުގެ ރޭ ފުވައްމުލައް ސިޓީގައި ބޭއްވި ބޮޑު ބަދަލު ކެންޕޭން ޖަލްސާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވާހަކަފުޅު ދައްކަވަނީ.

ހޮނިހިރު ދުވަހުގެ ރޭ ފުވައްމުލައް ސިޓީގައި ބޭއްވި ބޮޑު ބަދަލު ކެންޕޭން ޖަލްސާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވާހަކަފުޅު ދައްކަވަނީ. | ރާއްޖެއެމްވީ

ދިވެހިރާއްޖޭގައި ދަރަނީގެ މައްސަލަ ވަރަށް ބޮޑު ކަމަށާއި، މި މައްސަލަ ހައްލު ނުކުރެވޭ ނަމަ ރައްޔިތުން އިތުރު ނިކަމެތި ކަމެއްގެ ތެރެއަށް ދާން ޖެހިދާނެ ކަމުގެ ބިރު އެބައޮތް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.  

ހޮނިހިރު ދުވަހުގެ ރޭ ފުވައްމުލައް ސިޓީގައި ބޭއްވި ބޮޑު ބަދަލު ކެންޕޭން ޖަލްސާގައި ނަޝީދު ވިދާޅުވީ، ދިވެހިރާއްޖެ 2008 ވަނަ އަހަރު ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމެއް ބަލައިގަނެފައިވާ ކަމަށެވެ.

Advertisement - newsAdvertisement

މި ނިޒާމުގެ ތެރެއިން ހިޔާލު ފާޅު ކުރުމުގެ މިނިވަން ކަމާއި، އެއްވެ އުޅުމުގެ މިނިވަންކަން އަދި ސުލްހަވެރި ސިޔާސީ ހަރަކާތް ހިންގުމުގެ މިނިވަން ކަމަށް ފުރޮޅިގެން ދިޔަ ދިއުމާއެކު، ރައްޔިތުންގެ ތަނަވަސްކަން އެތައް ގުނައަކުން އިތުރުވެގެން ދިޔަ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. 

ވަރަށް ސާފުކޮށް ހުރިހާ ބޭފުޅުން ފާހަގަކުރާނެ އިޖްތިމާއީ ރައްކާތެރިކަން ރާއްޖޭގެ ރައްޔިތުންނަށް މިހާރު ލިބިދީފައިވާކަން. އެކަނިވެރި މައިންނަށް އެއްޗެއް ލިބޭކަން. ޔަތީމު ކުދިންނަށް އެއްޗެއް ލިބޭކަން، ނުކުޅެދޭ ފަރާތްތަކަށް އެހީތެރިކަމެއް ފޯރުކޮށްދެވޭކަން. ދޮށީ އުމުރުގެ މީހުންނަށް ޕެންޝަނެއް ދެވި ފޮތް ފަންސޫރު ގަލަން ދަރިވަރުންނަށް ހޯދައިދެވި އަދި މަތީ ތައުލީމު ވެސް ހިލޭ ދެވި އެންމެ ކުޑަ އުޖާރައެއް ވެސް އަޅުގަނޑުމެންނަށް ބައެއް ކަންކަމުގައި ކަނޑައެޅިފައި. އެތަނަވަސްކަން އަޅުގަނޑުމެންނަށް ލިބުނީ، ހޯދުނީ ޑިމޮކްރަސީގެ ވަރުގަދަ ރޫހުގައި. އަޅުގަނޑުމެން އެންމެން ކުރި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުގައި. 
ކުރީގެ ރައީސް މުހައްމަދު ނަޝީދު

ރާއްޖޭގެ ދަރަނީގެ ހާލަތަށް އިޝާރާތް ކުރައްވައި ނަޝީދު ވިދާޅުވީ މި މައްސަލައާ ގުޅިގެން ކަންބޮޑުވާ ކަމަށާއި، ދަރަނީގެ މައްސަލަ ހައްލު ނުކުރެވޭ ކަމަށްވާނަމަ މި ތަނަވަސްކަން ގެއްލި، ނިކަމެތިކަމެއްގެ ތެރެއަށް ދިއުމުގެ ބިރު ވަރަށް ބޮޑު ކަމަށެވެ. 

ތަރައްގީއަށް އަލިއަޅުއްވާލައްވައި ނަޝީދު ވިދާޅުވީ ފުވައްމުލަކުގެ ތަރައްގީގެ އެކިއެކި މަޝްރޫއުތަކަަށް ގާތްގަނޑަކަށް 200 މިލިއަންނާއި، 300 މިލިއަނާ ދެމެދުގެ އަދަދަކަށް ރުފިޔާ ހަރަދު ކުރެވިފައިވާ ކަމަށެވެ. ނަމަވެސް އެތަރައްގީގެ މަޝްރޫއުތައް ނިމި، އޭގެ މަންފާ ރައްޔިތުންނަށް ލިބުމުގެ ކުރިން ލޯނު ދައްކަން ޖެހޭ ޖެހުމަށް ނަޝީދު ސުވާލު އުފެއްދެވި އެވެ. 

މިރުފިޔާ ހަރަދު ކުރީ ފެނާއި ނަރުދަމާ ނިޒާމު ގާއިމް ކުރުމަށް، ބަނދަރު ހެދުމަށް، ގިރާ ސަރަހައްދު ހިމާޔަތް ކުރުމަށް، މަގުތައް ހެދުމަށް، އަދި އެހެންވެސް އިމާރާތްތައް އެޅުމަށް. އަހަން މިޖެހޭ ސުވާލަކީ ގިރާ ސަރަހައްދު ހިމާޔަތް ކުރުމަށް އަޅާފައި އެ ތޮށި އޭގެ މީޓަރެއްގެ އަގަކީ 4000 ޑޮލަރު. މީޓަރެއްގެ. މި އުމްރާނީ މަސައްކަތް ކުރީމަ އޭގެ ސަބަބުން ރައްޔިތުންގެ ތަނަވަސްކަން އިތުރުވެއްޖެތޯ. މަގެއް އެޅީމަ އެ މަގަށް ހުޅުވޭ ދޮރުގެ އެގޭގެ އާއިލާއަށް އެބަ ތަނަވަސްކަމެއް ލިބޭތޯ. މިމަގު ހެދުމުގެ ލޯނު ނުވަތަ ބޭރު ތޮށި އެޅުމުގެ ލޯނު އަނބުރާ މިދެއްކެނީ ތަނަވަސްކަން އިތުރުވެ، އޭގެން އާމްދަނީ އިތުރުވެ އެ ލިބޭ އިތުރު ފައިސާގެ ތެރެއިން. އަޅުގަނޑަށް މިދިޔަ 20 އަހަރުގެ ތެރޭގައި ފާހަގަވީ އެއް ކަމަކީ އުމްރާނީ މަސައްކަތެއް ފަށައިގަންނަން އެބަ ނަގާ ދެތިން އަހަރު. އެއީ އަދި ފަށަން. އެ ހިޔާލަށް އައިސް އަދި ރައްޔިތުން އެކަމަށް އެތައް އަހަރަކު އެދިއެދި ތިބޭތާ އެތައްދުވަހަކަށް ފަހު ފަށައިގަތުމަށް އެބަ ނަގާ ދެ އަހަރެއްވަރު. މަސައްކަތެއް ނިންމުމަށް އެބަ ނަގާ 5 އަހަރު. އެ މަސައްކަތުން އާމްދަނީ އެއް ލިބުމަށް. މިދެންނެވިހެން މަގަކުން ތަނަވަސް ކަމަކަށް ބަދަލުވުމަށް އެބަ ނަގާ 7 އަހަރާއި 10 އަހަރުގެ މުއްދަތެއް. ލޯނު ދައްކަންޖެހޭ 5 ނުވަތަ 6 އަހަރުގެ ތެރޭގައި. އެހެންވީމަ ވަރަށް ބޮޑު ފަރަގެއް އެބަ އުފެދޭ. މިފަރަގު ދިވެހިރާއްޖޭގައި ވަރަށް ފުޅާ. ފުޅާވީމަ ދަރަނީގެ ކަންތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދެވޭނެ ގޮތެއް ހަގީގަތުގައި ވަރަށް އުދަނގޫ ހޯދަން. 
ކުރީގެ ރައީސް މުހައްމަދު ނަޝީދު

ނަޝީދު ވިދާޅުވީ ދަރަންޏަށް ހައްލެއް ގެނައުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ނުވިސްނާ ކަމަށެވެ. މިއީ ހަރަދު ކުޑަ ކޮށްގެން ވެސް ހައްލު ކުރެވޭނެ ކަމެއް ނޫން ކަމަށާއި، ދަރަނި ދައްކާ ގޮތް އަލުން އެކުލަވާލައި، އައު ގޮތްތަކެއް މި ހޯދަން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި ވިދާޅުވީ މި މައްސަލަ އަށް ހައްލު ހޯދުމަށްޓަކައި ރާއްޖެ ބޮޑު ބަދަލާ ދިމާލަށް މިސްރާބު ޖަހަންޖެހޭ ކަމަށެވެ. 

މުހައްމަދު ނަޝީދުފުވައްމުލައް ސިޓީބޮޑު ބަދަލުދަރަނިޑިމޮކްރަސީ

ކޮމެންޓް

އިތުރަށް ކިޔާލަން

އަޅުގަނޑުމެންނަށް މި ދިވެހިރާއްޖެ ދޫކޮށްލެވެން ނެތް: ކުރީގެ ރައީސް ނަޝީދު

އަޅުގަނޑުމެންނަށް މި ދިވެހިރާއްޖެ ދޫކޮށްލެވެން ނެތް: ކުރީގެ ރައީސް ނަޝީދު

16 މެއި 2026
ކޮރަޕްޝަން ހިންގާ ފަރާތެއް ޖަވާބުދާރީ ކުރުވަން ކެރޭނެ: ކުރީގެ ތިން ރައީސުން

ކޮރަޕްޝަން ހިންގާ ފަރާތެއް ޖަވާބުދާރީ ކުރުވަން ކެރޭނެ: ކުރީގެ ތިން ރައީސުން

16 މެއި 2026
ތިން ރައީސުންވެސް ވިދާޅުވީ، އިނަފް އިސް އިނަފްކަމަށް!

ތިން ރައީސުންވެސް ވިދާޅުވީ، އިނަފް އިސް އިނަފްކަމަށް!

15 މެއި 2026
ޤައުމު ހަމަ މަގަށް އެޅުވުމަށް 3 ރައީސުން ވެސް ގުޅިގެން މަސައްކަތް ކުރުމަށް އެއްބަސްވެއްޖެ!

ޤައުމު ހަމަ މަގަށް އެޅުވުމަށް 3 ރައީސުން ވެސް ގުޅިގެން މަސައްކަތް ކުރުމަށް އެއްބަސްވެއްޖެ!

15 މެއި 2026
ތިން ރައީސުންގެ ތާރީޚީ މަޝްވަރާތައް ފެށިއްޖެ

ތިން ރައީސުންގެ ތާރީޚީ މަޝްވަރާތައް ފެށިއްޖެ

15 މެއި 2026

އަހަރުތަކުން މިއަދު

16 މެއި
އައިޖީއެމްއެޗުން އުކުޅުވަޅުގެ އޮޕަރޭޝަނެއް ކުރި މީހެއްގެ ލޮލުގެ ފެނުން ގެއްލި، ނުކުޅެދުންތެރި މީހަކަށް ބަދަލުވި މައްސަލައެއް
20251 އަހަރު ކުރިން
ރާއްޖެ

އައިޖީއެމްއެޗުން އުކުޅުވަޅުގެ އޮޕަރޭޝަނެއް ކުރި މީހެއްގެ ލޮލުގެ ފެނުން ގެއްލި، ނުކުޅެދުންތެރި މީހަކަށް ބަދަލުވި މައްސަލައެއް

އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟

12 މެމްބަރުންނާއި އިތުރު ބައެއް ފަރާތްތައް އެމްޑީޕީ އިން ވަކިވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

12 މެމްބަރުންނާއި އިތުރު ބައެއް ފަރާތްތައް އެމްޑީޕީ އިން ވަކިވެއްޖެ

އަނެއްކާވެސް ބައްޔަކާމެދު ކަންބޮޑުވުން ފެތުރެން ފަށައިފި
20224 އަހަރު ކުރިން
ރިޕޯޓު

އަނެއްކާވެސް ބައްޔަކާމެދު ކަންބޮޑުވުން ފެތުރެން ފަށައިފި

ބިލް ގޭޓްސްގެ ގިރިޓީކަން ކެނޑި "ކޫޑިކަން" ފާޅުވާން ފަށައިފި
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ބިލް ގޭޓްސްގެ ގިރިޓީކަން ކެނޑި "ކޫޑިކަން" ފާޅުވާން ފަށައިފި

އަބްދުރަހީމް ފައުންޑޭޝަން ހިމެނޭ ގޮތަށް ވެމްކޯއިން ގިނަ އަދަދެއްގެ ފައިސާ ކުންފުނިތަކަށް ދޫކޮށްފައިވޭ: އާދަމް މުހައްމަދު
20197 އަހަރު ކުރިން
ރާއްޖެ

އަބްދުރަހީމް ފައުންޑޭޝަން ހިމެނޭ ގޮތަށް ވެމްކޯއިން ގިނަ އަދަދެއްގެ ފައިސާ ކުންފުނިތަކަށް ދޫކޮށްފައިވޭ: އާދަމް މުހައްމަދު

ސެއްޅި ބޭސް
20188 އަހަރު ކުރިން
ވާހަކަަ

ސެއްޅި ބޭސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު