Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން ހަނގުރާމަ

އީރާނާއި އެމެރިކާގެ މަޝްވަރާތަކުގައި ހޮރްމޫޒް ކަނޑުއޮޅި އާއި ޔޫރޭނިއަމް މައްސަލަ ބޮޑު ހުރަހަކަށް

އެމެރިކާ އާއި އީރާނާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަން ހައްލުކޮށް ހަނގުރާމަ ހުއްޓާލުމަށް ބޭނުންވާ އޮނިގަނޑެއް އެކުލަވާލުމަށް ޕާކިސްތާނުގެ ދާޚިލީ ވަޒީރު އީރާނުގެ ޚާރިޖީ ވަޒީރާ ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފި. މަޝްވަރާތަކުގައި އުންމީދީ ބައެއް ނިޝާންތައް ފެންނަން ހުރި ނަމަވެސް، ޔުރޭނިއަމް މުއްސަނދިކުރުމާއި ހޮރްމޫޒް ކަނޑުއޮޅީގެ މައްސަލައިގައި ދެ ގައުމުގެ މެދުގައި އަދިވެސް ބޮޑެތި ޚިޔާލުތަފާތުވުންތަކެއް އެބަހުރި. މި މައްސަލަތަކަށް ދާއިމީ ހައްލެއް ނުލިބި ދިގުލައިގެންދާތީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލި، އިގްތިސާދީ ނުތަނަވަސްކަން ވަނީ އިތުރުވެފައި.

ރާއްޖެ އެމްވީ | 22 މެއި 2026 | ހުކުރު 09:17
އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަގްޗީ، ޕާކިސްތާނުގެ ޚާރިޖީ ވަޒީރު އިސްހާގް ދާރް އާ ބައްދަލުކުރައްވަނީ.

އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަގްޗީ، ޕާކިސްތާނުގެ ޚާރިޖީ ވަޒީރު އިސްހާގް ދާރް އާ ބައްދަލުކުރައްވަނީ. | ރޮއިޓާސް

އެމެރިކާ އާއި އިޒްރޭލުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމަ ހުއްޓާލުމާ ގުޅޭގޮތުން ހުށަހަޅާފައިވާ ކަންކަމާ މަޝްވަރާކުރެއްވުމަށް، އީރާނުގެ ޚާރިޖީ ވަޒީރު ހުކުރު ދުވަހު ޕާކިސްތާނުގެ ދާޚިލީ ވަޒީރާ ބައްދަލުކުރައްވައިފި ކަމަށް އީރާނުގެ މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ. މި ބައްދަލުވުން ބާއްވާފައި މިވަނީ އީރާނުގެ ޔުރޭނިއަމް ރައްކާކޮށްފައި ހުރި މިންވަރާއި، ހޮރްމޫޒް ކަނޑުއޮޅި ކޮންޓްރޯލް ކުރުމާ ގުޅޭގޮތުން ތެހެރާނާއި ވޮޝިންގޓަނާ ދެމެދު ބޮޑެތި ޚިޔާލުތަފާތުވުންތަކެއް ހުރި ދަނޑިވަޅެއްގައެވެ.

އެމެރިކާގެ އެންމެ ފަހުގެ މެސެޖު އީރާނަށް ފޯރުކޮށްދިންތާ ދެ ދުވަސް ފަހުން، ޕާކިސްތާނުގެ ދާޚިލީ ވަޒީރު ސައްޔިދު މުޙައްސިން ނަޤްވީ ވަނީ އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީއާ ތެހެރާނުގައި ބައްދަލުކުރައްވައި، މަޝްވަރާގެ އިތުރު ބުރެއް ކުރިއަށް ގެންދަވާފައި ކަމަށް އީރާނުގެ ތަސްނީމް އަދި އިސްނާ ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވެއެވެ.

އިސްނާ ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، މުޙައްސިން ނަޤްވީ މަސައްކަތް ކުރައްވަމުން ގެންދަވަނީ ދެ ގައުމުގެ ދެމެދުގައި މުއާމަލާތްތައް ފަސޭހަކޮށްދީ، ހަނގުރާމަ ނިމުމަކަށް ގެނައުމަށާއި ޚިޔާލުތަފާތުވުންތައް ހައްލުކުރުމަށް ބޭނުންވާ އޮނިގަނޑެއް އެކުލަވާލުމަށެވެ.

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ބުރާސްފަތި ދުވަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މަޝްވަރާތަކުން "އުންމީދީ ބައެއް ނިޝާންތައް" ފެންނަން ހުރި ނަމަވެސް، ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުތަކުން ފީ ނެގުމުގެ ނިޒާމެއް ތެހެރާނުން ތަންފީޒުކުރާ ނަމަ އެއްވެސް ހައްލެއް ނުލިބޭނެ ކަމަށެވެ. ފެބްރުއަރީ 28 ގައި ހަނގުރާމަ ފެށުނު ފަހުން އީރާނުން ވަނީ ގިނަ އުޅަނދުފަހަރަށް އެ ކަނޑުއޮޅި ބަންދުކޮށްފައެވެ.

"އުންމީދީ ބައެއް ނިޝާންތައް އެބަހުރި،" ރޫބިއޯ ވިދާޅުވިއެވެ. "އަޅުގަނޑު ބޭނުމެއް ނޫން މާ ބޮޑަށް އުންމީދު އާކުރާކަށް. އެހެންވީމާ، ކުރިއަށް އޮތް ދުވަސްތަކުގައި ވާގޮތެއް ބަލަމާ ހިނގާ."

އީރާނުގެ އިސް މަސްދަރަކުން ބުރާސްފަތި ދުވަހު ރޮއިޓާސްއަށް މައުލޫމާތު ދިން ގޮތުގައި، ދެ ގައުމުގެ ދެމެދުގައި ހުރި ފަރަގުތައް މިހާރު ވަނީ ކުޑަވެފައެވެ. ނަމަވެސް ޔުރޭނިއަމް މުއްސަނދިކުރުމާއި، ހޮރްމޫޒް ކަނޑުއޮޅީގެ މައްސަލައަކީ އަދިވެސް އެއްބަސްވުމަކަށް އައުމަށް ހުރި އެންމެ ބޮޑު ހުރަސްތަކެވެ.

މި ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ އިގްތިސާދަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާއިރު، ތެލުގެ އަގު އުފުލުމުގެ ސަބަބުން އިންފްލޭޝަން ކޮންޓްރޯލުން ނެއްޓިދާނެ ކަމުގެ ބިރު ވަނީ ބޮޑުވެފައެވެ. ހަނގުރާމަ ފެށުމުގެ ކުރިން ދުނިޔޭގައި އުފައްދާ ތެލާއި ގުދުރަތީ ގޭހުގެ ފަސްބައިކުޅަ އެއްބައި އުޅަނދުފަހަރުގައި އުފުލަނީ ހޯރްމޫޒް ކަނޑުއޮޅި މެދުވެރިކޮށެވެ.

ސުލްހައިގެ މަޝްވަރާތަކާ މެދު އުފެދިފައިވާ ނުތަނަވަސްކަމާ ގުޅިގެން، ހުކުރު ދުވަހު އެމެރިކާ ޑޮލަރުގެ އަގު ވަނީ ފާއިތުވި ހަ ހަފުތާގެ ތެރޭގައި އުފުލުނު އެންމެ މަތީ މިންވަރާ ގާތްވެފައެވެ. އަދި މަޝްވަރާތަކުން ކުރިއެރުމެއް ލިބިދާނެ ކަމާމެދު އިންވެސްޓަރުން ޝައްކު އުފައްދަމުންދާތީ، ތެލުގެ އަގުތައް ވެސް ވަނީ މައްޗަށް ގޮސްފައެވެ.

އެމެރިކާ-އީރާންޕާކިސްތާންހޮރްމޫޒް ކަނޑުއޮޅިމާކޯ ރޫބިއޯ އައްބާސް އަރަގްޗީއެމެރިކާ-އިޒްރޭލް-އިރާން

ކޮމެންޓް

އިތުރަށް ކިޔާލަން

އީރާންގެ އެއްބާރުލުމާ އެކު، ދެކުނު ކޮރެއާގެ ތެޔޮ ބޯޓެއް ހޮރްމޫޒް ކަނޑު އޮޅިން ދަތުރު ކުރަނީ

އީރާންގެ އެއްބާރުލުމާ އެކު، ދެކުނު ކޮރެއާގެ ތެޔޮ ބޯޓެއް ހޮރްމޫޒް ކަނޑު އޮޅިން ދަތުރު ކުރަނީ

20 މެއި 2026
ހަނގުރާމަ ހުއްޓާލުމުގެ އުންމީދު އައު ވެފައި ވަނިކޮށް، ހޮރްމޫޒް ކަނޑު އޮޅިން ޗައިނާގެ ދެ ޓޭންކަރެއް ހުރަސްކޮށްފި

ހަނގުރާމަ ހުއްޓާލުމުގެ އުންމީދު އައު ވެފައި ވަނިކޮށް، ހޮރްމޫޒް ކަނޑު އޮޅިން ޗައިނާގެ ދެ ޓޭންކަރެއް ހުރަސްކޮށްފި

20 މެއި 2026
އީރާން ހަމަލާ ދިނުން ފަސްކޮށްލި ކަމަށް ޓްރަމްޕް ވިދާޅުވުމާއެކު ތެލުގެ އަގު ދަށަށް ހިނގައްޖެ

އީރާން ހަމަލާ ދިނުން ފަސްކޮށްލި ކަމަށް ޓްރަމްޕް ވިދާޅުވުމާއެކު ތެލުގެ އަގު ދަށަށް ހިނގައްޖެ

19 މެއި 2026
ޕާކިސްތާން މެދުވެރިކޮށް، އީރާންގެ ހުށަހެޅުން އެމެރިކާއާ ހިއްސާ ކޮށްފި

ޕާކިސްތާން މެދުވެރިކޮށް، އީރާންގެ ހުށަހެޅުން އެމެރިކާއާ ހިއްސާ ކޮށްފި

18 މެއި 2026
މެދުވެރިއެއްގެ ރޯލު އަދާކުރާއިރު، އީރާނުގެ އަސްކަރީ ބޯޓުތައް ބަހައްޓަން ޕާކިސްތާނުން ފުރުސަތު ދިން

މެދުވެރިއެއްގެ ރޯލު އަދާކުރާއިރު، އީރާނުގެ އަސްކަރީ ބޯޓުތައް ބަހައްޓަން ޕާކިސްތާނުން ފުރުސަތު ދިން

17 މެއި 2026

އަހަރުތަކުން މިއަދު

22 މެއި
ހުކުރު ދުވަހު ހެނދުނު ޔަމަނުން އިސްރާއީލަށް މިސައިލު ހަމަލާ އެއް ދީފި
20251 އަހަރު ކުރިން
ދުނިޔެ

ހުކުރު ދުވަހު ހެނދުނު ޔަމަނުން އިސްރާއީލަށް މިސައިލު ހަމަލާ އެއް ދީފި

ދާއިމީ އެކަނިވެރިކަމުން ސިކުނޑިއަށް ބޮޑު ގެއްލުމެއް... ދެވޭ ލަފާއަކީ އެންމެ ރަނގަޅު ހައްލުބާ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ދާއިމީ އެކަނިވެރިކަމުން ސިކުނޑިއަށް ބޮޑު ގެއްލުމެއް... ދެވޭ ލަފާއަކީ އެންމެ ރަނގަޅު ހައްލުބާ؟

ނިލަންދޫ ދާއިރާގެ މެންބަރު މުހުސިން އެމްޑީޕީއަށް ސޮއިކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

ނިލަންދޫ ދާއިރާގެ މެންބަރު މުހުސިން އެމްޑީޕީއަށް ސޮއިކުރައްވައިފި

މާވިން: މީހަކު ހޭނައްތާލާނެ ގޮތް ފޯނުން ސާރޗް ކުރީ ބަޔަަކު ބިރުދަައްކާތީ
20224 އަހަރު ކުރިން
ރިޕޯޓު

މާވިން: މީހަކު ހޭނައްތާލާނެ ގޮތް ފޯނުން ސާރޗް ކުރީ ބަޔަަކު ބިރުދަައްކާތީ

ބްލެކް ފަންގަސް ފެތުރެމުން ދަނިކޮށް ވައިޓް ފަންގަސް ވެސް ފެނިއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ބްލެކް ފަންގަސް ފެތުރެމުން ދަނިކޮށް ވައިޓް ފަންގަސް ވެސް ފެނިއްޖެ

ބިދޭސީން ގަވާއިދާ ހިލާފަށް މަސައްކަތް ކުރަނީ އެ މީހުން ގެންނަ މީހާގެ އިހުމާލުން: ތޮލާލް
20197 އަހަރު ކުރިން
ރާއްޖެ

ބިދޭސީން ގަވާއިދާ ހިލާފަށް މަސައްކަތް ކުރަނީ އެ މީހުން ގެންނަ މީހާގެ އިހުމާލުން: ތޮލާލް

ކުރުނބާގެ އަގު ބޮޑުވިއިރު ކޮޕީ ފަތް ލިބުމަށް ދަތިވެއްޖެ!
20188 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކުރުނބާގެ އަގު ބޮޑުވިއިރު ކޮޕީ ފަތް ލިބުމަށް ދަތިވެއްޖެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު