Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދަމަނަވެށި

މިހާރު ދަމަނަވެށީގެ ގޮތުގައި ބޭނުންކުރާ އިމާރާތް އަރބަން ޕްރައިމަރީ ހެލްތް ކެއަރ ސެންޓަރަކަށް ބަދަލުކުރަނީ

20 މެއި 2026 | ބުދަ 09:40

ހެލްތް މިނިސްޓްރީން ބުނީ، މާލޭގައި ހުންނަ ދަމަނަވެށި މަރާމާތުކޮށް، އެތަން "އަރބަން ޕްރައިމަރީ ހެލްތް ކެއަރ ސެންޓަރަކަށް" ބަދަލުކުރުމަށް ނިންމާފައިވާ ކަމަށް. އެތަނުން ދެމުންދިޔަ ޚިދުމަތްތައް ވަގުތީގޮތުން މާފަންނު އަރބަން ހެލްތް ސެންޓަރާއި ހުޅުމާލޭ ޖީޕީ ކްލިނިކަށް ވަނީ ބަދަލުކޮށްފައި. މި ބަދަލާ ގުޅިގެން މުވައްޒަފުންނާ ބައްދަލުކޮށް މަޝްވަރާކޮށްފައިވާއިރު، އާންމުންނަށް ދޭ ޚިދުމަތްތަކަށް ބުރޫނާރާނެހެން އިންތިޒާމުތައް ހަމަޖެއްސުމަށް މުވައްޒަފުން ވަނީ އެދިފައި.

އަމްނާ އިމާދު
އަމްނާ އިމާދު | 20 މެއި 2026 | ބުދަ 09:40
މާލޭގައި ހުންނަ ދަމަނަވެށި. މިއީ ގިނަ ބައެއްގެ އިތުބާރު ލިބިފައިވާ ތަނެއް.

މާލޭގައި ހުންނަ ދަމަނަވެށި. މިއީ ގިނަ ބައެއްގެ އިތުބާރު ލިބިފައިވާ ތަނެއް. | ސޯޝަލް މީޑިއާ

ކުރީގެ ތެލެސީމިއާ ސެންޓަރާއި މިހާރު ދަމަނަވެށީގެ ގޮތުގައި ބޭނުންކުރާ އިމާރާތް މަރާމާތު ކޮށް އަރބަން ޕްރައިމަރީ ހެލްތް ކެއަރ ސެންޓަރެއް ގާއިމް ކުރުމަށް ނިންމާފައިވާ ކަމަށް ހެލްތް މިނިސްޓްރީން ބުނެފި އެވެ. 

ބުދަ ދުވަހު ހެލްތް މިނިސްޓްރީން ބުނީ، ދިވެހިންގެ އާއްމު ސިއްހަތު ރައްކާތެރި ކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން މާލޭ ސަރަހައްދުގައި ޖީޕީ އަދި އަރބަން ޕްރައިމަރީ ހެލްތް ކެއަރ ސެންޓަރުތައް ގާއިމް ކުރުމަށް ކުރީގެ ތެލެސީމިއާ ސެންޓަރާއި މިހާރު ދަމަނަވެށީގެ ގޮތުގައި ބޭނުންކުރާ އިމާރާތް މަރާމާތު ކޮށް އަރބަން ޕްރައިމަރީ ހެލްތް ކެއަރ ސެންޓަރެއް ގާއިމް ކުރުމަށް ނިންމާފައިވާ ކަމަށެވެ.  

މިހާރު ދަމަނަވެށިން ދޭ ޚިދުމަތްތައް 01 ޖޫން 2026 އިން ފެށިގެން ވަގުތީ ގޮތުން ދިނުމަށް ހަމަޖެހިފައިވަނީ މާފަންނުގައި ގާއިމްކޮށްފައިވާ އަރބަން ޕްރައިމަރީ ހެލްތް ކެއަރސެންޓަރ އަދި ހުޅުމާލޭގައި ގާއިމްކޮށްފައިވާ ޕަބްލިކް ހެލްތް ޔުނިޓާއި ޖީޕީ ކްލިނިކުން ކަމަށް މިނިސްޓްރީން ބުނެ އެވެ. 

ދަމަނަވެށީގެ ގޮތުގައި ބޭނުންކުރާ އިމާރާތް މަރާމާތު ކޮށް އަރބަން ޕްރައިމަރީ ހެލްތް ކެއަރ ސެންޓަރެއް ގާއިމް ކުރުމަށް ނިންމާފައިވާ ކަމަށް ހެލްތް މިނިސްޓްރީން ބުނެފައިވާއިރު، މިމަހުގެ 17ވީ އާދިއްތަ ދުވަހު މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް، ހެލްތް މިނިސްޓްރީގެ އިސްބޭފުޅުން ވަނީ ދަމަނަވެށީގައި މަސައްކަތް ކުރާ މުވައްޒަފުންނާ ބައްދަލު ކުރައްވާފަ އެވެ. އަދި 21 މެއި ވާ ބުރާސްފަތި ދުވަހު ދަމަނަވެށި ބަންދު ކުރުމަށް ވެސް ނިންމި އެވެ.

މި ބައްދަލު ކުރެއްވުމުގައި ދަމަނަވެށި ބަންދު ކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވިއިރު، މިދުވަސްވަރަކީ ޚިދުމަތްތަކެއް ޕީކް ދުވަސްކޮޅެއް ކަމަށް މުވައްޒަފުން ފާހަގަކޮށްފައިވެ އެވެ. 

މީގެ އިތުރުން މުވައްޒަފުން ވަނީ މިހާރު ވެސް ކޮންމެ ދުވަހަކު އެތަނުން 100ށް ވުރެ މީހުން ޚިދުމަތް ހޯދާ ކަމަށާއި، ޚިދުމަަތްތަކަށް ބުރޫނާރާނެ ގޮތަށް އިންތިޒާމުތައް ހަމަޖައްސަން ޖެހޭނެ ކަމަށް ބުނެފަ އެވެ. އަދި އަލުން އަރބަން ޕްރައިމަރީ ހެލްތް ކެއަރ ސެންޓަރު ނަމުގައި ދަމަނަވެށި ހުޅުވާއިރު، އެ ޚިދުމަތްތައް ފުރިހަމައަށް ގާއިމް ވެފައި ހުންނަން ޖެހޭ ކަމަށް މުވައްޒަފުން ބުނެފައިވެ އެވެ. 

ދަމަނަވެށިހެލްތު މިނިސްޓްރީ

އިތުރަށް ކިޔާލަން

18 މެއި 2026

42 އަހަރު ވަންދެން ރަނގަޅު ޚިދުމަތެއް ކޮށްދިން ދަމަނަވެށި ބުރާސްފަތި ދުވަހު ބަންދު ކުރަނީ!

18 މެއި 2026
42 އަހަރު ވަންދެން ރަނގަޅު ޚިދުމަތެއް ކޮށްދިން ދަމަނަވެށި ބުރާސްފަތި ދުވަހު ބަންދު ކުރަނީ!
08 މެއި 2026

ރާއްޖޭގައި ސިއްހީ ދާއިރާއަށް ބޭނުންވާ މުހިންމު އަސާސީ ބޭސްތަކާއި ސިއްހީ ސާމާނު ހޯދުމަށް ބޮޑެތި ގޮންޖެހުންތައް އެބަހުރި: އދ. ގެ ސްޕެޝަލް ރެޕަޓުއަރ

08 މެއި 2026
ރާއްޖޭގައި ސިއްހީ ދާއިރާއަށް ބޭނުންވާ މުހިންމު އަސާސީ ބޭސްތަކާއި ސިއްހީ ސާމާނު ހޯދުމަށް ބޮޑެތި ގޮންޖެހުންތައް އެބަހުރި: އދ. ގެ ސްޕެޝަލް ރެޕަޓުއަރ
06 މެއި 2026

ދަމަނަވެށީގެ ވެކްސިން ރައްކާ ކުރާ ކޮޓަރީގެ އޭސީ އައުޓްޑޯ ޔުނިޓްތައް ވަގަށް ނަގައިފި

06 މެއި 2026
ދަމަނަވެށީގެ ވެކްސިން ރައްކާ ކުރާ ކޮޓަރީގެ އޭސީ އައުޓްޑޯ ޔުނިޓްތައް ވަގަށް ނަގައިފި
06 މެއި 2026

2 އަހަރު ވީއިރުވެސް ކާބޯތަކެއްޗާ ގުޅޭ ގަވާއިދުތައް ނުހެދުނީ ބަޖެޓު ނެތުމުން، ލަސްވާކަން ގަބޫލުކުރަން: މިނިސްޓްރީ

06 މެއި 2026
2 އަހަރު ވީއިރުވެސް ކާބޯތަކެއްޗާ ގުޅޭ ގަވާއިދުތައް ނުހެދުނީ ބަޖެޓު ނެތުމުން، ލަސްވާކަން ގަބޫލުކުރަން: މިނިސްޓްރީ
26 އެޕްރީލު 2026

ނަފްސާނީ ބައްޔަށް އެކަށީގެންވާ ފަރުވާ ނުލިބޭކަމުގެ ޝަކުވާ ބޮޑުވެފައިވަނިކޮށް، މެންޓަލް ހެލްތު ޑިޕާޓްމަންޓަށް ގިނަ އަދަދެއްގެ ސީނިއަރ މުވައްޒަފުން ހޯދަން އިއުލާން ކޮށްފި

26 އެޕްރީލު 2026
ނަފްސާނީ ބައްޔަށް އެކަށީގެންވާ ފަރުވާ ނުލިބޭކަމުގެ ޝަކުވާ ބޮޑުވެފައިވަނިކޮށް، މެންޓަލް ހެލްތު ޑިޕާޓްމަންޓަށް ގިނަ އަދަދެއްގެ ސީނިއަރ މުވައްޒަފުން ހޯދަން އިއުލާން ކޮށްފި
24 އެޕްރީލު 2026

ނަފްސާނީ ދުޅަހެޔޮކަމަށް ދެވޭ ވަގުތީ އަދި ދާއިމީ ޚިދުމަތްތައް ހަރުދަނާ ކުރުމަށް ކެނޑިނޭޅި ދަނީ މަސައްކަތް ކުރަމުން: މިނިސްޓްރީ

24 އެޕްރީލު 2026
ނަފްސާނީ ދުޅަހެޔޮކަމަށް ދެވޭ ވަގުތީ އަދި ދާއިމީ ޚިދުމަތްތައް ހަރުދަނާ ކުރުމަށް ކެނޑިނޭޅި ދަނީ މަސައްކަތް ކުރަމުން: މިނިސްޓްރީ
24 އެޕްރީލު 2026

ސިއްހީ ނިޒާމު ފެއިލް ކޮށްލާ، ދިވެހިރައްޔިތުންގެ ފުރާނަ އަކީ ސަރުކާރުގެ ކުރިމަތީ ގައި އަގެއް ނެތް އެއްޗަކަށް ވެއްޖެ.

24 އެޕްރީލު 2026
ސިއްހީ ނިޒާމު ފެއިލް ކޮށްލާ، ދިވެހިރައްޔިތުންގެ ފުރާނަ އަކީ ސަރުކާރުގެ ކުރިމަތީ ގައި އަގެއް ނެތް އެއްޗަކަށް ވެއްޖެ.
11 މާރިޗު 2026

މި ސަރުކާރުން ދޮޅު އަހަރުތެރޭގައި ނިންމަން ބުނި ކުޅުދުއްފުށީ ދަމަނަވެށި ވެސް އެންމެފަހުން ވީ "އިބިލީހު ކައިވެންޏަށް"

11 މާރިޗު 2026
މި ސަރުކާރުން ދޮޅު އަހަރުތެރޭގައި ނިންމަން ބުނި ކުޅުދުއްފުށީ ދަމަނަވެށި ވެސް އެންމެފަހުން ވީ "އިބިލީހު ކައިވެންޏަށް"
29 ޖެނުއަރީ 2026

ދަމަނަވެށިން ވެކްސިން ހުސްވެ، އުމްރާ ވެރިންނަށް ބައެއްކަހަލަ ވެކްސިން ދިނުން މެދުކަނޑާލައިފި

29 ޖެނުއަރީ 2026
ދަމަނަވެށިން ވެކްސިން ހުސްވެ، އުމްރާ ވެރިންނަށް ބައެއްކަހަލަ ވެކްސިން ދިނުން މެދުކަނޑާލައިފި
18 ޖެނުއަރީ 2026

އަތޮޅުތެރޭގެ 56 ރަށެއްގެ ހޮސްޕިޓަލާއި ސިއްހީ މަރުކަޒުތަކަށް ބޭނުންވާ އެންބިއުލަންސް ހަވާލުކޮށްފި

18 ޖެނުއަރީ 2026
އަތޮޅުތެރޭގެ 56 ރަށެއްގެ ހޮސްޕިޓަލާއި ސިއްހީ މަރުކަޒުތަކަށް ބޭނުންވާ އެންބިއުލަންސް ހަވާލުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް