Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެނޭޝަނަލް މެންޓަލް ހެލްތު ޑިޕާޓްމަންޓް

ނަފްސާނީ ބައްޔަށް އެކަށީގެންވާ ފަރުވާ ނުލިބޭކަމުގެ ޝަކުވާ ބޮޑުވެފައިވަނިކޮށް، މެންޓަލް ހެލްތު ޑިޕާޓްމަންޓަށް ގިނަ އަދަދެއްގެ ސީނިއަރ މުވައްޒަފުން ހޯދަން އިއުލާން ކޮށްފި

ނޭޝަނަލް މެންޓަލް ހެލްތު ޑިޕާޓްމަންޓުގެ މަސައްކަތްތައް ހަރުދަނާކުރުމަށް 9 ސީނިއަރ ސޯޝަލް ސަރވިސް ވަރކަރުން ހޯދަން ހެލްތު މިނިސްޓްރީން ވަނީ އިއުލާން ކޮށްފައި. މި މަގާމުތަކަށް ހޮވޭ މުވައްޒަފުންގެ މައިގަނޑު މަސައްކަތަކީ ހެލްޕްލައިން މެދުވެރިކޮށް އެހީތެރިކަން ފޯރުކޮށްދިނުމާއި، ނަފްސާނީ ބަލިތައް ތަހައްމަލުކުރާ ފަރާތްތަކުގެ ހާލަތު ބަލައި ކޭސް މެނޭޖްމަންޓުގެ މަސައްކަތްތައް ވިލަރެސްކުރުން. މި މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައި.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 26 އެޕްރީލު 2026 | އާދީއްތަ 08:43
ހުޅުމާލެ ހޮސްޕިޓަލްގައި ހުޅުވުނު މެންޓަލް ހެލްތު ސެންޓަރު.

ހުޅުމާލެ ހޮސްޕިޓަލްގައި ހުޅުވުނު މެންޓަލް ހެލްތު ސެންޓަރު. | ރައީސް އޮފީސް

ދިވެހިރާއްޖެއިން ނަފްސާނީ ބައްޔަށް އެކަށީގެންވާ ގޮތެއްގައި ފަރުވާ ނުލިބޭކަމުގެ ޝަކުވާ ބޮޑުވެފައިވަނިކޮށް، ނޭޝަނަލް މެންޓަލް ހެލްތު ޑިޕާޓްމަންޓަށް ގިނަ އަދަދެއްގެ ސީނިއަރ ސޯޝަލް ސަރވިސް ވަރކަރ ހޯދަން އިއުލާން ކޮށްފި އެވެ. 

އާދިއްތަ ދުވަހު ހެލްތް މިނިސްޓްރީން ނެރުނު އިއުލާންގައި ބުނީ، ނޭޝަނަލް މެންޓަލް ހެލްތު ޑިޕާޓްމަންޓަށް 9 ސީނިއަރ ސޯޝަލް ސަރވިސް ވަރކަރ ބޭނުންވާ ކަމަށެވެ. 

Advertisement - newsAdvertisement

މެންޓަލް ހެލްތު ސަރވިސް ޑިވިޒަން އާއި އިނިޝަލް ރެސްޕޯންސް އެންޑް ކޭސް މެނޭޖްމަންޓް ސެކްޝަނުގައި މަސައްކަތް ކުރަން ޖެހޭއިރު، މަހު މުސާރައަށް 12,261 ރުފިޔާ ލިބެ އެވެ. އަދި މަގާމުގެ އެލަވަންސްގެ ގޮތުގައި 5,721 ރުފިޔާ ލިބެ އެވެ. 

މީގެ އިތުރުން ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ގާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަނާއި، ހާޒިރީ އިނާޔަތުގެ ގޮތުގައި ހާޒިރުވާ ދުވަހަކަށް 155 ރުފިޔާ ލިބެ އެވެ. އަދި ދައުލަތުގެ ޕޭ ފްރޭމްވަރކްގެ މިންގަނޑުތައް (01 މޭ 2023 އިސްލާހާއި އެއްގޮތަށް) އިތުރު ގަޑީގެ ފައިސާއާއި އެހެނިހެން އިނާޔާތްތައް ލިބޭނެ ކަމަށް ހެލްތް މިނިސްޓްރީން ބުނެ އެވެ. 

ހެލްތް މިނިސްޓްރީން ބުނީ، ޑިއުޓީ އުސޫލުން މަސައްކަތް ކުރާއިރު، މައިގަނޑު ގޮތެއްގައި، ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން ހެލްޕްލައިން މެދުވެރިކޮށް އަދި ނަފްސާނީ ބަލި ހުންނަ ފަރާތްތަކަށް ރައްކާތެރިކަން ކަށަވަރު ކުރުމަށް އެފަދަ ފަރާތްތައް ދިރިއުޅޭ ހާލަތު ވަޒަންކުރުމަށް ދިރިއުޅޭ ތަންތަނަށް ޒިޔާރަތްކުރުމުގެ މަސައްކަތް ރާވައި ހިންގުން އަދި ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން އެހީތެރިކަން ފޯރުކޮށް ދިނުމުގައި ކުރަން ޖެހޭ ވޭދަނާއިގެ އެންމެހާ މަސައްކަތެއް ރޭވުމާއި އަދި ކުރުން ހިމެނޭ ކަމަށެވެ. 

ހެލްޕްލައިނަށް އަންނަ ހުރިހާ ފޯންކޯލުތަކަށް އިޖާބަދޭން ޖެހިއްޖެ ހާލަތެއްގައި އޮންނަ އުސޫލުގެ ތެރެއިން ފަރުވާތެރިކަމާއި އެކު މަސައްކަތްކުރުމާއި، ނަފްސާނީ މައްސަލަތާކާއި ގުޅިގެން ހުށައެޅޭ މައްސަލަ ތަކުގައި އެފަރާތްތަކުގެ ހައްގުތައް ރައްކާތެރިކުރުމާއި، އަދި ލިބިދޭންޖެހޭ އެންމެހާ އަސާސީ ކަންކަން ފުރިހަމަ ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުމަށްޓަކައި އާއިލާ އަދި ގުޅުން ހުރި އެހެން މުއައްސަސާތަކާއެކު އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި އަމަލުކުރާނެ ގޮތުގެ މިންގަނޑުތަކާ އެއްގޮތްވާގޮތުގެ މަތިން ކަމާބެހޭ ދާއިރާތަކާއެކު މަސައްކަތްކޮށް، މި މަސައްކަތް ވިލަރެސްކުރުން ހިމެނޭ ކަމަށް މިނިސްޓްރީން ބުނެ އެވެ. 

މީގެ އިތުރުން ވެސް ނަފްސާނީ ބައްޔާއި ގުޅިގެން ކުރަން ޖެހޭ ގިނަ މަސައްކަތްތައް ހިމަނާފައިވެ އެވެ. 

މިނިސްޓްރީން ބުނީ، މި މަގާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި މި މަހުގެ 30 ވަނަ ދުވަހުގެ މެންދުރު 1:30 ގެ ކުރިން jobs@health.gov.mv އަށް މެއިލް ކުރުމަށް އެދޭ ކަމަށެވެ. 

 މެންޓަލް ހެލްތު ޑިޕަޓްމަންޓަށް ގިނަ އަދަދެއްގެ ސީނިއަރ މުވައްޒަފުން ހޯދަން އިއުލާން ކޮށްފައިމިވަނީ މިފަހުން ނަފްސާނީ ބައްޔަށް ތަހައްމަލު ކުރާ މީހުންނަށް އެކަށީގެންވާ ފަރުވާ ނުލިބޭ މައްސަލަ ބޮޑުވެފައިވަނިކޮށްށެވެ. އަދި ނަފްސާނީ ބަލި ތަހައްމަލު ކުރަމުންދިޔަ 18 އަހަރުގެ ކުއްޖެއް ނިޔާވި މައްސަލައިގައި ހޯމް މިނިސްޓަރު އަލީ އިހުސާން އެކުއްޖާގެ ޒާތީ މައުލޫމާތާއި، ކޮށްފައިވާ މެސެޖްތައް އާއްމު ކުރެއްވުމާއި ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރާއި، ހެލްތް މިނިސްޓްރީއަށް އަމާޒުވެފައިވަނިކޮށެވެ. 

ނޭޝަނަލް މެންޓަލް ހެލްތު ޑިޕާޓްމަންޓްނަފްސާނީ ބަލިހެލްތު މިނިސްޓްރީ

އިތުރަށް ކިޔާލަން

24 އެޕްރީލު 2026

ނަފްސާނީ ދުޅަހެޔޮކަމަށް ދެވޭ ވަގުތީ އަދި ދާއިމީ ޚިދުމަތްތައް ހަރުދަނާ ކުރުމަށް ކެނޑިނޭޅި ދަނީ މަސައްކަތް ކުރަމުން: މިނިސްޓްރީ

24 އެޕްރީލު 2026
ނަފްސާނީ ދުޅަހެޔޮކަމަށް ދެވޭ ވަގުތީ އަދި ދާއިމީ ޚިދުމަތްތައް ހަރުދަނާ ކުރުމަށް ކެނޑިނޭޅި ދަނީ މަސައްކަތް ކުރަމުން: މިނިސްޓްރީ
24 އެޕްރީލު 2026

ސިއްހީ ނިޒާމު ފެއިލް ކޮށްލާ، ދިވެހިރައްޔިތުންގެ ފުރާނަ އަކީ ސަރުކާރުގެ ކުރިމަތީ ގައި އަގެއް ނެތް އެއްޗަކަށް ވެއްޖެ.

24 އެޕްރީލު 2026
ސިއްހީ ނިޒާމު ފެއިލް ކޮށްލާ، ދިވެހިރައްޔިތުންގެ ފުރާނަ އަކީ ސަރުކާރުގެ ކުރިމަތީ ގައި އަގެއް ނެތް އެއްޗަކަށް ވެއްޖެ.
18 ޖެނުއަރީ 2026

އަތޮޅުތެރޭގެ 56 ރަށެއްގެ ހޮސްޕިޓަލާއި ސިއްހީ މަރުކަޒުތަކަށް ބޭނުންވާ އެންބިއުލަންސް ހަވާލުކޮށްފި

18 ޖެނުއަރީ 2026
އަތޮޅުތެރޭގެ 56 ރަށެއްގެ ހޮސްޕިޓަލާއި ސިއްހީ މަރުކަޒުތަކަށް ބޭނުންވާ އެންބިއުލަންސް ހަވާލުކޮށްފި
05 ޖެނުއަރީ 2026

ހޮސްޕިޓަލުގެ ތެރޭގައި ބުޅަލާ މީދާ އުޅެގެން ނުވާނެ ކަމަށް ހެލްތް މިނިސްޓަރ ވިދާޅުވެއްޖެ

05 ޖެނުއަރީ 2026
ހޮސްޕިޓަލުގެ ތެރޭގައި ބުޅަލާ މީދާ އުޅެގެން ނުވާނެ ކަމަށް ހެލްތް މިނިސްޓަރ ވިދާޅުވެއްޖެ
31 ޑިސެމްބަރު 2025

ނަފްސާނީ ބަލި ހުންނަ ކޮއްކޮ އަކަށް ހަމަލާދީ މާރާމާރީ ހިންގި ކަމުގެ ތުހުމަތުގައި ޒުވާނެއް ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހައިފި

31 ޑިސެމްބަރު 2025
ނަފްސާނީ ބަލި ހުންނަ ކޮއްކޮ އަކަށް ހަމަލާދީ މާރާމާރީ ހިންގި ކަމުގެ ތުހުމަތުގައި ޒުވާނެއް ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު