Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހެލްތު މިނިސްޓްރީ

ނަފްސާނީ ދުޅަހެޔޮކަމަށް ދެވޭ ވަގުތީ އަދި ދާއިމީ ޚިދުމަތްތައް ހަރުދަނާ ކުރުމަށް ކެނޑިނޭޅި ދަނީ މަސައްކަތް ކުރަމުން: މިނިސްޓްރީ

ނަފްސާނީ ގޮތުން އަސަރުކުރުވާފަދަ ހިތާމަވެރި ހާދިސާތައް އިތުރުވަމުންދާތީ، ސޯޝަލް މީޑިއާގައި ހަގީގަތާ ޚިލާފު ވާހަކަތަކާއި ހިތްދަތި މަންޒަރުތައް ނުފެތުރުމަށް ހެލްތު މިނިސްޓްރީން އިލްތިމާސްކޮށްފި. މިފަދަ ނާޒުކު ދަނޑިވަޅުތަކުގައި އެކަކު އަނެކަކަށް އޯގާތެރިކަމާއި ހިތްވަރު ދިނުމަށް ބާރުއަޅަމުން، ނަފްސާނީ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް 1677 ހެލްޕްލައިން މެދުވެރިކޮށް 24 ގަޑިއިރު ޚިދުމަތް ލިބޭނެކަން އެ މިނިސްޓްރީން ފާހަގަކުރޭ. މީގެ އިތުރުން، މުޖުތަމައުގެ ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރުމަށްޓަކައި ދެމެހެއްޓެނިވި ހަރުދަނާ ނިޒާމެއް ބިނާކުރުމުގެ މަސައްކަތް ކުރަމުންދާ ކަމުގެ ޔަގީންކަން ވެސް ސަރުކާރުން ވަނީ އަރުވާފަ.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 24 އެޕްރީލު 2026 | ހުކުރު 18:34
ހުޅުމާލެ މެންޓަލް ހެލްތު ސެންޓަރ: ދެމެހެއްޓެނިވި ގޮތެއްގައި މުޖްތަމައަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ހަރުދަނާ ނިޒާމެއް ބިނާކުރުމުގައި އެ މިނިސްޓްރީ އިން ކެނޑިނޭޅި މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ވަނީ ދީފަ.

ހުޅުމާލެ މެންޓަލް ހެލްތު ސެންޓަރ: ދެމެހެއްޓެނިވި ގޮތެއްގައި މުޖްތަމައަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ހަރުދަނާ ނިޒާމެއް ބިނާކުރުމުގައި އެ މިނިސްޓްރީ އިން ކެނޑިނޭޅި މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ވަނީ ދީފަ. | ރައީސް އޮފީސް

ނަފްސާނީ ދުޅަހެޔޮަކަމަށް ދެވޭ ވަގުތީ އަދި ދާއިމީ ޚިދުމަތްތައް އިތުރަށް ހަރުދަނާ ކުރުމަށް ފަންނީ ބޭފުޅުންނާ ގުޅުންހުރި މުއައްސަސާތަކާއެކު މަސައްކަތް ކުރަމުން ދާ ކަމަށް ހެލްތު މިނިސްޓްރީ އިން ބުނެފި އެވެ. 

އެ މިނިސްޓްރީ އިން ނެރުނު ބަޔާނެއްގައި ބުނީ  މި މުޖުތަމައުގައި ފަހަކަށް އައިސް ހިނގަމުންދާ ނަފްސާނީ ގޮތުން އަސަރުކުރުވާފަދަ ހިތާމަވެރި ހާދިސާތަކާ މެދު ނުހަނު ބޮޑަށް ކަންބޮޑުވާ ކަމަށެވެ. އަދި މި ދަނޑިވަޅުގައި އެކަކު އަނެކަކަށް ހަމްދަރުދީއާ ޒިންމާދާރުކަމާއެކު އޯގާތެރި ކަމާއެކު މުއާމަލާތް ކުރުމަށް ހުރިހާ ފަރާތްތަކަށް އިލްތިމާސް ކުރާ ކަމަށެވެ. 

Advertisement - newsAdvertisement

ކޮންމެ އިންސާނެއްގެ ފުރާނައަކީ މަތިވެރި އަގުހުރި އަމާނާތެއް ކަމަށާ ދިރިއުޅުމުގެ ދަތުރުގައި ކޮންމެ މީހަކަށް ވެސް އުފަލާ ހިތާމައިގެ ވަގުތުތަކާ ކުރިމަތިލާންޖެހޭ ކަން ފާހަގަ ކޮށް ބަޔާނުގައި ބުނީ  މީސްމީޑިއާގައި ފަތުރާ ވާހަކަތަކާއި ހިއްސާކުރާ މައުލޫމާތުތަކަކީ ނަފްސާނީ ގޮތުން ބަލިކަށިވެފައިވާ ފަރާތްތަކަށާ ވަކިވެދިޔަ ފަރާތްތަކުގެ އާއިލާތަކަށް ފޫނުބެއްދޭ ފަދަ ހިތްދަތި އަސަރުތަކެއް ކުރުވާނެ ކަންކަން ކަމަށެވެ. 

މިނިސްޓްރީ އިން ބުނީ މިފަދަ ނާޒުކު ވަގުތުތަކުގައި ހަގީގަތާ ޚިލާފު ވާހަކަތަކާ ހިތްދަތި މަންޒަރުތައް ނުވަތަ ކަށަވަރު ނުވާ މައުލޫމާތު ފެތުރުމުން ދުރުހެލުވުމަށް އާންމުންނާ މީޑިއާތަކަށް ބާރުއަޅައި އިލްތިމާސް ކުރާ ކަމަށެވެ. އަދި އޭގެ ބަދަލުގައި އެކަކު އަނެކަކަށް އުއްމީދާ ހިތްވަރު ދިނުމަށާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މެސެޖުތައް ހިއްސާކުރުމަށް އެދޭ ކަމަށެވެ. 

އާއިލާތަކާ ރައްޓެހިން އަދި މުޅި މުޖުތަމައު ގުޅިގެން އެކަކު އަނެކެއްގެ ހާލުބަލައި އެއްވެސް ތަފާތު ކުރުމެއް ނެތި އަޅާލުމަށް މިނިސްޓްރީ އިން ބާރު އަޅާކަން ފާހަގަކޮށް ބަޔާނުގައި ބުނީ އަނެކާގެ ވާހަކަ ކަނުލައި އަޑުއަހާލުމަކީ ނުވަތަ ދެވޭ ކުޑަ އޯގާތެރިކަމަކީ ވެސް މީހެއްގެ ފުރާނަ ސަލާމަތްކުރުމަށް ލިބޭ ވަރަށް ބޮޑު ބާރަކަށް ވެގެންދާނެ ކަމަށެވެ.

ގައުމެއްގެ ހައިސިއްޔަތުން އެކަކު އަނެކެއްގެ ދުޅަހެޔޮކަން ރައްކާތެރިކުރުމަކީ އެންމެންގެ ޝާމިލު ޒިންމާއެއް ކަމަށް ވެސް މިިނިސްޓްރީ ގެ ބަޔާނުގައި ވެ އެވެ. ހަގީގަތެއް ނެތް ވާހަކަތަކުގެ ބަދަލުގައި ހަމްދަރުދީ އިސްކޮށް ފާޑުކިޔުމުގެ ބަދަލުގައި އޯގާތެރިކަން އަދި ބިރުވެރިކަމުގެ ބަދަލުގައި އުއްމީދު ކުރިއަށް ނެރުމަކީ ވެސް މުހިއްމު ކަމެއް ކަމަށް މިނިސްޓްރީ އިން ވަނީ ބުނެފަ އެވެ.

ބަޔާނުގައި ބުނީ ނަފްސާނީ ގޮތުން ދަތި އުނދަގޫ ހާލަތެއް ތަހައްމަލު ކުރަމުންދާ ފަރާތެއް ނަމަ ތިޔައީ އެކަނިވެރިއެއް ނޫން ކަން ގަބޫލު ކުރުން މުހިއްމު ކަމަށެވެ. އަދި އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ނޭޝަނަލް މެންޓަލް ހެލްތު ހެލްޕްލައިން 1677 މެދުވެރިކޮށް 24 ގަޑިއިރު ނަފްސާނީ އެހީތެރިކަން ލިބިގެންދާނެ ކަން ވެސް މިނިސްޓްރީ އިން ވަނީ ފާހަގަ ކޮށްފަ އެވެ.

ނަފްސާނީ ދުޅަހެޔޮ ކަމަކީ ޚާއްސަ ސަމާލުކަމެއް ދޭންޖެހިފައިވާ ކަމެއް ކަން ގަބޫލުކޮށް މިނިސްޓްރީ އިން ދަނީ ނަފްސާނީ ދުޅަހެޔޮަކަމަށް ދެވޭ ވަގުތީ އަދި ދާއިމީ ޚިދުމަތްތައް އިތުރަށް ހަރުދަނާ ކުރުމަށް ފަންނީ ބޭފުޅުންނާ ގުޅުންހުރި މުއައްސަސާތަކާއެކު މަސައްކަތް ކުރަމުންދާ ކަމަށް ވެސް މިނިސްޓްރީ އިން ބުނެފައިވެ އެވެ. ބަޔާނުގައި ބުނީ ދެމެހެއްޓެނިވި ގޮތެއްގައި މުޖްތަމައަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ހަރުދަނާ ނިޒާމެއް ބިނާކުރުމުގައި އެ މިނިސްޓްރީ އިން ކެނޑިނޭޅި މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ. 

ހެލްތު މިނިސްޓްރީ

އިތުރަށް ކިޔާލަން

24 އެޕްރީލު 2026

ސިއްހީ ނިޒާމު ފެއިލް ކޮށްލާ، ދިވެހިރައްޔިތުންގެ ފުރާނަ އަކީ ސަރުކާރުގެ ކުރިމަތީ ގައި އަގެއް ނެތް އެއްޗަކަށް ވެއްޖެ.

24 އެޕްރީލު 2026
ސިއްހީ ނިޒާމު ފެއިލް ކޮށްލާ، ދިވެހިރައްޔިތުންގެ ފުރާނަ އަކީ ސަރުކާރުގެ ކުރިމަތީ ގައި އަގެއް ނެތް އެއްޗަކަށް ވެއްޖެ.
18 ޖެނުއަރީ 2026

އަތޮޅުތެރޭގެ 56 ރަށެއްގެ ހޮސްޕިޓަލާއި ސިއްހީ މަރުކަޒުތަކަށް ބޭނުންވާ އެންބިއުލަންސް ހަވާލުކޮށްފި

18 ޖެނުއަރީ 2026
އަތޮޅުތެރޭގެ 56 ރަށެއްގެ ހޮސްޕިޓަލާއި ސިއްހީ މަރުކަޒުތަކަށް ބޭނުންވާ އެންބިއުލަންސް ހަވާލުކޮށްފި
05 ޖެނުއަރީ 2026

ހޮސްޕިޓަލުގެ ތެރޭގައި ބުޅަލާ މީދާ އުޅެގެން ނުވާނެ ކަމަށް ހެލްތް މިނިސްޓަރ ވިދާޅުވެއްޖެ

05 ޖެނުއަރީ 2026
ހޮސްޕިޓަލުގެ ތެރޭގައި ބުޅަލާ މީދާ އުޅެގެން ނުވާނެ ކަމަށް ހެލްތް މިނިސްޓަރ ވިދާޅުވެއްޖެ
23 ޑިސެމްބަރު 2025

ފޯކައިދޫ ސިއްހީ މަރުކަޒު ގެ ވަށާ ފާރު ގެ ބެރީގެ މަސައްކަތް ހުއްޓިފައި އޮންނަތާ 2 އަހަރު

23 ޑިސެމްބަރު 2025
ފޯކައިދޫ ސިއްހީ މަރުކަޒު ގެ ވަށާ ފާރު ގެ ބެރީގެ މަސައްކަތް ހުއްޓިފައި އޮންނަތާ 2 އަހަރު
26 ނޮވެމްބަރު 2025

އަސާސީ ބޭސް ނުލިބޭ މައްސަލަ: މިނިސްޓަރު ވިދާޅުވީ ނުލިބެނީ ޑޮކްޓަރުން ލިޔާ ބްރޭންޑުގެ ބޭސް ކަމަށް

26 ނޮވެމްބަރު 2025
އަސާސީ ބޭސް ނުލިބޭ މައްސަލަ: މިނިސްޓަރު ވިދާޅުވީ ނުލިބެނީ ޑޮކްޓަރުން ލިޔާ ބްރޭންޑުގެ ބޭސް ކަމަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު