Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޑެންގީ ހުން

ޑެންގީ ޖެހޭ މިންވަރު އިތުރު، އަތޮޅުތެރެއިން މިއަހަރުގެ މިހާތަނަށް 3000 އާ ގާތްކުރާ މިންވަރަކަށް ކޭސް ރިޕޯޓު ކޮށްފައިވޭ: އެޗްޕީއޭ

6 މެއި 2026 | ބުދަ 09:48

މިއަހަރުގެ މިހާތަނަށް2869 ކޭސް ވަނީ މުޅި ރާއްޖެއިން ފެނިފައި. އެއީ މާލެ ސަރަހައްދުން 410 ކޭސް ރިޕޯޓުކޮށްފައިވާއިރު، އަތޮޅުތެރެއިން 2459 ކޭސް ވަނީ ފެނިފައި. ފާއިތުވި ދެ ހަފުތާގައި އެންމެ ގިނަ ކޭސް ރިޕޯޓުކޮށްފައިވަނީ ހދ. އަތޮޅުން ކަމަށްވާއިރު، އޭޕްރީލް މަހު މި ބަލީގައި ދެ ޒުވާނަކު ވަނީ މަރުވެފައި. ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި މަދިރި އާލާވާ ތަންތަން ނައްތާލުމަށާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭ. އިން ވަނީ އިލްތިމާސްކޮށްފައި.

އަމްނާ އިމާދު
އަމްނާ އިމާދު | 6 މެއި 2026 | ބުދަ 09:48
ޑޮކްޓަރަށް ދެއްކުމަށް މެމޯ ހައްދަނީ. މުޅި ރާއްޖޭގައި ވެސް ޑެންގީގެ ކޭސްތައް އިތުރު ކަމަށް އެޗްޕީއޭއިން ބުނޭ.

ޑޮކްޓަރަށް ދެއްކުމަށް މެމޯ ހައްދަނީ. މުޅި ރާއްޖޭގައި ވެސް ޑެންގީގެ ކޭސްތައް އިތުރު ކަމަށް އެޗްޕީއޭއިން ބުނޭ. | ރާއްޖެއެމްވީ

ރާއްޖޭގައި ޑެންގީ ހުން ޖެހިގެން ރިޕޯޓުކުރާ މިންވަރު ވަރަށް ބޮޑަށް އިތުރުވަމުންދާ ކަމަށާއި، އަތޮޅުތެރޭގެ ރަށްތަކުން މިއަހަރުގެ މިހާތަނަށް 3000 އާ ގާތްކުރާ ޢަދަދަކަށް ކޭސް ރިޕޯޓު ކޮށްފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފި އެވެ. 

އެޗްޕީއޭ. އިން ބުނީ، 2025 ވަނަ އަހަރާ އަޅާބަލާއިރު، މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން އޭޕްރީލް މަހުގެ ނިޔަލަށް މަހުން މަހަށް ޑެންގީ ހުން ޖެހިގެން ރިޕޯޓު ކުރެވުނު އަދަދު ގިނަ ކަމަށެވެ.

Advertisement - newsAdvertisement

އެގޮތުން މާލެ ސަރަހައްދަށްވުރެ އަތޮޅުތަކުން ރިޕޯޓު ކުރާ ކޭސްތަކުގެ އަދަދު އިތުރުކަން ފާހަގަކޮށް މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން މެއި މަހުގެ 3 ގެ ނިޔަލަށް މާލެ ސަރަހައްދުން އެކަނި 410 ކޭސް އާއި، އަތޮޅުތަކުން 2459 ކޭސް ރިޕޯޓު ކޮށްފައިވާ ކަމަށެވެ. 

އެޗްޕީއޭ.އިން ބުނީ، ފާއިތުވެދިޔަ 2 ހަފްތާގެ ތެރޭގައި ޑެންގީ ޖެހިގެން އެންމެ ގިނައިން ރިޕޯޓު ކޮށްފައި ވަނީ، ހދ. އަތޮޅުން ކަމަށާއި، އެއީ 83 ކޭސް ކަމަށެވެ. މީގެ ތެރެއިން ކުޅުދުއްފުށިން 62 ކޭސް ރިޕޯޓު ކޮށްފައިވާ ކަމަށް އެޗްޕީއޭއިން ބުނެ އެވެ. 

މީގެ އިތުރުން އެޗްޕީއޭ. އިން ބުނީ، ގދ. އަތޮޅުން 35 ކޭސް، ކ. އަތޮޅުން 29 ކޭސް، މާލެ ސަރަހައްދުން 22 ކޭސް، ށ. އަތޮޅުން 20 ކޭސް، ރ. އަތޮޅުން 19 ކޭސް، މ. އަތޮޅުން 17 ކޭސް، އދ. އަތޮޅުން 15 ކޭސް، ލ. އަތޮޅުން 13 ކޭސް އަދި އއ. އަތޮޅުން 11 ކޭސް ރިޕޯޓު ކޮށްފައިވާ ކަމަށެވެ. 

ރާއްޖޭގައި ޑެންގީ ހުން ޖެހިގެން ރިޕޯޓު ކުރާ މިންވަރު އިތުރުވުމާއި ގުޅިގެން އެޗްޕީއޭ. އިން އާއްމު ކޮށްފައިވާ ތަފާސްހިސާބުތައް.

ޑެންގީ ހުން ވަރަށް ބޮޑަށް ފެތުރެމުންދާއިރު، އޭޕްރީލް މަހުގެ ތެރޭގައި ޑެންގީ އަށް ފަރުވާ ދެމުންދިޔަ ދެ ޒުވާނަކު ވަނީ މަރުވެފަ އެވެ.

ޑެންގީއަކީ ފުރާނައަށް ނުރައްކާވާ ބައްޔެކެވެ. ހުން އަންނަ ތަނުން ފަރުވާ ކުޑަނުކޮށް ސިއްހީ އަވަސް ފަރުވާ ދޭން ޖެހެ އެވެ. 

މަދިރިން ރައްކާތެރިވުމުގެ ގޮތުން ހަށިގަނޑު ރަނގަޅަށް ނިވައިވާ ގޮތަށް ހެދުން އެޅުމާއި، މަދިރި ލޯޝަނާއި، ސްޕްރޭ ފަދަ ތަކެތި ބޭނުންކުރުމަށް އެޗްޕީއޭ. އިން ވަނީ އެދިފަ އެވެ. ފަތިސް ގަޑީގައި އަދި ހަވީރު އިރުއޮއްސޭ ވަގުތު ގޭގެ ދޮރުތަކާއި ކުޑަ ދޮރުތައް ލައްޕާފައި ބެހެއްޓުމާއި، ހުސްފުޅި، ދަޅު ފަދަ ފެން ހަރުލާ ތަކެތި ގޯތިތެރެ އާއި މަގުމައްޗަށް އުކާނުލުމާއި، އަދި ފެން ހަރުލާ ގޮތަށް ހުންނަ ތަކެއްޗާއި، ތަންތަން ސާފުކުރުމަށް އެޗްޕީއޭ. އިން އިލްތިމާސްކޮށްފައިވެ އެވެ.

ޑެންގީ ހުންއެޗް.ޕީ.އޭ

އެންމެ ހިނގާ

1

ވަޒީރު އިހުސާނުގެ "ހަމަހިމޭންކަން" ބުނެދެނީ ކޮންވާހަކަ އެއް؟

2

"އަދަދު" އޮންލައިންގެ އެޑިޓަރުގެ މައްޗަށް ކުރާ ގަޒްފު ދައުވާގައި ރައީސް މުއިއްޒުއަކީ ހެއްކެއް ކަމަށް ބަލައިނުގަނެވޭނެ ކަމަށް، އަދި އީޝާއަކީ ހެއްކެއް ކަމަށް ބަލައިގަނެވޭނެ ކަމަށް ނިންމައިފި

3

ޓީއެމްއޭގެ ސީޕްލޭނެއް ފުރަން އުޅުމުގެ ތެރޭގައި ނުރައްކާތެރި ހާދިސާއެއް ހިނގައި ކެބިން ކުރޫއަކަށް ވަރަށް ބޮޑަށް އަނިޔާވެއްޖެ

4

ޕީއެންސީ މެންބަރު ހުސެންބެގެ މެސެޖު: ޒަޔަނިސްޓު އަނިޔާވެރިންގެ އެޖެންޓުންނަށް ރާއްޖޭގެ ވެލިފުކެއްގައިވެސް އަތްލުމުގެ ފުރުސަތު ދީގެންނުވާނެ، ގައުމުގެ ހައްގުގައި ހަމަހިމޭންކަން ހިޔާރުކުރުމަކީ ދުވަހެއްގެ ކޮޅުންވެސް ވާނެ ކަމެއް ނޫން

5

ޖީ.އެސް.ޓީގެ ގޮތުގައި މިލިއަނަށްވުރެ ގިނަ ފައިސާ ދައްކަންޖެހޭ 25 ފަރާތެއްގެ ނަން މީރާއިން ހާމަކޮށްފި

އިތުރަށް ކިޔާލަން

01 އޯގަސްޓު 2026

އެޗްޕީއޭގެ ހުރިހާ ހިދުމަތެއް ހުޅުމާލެއަށް ބަދަލުކޮށްފި

01 އޯގަސްޓު 2026
އެޗްޕީއޭގެ ހުރިހާ ހިދުމަތެއް ހުޅުމާލެއަށް ބަދަލުކޮށްފި
30 ޖޫން 2026

މާލެ ސަރަހައްދުގައި ހަލުވިކަމާއެކު ހިމަބިހި ފެތުރެނީ: މިދިޔަ ހަފްތާގައި އެކަނިވެސް 44 މީހަކަށް ބަލިޖެހިއްޖެ

30 ޖޫން 2026
މާލެ ސަރަހައްދުގައި ހަލުވިކަމާއެކު ހިމަބިހި ފެތުރެނީ: މިދިޔަ ހަފްތާގައި އެކަނިވެސް 44 މީހަކަށް ބަލިޖެހިއްޖެ
28 ޖޫން 2026

މިހާތަނަށް ހިމަބިއްސަށް 22 މީހަކު ޕޮޒިޓިވް، ވެކްސިން ދިނުމުގެ ޚާއްސަ ހަރަކާތެއް އެޗްޕީއޭ އިން ފަށައިފި

28 ޖޫން 2026
މިހާތަނަށް ހިމަބިއްސަށް 22 މީހަކު ޕޮޒިޓިވް، ވެކްސިން ދިނުމުގެ ޚާއްސަ ހަރަކާތެއް އެޗްޕީއޭ އިން ފަށައިފި
23 ޖޫން 2026

ރާއްޖެ އިން ހިމަބިއްސަށް އިތުރު 2 މީހަކު ޕޮޒިޓިވް ވެއްޖެ، ޖުމްލަ އަދަދު 22 އަަށް

23 ޖޫން 2026
ރާއްޖެ އިން ހިމަބިއްސަށް އިތުރު 2 މީހަކު ޕޮޒިޓިވް ވެއްޖެ، ޖުމްލަ އަދަދު 22 އަަށް
16 ޖޫން 2026

ރާއްޖޭގައި މިއަހަރު ހިމަބިއްސަށް 20 މީހަކު ޕޮޒިޓިވްވެއްޖެ

16 ޖޫން 2026
ރާއްޖޭގައި މިއަހަރު ހިމަބިއްސަށް 20 މީހަކު ޕޮޒިޓިވްވެއްޖެ
15 ޖޫން 2026

މިދިޔަ މަހު މުޅިރާއްޖޭގައި ރޯގާގެ ގޮތުގައި ފެތުރޭ ބަލިތައް އިތުރުވެ، ޑެންގީ ހުން ވަރަށް ގިނަ މީހުންނަށް ޖެހިފައިވޭ: އެޗްޕީއޭ

15 ޖޫން 2026
މިދިޔަ މަހު މުޅިރާއްޖޭގައި ރޯގާގެ ގޮތުގައި ފެތުރޭ ބަލިތައް އިތުރުވެ، ޑެންގީ ހުން ވަރަށް ގިނަ މީހުންނަށް ޖެހިފައިވޭ: އެޗްޕީއޭ
09 ޖޫން 2026

ހިމަބިހީގެ އިތުރު 4 ކޭސް ފެނިއްޖެ، ޖުމްލަ އަދަދު 15 އަށް އަރައިފި: އެޗްޕީއޭ

09 ޖޫން 2026
ހިމަބިހީގެ އިތުރު 4 ކޭސް ފެނިއްޖެ، ޖުމްލަ އަދަދު 15 އަށް އަރައިފި: އެޗްޕީއޭ
07 ޖޫން 2026

ހިމަބިހީގެ އަދާހަމަ ހޯދަން ގުޅާލުމުން މިނިސްޓްރީން ބުނީ އެޗްޕީއޭއަށް ގުޅަން، އެޗްޕީއޭއިން ބުނީ މައުލޫމާތު އާންމުކުރާނީ ކޮންމެ އަންގާރަ ދުވަހެއްގައިކަމަށް!

07 ޖޫން 2026
ހިމަބިހީގެ އަދާހަމަ ހޯދަން ގުޅާލުމުން މިނިސްޓްރީން ބުނީ އެޗްޕީއޭއަށް ގުޅަން، އެޗްޕީއޭއިން ބުނީ މައުލޫމާތު އާންމުކުރާނީ ކޮންމެ އަންގާރަ ދުވަހެއްގައިކަމަށް!
04 ޖޫން 2026

ހައްޖުވެރިން އެނބުރި އަންނަން ފަށާނީ މާދަމާ، ހައްޖާޖީންނަށް ވެސް ފަސޭހައިން ޑޮކްޓަރަށް ދެއްކޭނެ: އެޗްޕީއޭ

04 ޖޫން 2026
ހައްޖުވެރިން އެނބުރި އަންނަން ފަށާނީ މާދަމާ، ހައްޖާޖީންނަށް ވެސް ފަސޭހައިން ޑޮކްޓަރަށް ދެއްކޭނެ: އެޗްޕީއޭ
02 ޖޫން 2026

ރާއްޖެ އިން ނައްތާލެވިފައިވާ ހިމަބިހީގެ އިތުރު ދެ ކޭސް ފެނިއްޖެ، ޖުމްލަ 11 ކޭސް

02 ޖޫން 2026
ރާއްޖެ އިން ނައްތާލެވިފައިވާ ހިމަބިހީގެ އިތުރު ދެ ކޭސް ފެނިއްޖެ، ޖުމްލަ 11 ކޭސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް