Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލިސް

2 އަހަރު ވީއިރުވެސް ކާބޯތަކެއްޗާ ގުޅޭ ގަވާއިދުތައް ނުހެދުނީ ބަޖެޓު ނެތުމުން، ލަސްވާކަން ގަބޫލުކުރަން: މިނިސްޓްރީ

6 މެއި 2026 | ބުދަ 06:39

ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް ލަސްވަނީ ބަޖެޓުގެ ދަތިކަމާއި ފަންޑު ހޯދުމުގައި ދިމާވި ގޮންޖެހުންތަކުގެ ސަބަބުން ކަމަށް ހެލްތު މިނިސްޓްރީން މަޖިލީހުގެ ކޮމިޓީގައި ބުނެފި. މި ގާނޫނުގެ ދަށުން އެކުލަވާލަންޖެހޭ 14 ގަވާއިދުގެ ތެރެއިން މިހާތަނަށް ގެޒެޓްކުރެވުނީ އެންމެ 2 ގަވާއިދު ކަމަށާއި، ނަމަވެސް އިތުރު ގަވާއިދުތަކެއް ފާސްކުރުމުގެ މަރުހަލާގައިވާ ކަމަށް އެ މިނިސްޓްރީން ފާހަގަކުރި. މި މަސައްކަތް އަވަސްކުރުމަށް އޭޑީބީގެ އެހީގައި ކޮންސަލްޓަންޓުން މެދުވެރިކޮށް މިހާރު އަންނަނީ މަސައްކަތް ކުރަމުން.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 6 މެއި 2026 | ބުދަ 06:39
ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގާނޫނުގެ ދަށުން ހަދަން ޖެހޭ ގަވާއިދުތައް މިއަދާ ހަމައަށް ވެސް ހަދާފައި ނުވާތީ އެ މައްސަލައާ ގުޅިގެން ހެލްތު މިނިސްޓްރީ، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ކޮމިޓީ އަށް ހާޒިރު ކުރުން

ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގާނޫނުގެ ދަށުން ހަދަން ޖެހޭ ގަވާއިދުތައް މިއަދާ ހަމައަށް ވެސް ހަދާފައި ނުވާތީ އެ މައްސަލައާ ގުޅިގެން ހެލްތު މިނިސްޓްރީ، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ކޮމިޓީ އަށް ހާޒިރު ކުރުން | ރައްޔިތުންގެ މަޖިލިސް

23 އޮގަސްޓް 2024 ވަނަ އަހަރު އަމަލު ކުރަން ފަށާފައިވާ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގާނޫނުގެ ދަށުން ހަދަން ޖެހޭ ގަވާއިދުތަކުގެ ތެރެއިން މިހާތަނަށް ގެޒެޓް ކުރެވުނީ އެންމެ 2 ގަވާއިދު ކަމަށާ ގަވާއިދުތައް ހެދުން ލަސްވީ ބަޖެޓުގައި ހުރި ދަތިތަކުގެ ސަބަބުން ކަމަށް ހެލްތު މިނިސްޓްރީ އިން ބުނެފި އެވެ. 

ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގާނޫނުގެ ދަށުން ހަދަން ޖެހޭ ގަވާއިދުތައް މިއަދާ ހަމައަށް ވެސް ހަދާފައި ނުވާތީ އެ މައްސަލައާ ގުޅިގެން ހެލްތު މިނިސްޓްރީ މަޖިލީހަށް ހާޒިރުކޮށް ސުވާލު ކުރުމަށް ހުށަހަޅާފައިވަނީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ. ކުޑޫ ހުށަހަޅުއްވާފައި ވަނީ މި ގާނޫނުގެ ދަށުން ހަދަން ޖެހޭ ގަވާއިދު ތަކަކީ ގާނޫނަށް އަމަލުކުރަން ފަށާތާ 3 މަސް ދުވަހާ 6 މަސް ދުވަހާ ދޭތެރޭގައި ހުރިހާ ގަވާއިދުތަކެއް ހަދައި، ގެޒެޓް ކުރަން ވާނެ ކަމަށް ގާނޫނުގައި ބަޔާން ކޮށްފައި ވީ ނަމަވެސް ގާނޫނަށް އަމަލު ކުރަން ފެށިތާ 2 އަހަރު ވެގެން ގޮސްފައިވާއިރު މި ގަވާއިދުތައް ނުހެދި ވަނީ ކީއްވެ ތޯ މިނިސްޓްރީގެ ބޭފުޅުންނާ ސުވާލު ކުރުމަށެވެ. 

Advertisement - newsAdvertisement

މިކަމާ ގުޅިގެން އަންގާރަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ކޮމިޓީ އަށް އެ މިނިސްޓްރީ ވަނީ ހާޒިރު ކޮށްފަ އެވެ. ކޮމިޓީ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ މިނިޓްރީގެ ޑެޕިއުޓީ މިނިސްޓަރު އިސްމާއިލް ޒާހިރު  ވިދާޅުވީ މި ގަވާއިދުތަކަކީ ވަރަށް ޓެކްނިކަލް މައުލޫމާތުތަކެއް ހިމެނޭ ގަވާއިދުތަކެއް ކަމަށެވެ.

އެންމެ ފުރަތަމަ 2024 ވަނަ އަހަރު ގާނޫނު ވުޖޫދު ވުމަށްފަހު ގަވާއިދުތައް އެކުލަވާލުމަށްޓަކައި މިނިސްޓްރީ އިން ބެލީ ދައުލަތުގެ ބަޖެޓުގެ ތެރެއިން ގަވާއިދު ހެދުމަށް ކަންކަން ހަމަޖެހޭތޯ ކަމަށެވެ. ނަމަވެސް އެކަމުގައި ގިނަ ގޮންޖެހުންތަކެއް ދިމާވި ކަމަށް އޭނާ ވިދާޅުވި އެވެ. އިސްމާއިލް ޒާހިރު ވިދާޅުވީ އެންމެ ފުރަތަމަ މަސައްކަތް ކުރީ ދައުލަތުގެ ބަޖެޓުގެ ތެރެއިން މި ގަވާއިދުތައް ހެދުމަށް ފައިސާ ހަމަޖެއްސުމަށް ނަމަވެސް ތަފާތު އެކި ސަބަބުތަކާހުރެ އެ ފައިސާ ހަމަޖެހިފައި ނުވާ ކަމަށެވެ. 

އެއާއެކު ދެން މަސައްކަތް ކުރީ ޑަބްލިއުއެޗްއޯ ގެ ފަންޑު މެދުވެރިކޮށް އެކަން ކުރެވޭނެ ގޮތެއް ހޯދުމަށް ކަމަށާ ނަމަވެސް އެވަރަށް ފަންޑު ހަމަނުޖެހުން ކަމަށް ޒާހިރު ވިދާޅުވި އެވެ. 

ގާނޫނުގައި ބަޔާން ކޮށްފައިވާ 20 ގަވާއިދަކީ ބައެއް ގަވާއިދުތައް އެއްކޮށްލައިގެން އެކުލަވާލެވޭ ގޮތަށް ހުރި ގަވާއިދު ތަކަކަށް ވުމާއެކު މިހާރު ހަދަން ޖެހެނީ ޖުމްލަ 14 ގަވާއިދު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.  ދެން މަސައްކަތް ކުރީ އޭޑީބީ އިން ފަންޑެއް ހޯދަން ކަމަށާ އެ ފަންޑު ހަމަޖެހުމާއެކު އެ މަސައްކަތް ކުރިއަށް ގެންދިއަ ކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ  ބައެއް ގަވާއިދުތައް ހަވާލު ކުރި ކޮންސަލްޓަންޓަށް އޭޑީބީ އިން ހަވާލު ކުރި މުއްދަތަށް ނިންމިފައި ނުވާ ކަމަށެވެ. އެހެންކަމުން ކުރިން ނެގި ކޮންސަލްޓަންޓާ ހަވާލު ކޮށްގެން މި އަހަރު އަލުން އެ މަސައްކަތް ކުރިއަށް ގެންދަން ޖެހުނު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. 

އަޅުގަނޑުމެން ގަބޫލު ކުރަން އަޅުގަނޑުމެންނަށް ވެސް މިވަގުތު ބައެއް ކަންކަން ތަންފީޒު ކުރުމުގައި ދަތިތަކެއް ދިމާވި މި ގަވާއިދުތައް ގެޒެޓް ނުކުރެވި ހުރީމަ. އެހެން ނަމަވެސް ކުރިން މި ދެންނެވި ސަބަބުތައް އެގޮތަށް ހުރީމަ އަޅުގަނޑުމެންނަށް މި ގަވާއިދުތައް ކުރިއަށް ގެންދިއުމަށް ލަސްވެގެން ދިއަ. 
ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އިސްމާއިލް ޒާހިރު

މި ހުރިހާ ގަވާއިދުތަކެއް ހެދުމަށް ހަވާލު ކޮށްފައިވާއިރު މިހާތަނަށް ގެޒެޓް ކޮށްފައި ވަނީ ނެޝަނަލް ފުޑް ސޭފްޓީ ކޮލިޓީ ބޯޑުގެ ހިންގާ ގަވައިދާއި ކާބޯތަކެތި އިޝްތިހާރު ކުރުމާ ގުޅޭ ގަވައިދު ކަމަށް ޒާހިރު ވިދާޅުވި އެވެ. 

މިހާރު ވެސް 6 ގަވާއިދެއްގެ ޑްރާފްޓިންގް މަސައްކަތް ކުރިއަށް ދާއިރު 3 ގަވާއިދެއް ގެޒެޓު ކުރުމަށްޓަކައި ރައީސް އޮފީހަށް ފޮނުވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި 2 ގަވާއިދު އޭޖީ އޮފީހަށް ފޮނުވާފައިވާއިރު އިތުރު 1 ގަވާއިދު އެ އޮފީހަށް ވަރަށް އަވަހަށް ފޮނުވާނެ ކަމަށް ވެސް ޒާހިރު ވިދާޅުވި އެވެ. 

ރައްޔިތުންގެ މަޖިލިސްހެލްތު މިނިސްޓްރީކާބޯތަކެތީގެ ރައްކާތެރިކަން

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

06 މެއި 2026

މަޖިލީހުގައި ރައީސް މުއިއްޒުގެ އަގު ވައްޓާލަނީ ޕީއެންސީ އިން: ޝަމްހީދު

06 މެއި 2026
މަޖިލީހުގައި ރައީސް މުއިއްޒުގެ އަގު ވައްޓާލަނީ ޕީއެންސީ އިން: ޝަމްހީދު
05 މެއި 2026

"ރައްޔިތުންނަށް ބޭސް ނުލިބޭކަން ގަބޫލު ކުރަން، މިއީ ގައުމީ މައްސަލައެއް"

05 މެއި 2026
"ރައްޔިތުންނަށް ބޭސް ނުލިބޭކަން ގަބޫލު ކުރަން، މިއީ ގައުމީ މައްސަލައެއް"
05 މެއި 2026

މެންބަރު ޒިޔާދުގެ ރައްދެއް ޕީއެންސީ އަށް: އަލިފާން ނެތިއްޔާ ދުމެއް ނާރާނެ

05 މެއި 2026
މެންބަރު ޒިޔާދުގެ ރައްދެއް ޕީއެންސީ އަށް: އަލިފާން ނެތިއްޔާ ދުމެއް ނާރާނެ
05 މެއި 2026

ސަރުކާރު މުއައްސަސާތަކުގައި ހޭވެރިކަމެއް ނެތް އިރު މިނިސްޓަރު އިހުސާންގެ މަސްއޫލިއްޔަތާމެދު ސުވާލު އުފެދޭ: ހުސެންބެ

05 މެއި 2026
ސަރުކާރު މުއައްސަސާތަކުގައި ހޭވެރިކަމެއް ނެތް އިރު މިނިސްޓަރު އިހުސާންގެ މަސްއޫލިއްޔަތާމެދު ސުވާލު އުފެދޭ: ހުސެންބެ
05 މެއި 2026

އިދިކޮޅު ޕާޓީތަކުން ގާނޫނާ ޚިލާފު ހަރަކާތް ހިންގާ ކަމަށާއި، އެ ފަރާތްތަކަށް ފިޔަވަޅު އަޅަން ގޮވާލާ ސަރުކާރުން މަޖިލީހަށް ގަރާރެއް

05 މެއި 2026
އިދިކޮޅު ޕާޓީތަކުން ގާނޫނާ ޚިލާފު ހަރަކާތް ހިންގާ ކަމަށާއި، އެ ފަރާތްތަކަށް ފިޔަވަޅު އަޅަން ގޮވާލާ ސަރުކާރުން މަޖިލީހަށް ގަރާރެއް
05 މެއި 2026

ހަނގުރާމައިގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތުގެ ވިޔަފާރިތަކަށް ސަރުކާރުން އެހީވުމަށް ގޮވާލާ ހުށަހެޅި މައްސަލަ ބަލައިނުގަތް

05 މެއި 2026
ހަނގުރާމައިގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތުގެ ވިޔަފާރިތަކަށް ސަރުކާރުން އެހީވުމަށް ގޮވާލާ ހުށަހެޅި މައްސަލަ ބަލައިނުގަތް
04 މެއި 2026

ފައިނޭންސްގެ ކަންކަމެއް ނޭނގެ، ރަސްމާލެ މަޝްރޫއު އެއީ ކުރަން ޖެހޭ ކަމެއް، ވީހާވެސް އަވަހަށް ހިއްކައި އާބާދު ކުރަން ޖެހޭ: މުއްތަލިބް

04 މެއި 2026
ފައިނޭންސްގެ ކަންކަމެއް ނޭނގެ، ރަސްމާލެ މަޝްރޫއު އެއީ ކުރަން ޖެހޭ ކަމެއް، ވީހާވެސް އަވަހަށް ހިއްކައި އާބާދު ކުރަން ޖެހޭ: މުއްތަލިބް
04 މެއި 2026

އަތޮޅު ކައުންސިލްތައް އުވައިނުލައި، ކުރީން އޮތްގޮތަށް އަނބުރައި ރުޖޫއަކުރަން މަޖިލީހަށް ހުށަހެޅި ބިލު ބޭރު ކޮށްލައިފި

04 މެއި 2026
އަތޮޅު ކައުންސިލްތައް އުވައިނުލައި، ކުރީން އޮތްގޮތަށް އަނބުރައި ރުޖޫއަކުރަން މަޖިލީހަށް ހުށަހެޅި ބިލު ބޭރު ކޮށްލައިފި
04 މެއި 2026

ޕީއެސްއެމް އިން ޕާޓީތަކުގެ މެދުގައި ތަފާތުކޮށް، މައުލޫމާތު ފޯރުކޮށްދިނުމުގެ ފުރުސަތު އެމްޑީޕީ އަށް ދީފައިނުވާތީ ހުށަހެޅި ގަރާރު ބޭރުކޮށްލައިފި

04 މެއި 2026
ޕީއެސްއެމް އިން ޕާޓީތަކުގެ މެދުގައި ތަފާތުކޮށް، މައުލޫމާތު ފޯރުކޮށްދިނުމުގެ ފުރުސަތު އެމްޑީޕީ އަށް ދީފައިނުވާތީ ހުށަހެޅި ގަރާރު ބޭރުކޮށްލައިފި
04 މެއި 2026

ރާއްޖޭގެ ގާނޫނު އަސާސީއަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހޭ: ފައްޔާޒު

04 މެއި 2026
ރާއްޖޭގެ ގާނޫނު އަސާސީއަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހޭ: ފައްޔާޒު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް