Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހަންޓާ ވައިރަސް

ރާއްޖެ އަށް ހަންޓާ ވައިރަސްގެ ރިސްކު ވަރަށް ކުޑަ: އެޗްޕީއޭ

9 މެއި 2026 | ހޮނިހިރު 07:53

ދެކުނު އެމެރިކާގެ ކްރޫޒް ލައިނަރ އަކުން ހަންޓާ ވައިރަސް ފެނުމާ ގުޅިގެން، ދުނިޔޭގެ ސިއްހަތު ޖަމިއްޔާއާ ގުޅިގެން އެޗްޕީއޭއިން ދަނީ އެކަން މޮނިޓަރ ކުރަމުން. މީދަލުގެ ޒަރީއާއިން ފެތުރޭ މި ބައްޔަކީ އިންސާނުންގެ މެދުގައި ފެތުރުމުގެ ފުރުސަތު ކުޑަ ބައްޔަކަށް ވުމާއެކު، ރާއްޖެއަށް މި ބަލީގެ ނުރައްކާ އޮތީ ވަރަށް ކުޑަކޮށް ކަމަށް އެ އެޖެންސީން ބުނެ. މި ބަލީގައި އާޖެންޓީނާގެ ބޯޓަކުން ތިން މީހަކު މަރުވެފައިވީ ނަމަވެސް، ބައިނަލްއަގުވާމީ ސިއްހީ މިންގަނޑުތަކުގެ ދަށުން ބަލި ކޮންޓްރޯލް ކުރުމުގެ މަސައްކަތް ދަނީ ކުރަމުން.

އަމްނާ އިމާދު
އަމްނާ އިމާދު | 9 މެއި 2026 | ހޮނިހިރު 07:53
ހަންޓާ ވައިރަސް ޖެހެން މެދުވެރިވަނީ މީދަލުން.

ހަންޓާ ވައިރަސް ޖެހެން މެދުވެރިވަނީ މީދަލުން. | ސައިންސް ނިއުސް

ދިވެހިރާއްޖެ އަށް ހަންޓާ ވައިރަސްގެ ރިސްކު ވަރަށް ކުޑަ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

ހަންޓާ ވައިރަސް އާއި ގުޅޭގޮތުން އެޗްޕީއޭއިން ބުނީ، ދެކުނު އެމެރިކާ ސަރަހައްދުގައި ދަތުރުކުރާ ކްރޫޒް ލައިނަރ އަކުން ހަންޓާވައިރަސް ފެނުމާ ގުޅިގެން، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) މެދުވެރިކޮށް އެ އެޖެންސީން އެކަން މޮނިޓަރ ކުރަމުންދާ ކަމަށެވެ. 

Advertisement - newsAdvertisement

މިހާތަނަށް ރާއްޖެއިން މި ބަލީގެ އެއްވެސް ކޭހެއް ނުވަތަ ބަލިޖެހިފައިވާ މީހަކާ ދިމާވި މީހަކުވެސް ފެނިފައިނުވާ ކަމަށާއި، ރާއްޖެއަށް ބަލީގެ ރިސްކް އޮތީ ވަރަށް ކުޑަކޮށް ކަމަށް އެޗްޕީއޭއިން ބުނެ އެވެ. 

ހަންޓާ ވައިރަސް އާންމުކޮށް ފެތުރެނީ، އެ ބަލި ޖެހިފައިވާ މީދަލާއި އެފަދަ ތަކެތީގެ ނަޖިހުން (ކުޑަކަމުދާ އެއްޗިއްސާއި، ބޮޑުކަމުދާ އެއްޗިއްސާއި، ކުޅު) ވައިގެ ތެރެއަށް ބޭރުވާ ޕާޓިކަލްތައް އިންސާނުންގެ ނޭވާލާ ނިޒާމަށް ދިއުމުގެ ސަބަބުންނެވެ. މިއީ ގިނައިން މީދާ އުޅޭ ތަންތަން ސާފުކުރުމުގެ ތެރޭގައި ދިމާވާ ކަމެކެވެ.

މިއީ ޖަނަވާރުންގެ ފަރާތުން އިންސާނުންނަށް ޖެހޭ "ޒޫނޮޓިކް" ބައްޔެއް ކަމުން، އެކަކު އަނެކެއްގެ ގަޔަށް މި ބަލި ފެތުރުމަކީ ވަރަށް ނާދިރު ކަމެކެވެ. ނަމަވެސް، މި ބަލީގެ ބާވަތެއް ކަމަށްވާ "އެންޑީސް ސްޓްރެއިން" އެކަކު އަނެކެއްގެ ގަޔަށް ފެތުރިދާނެ ކަމަށް ރިޕޯޓުތަކުން ބުނެ އެވެ. އެއީ ބަލިޖެހިފައިވާ މީހަކާ ވަރަށް ގާތުން ސީދާ ދިމާވެގެން މެނުވީ ވާނެ ކަމެއް ނޫނެވެ.

މި ބައްޔަށް ދުނިޔޭގެ ސަމާލުކަން ލިބިފައިމިވަނީ އާޖެންޓީނާއިން ފުރައިގެން ދަތުރުކުރަމުންދިޔަ "އެމްވީ ހޮންޑިއަސް" ކްރޫޒް ޝިޕްގައި ހަންޓާ ވައިރަސް ފެތުރި، 5 މީހަކު ބައްޔަށް ޕޮޒިޓިވްވެ، މިހާތަނަށް 3 މީހަކު މަރުވުމާ ގުޅިގެންނެވެ. އަދި ރިޕޯޓްކޮށްފައިވާ ކޭސްތަކުގެ ތެރެއިން 5  ކޭސްއެއް ލެބޯޓްރީން ކަށަވަރު ކުރެވިފައިވާއިރު، ބާކީ 3 އެއީ ސަސްޕެކްޓެޑް ކޭސްތަކެވެ. 

މީގެ އިތުރުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބުނީ، މި ބަލީގެ ނުރައްކާ ބައެއް ފަރާތްތަކަށް ބޮޑުވި ނަމަވެސް، އާންމު ސިއްހަތަށް އޮތް ނުރައްކާ ކުޑަ ކަމަށެވެ. އަދި ބައިނަލްއަގުވާމީ ސިއްހީ ގަވާއިދުތަކުގެ (އައި.އެޗް.އާރް)ގެ ދަށުން އެކި ގައުމުތަކާއި، ބައިނަލްއަގުވާމީ ބައިވެރިންނާ ގުޅިގެން ބަލި ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. 

ހަންޓާ ވައިރަސްއެޗް.ޕީ.އޭދުނިޔޭގެ ސިއްހަތު ޖަމިއްޔާ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

06 މެއި 2026

ޑެންގީ ޖެހޭ މިންވަރު އިތުރު، އަތޮޅުތެރެއިން މިއަހަރުގެ މިހާތަނަށް 3000 އާ ގާތްކުރާ މިންވަރަކަށް ކޭސް ރިޕޯޓު ކޮށްފައިވޭ: އެޗްޕީއޭ

06 މެއި 2026
ޑެންގީ ޖެހޭ މިންވަރު އިތުރު، އަތޮޅުތެރެއިން މިއަހަރުގެ މިހާތަނަށް 3000 އާ ގާތްކުރާ މިންވަރަކަށް ކޭސް ރިޕޯޓު ކޮށްފައިވޭ: އެޗްޕީއޭ
24 އެޕްރީލު 2026

މުލީގައި ޑެންގީ ޖެހިގެން 17 އަހަރުގެ ކުއްޖެއް ނިޔާވިއިރު، ހޮސްޕިޓަލްގައި ޓެސްޓްކުރާ ކިޓްތައް ހުރީ މުއްދަތު ހަމަވެފައި!

24 އެޕްރީލު 2026
މުލީގައި ޑެންގީ ޖެހިގެން 17 އަހަރުގެ ކުއްޖެއް ނިޔާވިއިރު، ހޮސްޕިޓަލްގައި ޓެސްޓްކުރާ ކިޓްތައް ހުރީ މުއްދަތު ހަމަވެފައި!
16 އެޕްރީލު 2026

ޑެންގީ ޖެހިގެން ރިޕޯޓް ކުރާ މިންވަރު އިތުރުވާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި

16 އެޕްރީލު 2026
ޑެންގީ ޖެހިގެން ރިޕޯޓް ކުރާ މިންވަރު އިތުރުވާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި
09 އެޕްރީލު 2026

މިދިޔަ އަހަރު ދުންފަތާ ދެކޮޅަށް ކާމިޔާބު މަސައްކަތްތަކެއް ކުރެވި، 300ށް ވުރެ ގިނަ މީހުން ދުންފަތާ ދުރުވެފައިވޭ: އެޗްޕީއޭ

09 އެޕްރީލު 2026
މިދިޔަ އަހަރު ދުންފަތާ ދެކޮޅަށް ކާމިޔާބު މަސައްކަތްތަކެއް ކުރެވި، 300ށް ވުރެ ގިނަ މީހުން ދުންފަތާ ދުރުވެފައިވޭ: އެޗްޕީއޭ
24 މާރިޗު 2026

ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް ހޫނު ގަދަވުމުގެ ސަބަބުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން އެދެފި

24 މާރިޗު 2026
ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް ހޫނު ގަދަވުމުގެ ސަބަބުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން އެދެފި
28 ފެބުރުއަރީ 2026

މެލޭޝިއާގައި ޓީބީ ފެތުރުން އިތުރުވުމާއި ގުޅިގެން ރާއްޖޭގައި ރިސްކް އެސެސްމަންޓް ފަށައިފި

28 ފެބުރުއަރީ 2026
މެލޭޝިއާގައި ޓީބީ ފެތުރުން އިތުރުވުމާއި ގުޅިގެން ރާއްޖޭގައި ރިސްކް އެސެސްމަންޓް ފަށައިފި
19 ފެބުރުއަރީ 2026

މިދިޔަ މަހު ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ރޯގާގެ ގޮތުގައި ފެތުރޭ ބަލިތައް ވަރަށް ބޮޑަށް އިތުރު، މާލެ ސަރަހައްދުން އެކަނި ވެސް 7000ށް ވުރެ ގިނަ މީހުންނަށް ބޭރަށް ހިންގުން ޖެހިފައިވޭ

19 ފެބުރުއަރީ 2026
މިދިޔަ މަހު ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ރޯގާގެ ގޮތުގައި ފެތުރޭ ބަލިތައް ވަރަށް ބޮޑަށް އިތުރު، މާލެ ސަރަހައްދުން އެކަނި ވެސް 7000ށް ވުރެ ގިނަ މީހުންނަށް ބޭރަށް ހިންގުން ޖެހިފައިވޭ
09 ފެބުރުއަރީ 2026

ރާއްޖޭގެ މޫސުން ގޯސް، ކުރިއަށް އޮތް 4 ދުވަހު ދުންފުހުގެ އަސަރު އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް ވަރަށް ބޮޑަށް ކުރާނެ، ސަމާލުވޭ

09 ފެބުރުއަރީ 2026
ރާއްޖޭގެ މޫސުން ގޯސް، ކުރިއަށް އޮތް 4 ދުވަހު ދުންފުހުގެ އަސަރު އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް ވަރަށް ބޮޑަށް ކުރާނެ، ސަމާލުވޭ
06 ފެބުރުއަރީ 2026

ބޭރަށް ހިންގުމާއި ހޮޑުލާ ރޯގާ ދަނީ އިތުރުވަމުން: އެޗްޕީއޭ

06 ފެބުރުއަރީ 2026
ބޭރަށް ހިންގުމާއި ހޮޑުލާ ރޯގާ ދަނީ އިތުރުވަމުން: އެޗްޕީއޭ
03 ފެބުރުއަރީ 2026

ކޮންމެ އަހަރަކު ހަތް މިލިއަން މީހުންނަށް ކެންސަރު ޖެހުން ހުއްޓުވިދާނެ: ޑަބްލިއުއެޗްއޯ

03 ފެބުރުއަރީ 2026
ކޮންމެ އަހަރަކު ހަތް މިލިއަން މީހުންނަށް ކެންސަރު ޖެހުން ހުއްޓުވިދާނެ: ޑަބްލިއުއެޗްއޯ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް