Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސް އޮފީސް

ވަކި ސަބަބެއް ނާާންގާ ރައީސް މުޢިއްޒުގެ ނޫސްވެރިންގެ ބައްދަލުވުން ކެންސަލް ކޮށްފި

މިވަގުތު ރައީސް މުޢިިއްޒު ހުންނެވީ މާލޭގައި ކަމަށް ބެލެވޭ. އެމަނިކުފާނު އެއްވެސް ދަތުރުފުޅެއްގައި މާލެ އިން ބޭރަށް ވަޑައިގެންނެވި ކަމެއް ރައީސް އޮފީހުން ހާމަ ކޮށްފައި ނުވޭ. އެހެންވެ، މާލޭގައި ހުންނަވައި ހޯމަ ދުވަހުގެ ނޫސްވެރިންގެ ބައްދަލުވުން ކެންސަލް ކުރެއްވި ސަބަބެއް ސާފެއް ނުވޭ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 18 މެއި 2026 | ހޯމަ 04:09
ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް މުޢިއްޒު ވާހަކަ ދައްކަވަނީ.

ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް މުޢިއްޒު ވާހަކަ ދައްކަވަނީ. | ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު ހޯމަ ދުވަހު ބާއްވަވަން އޮތް ނޫސްވެރިންގެ ބައްދަލުވުން، ވަކި ސަބަބެއް އެންގުމެއް ނެތި ކެންސަލް ކޮށްފި އެވެ.

ކޮންމެ ހޯމަ ދުވަހެއްގެ 10:00 އިން 11:00 އަށް ނޫސްވެރިންނާ ބައްދަލު ކުރައްވާނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވީ، މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވަން ބޭއްވި ޖަލްސާގަ އެވެ. މާޗު މަހުން ފެށިގެން އެކަން ކުރައްވަމުން ގެންދަވާނެ ކަމަށް އޭރު ރައީސް މުޢިއްޒު އޮތީ ވިދާޅުވެފަ އެވެ. ރައީސް މުޢިއްޒު ވިދާޅުވެފައި ވަނީ ދަތުރުފުޅެއްގައި މާލެ އިން ބޭރުގައި ނޫޅުއްވާ ނަމަ، ނޫސްވެރިންގެ ބައްދަލުވުން ކޮންމެ ހޯމަ ދުވަހަކު ބާއްވަމުން ގެންދަވާނެ ކަމުގައެވެ. 

އާދީއްތަ ދުވަހުގެ ރޭ ރައީސް އޮފީހުން ވަނީ، ހޯމަ ދުވަހުގެ ހެނދުނު 10:00 ގައި ނޫސްވެރިންގެ ބައްދަލުވުން އޮންނާނެ ކަމަށް މީޑިއާ ތަކަށް އަންގައިފަ އެވެ. ނަމަވެސް، ހޯމަ ދުވަހުގެ ހެނދުނު އަށެއް ޖެހި ފަހުން ރައީސް އޮފީހުން ވަނީ، ނޫސްވެރިންގެ ބައްދަލުވުން ނޯންނާނެ ކަމަށް އަންގައިފަ އެވެ. ނޫސްވެރިންގެ ބައްދަލުވުން ނުބާއްވަން ނިންމި ސަބަބެއް ރައީސް އޮފީހުން ބުނެފައި ނުވެ އެވެ. 

މިވަގުތު ރައީސް މުޢިިއްޒު ހުންނެވީ މާލޭގައި ކަމަށް ބެލެވެ އެވެ. އެމަނިކުފާނު އެއްވެސް ދަތުރުފުޅެއްގައި މާލެ އިން ބޭރަށް ވަޑައިގެންނެވި ކަމެއް ރައީސް އޮފީހުން ހާމަ ކޮށްފައި ނުވެ އެވެ. އެހެންވެ، މާލޭގައި ހުންނަވައި ހޯމަ ދުވަހުގެ ނޫސްވެރިންގެ ބައްދަލުވުން ކެންސަލް ކުރެއްވި ސަބަބެއް ސާފެއް ނުވެ އެވެ.

މިވަގުތަކީ ސަރުކާރަށް އެތައް ފާޑު ކިޔުންތަކެއް އަމާޒުވަމުން އަންނަ ވަގުތެކެވެ. ޚާއްސަކޮށް ދެ ނޫސްވެރިޔަކު ޖަލަށްލުމާ ގުޅިގެން ސަރުކާރަށް އިންތިހާ އަށް ފާޑު ކިޔުން އަމާޒުވެފައިވާއިރު، ބައިނަލްއަޤުވާމީ އެކި އެކި ޖަމިއްޔާތަކުން ވެސް ވަނީ އެ ނޫސްވެރިން ދޫކޮށްލުމަށް ގޮވާލައިފަ އެވެ.

ރައީސް އޮފީސްރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު

އިތުރަށް ކިޔާލަން

17 މެއި 2026

އެކަށީގެންވާ ތަމްރީނެއް، ވަސީލަތެއް ނެތި ސިފައިން "ރިސްކަކަށް" ހުށަހެޅުން: ރައީސް ޒިންމާ ނަންގަވަން ނުޖެހޭނެތޯ؟

17 މެއި 2026
 އެކަށީގެންވާ ތަމްރީނެއް، ވަސީލަތެއް ނެތި ސިފައިން "ރިސްކަކަށް" ހުށަހެޅުން: ރައީސް ޒިންމާ ނަންގަވަން ނުޖެހޭނެތޯ؟
16 މެއި 2026

ކޮރަޕްޝަން ހިންގާ ފަރާތެއް ޖަވާބުދާރީ ކުރުވަން ކެރޭނެ: ކުރީގެ ތިން ރައީސުން

16 މެއި 2026
ކޮރަޕްޝަން ހިންގާ ފަރާތެއް ޖަވާބުދާރީ ކުރުވަން ކެރޭނެ: ކުރީގެ ތިން ރައީސުން
16 މެއި 2026

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ތަހުގީގު: މިއީ އަންނަ ރުޅިއަކުން ނުވަތަ ހިތްހަމަ ޖައްސާލުމަށް ދައްކާ ވާހަކައެއްތަ؟

16 މެއި 2026
އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ތަހުގީގު: މިއީ އަންނަ ރުޅިއަކުން ނުވަތަ ހިތްހަމަ ޖައްސާލުމަށް ދައްކާ ވާހަކައެއްތަ؟
15 މެއި 2026

އެމްޑީޕީގެ ސިޔާސަތަކީ އެންމެން އަބަދު ހަމައިގެ ނުތިބެ، ބޮވެންވާނެ ސިޔާސަތު: ރައީސް މުއިއްޒު

15 މެއި 2026
އެމްޑީޕީގެ ސިޔާސަތަކީ އެންމެން އަބަދު ހަމައިގެ ނުތިބެ، ބޮވެންވާނެ ސިޔާސަތު: ރައީސް މުއިއްޒު
15 މެއި 2026

ރައީސް މުއިއްޒުގެ ކައިވެނި ރޫޅާލެވޭތޯ ވެސް އިދިކޮޅު ސިޔާސީ ފަރާތްތަކުން އުޅޭ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެ

15 މެއި 2026
ރައީސް މުއިއްޒުގެ ކައިވެނި ރޫޅާލެވޭތޯ ވެސް އިދިކޮޅު ސިޔާސީ ފަރާތްތަކުން އުޅޭ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެ
14 މެއި 2026

ބޭރުގެ ނޫސް ޗެނަލްތަކުން ގެގް އޯޑަރާ ޚިލާފު ކޮންޓެންޓު ދެއްކިޔަސް، އެ ކޮންޓެންޓު މަނާކުރުމުގެ ވިސްނުމެއް ސަރުކާރުގެ ނެތް، ފިޔަވަޅު އަޅަނީ ރާއްޖޭގެ ނޫސްވެރިންނަށް!

14 މެއި 2026
ބޭރުގެ ނޫސް ޗެނަލްތަކުން ގެގް އޯޑަރާ ޚިލާފު ކޮންޓެންޓު ދެއްކިޔަސް، އެ ކޮންޓެންޓު މަނާކުރުމުގެ ވިސްނުމެއް ސަރުކާރުގެ ނެތް، ފިޔަވަޅު އަޅަނީ ރާއްޖޭގެ ނޫސްވެރިންނަށް!
14 މެއި 2026

ނޫސްވެރިންގެ ހައްގުގައި އެމްޑީޕީން ކޮންމެ ދުވަހަކު ވެސް މުޒާހަރާ ކުރާނެ: ކުރީގެ ރައީސް ނަޝީދު

14 މެއި 2026
ނޫސްވެރިންގެ ހައްގުގައި އެމްޑީޕީން ކޮންމެ ދުވަހަކު ވެސް މުޒާހަރާ ކުރާނެ: ކުރީގެ ރައީސް ނަޝީދު
13 މެއި 2026

ގައުމު ސަލާމަތް ކުރުމަށް ކުރީގެ ރައީސް ސޯލިހާއި، ނަޝީދު އަދި ޔާމީން އެކުގައި ނުކުތުމަށް ގޮވާލައްވައިފި

13 މެއި 2026
ގައުމު ސަލާމަތް ކުރުމަށް ކުރީގެ ރައީސް ސޯލިހާއި، ނަޝީދު އަދި ޔާމީން އެކުގައި ނުކުތުމަށް ގޮވާލައްވައިފި
13 މެއި 2026

ދޫ ބަންދު ކުރުމަކީ އެއްވެސް ޒަމާނެއްގައި އެއްވެސް ވެރިއަކަށް ކާމިޔާބު ކުރެވުނު ކަމެއް ނޫން: ކުރީގެ މެންބަރު އިބްރާހިމް ރަޝީދު

13 މެއި 2026
ދޫ ބަންދު ކުރުމަކީ އެއްވެސް ޒަމާނެއްގައި އެއްވެސް ވެރިއަކަށް ކާމިޔާބު ކުރެވުނު ކަމެއް ނޫން: ކުރީގެ މެންބަރު އިބްރާހިމް ރަޝީދު
12 މެއި 2026

ނޫސްވެރިންނަށް ކުރި ޖަލު ހުކުމަކީ ބިރުވެރި އިންޒާރެއް: ޝާހިދު

12 މެއި 2026
ނޫސްވެރިންނަށް ކުރި ޖަލު ހުކުމަކީ ބިރުވެރި އިންޒާރެއް: ޝާހިދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު