Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

ސުލްޙައިގެ އެއްބަސްވުމުގެ މުއްދަތުގައި އީރާން އިން ޑްރޯން އުފައްދާ ކަަމަށް ބުނެފި

21 މެއި 2026 | ބުރާސްފަތި 09:42

އިންޓެލިޖެންސް މައުލޫމާތުތަކާ ހަވާލާދީ ސީއެންއެން އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި، އީރާންގެ އަސްކަރީ ގާބިލުކަން އަލުން އިއާދަ ކުރަމުންދާ ދިޔުމަކީ، އަލުން ބޮން އެޅުމުގެ ކެމްޕެއިން ރައީސް ޓްރަމްޕް ފައްޓަވައިފި ނަމަ ސަރަހައްދީ ބައިވެރިންނަށް އޮތް ބޮޑު ނުރައްކަލެއް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 21 މެއި 2026 | ބުރާސްފަތި 09:42
އީރާންގެ ވެރި ރަށް ތެހެރާންގައި ހުންނަ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ)ގެ އެއަރޯސްޕޭސް ފޯސް މިއުޒިއަމްގައި އެ ގައުމުގެ އުފެއްދުމެއް ކަމަށްވާ ޑްރޯން ތަކެއް ދައްކާލުމަށް ބަހައްޓާފައި.

އީރާންގެ ވެރި ރަށް ތެހެރާންގައި ހުންނަ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ)ގެ އެއަރޯސްޕޭސް ފޯސް މިއުޒިއަމްގައި އެ ގައުމުގެ އުފެއްދުމެއް ކަމަށްވާ ޑްރޯން ތަކެއް ދައްކާލުމަށް ބަހައްޓާފައި. | ރޮއިޓާސް

މިދިޔަ އޭޕްރީލް މަހުގެ ކުރީ ކޮޅު ފެށުނު ހަ ހަފުތާގެ ހަމަލާ ބަދަލު ކުރުން ހުއްޓާލުމުގެ އެއްބަސްވުމުގެ ތެރޭގައި، އީރާން އިން އަނެއްކާ ވެސް ޑްރޯން އުފެއްދުމުގެ މަސައްކަތްތައް ފަށާފައިވާ ކަމަށް، އެމެރިކާގެ އިންޓެލިޖެންސް ރިޕޯޓުތަކާ ހަވާލާދީ ސީއެންއެން އިން ބުރާސްފަތި ދުވަހު ރިޕޯޓު ކޮށްފި އެވެ.

އެމެރިކާގެ އިންޓެލިޖެންސް އިދާރާ ތަކުގެ ވަޒަން ކުރުންތަކާ ހަވާލާދީ ހަތަރު މަސްދަރަކުން ބުނެފައިވާ ގޮތުގައި، އީރާންގެ އަސްކަރީ ގާބިލުކަން ކުރިން އަންދާޒާ ކުރި ވަރަށް ވުރެ މާ ހަލުވި މިނެއްގައި އަންނަނީ ވަރުގަދަ ކުރަމުންނެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުދަ ދުވަހު ވިދާޅުވީ، އީރާން އިން ސުލްހައިގެ އެއްބަސްވުމަކަށް ނައިސްފި ނަމަ، އެ ގައުމަށް އިތުރު ހަމަލާ ތަކެއް ދިނުމަށް އެމެރިކާ އޮތީ ތައްޔާރަށް ކަމަށެވެ. ނަމަވެސް، ރަނގަޅު ޖަވާބެއް ލިބޭތޯ ބެލުމަށް އެމެރިކާ އިން އަދި މަދު ދުވަސް ކޮޅަކަށް މަޑު ކޮށްފާނެ ކަމުގެ އިޝާރާތެއް ވެސް ރައީސް ޓްރަމްޕް ވަނީ ދެއްވާފަ އެވެ.

އިންޓެލިޖެންސް މައުލޫމާތުތަކާ ހަވާލާދީ ސީއެންއެން އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި، އީރާންގެ އަސްކަރީ ގާބިލުކަން އަލުން އިއާދަ ކުރަމުންދާ ދިޔުމަކީ، އަލުން ބޮން އެޅުމުގެ ކެމްޕެއިން ރައީސް ޓްރަމްޕް ފައްޓަވައިފި ނަމަ ސަރަހައްދީ ބައިވެރިންނަށް އޮތް ބޮޑު ނުރައްކަލެކެވެ. އެމެރިކާގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި، އީރާން އިން މިހާރު މަސައްކަތް ކުރަމުންދާ ދުވެއްޔަށް ބަލާއިރު، ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި އެ ގައުމުގެ ޑްރޯން ހަމަލާ ދިނުމުގެ ފުރިހަމަ ގާބިލުކަން އަލުން ހޯދޭނެ ކަމަށް ބެލެވެ އެވެ.

އީރާން އިން މިހާ ހަލުވިކަމާ އެކު އަސްކަރީ ގާބިލުކަން އިތުރު ކުރަމުންދާ ސަބަބު ތަކުގެ ތެރޭގައި، ރަޝިޔާ އާއި ޗައިނާގެ އެހީތެރިކަން ހިމެނޭ ކަމަށް ރިޕޯޓުގައި ފާހަގަ ކޮށްފައިވެ އެވެ. މިގޮތުން، ހިނގަމުންދާ ހަމަނުޖެހުން ތަކުގެ ތެރޭގައި ވެސް މިސައިލް އުފެއްދުމަށް ބޭނުންވާ މުހިންމު ސާމާނު ޗައިނާ އިން އީރާން އަށް ފޯރުކޮށްދެމުންދާ ކަމަށް އެމެރިކާގެ އިންޓެލިޖެންސް މަސްދަރު ތަކުން ބުނެ އެވެ. ނަމަވެސް، އެމެރިކާ އިން އީރާންއާ ދެކޮޅަށް އަޅާފައިވާ ބްލޮކޭޑް ނުވަތަ ދަތި ކުރުމުގެ ފިޔަވަޅު ތަކުގެ ސަބަބުން މި ތަކެތި އެތެރެ ކުރުމަށް ކޮންމެ ވެސް ވަރެއްގެ ހުރަސް ތަކެއް ކުރިމަތި ވެފައިވާ ކަމަށް ވެސް ރިޕޯޓުގައި ބަޔާން ކޮށްފައިވެ އެވެ.

މަސްދަރު: އަލް އަރަބިއްޔާ

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ

އިތުރަށް ކިޔާލަން

21 މެއި 2026

ޕާކިސްތާނުގެ ސިފައިންގެ ވެރިޔާ އީރާން އަށް ވަޑައިގަންނަވަނީ

21 މެއި 2026
ޕާކިސްތާނުގެ ސިފައިންގެ ވެރިޔާ އީރާން އަށް ވަޑައިގަންނަވަނީ
21 މެއި 2026

އީރާންގެ މަޝްވަރާތައް އެންމެ ފަހުގެ މަރުޙަލާ އަށް ގޮސްފި: ޓްރަމްޕް

21 މެއި 2026
އީރާންގެ މަޝްވަރާތައް އެންމެ ފަހުގެ މަރުޙަލާ އަށް ގޮސްފި: ޓްރަމްޕް
21 މެއި 2026

އެމެރިކާގެ ފަހުގެ ހުށަހެޅުން އީރާން އިން ދިރާސާ ކުރަނީ

21 މެއި 2026
އެމެރިކާގެ ފަހުގެ ހުށަހެޅުން އީރާން އިން ދިރާސާ ކުރަނީ
20 މެއި 2026

އީރާން އަށް ހަމަލާ ދީފި ނަމަ، މުޅި ސަރަހައްދަށް ހަނގުރާމަ ފެތުރޭނެ ކަމުގެ އިންޒާރު ދީފި

20 މެއި 2026
އީރާން އަށް ހަމަލާ ދީފި ނަމަ، މުޅި ސަރަހައްދަށް ހަނގުރާމަ ފެތުރޭނެ ކަމުގެ އިންޒާރު ދީފި
20 މެއި 2026

އެމެރިކާ އާއި އިޒްރޭލް އިން ބޭނުންވީ އީރާންގެ ވެރިކަން ވައްޓާލުމަށް ފަހު، ކުރީގެ ރައީސް އަޙުމަދީ ނިއްޖާދު ވެރި ކަމަށް ގެންނަން

20 މެއި 2026
އެމެރިކާ އާއި އިޒްރޭލް އިން ބޭނުންވީ އީރާންގެ ވެރިކަން ވައްޓާލުމަށް ފަހު، ކުރީގެ ރައީސް އަޙުމަދީ ނިއްޖާދު ވެރި ކަމަށް ގެންނަން
20 މެއި 2026

އީރާންގެ އެއްބާރުލުމާ އެކު، ދެކުނު ކޮރެއާގެ ތެޔޮ ބޯޓެއް ހޮރްމޫޒް ކަނޑު އޮޅިން ދަތުރު ކުރަނީ

20 މެއި 2026
އީރާންގެ އެއްބާރުލުމާ އެކު، ދެކުނު ކޮރެއާގެ ތެޔޮ ބޯޓެއް ހޮރްމޫޒް ކަނޑު އޮޅިން ދަތުރު ކުރަނީ
20 މެއި 2026

ހަނގުރާމަ ހުއްޓާލުމުގެ އުންމީދު އައު ވެފައި ވަނިކޮށް، ހޮރްމޫޒް ކަނޑު އޮޅިން ޗައިނާގެ ދެ ޓޭންކަރެއް ހުރަސްކޮށްފި

20 މެއި 2026
ހަނގުރާމަ ހުއްޓާލުމުގެ އުންމީދު އައު ވެފައި ވަނިކޮށް، ހޮރްމޫޒް ކަނޑު އޮޅިން ޗައިނާގެ ދެ ޓޭންކަރެއް ހުރަސްކޮށްފި
20 މެއި 2026

އީރާން ހަނގުރާމަ ހުއްޓާލުމަށް ޗައިނާގެ ރައީސް ޝީ ޖިންޕިން ގޮވާލައްވައިފި

20 މެއި 2026
އީރާން ހަނގުރާމަ ހުއްޓާލުމަށް ޗައިނާގެ ރައީސް ޝީ ޖިންޕިން ގޮވާލައްވައިފި
20 މެއި 2026

އީރާންގެ މަޝްވަރާތައް ކާމިޔާބު، އެކަމަކު ހަމަލާ ދޭން މި ތިބީ ތައްޔާރަށް: އެމެރިކާގެ ނައިބު ރައީސް

20 މެއި 2026
އީރާންގެ މަޝްވަރާތައް ކާމިޔާބު، އެކަމަކު ހަމަލާ ދޭން މި ތިބީ ތައްޔާރަށް: އެމެރިކާގެ ނައިބު ރައީސް
19 މެއި 2026

އީރާން ހަމަލާ ދިނުން ފަސްކޮށްލި ކަމަށް ޓްރަމްޕް ވިދާޅުވުމާއެކު ތެލުގެ އަގު ދަށަށް ހިނގައްޖެ

19 މެއި 2026
އީރާން ހަމަލާ ދިނުން ފަސްކޮށްލި ކަމަށް ޓްރަމްޕް ވިދާޅުވުމާއެކު ތެލުގެ އަގު ދަށަށް ހިނގައްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް