Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

އެމެރިކާގެ ފަހުގެ ހުށަހެޅުން އީރާން އިން ދިރާސާ ކުރަނީ

އެމެރިކާގެ ހުށަހެޅުން ދިރާސާ ކުރަމުން އަންނަ ކަމަށް އީރާން އިން ބުނެފައި މި ވަނީ، އީރާން އިން އެދެވޭ ޖަވާބެއް ދޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށާއި، އެހެން ނޫން ނަމަ އަލުން ހަމަލާތައް ވަރުގަދަ ކުރާނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވާފައިވާ ވަގުތެއްގައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 21 މެއި 2026 | ބުރާސްފަތި 06:11
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ފަހަތްޕުޅުން އީރާނުގެ ދިދަ ފެންނަ ގޮތަށް އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ފޮޓޯއެއް.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ފަހަތްޕުޅުން އީރާނުގެ ދިދަ ފެންނަ ގޮތަށް އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ފޮޓޯއެއް. | ސޯޝަލް މީޑިއާ

އެމެރިކާ އާއި އީރާންއާ ދެމެދު ކުރިއަށްދާ ހަނގުރާމަ ހުއްޓާލުމަށްޓަކައި، އެމެރިކާގެ ސަރުކާރުން އެންމެ ފަހުން ހުށަހެޅި ކަންކަން ދިރާސާ ކުރަމުން އަންނަ ކަމަށް އީރާން އިން ބުރާސްފަތި ދުވަހު ބުނެފި އެވެ. 

އެމެރިކާގެ ހުށަހެޅުން ދިރާސާ ކުރަމުން އަންނަ ކަމަށް އީރާން އިން ބުނެފައި މި ވަނީ، އީރާން އިން އެދެވޭ ޖަވާބެއް ދޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށާއި، އެހެން ނޫން ނަމަ އަލުން ހަމަލާތައް ވަރުގަދަ ކުރާނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވާފައިވާ ވަގުތެއްގަ އެވެ.

އީރާންގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އިސްމާއީލް ބަޣާއީއާ ހަވާލާދީ އެ ޤައުމުގެ ދައުލަތުގެ މީޑިއާ، އިރްނާ އިން ބުނީ އެމެރިކާގެ ހުށަހެޅުންތައް އީރާން އަށް ލިބިފައިވާ ކަަމަށާއި، އެކަންކަން ދިރާސާ ކުރަމުން އަންނަ ކަމަށެވެ. 

މި މަޝްވަރާ ތަކުގައި މެދުވެރިއެއްގެ ދައުރު އަދާ ކުރަމުން އަންނަނީ ޕާކިސްތާން އިންނެވެ. ޕާކިސްތާންގެ އިންޓީރިއާ މިނިސްޓަރު ވަނީ ބުދަ ދުވަހު އީރާން އަށް ވަޑައިގެންފަ އެވެ. ޕާކިސްތާން އިން އަންނަނީ، އެެމެރިކާާ އާއި އީރާންއާ ދެމެެދު މެސެޖުތައް ބަދަލު ކުރުމުގެ މަސައްކަތް ކުރަމުންނެވެ. 

ހަނގުރާމަ މެދު ކަނޑާލުމުގެ އެއްބަސްވުމަށް ހަ ހަފުތާ ވެފައިވާއިރު، މަޝްވަރާ ތަކުން މާ ބޮޑު ކުރިއެރުމެއް ނުލިބި، ތެލުގެ އަގު އުފުލުގެ ސަބަބުން ދުނިޔޭގެ އިޤްތިޞާދަށް ވަނީ ނުތަނަވަސްކަން ކުރިމަތިވެފަ އެވެ. މީގެ އިތުރުން މިއަހަރުގެ ނޮވެމްބަރު މަހު އޮންނަ މިޑް ޓާމް އިންތިޚާބާ ދިމާކޮށް، ތެލުގެ އަގު ބޮޑުވުމުގެ ސަބަބުން އެމެރިކާގެ ރައީސް ޓްރަމްޕް އަށް ދަނީ ސިޔާސީ ގޮތުން ބޮޑެތި ފިއްތުން ތަކެއް ކުރިމަތި ވަމުންނެވެ. 

ޖޮއިންޓް ބޭސް އެންޑްރޫސްގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، އީރާން އިން އެދެވޭ ޖަވާބެއް ނުދީފި ނަމަ، ވަރަށް އަވަހަށް ފިޔަވަޅު އަޅާނެ ކަމަށާއި، އެމެރިކާ އޮތީ އެކަމަށް ތައްޔާރަށް ކަމަށެވެ. އީރާން އަށް ނިއުކްލިއާ ހަތިޔާރު ހޯދުމުގެ ފުރުސަތު ނުދެއްވާނެ ކަމަށް ތަކުރާރު ކުރައްވަމުން ޓްރަމްޕް ވިދާޅުވީ، މިއީ އީރާނުގެ މައްސަލައިގެ އެންމެ ފަހު މަރުހަލާ ކަމަށެވެ. އަދި އެއްބަސްވުމަކަށް ނާދެވިއްޖެ ނަމަ "ނޭދެވޭ" ކަންތައް ތަކެއް ކުރަން ޖެހިދާނެ ކަމަށާއި، ނަމަވެސް ގިނަ ބަޔަކު މަރުވުމުގެ ބަދަލުގައި މަދު ބަޔަކު މަރުވާނެ ގޮތަކަށް ކަންކަން ނިންމަން ބޭނުންފުޅުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސް އިން ވަނީ އެމެރިކާ އިން އަލުން ހަމަލާދީފި ނަމަ، މިފަހަރުގެ ހަނގުރާމަ މުޅި ސަރަހައްދަށް ފެތުރިގެން ދާނެ ކަމުގެ އިންޒާރު ދީފަ އެވެ. އީރާން އިން މި ހަފުތާގައި ހުށަހެޅި ޝަރުތު ތަކުގެ ތެރޭގައި ހޮރްމޫޒް ކަނޑުއޮޅީގެ ކޮންޓްރޯލް ހޯދުމާއި، ހަނގުރާމައިގެ ބަދަލު ހޯދުމާއި، ދަތި ކުރުމުގެ ފިޔަވަޅުތައް އުވާލުމުގެ އިތުރުން، އެމެރިކާ ސިފައިން ސަރަހައްދުން ފޭބުން ހިމެނެ އެވެ. މި ޝަރުތު ތަކަކީ މީގެ ކުރިން ވެސް ޓްރަމްޕް ދެކޮޅު ހައްދަވާފައިވާ ކަންކަމެވެ. ދުނިޔޭގެ ތެލާއި ގޭހުގެ ބޮޑު ބައެއް އުފުލާ ހޮރްމޫޒް ކަނޑުއޮޅި ހަނގުރާމަ ފެށުނީއްސުރެ އޮތީ ބަންދު ކޮށްފަ އެވެ.

އީރާން އިން ބުދަ ދުވަހު ވަނީ އެ ކަނޑު އޮޅީގައި "ކޮންޓްރޯލްޑް މެރިޓައިމް ޒޯން" އެއް ކަނޑަ އަޅައި، އެ ސަރަހައްދުން ދަތުރު ކުރެވޭނީ ހުއްދަ ހޯދައިގެން ކަމަށް ބުނެފަ އެވެ. ނަމަވެސް އެމެރިކާ އިން ބުނަނީ ދަތުރު ކުރާ އުޅަނދު ތަކުން ފީ ނެގުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. މިދިޔަ ހަފުތާގައި އެ ސަރަހައްދުން ދަތުރު ކުރި އުޅަނދު ތަކުގެ އަދަދު އިތުރު ވެފައިވީ ނަމަވެސް، މިއީ ހަނގުރާމައިގެ ކުރިން ދަތުރު ކުރާ މިންވަރާ އަޅާ ބަލާއިރު ވަރަށް ކުޑަ މިންވަރެކެވެ.

މި ހަނގުރާމައިގައި އެމެރިކާ އާއި އިޒްރޭލް އިން ދިން ހަމަލާ ތަކުގައި އީރާނުގެ އެތައް ހާސް ބަޔަކު މަރުވެފައިވާ އިރު، ލުބުނާން އަށް އިޒްރޭލް އިން އަރައިގަނެ ދިން ހަމަލާ ތަކުގައި ވެސް ގިނަ ބަޔަކު ވަނީ މަރުވެފަ އެވެ. އަދި އީރާން އިން އިޒްރޭލް އަށާއި، ގަލްފުގެ ގައުމު ތަކަށް ދިން ހަމަލާ ތަކުގައި ވެސް މީހުން މަރުވެފައިވެ އެވެ.

މަސްދަރު: ރޮއިޓާސް

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ

އިތުރަށް ކިޔާލަން

20 މެއި 2026

އީރާން އަށް ހަމަލާ ދީފި ނަމަ، މުޅި ސަރަހައްދަށް ހަނގުރާމަ ފެތުރޭނެ ކަމުގެ އިންޒާރު ދީފި

20 މެއި 2026
އީރާން އަށް ހަމަލާ ދީފި ނަމަ، މުޅި ސަރަހައްދަށް ހަނގުރާމަ ފެތުރޭނެ ކަމުގެ އިންޒާރު ދީފި
20 މެއި 2026

އެމެރިކާ އާއި އިޒްރޭލް އިން ބޭނުންވީ އީރާންގެ ވެރިކަން ވައްޓާލުމަށް ފަހު، ކުރީގެ ރައީސް އަޙުމަދީ ނިއްޖާދު ވެރި ކަމަށް ގެންނަން

20 މެއި 2026
އެމެރިކާ އާއި އިޒްރޭލް އިން ބޭނުންވީ އީރާންގެ ވެރިކަން ވައްޓާލުމަށް ފަހު، ކުރީގެ ރައީސް އަޙުމަދީ ނިއްޖާދު ވެރި ކަމަށް ގެންނަން
20 މެއި 2026

އީރާންގެ އެއްބާރުލުމާ އެކު، ދެކުނު ކޮރެއާގެ ތެޔޮ ބޯޓެއް ހޮރްމޫޒް ކަނޑު އޮޅިން ދަތުރު ކުރަނީ

20 މެއި 2026
އީރާންގެ އެއްބާރުލުމާ އެކު، ދެކުނު ކޮރެއާގެ ތެޔޮ ބޯޓެއް ހޮރްމޫޒް ކަނޑު އޮޅިން ދަތުރު ކުރަނީ
20 މެއި 2026

ހަނގުރާމަ ހުއްޓާލުމުގެ އުންމީދު އައު ވެފައި ވަނިކޮށް، ހޮރްމޫޒް ކަނޑު އޮޅިން ޗައިނާގެ ދެ ޓޭންކަރެއް ހުރަސްކޮށްފި

20 މެއި 2026
ހަނގުރާމަ ހުއްޓާލުމުގެ އުންމީދު އައު ވެފައި ވަނިކޮށް، ހޮރްމޫޒް ކަނޑު އޮޅިން ޗައިނާގެ ދެ ޓޭންކަރެއް ހުރަސްކޮށްފި
20 މެއި 2026

އީރާން ހަނގުރާމަ ހުއްޓާލުމަށް ޗައިނާގެ ރައީސް ޝީ ޖިންޕިން ގޮވާލައްވައިފި

20 މެއި 2026
އީރާން ހަނގުރާމަ ހުއްޓާލުމަށް ޗައިނާގެ ރައީސް ޝީ ޖިންޕިން ގޮވާލައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު