Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން

އެމެރިކާ އާއި އިޒްރޭލް އިން ބޭނުންވީ އީރާންގެ ވެރިކަން ވައްޓާލުމަށް ފަހު، ކުރީގެ ރައީސް އަޙުމަދީ ނިއްޖާދު ވެރި ކަމަށް ގެންނަން

އިޒްރޭލްގެ ވައިގެ ސިފައިން ދިން ހަމަލާގެ މައިގަނޑު މަޤުސަދަކީ އަޙުމަދީ ނިއްޖާދުގެ ގެކޮޅު ބަލަހައްޓަން ތިބި ސަލާމަތީ ބާރުތަކުގެ މީހުން މަރާލައި، އޭނާާ މިނިވަން ކުރުން ކަމަށް ރިޕޯޓު ކޮށްފައިވޭ. މި ހަމަލާގައި އޭނާ ދިރިއުޅުއްވާ ގެކޮޅަށް ބޮޑު ގެއްލުން ތަކެއް ނުލިބުނު ނަމަވެސް، އެ މަގުގެ ކުރިމަތީގައި ހުރި ސަލާމަތީ ފާރަވެރިން ތިބޭ މަރުކަޒު ވަނީ އެއްކޮށް ސުންނާފަތިވެފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 20 މެއި 2026 | ބުދަ 10:47
އީރާންގެ ކުރީގެ ރައީސް މަހުމޫދު އަޙުމަދީ ނިއްޖާދު.

އީރާންގެ ކުރީގެ ރައީސް މަހުމޫދު އަޙުމަދީ ނިއްޖާދު. | ރޮއިޓާސް

އެމެރިކާ އާއި އިޒްރޭލް އިން ބޭނުންވީ އީރާންގެ ވެރިކަން ވައްޓާލުމަށް ފަހު، އީރާންގެ ވެރިކަމަށް އެ ޤައުމުގެ ކުރީގެ ރައީސް މަހުމޫދު އަޙުމަދީ ނިއްޖާދު ގެންނަން ކަމަށް ނިއު ޔޯކް ޓައިމްސް އިން ރިޕޯޓު ކޮށްފި އެވެ. 

އެމެރިކާގެ އޮފިޝަލުންނާ ހަވާލާދީ އެ ނޫހުގައި ބުނެފައި ވަނީ، ހަނގުރާމަ ފެށުނުތަނާހެން އީރާންގައި ހުންނަ އަޙުމަދީ ނިއްޖާދުގެ ގެކޮޅަށް ދިން ހަމަލާ އަކީ އީރާންގެ ވެރިކަމުގެ ލީޑާޝިޕް ބަލިކަށިކޮށް، އެ ޤައުމުގެ ވެރިކަން ބަދަލު ކުރުމަށް ރޭވި ފުޅާ މަޝްރޫއުގެ ބަޔެއް ކަމަށެވެ. 

އެމެރިކާގެ އޮފިޝަލުން ހާމަ ކުރި ގޮތުގައި، އަޙުމަދީ ނިއްޖާދު އަކީ މީގެ ކުރިން އެމެރިކާ އާއި އިޒްރޭލްއާ ދެކޮޅަށް ހަރުކަށި ފިކުރެއް ގެންގުޅުއްވި ބޭފުޅަކަށް ވީ ނަމަވެސް، އީރާންގެ މިހާރުގެ ވެރިކަން ވައްޓާލުމަށް ފަހު އެ ޤައުމުގެ ލީޑަރަކަށް ހަމަޖެއްސުމަށް އެންމެ އެކަށީގެންވާ ބޭފުޅަކީ އަޙުމަދީ ނިއްޖާދު ކަމަށް އެމެރިކާ އާއި އިޒްރޭލް އިން ބަލާފައިވާ ކަމަށެވެ. 

އިޒްރޭލްގެ ވައިގެ ސިފައިން ދިން ހަމަލާގެ މައިގަނޑު މަޤުސަދަކީ އަޙުމަދީ ނިއްޖާދުގެ ގެކޮޅު ބަލަހައްޓަން ތިބި ސަލާމަތީ ބާރުތަކުގެ މީހުން މަރާލައި، އޭނާާ މިނިވަން ކުރުން ކަމަށް ރިޕޯޓު ކޮށްފައިވެ އެވެ. މި ހަމަލާގައި އޭނާ ދިރިއުޅުއްވާ ގެކޮޅަށް ބޮޑު ގެއްލުން ތަކެއް ނުލިބުނު ނަމަވެސް، އެ މަގުގެ ކުރިމަތީގައި ހުރި ސަލާމަތީ ފާރަވެރިން ތިބޭ މަރުކަޒު ވަނީ އެއްކޮށް ސުންނާފަތިވެފަ އެވެ. 

މި ރޭވުން ނާާކާމިޔާބުވީ ހަމަލާގެ ފުރަތަމަ ދުވަހު އަޙުމަދީ ނިއްޖާދު އަށް އަނިޔާވުމާ ގުޅިގެން ކަމަށް ރިޕޯޓުގައި ވަނީ ބުނެފަ އެވެ. އޭގެ ފަހުން ވެރިކަން ބަދަލު ކުރުމަށް ކުރެވުނު މަސައްކަތާ މެދު އޭނާ މާޔޫސްވެފައިވާ ކަމަށާއި، އެ ހާދިސާ އަށް ފަހު އޭނާ އާންމުންގެ ތެރެއިން ފެނިފައި ނުވާ ކަމަށް ވެސް ރިޕޯޓުގައި ވަނީ ބުނެފަ އެވެ. މިވަގުތު އޭނާ ހުންނެވި ތަނެއް އަދި އޭނާގެ ޙާލު ކޮޅު ވެސް އެއްވެސް ފަރާތަކަށް ސާފު ނުވާ ކަމަށް ބުނެފައިވެ އެވެ. 

އަޙުމަދީ ނިއްޖާދު މި ރޭވުމުގައި ބައިވެރިވުމަށް ރެކްރޫޓު ކުރި ގޮތާ މެދު ސުވާލު ތަކެއް އުފެދިފައިވާއިރު، އޭނާއާ ގާތް ގުޅުން އޮންނަ ބައެއް ފަރާތް ތަކުން ހުޅަނގުގެ ޤައުމުތަކާ ގުޅުން ބާއްވާ ކަމަށާއި، އިޒްރޭލް އަށް ޖާސޫސު ކޮށްދޭ ކަމުގެ ތުހުމަތު އީރާން އިން މީގެ ކުރިން ވެސް ކޮށްފައިވެ އެވެ. 

2005 ވަނަ އަހަރުން ފެށިގެން 2013 ވަނަ އަހަރަށް އީރާންގެ ރައީސްކަން ކުރެއްވި އަޙުމަދީ ނިއްޖާދު އަކީ، ފަހަކަށް އައިސް އެ ޤައުމުގެ މަތީ ފަންތީގެ ވެރިންނާ ދެކޮޅަށް ކޮރަޕްޝަންގެ ތުހުމަތުތައް ކުރައްވަމުން ގެންދެވި ބޭފުޅެކެވެ. މީގެ ސަބަބުން، އަލުން ރައީސް ކަމަަށް ވަޑައިގެންނެވުމަށް އޭނާ ކުރެއްވި މަސައްކަތަށް އީރާންގެ ކަމާ ބެހޭ ފަރާތްތަކުން ވަނީ ހުރަސް އަޅައިފަ އެވެ. އަދި އީރާންގެ އިރުމަތީގައި އޮންނަ ނާމަކް އަވަށުގައި ހުންނަ އޭނާގެ ގެކޮޅުން ބޭރަށް ނިކުމެ އުޅުން ވެސް އޮތީ ވަރަަށް ބޮޑަށް ހަނިކޮށްފަ އެވެ. 

މި ހަމަލާއާ ގުޅިގެން އީރާންގެ މީޑިއާ ތަކުން އެންމެ ފުރަތަމަ ރިޕޯޓު ކޮށްފައި ވަނީ އަޙުމަދީ ނިއްޖާދު އަވަހާރަވެފައިވާ ކަމަށެވެ. ނަމަވެސް އޭނާ ނިސްބަތްވާ ސިޔާސީ ޕާޓީ އިން ވަނީ އެކަން ދޮގު ކޮށްފަ އެވެ. އީރާންގެ ރަސްމީ މަސްދަރު ތަކުން ފަހުން ހާމަ ކޮށްފައިވާ ގޮތުގައި، އެ ހަމަލާގައި އަޙުމަދީ ނިއްޖާދު ސަލާމަތްވި ނަމަވެސް، އޭނާގެ ސަލާމަތީ ކަންކަން ބަލަހައްޓަން ތިބި ގާޑުން ވަނީ މަރުވެފަ އެވެ. މި ހާދިސާ އަކީ އީރާންގެ އެތެރޭގެ މަސްރަހު ގަޑު ބަޑު ކޮށްލުމަށް ބޭރުގެ ބާރު ތަކުން ކުރި މަސައްކަތެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަ ކުރެ އެވެ.

މަސްދަރު: އަލް އަރަބިއްޔާ

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ މަހްމޫދު އަޙުމަދު ނިއްޖާދުއީރާން

ކޮމެންޓް

އިތުރަށް ކިޔާލަން

އީރާންގެ އެއްބާރުލުމާ އެކު، ދެކުނު ކޮރެއާގެ ތެޔޮ ބޯޓެއް ހޮރްމޫޒް ކަނޑު އޮޅިން ދަތުރު ކުރަނީ

އީރާންގެ އެއްބާރުލުމާ އެކު، ދެކުނު ކޮރެއާގެ ތެޔޮ ބޯޓެއް ހޮރްމޫޒް ކަނޑު އޮޅިން ދަތުރު ކުރަނީ

20 މެއި 2026
ހަނގުރާމަ ހުއްޓާލުމުގެ އުންމީދު އައު ވެފައި ވަނިކޮށް، ހޮރްމޫޒް ކަނޑު އޮޅިން ޗައިނާގެ ދެ ޓޭންކަރެއް ހުރަސްކޮށްފި

ހަނގުރާމަ ހުއްޓާލުމުގެ އުންމީދު އައު ވެފައި ވަނިކޮށް، ހޮރްމޫޒް ކަނޑު އޮޅިން ޗައިނާގެ ދެ ޓޭންކަރެއް ހުރަސްކޮށްފި

20 މެއި 2026
އީރާން ހަނގުރާމަ ހުއްޓާލުމަށް ޗައިނާގެ ރައީސް ޝީ ޖިންޕިން ގޮވާލައްވައިފި

އީރާން ހަނގުރާމަ ހުއްޓާލުމަށް ޗައިނާގެ ރައީސް ޝީ ޖިންޕިން ގޮވާލައްވައިފި

20 މެއި 2026
އީރާންގެ މަޝްވަރާތައް ކާމިޔާބު، އެކަމަކު ހަމަލާ ދޭން މި ތިބީ ތައްޔާރަށް: އެމެރިކާގެ ނައިބު ރައީސް

އީރާންގެ މަޝްވަރާތައް ކާމިޔާބު، އެކަމަކު ހަމަލާ ދޭން މި ތިބީ ތައްޔާރަށް: އެމެރިކާގެ ނައިބު ރައީސް

20 މެއި 2026
އީރާން ހަމަލާ ދިނުން ފަސްކޮށްލި ކަމަށް ޓްރަމްޕް ވިދާޅުވުމާއެކު ތެލުގެ އަގު ދަށަށް ހިނގައްޖެ

އީރާން ހަމަލާ ދިނުން ފަސްކޮށްލި ކަމަށް ޓްރަމްޕް ވިދާޅުވުމާއެކު ތެލުގެ އަގު ދަށަށް ހިނގައްޖެ

19 މެއި 2026

އަހަރުތަކުން މިއަދު

20 މެއި
ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މުވައްޒަފުން މަސައްކަތް ހުއްޓާލާ ގެއަށް ގޮސްފި
20251 އަހަރު ކުރިން
ރާއްޖެ

ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މުވައްޒަފުން މަސައްކަތް ހުއްޓާލާ ގެއަށް ގޮސްފި

އެސްއެސްސީ ޕޭޕަރު މާކު ކުރަން އައި ޓީޗަރުންނަށް ބޮޑު ތުރާލެއް!
20242 އަހަރު ކުރިން
ރިޕޯޓު

އެސްއެސްސީ ޕޭޕަރު މާކު ކުރަން އައި ޓީޗަރުންނަށް ބޮޑު ތުރާލެއް!

ބިދޭސީންނަށް އުޅަނދުތަކުގެ ކެޕްޓަނުންގެ ގޮތުގައި ނުތިބެވޭނެ، މިއީ ކުޑަކަމެއް ނޫން - އަދުނާން
20233 އަހަރު ކުރިން
ރާއްޖެ

ބިދޭސީންނަށް އުޅަނދުތަކުގެ ކެޕްޓަނުންގެ ގޮތުގައި ނުތިބެވޭނެ، މިއީ ކުޑަކަމެއް ނޫން - އަދުނާން

ރ. އަތޮޅު ރިސޯޓެއްގެ އިމާރާތަކުން ވެއްޓި، މީހަކު މަރުވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

ރ. އަތޮޅު ރިސޯޓެއްގެ އިމާރާތަކުން ވެއްޓި، މީހަކު މަރުވެއްޖެ

ޑޮކްޓަރުންނަށް އޮޅިގެން ސަލާމަތުން އޮތް ފައި ބުރިކޮށްލެވިއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ޑޮކްޓަރުންނަށް އޮޅިގެން ސަލާމަތުން އޮތް ފައި ބުރިކޮށްލެވިއްޖެ

ބައި ލައްކައަށް ވުރެ ގިނަ މެމްބަރުންނާ އެކު އެންމެ މެމްބަރުން ގިނަ ޕާޓީއަކަށް އެމްޑީޕީ
20197 އަހަރު ކުރިން
ރާއްޖެ

ބައި ލައްކައަށް ވުރެ ގިނަ މެމްބަރުންނާ އެކު އެންމެ މެމްބަރުން ގިނަ ޕާޓީއަކަށް އެމްޑީޕީ

ބ. ހިތާދޫގައި ވިޔަފާރި ކުރަނީ ވަރަށް ތަފާތުކޮށް، ސޭޓަކާ ނުލާ!
20188 އަހަރު ކުރިން
ރިޕޯޓު

ބ. ހިތާދޫގައި ވިޔަފާރި ކުރަނީ ވަރަށް ތަފާތުކޮށް، ސޭޓަކާ ނުލާ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު