Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސައުދީ އަރަބިއްޔާ

ފްލައިޓްތަކުގެ ތެރޭގައި ޕަވަރ ބޭންކް ޗާޖުކުރުން ސައުދީ އަރަބިއްޔާ އިން މަނާކޮށްފި

ބައިނަލްއަގުވާމީ ސަލާމަތީ މިންގަނޑުތަކާ އެއްގޮތަށް ސައުދީ އަރަބިއްޔާގެ ފްލައިޓްތަކުގައި ޕަވަރ ބޭންކް ޗާޖުކުރުން މަނާކޮށް، އެ ތަކެތި އުފުލޭނީ ހަމައެކަނި އަތްދަބަހުގައި ކަމަށް އެ ގައުމުން ކަނޑައަޅައިފި. މި އާ އުސޫލުގެ ދަށުން ކޮންމެ ފަސިންޖަރަކަށް ގިނަވެގެން ދެ ޕަވަރ ބޭންކް ގެންގުޅެވޭއިރު، ދަތުރުމަތީގައި އެހެން ސާމާނު ޗާޖުކުރުމަށް ޕަވަރ ބޭންކް ބޭނުންނުކުރުމަށް ވެސް ވަނީ އިލްތިމާސްކޮށްފައި.

ރާއްޖެ އެމްވީ | 22 މެއި 2026 | ހުކުރު 17:31
ފޯނު ޗާޖުކުރުމަށްޓަކައި ޕަވަރ ބޭންކެއް ބޭނުންކުރަނީ.

ފޯނު ޗާޖުކުރުމަށްޓަކައި ޕަވަރ ބޭންކެއް ބޭނުންކުރަނީ. | ގެޓީ އިމޭޖަސް

ފްލައިޓްތަކުގެ ތެރޭގައި ޕަވަރ ބޭންކް ޗާޖުކުރުން ސައުދީ އަރަބިއްޔާ އިން މަނާކޮށްފިއެވެ. ސައުދީ އަރަބިއްޔާގެ ޖެނެރަލް އޮތޯރިޓީ އޮފް ސިވިލް އޭވިއޭޝަނުން ވަނީ، އެ ގައުމުގެ އެއާޕޯޓުތަކުގައި ހަރަކާތްތެރިވާ ހުރިހާ އެއާލައިންތަކަކަށް، ފްލައިޓްތަކުގައި ޕަވަރ ބޭންކާއި އިލެކްޓްރޯނިކް ސާމާނު ގެންގުޅުމާ ގުޅޭ އާ ސާކިއުލާއެއް ނެރެފައެވެ.

އެ އޮތޯރިޓީން ހާމަކުރި ގޮތުގައި، މި ފިޔަވަޅުތަކަށް ބަދަލު ގެނެސްފައިވަނީ އިންޓަރނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން (އައިކާއޯ) އިން ކަނޑައަޅާފައިވާ ބައިނަލްއަގުވާމީ ސިވިލް އޭވިއޭޝަންގެ ރައްކާތެރިކަމުގެ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. އަދި މި ބަދަލުގެ މައިގަނޑު މަގްސަދަކީ ވައިގެ ދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ވަރުގަދަކުރުން ކަމަށްވެސް އެ އިދާރާއިން ބުނެފައިވެއެވެ.

އަލަށް އަމަލުކުރަން ފެށި އުސޫލުތަކުގެ ދަށުން، ފްލައިޓްގެ ތެރޭގައި ޕަވަރ ބޭންކް ޗާޖުކުރުމަކީ ފަސިންޖަރުންނާއި ފްލައިޓްގެ ކުރޫއިންނަށްވެސް މަނާކަމެކެވެ.

މީގެ އިތުރުން، ޕަވަރ ބޭންކް ފަދަ ތަކެތި އުފުލޭނީ ހަމައެކަނި އަތްދަބަހުގައި (ހޭންޑް ލަގޭޖް) ކަމަށާއި، ފްލައިޓްގެ ކާގޯއަށްލާ ޗެކް-އިން ބެގޭޖުގައި ޕަވަރ ބޭންކް ބެހެއްޓުމަކީ މަނާކަމެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ.

މި އާ ގަވާއިދުގެ ދަށުން ކޮންމެ ފަސިންޖަރަކަށްވެސް ފްލައިޓްގައި ގެންގުޅެވޭނީ ގިނަވެގެން ދެ ޕަވަރ ބޭންކެވެ.

ރައްކާތެރިކަމުގެ އިތުރު ފިޔަވަޅެއްގެ ގޮތުން، ފްލައިޓް ދަތުރުމަތީގައި އެހެނިހެން އިލެކްޓްރޯނިކް ސާމާނު ޗާޖުކުރުމަށް ޕަވަރ ބޭންކް ބޭނުން ނުކުރުމަށްވެސް ސައުދީގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ވަނީ އިލްތިމާސްކޮށްފައެވެ.

ޖެނެރަލް އޮތޯރިޓީ އޮފް ސިވިލް އޭވިއޭޝަންއިންޓަރނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަންޕަވަރ ބޭންކްސައޫދީ އަރަބިއްޔާ

އިތުރަށް ކިޔާލަން

06 އެޕްރީލު 2026

އުމްރާގެ އަޅުކަން އަދާކުރެއްވުމަށް، ރައީސްގެ ދެކަނބަލުން ސައުދީ އަށް ފުރާވަޑައިގެންފި

06 އެޕްރީލު 2026
އުމްރާގެ އަޅުކަން އަދާކުރެއްވުމަށް، ރައީސްގެ ދެކަނބަލުން ސައުދީ އަށް ފުރާވަޑައިގެންފި
16 ފެބުރުއަރީ 2026

ސައުދީން ރަމަޟާން މަހު 1،000 ޓަނުގެ ކަދުރު 120 ގައުމަކަށް ފޮނުވާނެ

16 ފެބުރުއަރީ 2026
ސައުދީން ރަމަޟާން މަހު 1،000 ޓަނުގެ ކަދުރު 120 ގައުމަކަށް ފޮނުވާނެ
15 ފެބުރުއަރީ 2026

ރަމަޟާން މަހުގެ ހަނދު ބެލުމަށް ސައުދީ ރައްޔިތުންނަށް ގޮވާލައިފި

15 ފެބުރުއަރީ 2026
ރަމަޟާން މަހުގެ ހަނދު ބެލުމަށް ސައުދީ ރައްޔިތުންނަށް ގޮވާލައިފި
05 ފެބުރުއަރީ 2026

ޖަރުމަނުގެ ޗާންސެލަރު މާޒް ސައުދީ އަށް ވަޑައިގެން، ވަލީ އަހުދު މުޙައްމަދާ ބައްދަލު ކުރައްވައިފި

05 ފެބުރުއަރީ 2026
ޖަރުމަނުގެ ޗާންސެލަރު މާޒް ސައުދީ އަށް ވަޑައިގެން، ވަލީ އަހުދު މުޙައްމަދާ ބައްދަލު ކުރައްވައިފި
31 ޖެނުއަރީ 2026

"އަހަރެން ސައުދީ ޝާހީ އާއިލާ އަށް ހަޖޫ ޖެހުމުން އަހަރެންގެ ފޯނު ހެކް ކޮށް އަހަރެންގެ ގައިގައި ތަޅައިގަތް"

31 ޖެނުއަރީ 2026
"އަހަރެން ސައުދީ ޝާހީ އާއިލާ އަށް ހަޖޫ ޖެހުމުން އަހަރެންގެ ފޯނު ހެކް ކޮށް އަހަރެންގެ ގައިގައި ތަޅައިގަތް"
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު