Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޔަމަން

މެދުއިރުމަތީގެ މަސްރަހް ހޫނުވެ، ޔަމަނުގައި ތިބި ޔޫ.އޭ.އީ ގެ އަސްކަރީ ފައުޖުތައް ބާލަން އެ ގައުމުން އެންމެ ފަހުން ނިންމައިފި

ޔަމަނުގެ ރައީސް އަލް-އަލީމީ 24 ގަޑިއިރުގެ ތެރޭގައި އެމިރޭޓްސްގެ ހުރިހާ ސިފައިން ޔަމަނުން ފޭބުމަށް އަމުރުކުރައްވައި ދިފާއީ އެއްބަސްވުން ބާތިލުކުރައްވައިފި. ސައުދީ އިން ތުހުމަތު ކުރާ ގޮތުގައި މުކައްލާ ބަނދަރަށް އެމިރޭޓްސް އިން ބޭލި ހަތިޔާރުގެ ޝިޕްމަންޓަކީ ޔަމަނުން ވަކިވެގަތުމަށް މަސައްކަތްކުރާ އެސްޓީސީ އަށް ދިން ހަތިޔާރު.

ރާއްޖެ އެމްވީ | 31 ޑިސެމްބަރު 2025 | ބުދަ 02:08
ޔޫއޭއީގެ ތާއީދު އޮންނަ ސަދަން ޓްރާންސިޝަނަލް ކައުންސިލް (އެސްޓީސީ) އިން ޔަމަނަށް ދެކުނުގެ މިނިވަންކަން ހޯދަން މަސައްކަތް ކުރޭ

ޔޫއޭއީގެ ތާއީދު އޮންނަ ސަދަން ޓްރާންސިޝަނަލް ކައުންސިލް (އެސްޓީސީ) އިން ޔަމަނަށް ދެކުނުގެ މިނިވަންކަން ހޯދަން މަސައްކަތް ކުރޭ

ޔަމަނުގައި ތިބި ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫ.އޭ.އީ) ގެ އަސްކަރީ ފައުޖުތައް ބޭލުމަށް ނިންމާފައިވާކަން އެގައުމުގެ ދިފާއީ ވުޒާރާއިން އަންގާރަ ދުވަހު އިއުލާނުކޮށްފިއެވެ.

އެ ވުޒާރާ އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، 2015 ވަނަ އަހަރުން ފެށިގެން ޔޫ.އޭ.އީ އިން ޔަމަނުގެ އޮޕަރޭޝަންތަކުގައި ބައިވެރިވަމުން އައީ އަރަބި ކޯލިޝަނުގެ ބައެއްގެ ގޮތުގައި ކަމަށެވެ. އެއީ ޔަމަނުގެ ގާނޫނީ ސަރުކާރު ދެމެހެއްޓުމަށާއި، ޓެރަރިސްޓް ޖަމާއަތްތަކާ ދެކޮޅަށް ކުރެވޭ ބައިނަލްއަގުވާމީ މަސައްކަތްތަކަށް އެހީތެރިވުމަށާއި، ޔަމަނުގެ ރައްޔިތުންނަށް އަމާންކަމާއި ހަމަޖެހުން ހޯދައިދިނުމަށް ކުރާ މަސައްކަތުގައި އެއްބާރުލުން ދިނުމަށް ކަމަށްވެސް އެ ބަޔާނުގައިވެއެވެ.

މީގެ އިތުރުން، ޔޫ.އޭ.އީގެ އަސްކަރީ ފައުޖުތަކުން ޔަމަނުގައި އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތުތައް ނިމުމަކަށް އައުމާއެކު، 2019 ވަނަ އަހަރު އެގައުމުގެ ސިފައިން ޔަމަނުން ބާލާފައިވާ ކަމަށްވެސް ބަޔާނުގައިވެއެވެ. އޭގެ ފަހުން އެގައުމުގައި މަޑުކޮށްގެން ތިބީ ހަމައެކަނި ޓެރަރިޒަމާ ދެކޮޅަށް މަސައްކަތްކުރާ ހާއްސަ ފަންނީ މާހިރުން ކަމަށާއި، އެއީ ބައިނަލްއަގުވާމީ ބައިވެރިންނާ ގުޅިގެން ކުރިއަށްގެންދިޔަ ހަރަކާތްތަކެއް ކަމަށްވެސް ބުނެފައިވެއެވެ.

މިހާރު ޔަމަނުގައި ތިބި ޓެރަރިޒަމާ ދެކޮޅަށް މަސައްކަތްކުރާ ފައުޖުތައް ބޭލުމަށް ނިންމީ، މިހާރުގެ ހާލަތަށް ރިއާޔަތްކޮށް، ކަމާބެހޭ ބައިވެރިންނާ މަޝްވަރާކުރުމަށްފަހު ކަމަށްވެސް ޔޫ.އޭ.އީ އިން ބުނެ އެވެ. އަދި މި ނިންމުމަކީ ޔޫ.އޭ.އީ އިން އަމިއްލައަށް ނިންމި ނިންމުމެއް ކަމަށްވެސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ނަމަވެސް، ޔަމަނުގެ ރިޔާސީ ކައުންސިލްގެ ރައީސް ރަޝާދު އަލް-އަލީމީ ވަނީ 24 ގަޑިއިރުގެ ތެރޭގައި ޔޫ.އޭ.އީގެ ސިފައިން ޔަމަނުން ފޭބުމަށް އަމުރުކުރައްވާފައެވެ. ސަދަން ޓްރާންސިޝަނަލް ކައުންސިލް (އެސް.ޓީ.ސީ) އާއެކު އުފެދިފައިވާ ނުތަނަވަސްކަމާ ގުޅިގެން އަލް-އަލީމީ ވަނީ ވަރުގަދަ ފިޔަވަޅުތަކެއް އަޅާނެކަން އިއުލާނުކުރައްވާފައެވެ.

ޓީވީ މެދުވެރިކޮށް ދެއްވި ހިތާބެއްގައި އަލް-އަލީމީ ވިދާޅުވީ، ޔަމަނުގެ މަސްލަހަތު އިތުރަށް ގޯސްވާނެ ފަދަ އާ ހަމަނުޖެހުންތަކަށް ޔަމަނުން ޖާގަ ނުދޭނެ ކަމަށެވެ. އަދި ޔަމަނުގެ ސަރުކާރު ވަރުގަދަ ކަމަށާއި އެކަން ހާސިލުވެފައި ވަނީ ސައޫދީ އަރަބިއްޔާ އިސްވެ އޮވެ ހިންގާ އަރަބި ކޯލިޝަނުގެ އެހީތެރިކަމާއެކު ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޓެރަރިސްޓް ނުރައްކާތަކާ ދެކޮޅަށް މަސައްކަތް ކުރުމުގައި ޔަމަނުގެ ސަރުކާރުން ދުވަހަކުވެސް ފަސްނުޖެހޭނެ ކަމަށް ވިދާޅުވަމުން، އަލް-އަލީމީ ވަނީ އެސް.ޓީ.ސީ އިން މައްސަލަތައް ހައްލުކުރުމަށް އިޖާބަ ނުދޭ ކަމަށް ތުހުމަތުކުރައްވާފައެވެ. މީގެ އިތުރުން، ޔޫ.އޭ.އީގެ ފުޖައިރާއިން ދެ އުޅަނދެއްގައި އެސް.ޓީ.ސީ އަށް ހަތިޔާރު ފޮނުވާފައިވާ ކަމަށް ތުހުމަތުކުރައްވައި، އެއީ މަސްލަހަތު ގޯސްކުރުމަށް އެޅި ފިޔަވަޅެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

ޔަމަނުގެ ލީޑަރު ވަނީ ޔޫ.އޭ.އީ އާއެކު ވެފައިވާ ދިފާއީ އެއްބަސްވުން ބާތިލުކުރިކަން އިއުލާނުކުރައްވާފައެވެ. އޭނާ ވިދާޅުވި ގޮތުގައި ޔޫ.އޭ.އީގެ އެހީތެރިކަން މިހާރު އޮތީ ޔަމަނުގެ ރައްޔިތުންނާ ދެކޮޅަށެވެ. އެހެންކަމުން 24 ގަޑިއިރުގެ ތެރޭގައި އެގައުމުގެ ހުރިހާ ސިފައިން ޔަމަނުން ފޭބުމަށް ވަނީ ގޮވާލައްވާފައެވެ.

މީގެ އިތުރުން، އަލް-އަލީމީ ވަނީ ޔަމަނަށް ވަދެ ނުކުމެވޭ ހުރިހާ މަގުތަކެއް (ވައިގެ، އެއްގަމު އަދި ކަނޑުގެ) 72 ގަޑިއިރަށް ބަންދުކޮށް، 90 ދުވަހުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރައްވާފައެވެ. އަދި މި މުއްދަތު އިތުރުކުރެވިދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޔަމަނުގެ މުކައްލާ ބަނދަރަށް ބޭލި ހަތިޔާރުގެ ޝިޕްމަންޓަކަށް ސައުދީ އިސްވެ ހަރަކާތްތެރިވާ ކޯލިޝަނުން ހަމަލާދިނުމާ ގުޅިގެން، 24 ގަޑިއިރުގެ ތެރޭގައި އެމިރޭޓްސްގެ ސިފައިން އެ ގައުމުން ފޭބުމަށް ޔަމަނުގެ ރިޔާސީ މަޖިލީހުން ކުރި ޑިމާންޑަށް ސައުދީ އަރަބިއްޔާއިން ވަނީ ތާއީދުކޮށްފައެވެ. ސައުދީން ބުނާ ގޮތުގައި އެ ހަތިޔާރުތަކަކީ އެމިރޭޓްސްގެ ތާއީދާއެކު ޔަމަނުން ވަކިވެގަންނަން މަސައްކަތްކުރާ ހަނގުރާމަވެރި ޖަމާއަތަކަށް ފޮނުވި ތަކެއްޗެވެ.

ސައުދީ ޚާރިޖިއްޔާ އިން ތުހުމަތުކުރާ ގޮތުގައި، ޔަމަނުގެ އިރުމަތީގެ ޕްރޮވިންސްތައް ކަމަށްވާ ޙަޟްރަމައުތާއި އަލް-މަހްރާގައި މިފަހަކުން ދިން ހަމަލާތަކަކީ، ދެކުނު ޔަމަނުގެ މިނިވަންކަމަށް މަސައްކަތްކުރާ ސަދަން ޓްރާންސިޝަނަލް ކައުންސިލަށް (އެސް.ޓީ.ސީ) އެމިރޭޓްސް އިން ބާރުއަޅައިގެން ދީފައިވާ ހަމަލާތަކެކެވެ. މިއީ އިންތިހާ އަށް ނުރައްކާތެރި އަމަލުތަކެއް ކަމަށް ސިފަކޮށް، މިފަދަ ކަންކަމާ ކުރިމަތިލުމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅާނެ ކަމުގެ އިންޒާރު ސައުދީން ވަނީ ދީފައެވެ.

މިކަމާ ގުޅިގެން އެމިރޭޓްސްގެ ޚާރިޖިއްޔާ އިން ވަނީ އެ ޝިޕްމަންޓުގައި ހަތިޔާރު ހުރި ކަމަށް ބުނާ ވާހަކަ ދޮގުކޮށްފައެވެ. އަދި ސައުދީގެ ބަޔާނާ ގުޅިގެން ނުހަނު ބޮޑަށް ހިތާމަކުރާ ކަމަށްވެސް އެ ގައުމުން ބުނެފައިވެ އެވެ.

އަރަބި ކޯލިޝަނުން އަންގާރަ ދުވަހު ބުނި ގޮތުގައި، އެމިރޭޓްސް އިން ޔަމަނުގެ ދެކުނުގެ ބަނދަރެއް ކަމަށްވާ މުކައްލާ އަށް އެތެރެކުރި ޝިޕްމަންޓްގެ ކޮންޓޭނަރުތަކުގައި ހުރީ ހަތިޔާރާއި ގޮވާތަކެތީގެ ވަސީލަތްތަކެވެ. ކޯލިޝަނުން މި ބަޔާން ނެރެފައި ވަނީ، އެ ޝިޕްމަންޓުގައި ހަތިޔާރު ނުހުންނާނެ ކަމަށާއި އެއީ އެމިރޭޓްސްގެ ސިފައިންނަށް ހާއްސަކޮށްގެން ގެނައި ތަކެތި ކަމަށް ބުނެ އެމިރޭޓްސް އިން ކުރިން ނެރުނު ބަޔާނަށް ރައްދު ދިނުމުގެ ގޮތުންނެވެ.

ޔަމަންރަޝާދު އަލް-އަލީމީސައޫދީ އަރަބިއްޔާއެސް.ޓީ.ސީޔޫއޭއީ

ކޮމެންޓް

އިތުރަށް ކިޔާލަން

ސޮމާލީލޭންޑް ގައި ހަރަކާތްތެރިވާ އިޒްރޭލުގެ ކޮންމެ ފަރާތަކަށް ހަމަލާ ދޭނެ ކަމަށް ބުނެ ޙޫޘީ ޖަމާޢަތުން އިންޒާރު ދީފި

ސޮމާލީލޭންޑް ގައި ހަރަކާތްތެރިވާ އިޒްރޭލުގެ ކޮންމެ ފަރާތަކަށް ހަމަލާ ދޭނެ ކަމަށް ބުނެ ޙޫޘީ ޖަމާޢަތުން އިންޒާރު ދީފި

29 ޑިސެމްބަރު 2025
އެއް މަސް ދުވަހުގެ ތެރޭގައި 69 މިލިއަން މީހުން ސައުދީ ގައި ހުންނަ ހުރުމަތްތެރިވެގެންވާ ދެ މިސްކިތައް ޒިޔާރަތް ކޮށްފި

އެއް މަސް ދުވަހުގެ ތެރޭގައި 69 މިލިއަން މީހުން ސައުދީ ގައި ހުންނަ ހުރުމަތްތެރިވެގެންވާ ދެ މިސްކިތައް ޒިޔާރަތް ކޮށްފި

26 ޑިސެމްބަރު 2025
ރޮނާލްޑޯ އާއި އޭނާގެ ބައިވެރިޔާ ސައުދީ އަރަބިއްޔާ އިން އަގުބޮޑު ދެ ގެ ގަނެފި

ރޮނާލްޑޯ އާއި އޭނާގެ ބައިވެރިޔާ ސައުދީ އަރަބިއްޔާ އިން އަގުބޮޑު ދެ ގެ ގަނެފި

23 ޑިސެމްބަރު 2025
ޔޫއޭއީ އަށް ވެހުނު ބޯ ވާރޭގެ ސަބަބުން މަގުތަކުގައި ފެންބޮޑުވެ، ޑުބާއީ، ޝާރުޖާ ގައި އެތައް ފްލައިޓެއް ކެންސަލް ކޮށްފި

ޔޫއޭއީ އަށް ވެހުނު ބޯ ވާރޭގެ ސަބަބުން މަގުތަކުގައި ފެންބޮޑުވެ، ޑުބާއީ، ޝާރުޖާ ގައި އެތައް ފްލައިޓެއް ކެންސަލް ކޮށްފި

19 ޑިސެމްބަރު 2025
މިއަހަރުގެ ހައްޖު ގައި މަސްޖިދުލް ހަރާމް އާއި މަސްޖިދުލް ނަބަވީ ގައި ފޮޓޯ ނެގުން މަނާ ކުރީތަ؟

މިއަހަރުގެ ހައްޖު ގައި މަސްޖިދުލް ހަރާމް އާއި މަސްޖިދުލް ނަބަވީ ގައި ފޮޓޯ ނެގުން މަނާ ކުރީތަ؟

17 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

20 ޖެނުއަރީ
ޕިއްޒާ ސްޓަންޓް އަތަށް ގޮވާ، ޑީއެންއާރުގެ މަސައްކަތާއި މެދު ޖަވާބު ނުދެވި ނޫސްވެރިންނަށް ފިއްލަވައިފި
20251 އަހަރު ކުރިން
ރާއްޖެ

ޕިއްޒާ ސްޓަންޓް އަތަށް ގޮވާ، ޑީއެންއާރުގެ މަސައްކަތާއި މެދު ޖަވާބު ނުދެވި ނޫސްވެރިންނަށް ފިއްލަވައިފި

އައްމަޓީ ފުރުމަށް ދީފައިވާ ހުއްދަ ބާތިލުކުރަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

އައްމަޓީ ފުރުމަށް ދީފައިވާ ހުއްދަ ބާތިލުކުރަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފި

ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްއާ ބެހޭ ގަވާއިދު ނެރެފި
20233 އަހަރު ކުރިން
ރާއްޖެ

ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްއާ ބެހޭ ގަވާއިދު ނެރެފި

ކޮމަންޑޫ ދާއިރާގެ ރައްޔިތުން ގޮވަނީ 346 މިލިއަން ރުފިޔާ ގެންދިޔައީ ގޯނިގޯނީގައިތޯއެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ކޮމަންޑޫ ދާއިރާގެ ރައްޔިތުން ގޮވަނީ 346 މިލިއަން ރުފިޔާ ގެންދިޔައީ ގޯނިގޯނީގައިތޯއެވެ.

ހޯޕް ޓްރެވަލްސްއިން ތަފާތު މޮޑެލްއެއްގެ ލޯންޗެއް - ގަލްފް ކްރާފްޓްގެ \"ސިލްވަރ ކެޓް 34\"
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ހޯޕް ޓްރެވަލްސްއިން ތަފާތު މޮޑެލްއެއްގެ ލޯންޗެއް - ގަލްފް ކްރާފްޓްގެ \"ސިލްވަރ ކެޓް 34\"

ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!
20197 އަހަރު ކުރިން
ރިޕޯޓު

ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!

އެއް އުކުޅެއް: ގާސިމްގެ ވިޔަފާރި ނައްތާލަން މަސައްކަތް ކުރަނީ ގުޅީ އީސާ ކަލޭފާނުގެ ވިޔަފާރި ނައްތާލި ގޮތަށް!
20188 އަހަރު ކުރިން
ރިޕޯޓު

އެއް އުކުޅެއް: ގާސިމްގެ ވިޔަފާރި ނައްތާލަން މަސައްކަތް ކުރަނީ ގުޅީ އީސާ ކަލޭފާނުގެ ވިޔަފާރި ނައްތާލި ގޮތަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު