Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ކްރިސްޓިއާނޯ ރޮނާލްޑޯ

ރޮނާލްޑޯ އާއި އޭނާގެ ބައިވެރިޔާ ސައުދީ އަރަބިއްޔާ އިން އަގުބޮޑު ދެ ގެ ގަނެފި

ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ޖޯޖީނާ ގަތް ވިލާތައް ތަރައްގީ ކޮށްފައިވަނީ ދޮންވެލިގަނޑެއް ގެ ވަށައިގެން ސާފު މޫދު އޮންނަ ސަރަހައްދެއްގައި ކަމަށާއި، ރޮނާލްޑޯ އާއި ރޮޑްރިގޭޒް ވަނީ އެތަންތަނަށް ކުރިންވެސް ޒިޔާރަތްކޮށް، އެތަންތަނުގެ ރީތިކަމަށް ތައުރީފްކޮށްފައިވާ ކަމަށްވޭ.

ރާއްޖެ އެމްވީ | 23 ޑިސެމްބަރު 2025 | އަންގާރަ 09:28
ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ޖޯޖިނާ ރޮޑްރިގޭޒް

ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ޖޯޖިނާ ރޮޑްރިގޭޒް

ފުޓުބޯޅައިގެ މަޝްހޫރު ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އާއި އޭނާގެ ބައިވެރިޔާ ޖޯޖީނާ ރޮޑްރިގޭޒް ސަޢޫދީ އަރަބިއްޔާ އިން އަގު ބޮޑު ދެ ގެ ގަނެފި އެވެ.

ސަޢޫދީ އަރަބިއްޔާގެ ހުޅަނގު އައްސޭރީގައި ހިންގާ ރިޖެނެރޭޓިވް ޓޫރިޒަމް މަޝްރޫޢުގެ ޑިވެލޮޕަރ، ރެޑް ސީ ގްލޯބަލް (އާރް.އެސް.ޖީ.) އިން ހޯމަ ދުވަހު އިއުލާންކުރީ ރޮނާލްޑޯ އާއި ރޮޑްރިގޭޒް ވަނީ 'ނުޖޫމާ' ރިޒް-ކާލްޓަން ރިޒަރވް ރެސިޑެންސް އިން ދެ އަލްޓްރާ-ލަގްޒަރީ ވިލާ ގަނެފައިވާ ކަމަށެވެ.

ނުޖޫމާ އަކީ ރެޑް ސީ ރެސިޑެންސަސް ކަލެކްޝަންގެ ބައެކެވެ. މިއީ ދޮންވެއްޔާއި ރީތި  މާހައުލެއް ގައި ތަރައްގީ ކޮށްފައިވާ އާދަޔާ ޚިލާފް ޕްރައިވެޓް ވިލާތަކެކެވެ. ވިލާތައް ތަަރައްގީ ކޮށްފައިވަނީ ދޮންވެލިގަނޑެއްގައި ވަށައިގެން ސާފު މޫދު އޮންނަ ގޮތަށެވެ. މީހުން އުޅޭ ސަރަހައްދާ ގާތްގަނޑަކަށް 26 ކިލޯމީޓަރު ދުރުގައި ތަރައްގީ ކޮށްފައި ވަނީ މި ބާވަތުގެ ޖުމްލަ 19 ހާއްސަ ވިލާ އެވެ. އެތަނަށް ދަތުރުކުރެވެނީ ހަމައެކަނި ޗާޓަރުކޮށްފައިވާ ބޯޓެއް ގައި ނުވަތަ ސީޕްލޭނަކުންނެވެ.

ރެޑް ސީގެ ފުރަތަމަ ރިސޯޓްތައް ހުޅުވުނު ފަހުން ރޮނާލްޑޯ އާއި ރޮޑްރިގޭޒް ވަނީ އެތަނަށް އެތައް ފަހަރެއްގެ މަތިން ޒިޔާރަތްކޮށްފަ އެވެ.

ރޮނާލްޑޯ އާއި ރޮޑްރިގޭޒް ވަނީ މި ތަންތަނުގެ ރީތި ކަމަށް ތައުރީފް ކޮށްފައި ކަމަށް ސައުދީ މީޑިއާ ރިޕޯޓުތަކުގައިވެ އެވެ.  ރޮނާލްޑޯ އާއި ރޮޑްރިގޭޒް ގަތް ދެ ވިލާގެ ތެރޭގައި، އާއިލާއާ އެކު ވަގުތު ހޭދަކުރުމަށް ތިން ކޮޓަރީގެ ވިލާއަކާއި، އިތުރު ދެ ކޮޓަރީގެ ވިލާއެއް ހިމެނެ އެވެ.

ރެޑް ސީ ޑެސްޓިނޭޝަން އަކީ ސަޢޫދީ ވިޝަން 2030 ގެ މުހިންމު މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން ސައުދީ އަރަބިއްޔާ ގައި ލަގްޒަރީ ޓޫރިޒަމް ކާމިޔާބު ކަމާ އެކު ގެންދަނީ ކުރިއަރުވަމުންނެވެ. 

ކްރިސްޓިއާނޯ ރޮނާލްޑޯޖޯޖިނާ ރޮޑްރިގޭޒްސައޫދީ އަރަބިއްޔާރެޑް ސީނުޖޫމާ ރިޒް-ކާލްޓަންސަޢޫދީ ވިޝަން 2030

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މިއަހަރުގެ ހައްޖު ގައި މަސްޖިދުލް ހަރާމް އާއި މަސްޖިދުލް ނަބަވީ ގައި ފޮޓޯ ނެގުން މަނާ ކުރީތަ؟

މިއަހަރުގެ ހައްޖު ގައި މަސްޖިދުލް ހަރާމް އާއި މަސްޖިދުލް ނަބަވީ ގައި ފޮޓޯ ނެގުން މަނާ ކުރީތަ؟

17 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
ސައުދީ ވަލީއަހުދުގެ އެދިވަޑައިގަތުމަށް ސޫދާނުގެ ހަނގުރާމަ ހުއްޓުވުމަށް ޓްރަމްޕް މަސައްކަތް ފަށައިފި

ސައުދީ ވަލީއަހުދުގެ އެދިވަޑައިގަތުމަށް ސޫދާނުގެ ހަނގުރާމަ ހުއްޓުވުމަށް ޓްރަމްޕް މަސައްކަތް ފަށައިފި

20 ނޮވެމްބަރު 2025
ހަ ސަތޭކަ ބިލިއަން ޑޮލަރުގެ ޑީލުގެ މަޝްވަރާތަކަށް ސައުދީ ވަލީއަހުދު އެމެރިކާ އަށް ވަޑައިގަތުމުން ޓްރަމްޕް ހޫނު މަރުހަބާ އެއް ދަންނަވައިފި

ހަ ސަތޭކަ ބިލިއަން ޑޮލަރުގެ ޑީލުގެ މަޝްވަރާތަކަށް ސައުދީ ވަލީއަހުދު އެމެރިކާ އަށް ވަޑައިގަތުމުން ޓްރަމްޕް ހޫނު މަރުހަބާ އެއް ދަންނަވައިފި

18 ނޮވެމްބަރު 2025
ސައުދީ އަރަބިއްޔާ އަށް އެފް-35 މަރުކާގެ މަތިންދާބޯޓު ވިއްކަން ޓްރަމްޕް އެއްބަސްވެއްޖެ

ސައުދީ އަރަބިއްޔާ އަށް އެފް-35 މަރުކާގެ މަތިންދާބޯޓު ވިއްކަން ޓްރަމްޕް އެއްބަސްވެއްޖެ

18 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

15 މާރިޗު
ކެޕިޓަލް ޓްރެވަލް މޯލްޑިވްސް 15 އަހަރުގެ މެދުކެނޑުމަކަށް ފަހު ބީޓީއެލް ޕޯޗުގަލްގައި ވިދާލައިފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކެޕިޓަލް ޓްރެވަލް މޯލްޑިވްސް 15 އަހަރުގެ މެދުކެނޑުމަކަށް ފަހު ބީޓީއެލް ޕޯޗުގަލްގައި ވިދާލައިފި

ޣައްޒާގެ ވާހަކަތައް ތަފާތު ގޮތަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ވާހަކަތައް ތަފާތު ގޮތަކަށް!

އެޗްޑީސީއަށް ރޭކާވެސް ނުލާ، ތިލަފުށިން މިލިއަނަކަށް ބިމެއް ވިއްކާލައިފި
20233 އަހަރު ކުރިން
ރާއްޖެ

އެޗްޑީސީއަށް ރޭކާވެސް ނުލާ، ތިލަފުށިން މިލިއަނަކަށް ބިމެއް ވިއްކާލައިފި

ވެލާ އެޅި ބިސްތައް އީޕީއޭގެ ބެލުމުގެ ދަށަށް، ބިސް ފީކުރާނީ ކުޑަހުރާގައި
20224 އަހަރު ކުރިން
ރާއްޖެ

ވެލާ އެޅި ބިސްތައް އީޕީއޭގެ ބެލުމުގެ ދަށަށް، ބިސް ފީކުރާނީ ކުޑަހުރާގައި

މާލެއިން ކެނަބިސްގަހެއްކަމަށް ޝައްކު ކުރެވޭ ގަހެއް ފެނިއްޖެ
20215 އަހަރު ކުރިން
ރާއްޖެ

މާލެއިން ކެނަބިސްގަހެއްކަމަށް ޝައްކު ކުރެވޭ ގަހެއް ފެނިއްޖެ

އިނގުރައިދޫ ދާއިރާގެ މެމްބަރު ފަލާހުގެ ކާރުން މަސްތުވާތަކެތި އަތުލައިގެންފި
20197 އަހަރު ކުރިން
ރާއްޖެ

އިނގުރައިދޫ ދާއިރާގެ މެމްބަރު ފަލާހުގެ ކާރުން މަސްތުވާތަކެތި އަތުލައިގެންފި

ދިރާގުން ސެމްސަންގ ގެލެކްސީ އެސް 9 އަދި އެސް 9 ޕްލަސް ފޯނުގެ ޕްރީ އޯޑަރަށް ފުރުސަތު ހުޅުވާލައިފި
20188 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގުން ސެމްސަންގ ގެލެކްސީ އެސް 9 އަދި އެސް 9 ޕްލަސް ފޯނުގެ ޕްރީ އޯޑަރަށް ފުރުސަތު ހުޅުވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު