Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސައުދީ-ޖަރުމަނު

ޖަރުމަނުގެ ޗާންސެލަރު މާޒް ސައުދީ އަށް ވަޑައިގެން، ވަލީ އަހުދު މުޙައްމަދާ ބައްދަލު ކުރައްވައިފި

ސައުދީގެ ވަލީ އަހުދު މުޙައްމަދު ވަނީ، ޖަރުމަނުގެ ޗާންސެލަރު މާޒް ސައުދީ އަށް ކުރެއްވި ދަތުރުފުޅަކީ ދެ ޤައުމުގެ ދެ މެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ޚަރުދަނާ ވެގެން ދާނެ ދަތުރުފުޅެއް ކަަމަށް ވަނީ ވިދާޅުވެފައި. ސައުދީގެ ގަނޑުވަރު އަލް ޔަމާމާގައި މުޙައްމަދު ވަނީ މާޒް އަށް ރަސްމީ ގޮތުން މަރުޙަބާ ވެސް ދަންނަވާފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 5 ފެބުރުއަރީ 2026 | ބުރާސްފަތި 05:34
ސައުދީގެ ވަލީ އަހުދު މުޙައްމަދު ބިން ސަލްމާން، ޖަރުމަނުގެ ޗާންސެލަރު މާޒްއާ ކުރެއްވި ބައްދަލުވުމުގެ ތެރެއިން

ސައުދީގެ ވަލީ އަހުދު މުޙައްމަދު ބިން ސަލްމާން، ޖަރުމަނުގެ ޗާންސެލަރު މާޒްއާ ކުރެއްވި ބައްދަލުވުމުގެ ތެރެއިން | ގެޓީ އިމޭޖަސް

ޖަރުމަނުގެ ޗާންސެލަރު ފްރިޑްރިކް މާޒް، ރަސްމީ ދަތުރުފުޅެއްގައި ސައުދީ އަރަބިއްޔާ އަށް ވަޑައިގެންފި އެވެ.

ބުދަ ދުވަހު މާޒް ސައުދީ އަށް ވަޑައިގެންފައިވާއިރު، ބުދަ ދުވަހުގެ ރޭގެ ވަގުތެއްގައި ވަނީ ސައުދީގެ ވަލީ އަހުދު މުޙައްމަދު ބިން ސަލްމާންއާ ވެސް ބައްދަލު ކުރައްވައިފަ އެވެ. އެ ބައްދަލު ކުރެއްވުން އޮތީ ސައުދީގެ ވެރި ރަށް ރިޔާޟްގައި ހުންނަ، އަލް ޔަމާމާ ޕެލަސްގަ އެވެ. 

މި ބައްދަލުވުމުގައި ޖަރުމަނުގެ ޗާންސެލަރު މާޒް އާއި، ސައުދީގެ ވަލީ އަހުދު މުޙައްމަދު ވަނީ ދެ ޤައުމުގެ ދެމެދުގައި ގުޅުން ބަދަހި ކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވައިފަ އެވެ. ފުޅާ ދާއިރާއެއްގައި ދެ ބޭފުޅުން މަޝްވަރާ ކުރެއްވިއިރު، އެ ބައްދަލުވުމުގައި ދެ ޤައުމުގެ އިސް ފަރާތްތަކުން ވެސް ވަނީ ބައިވެރިވެފަ އެވެ. 

އެގޮތުން ދެ ޤައުމުގެ މަސްލަޙަތު ހިމެނޭ މުހިންމު ދާއިރާ ތަކުން އެއްބާރުލުން އިތުރު ކުރުމަށާއި، ސަރަޙައްދީ އަދި ބައިނަލްއަޤުވާމީ މައިދާނުގައި ހުރި ގޮންޖެހުންތަކާ ގުޅޭ ގޮތުން ވެސް މަޝްވަރާ ކުރައްވާފައިވާ ކަމަށް ސައުދީގެ މީޑިއާ ތަކުން ވަނީ ބުނެފަ އެވެ. ޚާއްސަކޮށް އިޤްތިޞާދީ ގޮތުންނާއި، ސިޔާސީ ގޮތުން ދެ ޤައުމުގެ ދެ މެދުގައި އޮތް ގުޅުން އައު ހަރުފަތަކަށް ގެންދިޔުމަށް މާޒް އާއި މުޙައްމަދު ވަނީ މަޝްވަރާ ކުރައްވައިފަ އެވެ. 

އެ ބައްދަލުވުމުގައި ސައުދީގެ ވަލީ އަހުދު މުޙައްމަދު ވަނީ، ޖަރުމަނުގެ ޗާންސެލަރު މާޒް ސައުދީ އަށް ކުރެއްވި ދަތުރުފުޅަކީ ދެ ޤައުމުގެ ދެ މެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ޚަރުދަނާ ވެގެން ދާނެ ދަތުރުފުޅެއް ކަަމަށް ވަނީ ވިދާޅުވެފަ އެވެ. ސައުދީގެ ގަނޑުވަރު އަލް ޔަމާމާގައި މުޙައްމަދު ވަނީ މާޒް އަށް ރަސްމީ ގޮތުން މަރުޙަބާ ވެސް ދަންނަވައިފަ އެވެ.

މި ބައްދަލުވުމަކީ މެދު އިރުމަތީގެ ހަމަޖެހުމާއި، ދުނިޔޭގެ ހަކަތައިގެ ބާޒާރާއި، އަދި ވިޔަފާރީގެ ދާއިރާ އިން ޖަރުމަނާއި، ސައުދީއާ ދެމެދު އޮންނަ ގުޅުން ކުރިއަށް ގެންދިޔުމަށް މުހިންމު ދަނޑިވަޅެއްގައި ބޭއްވި ބައްދަލުވުމެއް ކަމަށް ތަޖުރިބާކާރުން ވަނޯ ފާހަގަ ކޮށްފަ އެވެ. 

މަސްދަރު: އަލް އަރަބިއްޔާ

ފްރީޑްރިކް މާރޒްސައުދީ އަރަބިއްޔާ-ޖަރުމަނުސައުދީގެ ވަލީ އަހުދު މުޙައްމަދު ބިން ސަލްމާންސައޫދީ އަރަބިއްޔާޖަރުމަނު

އިތުރަށް ކިޔާލަން

04 ފެބުރުއަރީ 2026

ކްލައިމެޓް ޗޭންޖަކީ ފޭކެއް ކަަމަށް ވިދާޅުވި ރައީސް މުއިއްޒު ޖަރުމަނުގެ ހަމްބޯލްޓް ޔުނިވަރސިޓީ ގައި ކްލައިމެޓް ޗޭންޖާ ބެހޭ ތަގުރީރެއް ދެއްވަނީ

04 ފެބުރުއަރީ 2026
ކްލައިމެޓް ޗޭންޖަކީ ފޭކެއް ކަަމަށް ވިދާޅުވި ރައީސް މުއިއްޒު ޖަރުމަނުގެ ހަމްބޯލްޓް ޔުނިވަރސިޓީ ގައި ކްލައިމެޓް ޗޭންޖާ ބެހޭ ތަގުރީރެއް ދެއްވަނީ
03 ފެބުރުއަރީ 2026

ޓްރަމްޕް އަށް މެސެޖެއް ދިނުމުގެ ގޮތުން، ވާރލްޑް ކަޕް ބޮއިކޮޓް ކުރުމަށް ގެންގުޅުނު ވިސްނުން ޖަރުމަނުން ދޫކޮށްލައިފި

03 ފެބުރުއަރީ 2026
ޓްރަމްޕް އަށް މެސެޖެއް ދިނުމުގެ ގޮތުން، ވާރލްޑް ކަޕް ބޮއިކޮޓް ކުރުމަށް ގެންގުޅުނު ވިސްނުން ޖަރުމަނުން ދޫކޮށްލައިފި
31 ޖެނުއަރީ 2026

"އަހަރެން ސައުދީ ޝާހީ އާއިލާ އަށް ހަޖޫ ޖެހުމުން އަހަރެންގެ ފޯނު ހެކް ކޮށް އަހަރެންގެ ގައިގައި ތަޅައިގަތް"

31 ޖެނުއަރީ 2026
"އަހަރެން ސައުދީ ޝާހީ އާއިލާ އަށް ހަޖޫ ޖެހުމުން އަހަރެންގެ ފޯނު ހެކް ކޮށް އަހަރެންގެ ގައިގައި ތަޅައިގަތް"
28 ޖެނުއަރީ 2026

އީރާނުގެ ސަރުކާރުގެ "ދުވަސްތައް މިހާރު ވަނީ ގުނަން ފެށިފައި" ކަމަށް ޖަރުމަނުގެ ޗާންސެލަރ ވިދާޅުވެއްޖެ

28 ޖެނުއަރީ 2026
އީރާނުގެ ސަރުކާރުގެ "ދުވަސްތައް މިހާރު ވަނީ ގުނަން ފެށިފައި" ކަމަށް ޖަރުމަނުގެ ޗާންސެލަރ ވިދާޅުވެއްޖެ
19 ޖެނުއަރީ 2026

ޖަރުމަނަށް ކުރައްވަން އޮތް ދަތުރުފުޅު އަލް ޝަރާ ކެންސަލް ކުރައްވައިފި

19 ޖެނުއަރީ 2026
ޖަރުމަނަށް ކުރައްވަން އޮތް ދަތުރުފުޅު އަލް ޝަރާ ކެންސަލް ކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު