Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
އިސްލާމް
ރަމަޟާން

ސައުދީން ރަމަޟާން މަހު 1،000 ޓަނުގެ ކަދުރު 120 ގައުމަކަށް ފޮނުވާނެ

1447 ވަނަ އަހަރުގެ ރަމަޟާން މަހަށް އަމާޒުކޮށްގެން 120 ގައުމަކަށް 1،000 ޓަނުގެ ކަދުރުގެ އިތުރުން 2.2 މިލިއަން މުސްހަފާއި ތަރުޖަމާ ބެހުމަށް ސައުދީ ސަރުކާރުން ވަނީ ނިންމާފައެވެ. މީގެ އިތުރުން 49 ގައުމަކަށް އިމާމުން ފޮނުވުމަށް ހަމަޖެހިފައިވާއިރު، މިއީ މުސްލިމް އުންމަތުގެ އެއްބައިވަންތަކަން ވަރުގަދަކޮށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް އެ ގައުމުން ކުރިއަށްގެންދާ މުހިންމު ހަރަކާތެއް.

ރާއްޖެ އެމްވީ | 16 ފެބުރުއަރީ 2026 | ހޯމަ 09:17
ސައުދީ އަރަބިއްޔާގެ ރިޔާޟްގައި ހުންނަ އިމާމް ތުރުކީ ބިން އަބްދުﷲ މިސްކިތުގައި، 2007 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 14 ވީ ހުކުރު ދުވަހު، ރަމަޟާން މަހުގެ ފުރަތަމަ ހުކުރު ދުވަހުގެ ރޯދަވީއްލަނީ.

ސައުދީ އަރަބިއްޔާގެ ރިޔާޟްގައި ހުންނަ އިމާމް ތުރުކީ ބިން އަބްދުﷲ މިސްކިތުގައި، 2007 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 14 ވީ ހުކުރު ދުވަހު، ރަމަޟާން މަހުގެ ފުރަތަމަ ހުކުރު ދުވަހުގެ ރޯދަވީއްލަނީ. | ގެޓީ އިމޭޖަސް

ސައުދީ އަރަބިއްޔާގެ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް، ކޯލް އެންޑް ގައިޑެންސް ޝެއިޚް އަބްދުއްލަތީފް އާލް-ޝެއިޚް، 1447 ވަނަ އަހަރުގެ ރަމަޟާން މަހަށް އަމާޒުކޮށްގެން ދެ ހަރަމްފުޅުގެ ޚާދިމްގެ ހައިސިއްޔަތުން ސައުދީ އަރަބިއްޔާ އިން ކުރިއަށް ގެންދާ ރަމަޟާން ޕްރޮގްރާމްތައް އާދީއްތަ ދުވަހު ރިޔާޟްގައި އިފްތިތާހުކޮށްދެއްވައިފި އެވެ.

މި ޕްރޮގްރާމްތަކުގެ ތެރޭގައި ރޯދަވީއްލުން އިންތިޒާމުކުރުމާއި، ކީރިތި ގުރުއާނުގެ މުސްހަފްތައް ބެހުމުގެ އިތުރުން، ދުނިޔޭގެ 120 ގައުމެއްގައި ދިރިއުޅޭ މުސްލިމުންނަށް ކަދުރު ބެހުމުގެ މަސައްކަތް ހިމެނެ އެވެ.

މި ޕްރޮގްރާމްގެ ދަށުން ކީރިތި ގުރުއާނުގެ 2.2 މިލިއަން މުސްހަފާއި އޭގެ ތަރުޖަމާ ބެހުމަށް ވަނީ ހަމަޖެހިފައެވެ. ދެ ހަރަމްފުޅުގެ ޚާދިމްގެ ހަދިޔާގެ ގޮތުގައި ކަދުރު ބެހުމުގެ ޕްރޮގްރާމްގެ ދަށުން މިއަހަރު 1،000 ޓަނުގެ ކަދުރު ފޯރުކޮށްދޭނެއެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 300 ޓަނުގެ އިތުރުވުމެކެވެ. މި އެހީ ޖުމްލަ 120 ގައުމަކަށް ފޯރުކޮށްދޭއިރު، މީގެ ތެރޭގައި އަލަށް ހިމެނުނު 18 ގައުމެއް ހިމެނެއެވެ. މީގެ އިތުރުން، ރަމަޟާން މަހުގެ ތެރޭގައި އިމާމުވެ ނަމާދު ކުރުމަށްޓަކައި 49 ގައުމަކަށް 91 އިމާމުން ފޮނުވުމަށް ވެސް ސައުދީ އިސްލާމިކް މިނިސްޓްރީން ވަނީ ނިންމާފަ އެވެ.

މި ޕްރޮގްރާމްތައް އިފްތިތާހުކޮށްދެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝެއިޚް އަބްދުއްލަތީފް އާލް-ޝެއިޚް ވިދާޅުވީ، މިއީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި މުސްލިމުންނަށް ހެޔޮކަން ފޯރުކޮށްދިނުމަށް ސައުދީ ސަރުކާރުގެ ލީޑަޝިޕުން ބަހައްޓަވާ އަހަންމިއްޔަތު ހާމަކޮށްދޭ ކަމެއްކަމަށެވެ. މީގެ އިތުރުން، މިއީ އިސްލާމްދީނާއި މުސްލިމުންގެ ޚިދުމަތުގައި ސައުދީ އަރަބިއްޔާއިން އަދާކުރާ އިސް ދައުރު ރަމްޒުކޮށްދޭ، އަދި މެދުމިނުގެ އުސޫލުތަކާއި، ކެތްތެރިކަމާއި، އެއްބައިވަންތަކަން ވަރުގަދަކޮށްދޭ ކަމެއް ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

މި އެހީތައް އޭގެ ހައްގުވެރިންނަށް އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމަށްޓަކައި، މިނިސްޓްރީގެ އިންސާނީ އަދި އިދާރީ ހުރިހާ ވަސީލަތްތަކެއް ބޭނުންކުރަމުންދާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވި އެވެ. މީގެ ސަބަބުން އިންސާނީ އެހީތެރިކަމުގައި އެ ގައުމުގެ ދައުރު ވަރުގަދަވެގެންދާނެ ކަމަށާއި، ސުލްހަ ފެތުރުމަށާއި މުސްލިމް އުންމަތަށް ޚިދުމަތް ކުރުމުގައި ސައުދީން ދެމިއޮންނާނެކަން މިކަމުން ކަށަވަރުވާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ރަަމަޟާންސައޫދީ އަރަބިއްޔާ

ކޮމެންޓް

އިތުރަށް ކިޔާލަން

ރަމަޟާން މަހު މައްކާ އާއި މަދީނާގެ ހޫނުމިން މަތިވާނެ

ރަމަޟާން މަހު މައްކާ އާއި މަދީނާގެ ހޫނުމިން މަތިވާނެ

16 ފެބުރުއަރީ 2026
ރަމަޟާން މަހުގެ ހަނދު ބެލުމަށް ސައުދީ ރައްޔިތުންނަށް ގޮވާލައިފި

ރަމަޟާން މަހުގެ ހަނދު ބެލުމަށް ސައުދީ ރައްޔިތުންނަށް ގޮވާލައިފި

15 ފެބުރުއަރީ 2026
ރޯދަ މަހާއި، ޝައްވާލު މަހުގެ ފުރަތަމަ 7 ދުވަހުގެ ރަސްމީ މަސައްކަތު ގަޑިއަކީ، ހެނދުނު 9:00 އިން މެންދުރުފަހު 1:00 އަށް

ރޯދަ މަހާއި، ޝައްވާލު މަހުގެ ފުރަތަމަ 7 ދުވަހުގެ ރަސްމީ މަސައްކަތު ގަޑިއަކީ، ހެނދުނު 9:00 އިން މެންދުރުފަހު 1:00 އަށް

15 ފެބުރުއަރީ 2026
ސްޓެލްކޯ އިން އިންތިޚާބު ބޯމަތިވެފައިވަނިކޮށް ރޯދަ މަހަށް 400ރ. ގެ ބިލެއް ހަދަނީ

ސްޓެލްކޯ އިން އިންތިޚާބު ބޯމަތިވެފައިވަނިކޮށް ރޯދަ މަހަށް 400ރ. ގެ ބިލެއް ހަދަނީ

14 ފެބުރުއަރީ 2026
ރަމަޟާން މަހު ފަތުރުވެރީންނަށް އާންމުންގެ ކުރިމަތީގައި ކެއިންބުއިމުގެ ޚިދުމަތް ދިނުމަކީ ހުއްދަ ކަމެއް ނޫން: ޚުތުބާ

ރަމަޟާން މަހު ފަތުރުވެރީންނަށް އާންމުންގެ ކުރިމަތީގައި ކެއިންބުއިމުގެ ޚިދުމަތް ދިނުމަކީ ހުއްދަ ކަމެއް ނޫން: ޚުތުބާ

13 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

19 އެޕްރީލު
ޓެކްސީ ޑްރައިވަރުންގެ އަނެއް ފަރާތް
20251 އަހަރު ކުރިން
ރިޕޯޓު

ޓެކްސީ ޑްރައިވަރުންގެ އަނެއް ފަރާތް

ނައިޖީރިޔާގެ މީހަކު ޗެސްގެ އައު ރިކޯޑެއް ހަދައިފި
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ނައިޖީރިޔާގެ މީހަކު ޗެސްގެ އައު ރިކޯޑެއް ހަދައިފި

މާއިސާއަށް ނުކުރެވޭ ކަމެއް މަދު، މޮޓޯއަކީ "ވާނެ"، ބޭނުމީ 100 ސެޓްފިކެޓް ހާސިލްކުރަން!
20233 އަހަރު ކުރިން
ރިޕޯޓު

މާއިސާއަށް ނުކުރެވޭ ކަމެއް މަދު، މޮޓޯއަކީ "ވާނެ"، ބޭނުމީ 100 ސެޓްފިކެޓް ހާސިލްކުރަން!

ސަރުކާރު ބަންދު އިތުރު ދުވަސްތަކެއް
20224 އަހަރު ކުރިން
ރާއްޖެ

ސަރުކާރު ބަންދު އިތުރު ދުވަސްތަކެއް

ވަނުއަޓޫއަށް ލައްގާފައިއޮތް، ގޮތް ނޭނގޭ މީހާ ކޮވިޑަށް ޕޮޒިޓިވް
20215 އަހަރު ކުރިން
ދުނިޔެ

ވަނުއަޓޫއަށް ލައްގާފައިއޮތް، ގޮތް ނޭނގޭ މީހާ ކޮވިޑަށް ޕޮޒިޓިވް

މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ
20197 އަހަރު ކުރިން
ރިޕޯޓު

މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ

ފުލުހުންނާއި ސިފައިން ނުކުމެ ރައީސް އަބްދުﷲ ޔާމީނުގެ އަތުގައި ބިޑި އަޅުވަންޖެހޭ ވަރުގެ ވާހަކަތައް ދައްކަވާފައިވޭ: އިންތި
20188 އަހަރު ކުރިން
ރާއްޖެ

ފުލުހުންނާއި ސިފައިން ނުކުމެ ރައީސް އަބްދުﷲ ޔާމީނުގެ އަތުގައި ބިޑި އަޅުވަންޖެހޭ ވަރުގެ ވާހަކަތައް ދައްކަވާފައިވޭ: އިންތި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު