Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ސިއްހަތު
ވެކްސިން

ހެޕަޓައިޓިސް ބީ ވެކްސިން އުފަންވުމާއެކު ދިނުމުގެ އުސޫލު ނިމުމަކަށް ގެނައުމަށް އެމެރިކާގެ ވެކްސިން ކޮމިޓީ އިން ފާސްކޮށްފި

އެމެރިކާގެ ވެކްސިން ކޮމިޓީން އުފަންވާ ކުއްޖާއަށް ހެޕަޓައިޓިސް ބީ ވެކްސިން ދިނުމުގެ އުސޫލު ނިމުމަކަށް ގެނެސް، ޓެސްޓުން ނެގެޓިވް މައިންނަށް އަމިއްލަ އަށް ގޮތެއް ނިންމުމަށް ފުރުސަތު ދޭން ފާސްކޮށްފައިވާއިރު، ސިއްޙީ ތަޖުރިބާކާރުން ވަނީ މިކަމުގެ ސަބަބުން ކުޑަކުދިންގެ ތެރޭގައި ބަލިތައް އިތުރުވުމަށް މަގުފަހިވެދާނެތީ ކަންބޮޑުވުން ފާޅުކޮށްފައެވެ. 1991 ން ފެށިގެން ދެމުންއައި މި ވެކްސިންގެ ސަބަބުން 90،000 އާއި ގާތް ކުރާ އަދަދެއްގެ މީހުންގެ ފުރާނަ ސަލާމަތްކުރެވިފައިވޭ.

ރާއްޖެ އެމްވީ | 6 ޑިސެމްބަރު 2025 | ހޮނިހިރު 11:35
ހެޕަޓައިޓިސް ބީ ވެކްސިން ދެނީ

ހެޕަޓައިޓިސް ބީ ވެކްސިން ދެނީ

އެމެރިކާގެ ވެކްސިން ކޮމިޓީއަކުން ހެޕަޓައިޓިސް ބީ ވެކްސިން ކުއްޖާ އުފަންވުމާ އެކު ދިނުމުގެ އުސޫލު ނިމުމަކަށް ގެނައުމަށް ވޯޓުދީފި އެވެ.

އެމެރިކާގެ ވެކްސިންގެ ކަންކަމާ ގުޅޭގޮތުން ލަފާދޭ ކޮމިޓީއެއް ކަމަށްވާ "އެޑްވައިޒަރީ ކޮމިޓީ އޮން އިމިއުނައިޒޭޝަން ޕްރެކްޓިސަސް" (އެސިޕް) އިން ވަނީ އުފަންވުމާއެކު ހެޕަޓައިޓިސް ބީ ވެކްސިން ދިނުމަށް ދީފައި އޮތް ލަފާ ނިމުމަކަށް ގެނައުމަށް ވޯޓު ދީފައެވެ.

މި ކޮމިޓީން މި ގޮތައް ނިންމަން 8 ވޯޓު ދިން އިރު ނުފެންނަ ކަމަށް 3 ވޯޓު ދީފައި ވެއެވެ. އަޣުލަބިއްޔަތުން ވޯޓުދީފައިވަނީ، ފުރަމޭގެ މިބަލި ހުރިތޯ ބެލުމަށް ހަދާފައިވާ ޓެސްޓުން ނެގެޓިވްވެފައިވާ މައިންނަށް ލިބޭ ތުއްތު ކުދިންނަށް ވެކްސިން ދިނުމާމެދު "އަމިއްލަ އަށް ގޮތެއް ނިންމުމަށް" ފުރުސަތު ދޭން ތާއީދު ކުރުމަށެވެ.

މިދިޔަ ޖޫން މަހު، ވެކްސިންއާ ދެކޮޅަށް ވަކާލާތު ކުރައްވާ އެމެރިކާ ގެ ހެލްތު ސެކްރެޓަރީ ރޮބަޓް އެފް ކެނެޑީ ޖޫނިއަރ ވަނީ ވެކްސިން ބޯޑުގެ ހުރިހާ މެންބަރުން ވަކިކޮށް، ވެކްސިން އާ މެދު ފާޑުކިޔާ ބަޔަކު އެމީހުންގެ ބަދަލުގައި ބޯޑަށް ހަމަޖައްސާފައެވެ.

އެމެރިކާ ގައި 1991 ވަނަ އަހަރުން ފެށިގެން އުފަންވާ ކުދިންނަށް ހެޕަޓައިޓިސް ބީ ވެކްސިން ދެމުން އައިސްފައިވާއިރު، ވެކްސިން ދިނުމުގެ ނަތީޖާ އެއްގެ ގޮތުން 90,000 އާއި ގާތް ކުރާ އަދަދެއްގެ މީހުންގެ ފުރާނަ ސަލާމަތް ކުރެވިފައިވާ ކަމަށް ދިރާސާތަކުން ދައްކައެވެ.

މި ނިންމުން ނިންމިތާ ގަޑިއިރުކޮޅެއް ފަހުން ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ، އެމެރިކާ ގައި ކުޑަކުދިންނަށް ދެވޭ ވެކްސިން ދިނުމަށް ނެރެފައި ހުރިހާ ހުރިހާ އިރުޝާދެއް އަލުން ބެލުމަށް އެމެރިކާގެ އިސް ސިއްހީ އޮފިޝަލުންނަށް އަންގަވާފައެވެ.

ވައިޓް ހައުސްގެ މެމޯއެއްގައި ޓްރަމްޕް ވަނީ، "ކުޑަކުދިންނަށް ދެވޭ މުހިންމު ވެކްސިންތަކާ ގުޅޭގޮތުން ތަރައްގީވެފައިވާ އެހެން ގައުމުތަކުގައި ގެންގުޅެމުން އަންނަ އެންމެ ރަނގަޅު އުސޫލުތައް ބަލައި މުރާޖާޢަތު ކުރުމަށް" އެދިވަޑައިގެންފައެވެ. އެހެން ގައުމުތަކުގެ އުސޫލުތައް ރަނގަޅު ކަމަށް ފެނިއްޖެ ނަމަ، އެމެރިކާގެ ވެކްސިން ޝެޑިއުލް ބަދަލުކުރުމަށް ޓްރަމްޕް ވަނީ އަންގަވާފައެވެ.

މެމޯގައި ޓްރަމްޕް ފާހަގަ ކުރައްވާފައި ވަނީ، ބައެއް އެހެން ގައުމުތަކުގައި ކުޑަކުދިންނަށް ދޭ ވެކްސިން ގެ އަދަދު މަދުކުރުމަށް އިރުޝާދު ދީފައިވާ ކަމަށެވެ.

ޓްރަމްޕް ވަނީ ހުކުރު ދުވަހު ވެކްސިން ބޯޑުން ނިންމި ނިންމުމަށް ތަޢުރީފުކުރައްވައި، ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި އެއީ "ވަރަށް ރަނގަޅު" ނިންމުމެއް ކަމަށް ވިދާޅުވެފައެވެ.

އެސިޕް އަކީ އެމެރިކާގެ ސެންޓަރސް ފޮރ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) އަށް ވެކްސިން ދޭންޖެހޭ ވަގުތާއި، ވެކްސިން ދޭންޖެހޭ ފަރާތްތަކާ ބެހޭގޮތުން ލަފާދިނުމުގެ މަސްއޫލިއްޔަތު އުފުލާ ފަރާތެވެ. އެ ލަފާތަކަށް ފަހު، ހުއްދަ ދިނުމުގެ އެންމެ ފަހުގެ ބާރު ލިބިފައިވަނީ ސީޑީސީ ގެ ޑިރެކްޓަރަށެވެ.

އާ އިރުޝާދު ގައި ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް އުފަންވުމާ އެކު ނުލިބޭ ކުދިންނަށް "ދެ މަސް ނުވަތަ އެއަށްވުރެ ފަހުން" ފުރަތަމަ ޑޯޒް ދިނުމަށް ލަފާދީފައެވެ. މި ލަފާއަށް ގްރޫޕުގެ އެތައް މެންބަރުން ވަނީ ދެކޮޅު ހަދާފައެވެ.

ޢާންމު ސިއްޙަތުގެ ތަޖުރިބާކާރުން ކަންބޮޑުވަނީ މި ނިންމުމުގެ ސަބަބުން ވެކްސިން އާ ބެހޭގޮތުން ބޭކާރު ކަންބޮޑުވުންތަކެއް އުފެދި، ބައެއް މީހުން ވެކްސިން ނުދިނުމަށް ނިންމައި، ބަލިތައް އިތުރުވުމަށް މަގުފަހިވެދާނެ އަތީއެވެ.

މި ކަންބޮޑުވުން އެސިޕް ޕެނަލްގެ ބައެއް މެންބަރުން ވެސް ފާޅުކުރެއްވިއެވެ.

ޑރ. ކޯޑީ މެއިސްނަރ ވިދާޅުވީ، "ހެޕަޓައިޓިސް ބީ ވެކްސިން ދިނުމަށް އޮތް އިރުޝާދަކީ ވަރަށް ރަނގަޅަށް ކަށަވަރުވެފައިވާ އެއްޗެއް ކަމަށާއި، އެއީ ރައްކާތެރި އަދި ވަރަށް ރަނގަޅު ނަތީޖާ ލިބޭ ވެކްސިނެއް ކަން އެނގޭ ކަމަށެވެ. އަދި މި ހުށަހަޅާފައިވާ ބަދަލުތައް ގެނެސްފި ނަމަ، ހެޕަޓައިޓިސް ބީ ޖެހޭ ކުޑަކުދިންނާއި ޒުވާނުންނާއި ބޮޑެތި މީހުން އިތުރުވާނެ." ކަމަށް އޭނާ ވިދާޅުވިއެވެ.

މި ޕެނަލްއިން ނެރުނު އިރުޝާދު ގައި، ހެޕަޓައިޓިސް ބީ ޕޮޒިޓިވް މައިންނަށް ލިބޭ ތުއްތު ކުދިންނަށް އުފަންވުމާއެކު ވެކްސިން ޑޯޒް ދިނުމަށް ބުނެފައި ވެއެވެ.

ހެޕަޓައިޓިސް ބީ އަކީ ފުރަމޭ ގެ ބައްޔެކެވެ. މި ބަލީގެ ސަބަބުން ކެންސަރު، ފުރަމޭ ފެއިލްވުން، އަދި ސިރޯސިސް ފަދަ ނުރައްކާތެރި ފުރަމޭގެ ބަލިތައް ޖެހިދާނެއެވެ.

ހެޕަޓައިޓިސް ބީ ހުންނަ މާބަނޑު މީހުންގެ ފުށުން، ވިހެއުމުގެ ތެރޭގައި ތުއްތު ކުއްޖާ އަށް މި ވައިރަސް އަރައި، ދާއިމީ ބަލިތަކަށް މަގުފަހިވެ، ފުރަމޭއަށް ގެއްލުންވެދާނެއެވެ.

ހެޕަޓައިޓިސް ބީ ޖެހިފައިވާ މީހުންނަށް ބަލީގެ އަލާމާތްތަކެއް ނުފެނިވެސް ހުރެދާނެ އެވެ. އެހެންކަމުން އެމީހުންނަށް ބަލި ހުރިކަން ނޭނގި، ތުއްތު ކުދިންނަށާއި އެހެން މީހުންނަށް ބަލި ފެތުރޭ ވަސީލަތަކަށް ވެދާނެ އެވެ.

ހުކުރު ދުވަހުގެ ނިންމުން އައީ، މި މައްސަލައާ ބެހޭގޮތުން ދެ ދުވަހަށް ދެމިގެންދިޔަ ހޫނު ބަހުސް ތަކަކަށް ފަހުގަ އެވެ. އެސިޕް އިން ވަނީ ހެޕަޓައިޓިސް ބީ ވެކްސިން އާ ގުޅޭ ވޯޓު ދެ ފަހަރަށް ފަސްކޮށްފައެވެ.

އައު އިރުޝާދަށް ތާއީދުކުރެއްވި ކޮމިޓީ މެންބަރެއް ކަމަށްވާ ރެޓްސެފް ލެވީ ވިދާޅުވީ، އެމެރިކާގެ ހެޕަޓައިޓިސް ބީ ވެކްސިންގެ ސިޔާސަތު ދުނިޔޭގެ އެހެން ގައުމުތަކާ "ނުގުޅޭ" ކަމަށެވެ.

ދުނިޔޭގެ ސިއްހަތު ޖަމްޢިއްޔާ (ޑަބްލިޔު.އެޗް.އޯ) އިން ލަފާދެނީ، ކުޑަކުދިންނަށް ހެޕަޓައިޓިސް ބީ ވެކްސިން އުފަންވުމާއެކު، އަދި އެއް މަހުގައި އަދި ހަ މަހުގައި ދިނުމަށެވެ.

ޔޫކޭގައި، މި ވެކްސިން ދިނުމަށް ލަފާދެނީ އަށް ހަފްތާ، ބާރަ ހަފްތާ އަދި ސޯޅަ ހަފްތާގައެވެ. އެހެން ނަމަވެސް މައިމީހާ ވައިރަހަށް ޕޮޒިޓިވްވެފައިވާ ނަމަ މިއަށް ބަދަލު އާދެއެވެ.

އުފަންވުމާ އެކު ވެކްސިން ދިނުމަށް ދެކޮޅު ހަދާ ފަރާތްތަކުން ވަކާލާތު ކުރަނީ، ތުއްތު ކުދިންނަށް ވެކްސިން ދޭންވާނީ ހަމައެކަނި މައިމީހާ ވައިރަހަށް ޕޮޒިޓިވް ވެފައިވާ ނަމަ ކަމަށެވެ.

ނަމަވެސް ޑޮކްޓަރުން ވިދާޅުވަނީ، މިކަމުގެ ސަބަބުން ބައެއް ތުއްތު ކުދިން ނުރައްކަލުގެ ތެރެއަށް ވެއްޓޭނެ ކަމަށެވެ. އެއީ ބަލިވެއިންނަ ކޮންމެ މީހަކަށް ޓެސްޓުކުރުމުގެ ފުރުސަތު ނުލިބޭތީ އާއި ބައެއް ފަރާތްތަކަށް ހެޕަޓައިޓިސް ބީ އަށް ނެގެޓިވް ނަތީޖާ އޮޅިގެން ލިބިދާނެތީއެވެ.

އެމެރިކާ ގެ ސިއްހަތާ ބެހޭ ވަޒީރު ކެނެޑީ އާއި އޭނާގެ ބައިވެރިން ވަނީ ހެޕަޓައިޓިސް ބީ ވެކްސިންގެ ރައްކާތެރިކަމާ މެދު ސުވާލު އުފައްދާފައެވެ. އަދި މި ބަލި ގިނައިން ފެތުރެނީ ޖިންސީ ގުޅުމުގެ ޒަރީއާއިންނާއި އިންޖެކްޝަން ކަށި ހިއްސާކުރުމުގެ ސަބަބުން ކަމަށް ބުނެފައެވެ.

ނަމަވެސް، ދިރާސާތަކުން ދައްކާ ގޮތުގައި ދަތްއުނގުޅާ ބުރުހާއި ރޭޒަރުފަދަ ތަކެތި ހިއްސާކުރުން ފަދަ ކަންކަމުން ވެސް އެ ބަލި ފެތުރިދާނެއެވެ.

މަޤާމާ ހަވާލުވެވަޑައިގަތް ފަހުން، ކެނެޑީ ވަނީ އެމެރިކާގެ ވެކްސިން ސިޔާސަތަށް ގިނަ ބަދަލުތަކެއް ގެނެސްފައެވެ.

ހެޕަޓައިޓިސް ވެކްސިންސީޑީސީއޭސިޕް

ކޮމެންޓް

އިތުރަށް ކިޔާލަން

ޓްރަމްޕް ވިދާޅުވީ، މާބަނޑު އިރު ޕެރަސެޓަމޯލް ބޭނުން ކުރުމުންނާއި ކުޑަކުދިންނަށް ވެކްސިން ދިނުމުން އޯޓިޒަމްގެ ނުރައްކާ އޮންނަ ކަމަށް، ޑަބްލިޔުއެޗްއޯ އިން ބުނަނީ އެފަދަ ހެތްކެއް ނެތް ކަމަށް!

ޓްރަމްޕް ވިދާޅުވީ، މާބަނޑު އިރު ޕެރަސެޓަމޯލް ބޭނުން ކުރުމުންނާއި ކުޑަކުދިންނަށް ވެކްސިން ދިނުމުން އޯޓިޒަމްގެ ނުރައްކާ އޮންނަ ކަމަށް، ޑަބްލިޔުއެޗްއޯ އިން ބުނަނީ އެފަދަ ހެތްކެއް ނެތް ކަމަށް!

24 ސެޕްޓެމްބަރު 2025
އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

21 ސެޕްޓެމްބަރު 2025
އެމެރިކާގެ މެޑިކަލް ޖަމިއްޔާ ތަކުން، ހެލްތު ސެކްރެޓަރީ ކެނެޑީގެ އިސްތިއުފާ އަށް ގޮވާލައިފި

އެމެރިކާގެ މެޑިކަލް ޖަމިއްޔާ ތަކުން، ހެލްތު ސެކްރެޓަރީ ކެނެޑީގެ އިސްތިއުފާ އަށް ގޮވާލައިފި

05 ސެޕްޓެމްބަރު 2025
ކުޑަކުދިންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް އެމެރިކާގެ ކުޑަކުދިންގެ ސިއްހަތާ ބެހޭ އެކަޑަމީ އިން ލަފާ ދީފި

ކުޑަކުދިންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް އެމެރިކާގެ ކުޑަކުދިންގެ ސިއްހަތާ ބެހޭ އެކަޑަމީ އިން ލަފާ ދީފި

19 އޯގަސްޓު 2025
'ދުނިޔޭގެ ފުރަތަމަ' ގޮނޯރިއާ ވެކްސިން އިނގިރޭސިވިލާތުގައި ދޭން ފަށައިފި

'ދުނިޔޭގެ ފުރަތަމަ' ގޮނޯރިއާ ވެކްސިން އިނގިރޭސިވިލާތުގައި ދޭން ފަށައިފި

04 އޯގަސްޓު 2025

އަހަރުތަކުން މިއަދު

16 ޖެނުއަރީ
ވަގު ފޯމު މައްސަލަ: މިނިސްޓަރ އިހްސާނު ގެ ފޮޓޯތައް ލީކު ކޮށްލި ފަރާތް ހައްޔަރު ކުރަން މަސައްކަތް ފަށައިފި
20251 އަހަރު ކުރިން
ރާއްޖެ

ވަގު ފޯމު މައްސަލަ: މިނިސްޓަރ އިހްސާނު ގެ ފޮޓޯތައް ލީކު ކޮށްލި ފަރާތް ހައްޔަރު ކުރަން މަސައްކަތް ފަށައިފި

ތަސައްވުރަކީ، ސަރުކާރާއި މުއައްސަސާތަކާ ގުޅިގެން ރައްޔިތުންގެ ޚިޔާލާއެކު މާލެސިޓީ ތަރައްޤީކުރުން - އާޒިމް
20242 އަހަރު ކުރިން
ރާއްޖެ

ތަސައްވުރަކީ، ސަރުކާރާއި މުއައްސަސާތަކާ ގުޅިގެން ރައްޔިތުންގެ ޚިޔާލާއެކު މާލެސިޓީ ތަރައްޤީކުރުން - އާޒިމް

ވެއްޓުނު، ނޭޕާލުގެ ފްލައިޓުން ދަތުރުކުރި އެންމެ މީހެއް ފިޔަވައި އެހެން އެންމެން ފެނިއްޖެ
20233 އަހަރު ކުރިން
ދުނިޔެ

ވެއްޓުނު، ނޭޕާލުގެ ފްލައިޓުން ދަތުރުކުރި އެންމެ މީހެއް ފިޔަވައި އެހެން އެންމެން ފެނިއްޖެ

ކޮވިޑްގެ ނުރައްކާ ލެވެލް ރަތް ކުލައަށް، މާލެއިން އެކަނި 826 ކޭސް
20224 އަހަރު ކުރިން
ރާއްޖެ

ކޮވިޑްގެ ނުރައްކާ ލެވެލް ރަތް ކުލައަށް، މާލެއިން އެކަނި 826 ކޭސް

ރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!
20197 އަހަރު ކުރިން
ރިޕޯޓު

ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!

ކުޅުދުއްފުއްޓަށް ވަޑައިގެން މެޑަމް ފާތުން ސިޓީ އުރައިގައި ފައިސާ ބައްސަވައިފި
20188 އަހަރު ކުރިން
ރާއްޖެ

ކުޅުދުއްފުއްޓަށް ވަޑައިގެން މެޑަމް ފާތުން ސިޓީ އުރައިގައި ފައިސާ ބައްސަވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު