Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެދަމަނަވެށި

ދަމަނަވެށީގެ ވެކްސިން ރައްކާ ކުރާ ކޮޓަރީގެ އޭސީ އައުޓްޑޯ ޔުނިޓްތައް ވަގަށް ނަގައިފި

މާލޭގެ ދަމަނަވެށީގައި ވެކްސިން ރައްކާކޮށްފައި ހުންނަ ކޮޓަރީގެ ފަސް އޭސީ އައުޓްޑޯ ޔުނިޓެއް ވަގަށް ނަގާފައިވާތީ، ވެކްސިންތަކުގެ ފިނިހޫނުމިން ހިފެހެއްޓުމަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައި. މި ވައްކަންތައް ހިންގާފައިވަނީ އެ ސަރަހައްދުގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތަކަށް ޖަހާފައިވާ ބިއްގަނޑުގެ ތެރެއިން ވަދެގެން ކަމަށްވާއިރު، ފުލުހުން މި މައްސަލަ ބަލަމުންދަނިކޮށް ވެސް އިތުރު ޔުނިޓެއް ވަނީ ވަގަށް ނަގާފައި. ވެކްސިން ރައްކާކުރާ ތަނުގެ ފިނިހޫނުމިން ވަކި މިންވަރެއްގައި ބަހައްޓަން ޖެހޭތީ، އޭސީތައް ނެތުމުގެ ސަބަބުން އެތަނުގެ މުވައްޒަފުން ދަނީ އެކި ގޮތްގޮތުން ފިނިހޫނުމިން ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރަމުން.

މަޚްތޫމް
މަޚްތޫމް | 6 މެއި 2026 | ބުދަ 11:16
މާލޭގައި ހުންނަ ދަމަނަވެށި.

މާލޭގައި ހުންނަ ދަމަނަވެށި. | ސޯޝަލް މީޑިއާ

ދަމަނަވެށީގެ ވެކްސިން ރައްކާ ކުރާ ކޮޓަރީގެ އޭސީ އައުޓްޑޯ ޔުނިޓްތައް ވަގަށް ނަގައިފި އެވެ. 

ރާއްޖެއެމްވީއަށް މައުލޫމާތު ދިން މީހަކު ބުނީ ދަމަނަވެށީގެ ޖުމްލަ 5 އައްޓްޑޯ ޔުނިޓް ވަގަށް ނަގާފައިވާ ކަމަށެވެ. އެގޮތުން  ބުދަ ދުވަހު 1 އަައުޓޑޯ ޔުނިޓް ވަގަށް ނަގާފައިވާ ކަމަށާއި، އިތުރު 4 ޔުނިޓް ވަގަށް ނަގާފައިވާ ކަމަށެވެ. ދަމަނަވެށީގެ އައުޓްޑޯ ޔުނިޓްތައް ވަގަށް ނަގާފައިވަނީ، ކުރީގެ ތެލެސީމިއާ ސެންޓަރުގައި ޖީޕީ ކްލިނިކެއް ހަދަން އެ ސަރަހައްދުގައި މަސައްކަތް ކުރަމުންދާތަނުގެ ބިއްގަނޑުގެ ތެރެއިން ވަދެގެންނެވެ. 

މައުލޫމާތު ދިން މީހާ ބުނީ އައުޓްޑޯ ޔުނިޓް ނެގިކަން ފާހަގަވެގެން އެކަން ފުލުހުންނަށް ވެސް އެންގި ކަމަށެވެ. އަދި އަންގާރަ ދުވަހު ފުލުހުން ވެސް އެތަނަށް ދިޔަ ކަމަށެވެ. އަދި ފުލުހުން ދިޔަ ފަހުން ބުދަ ދުވަހު އިތުރު އައުޓްޑޯ ޔުނިޓެއް ނަގާފައިވާ ކަމަށެވެ. 

މައުލޫމާތު ލިބޭ ގޮތުގައި އައުޓްޑޯ ޔުނިޓް ނަގާފައި ވަނީ ދަމަނަވެށީގައި ވެކްސިން ރައްކާކޮށްފައި ހުންނަ ކޮޓަރީގެ އެވެ. އަދި އެތަނަކީ ވަކި މިންވަރަކަށް ފިނިހޫނުމިން ބަހައްޓަންޖެހޭ ތަނަކަށް ވެފައި، އޭސީ ނެތުމުން އެތަނުގެ މުވައްޒަފުން ދަނީ އެކި ގޮތްގޮތުން އެތަނުގެ ފިނިހޫނުމިން ހުންނަންޖެހޭ މިންވަރަށް ބެހެއްޓުމުގެ މަސައްކަތް ކުރަމުންނެވެ. 

ދަމަނަވެށީގެ އައުޓްޑޯ ޔުނިޓުތައް ވަގަށް ނަގައި، އެތަނުގައި ރައްކާކޮށްފައި ހުރި ވެކްސިންތައް ހުންނަންޖެހޭ ފިނިހޫނުމިން ނުހިފެހެއްޓޭއިރު، މިހާތަނަށް އެކަން ހައްލުކުރަން އެއްވެސް ކަމެއް ކޮށްފައި ނުވެ އެވެ. 

ދަމަނަވެއްޓަކީ ކުޑަކުދިންނަށް ދޭ ވެކްސިންގެ އިތުރުން ތަފާތު އެކި ބަލިތަކަށް ވެކްސިން ދިނުމާއި، ހައްޖާ އުމްރާއަށް ފުރާ މިހުންނަށް ވެސް ވެކްސިން ދޭ ތަނެވެ. 

ދަމަނަވެށިމާލެވެކްސިންޖީޕީ ކްލިނިކްތެލަސީމިއާ ސެންޓަރުޕޮލިސް

އިތުރަށް ކިޔާލަން

05 މެއި 2026

ބޮޑުތަކުރުފާނު މަގުން ފުލުހުންގެ ކާރާއި ސައިކަލެއް ޖެހި އެކްސިޑެންޓެއްވެއްޖެ

05 މެއި 2026
ބޮޑުތަކުރުފާނު މަގުން ފުލުހުންގެ ކާރާއި ސައިކަލެއް ޖެހި އެކްސިޑެންޓެއްވެއްޖެ
05 މެއި 2026

ދޫނިދޫގައި ބަންދު މީހުންނަށް ކުރާ އަނިޔާއާއި ގުޅޭ ކަންކަން ނޫސްވެރިން ރިޕޯޓްކުރީ ގޯސްކޮށް ކަމަށް ބުނުމަށްފަހު ކަންކަން އިސްލާހު ކުރާނެކަމަށް ފުލުހުން ބުނެފި

05 މެއި 2026
ދޫނިދޫގައި ބަންދު މީހުންނަށް ކުރާ އަނިޔާއާއި ގުޅޭ ކަންކަން ނޫސްވެރިން ރިޕޯޓްކުރީ ގޯސްކޮށް ކަމަށް ބުނުމަށްފަހު ކަންކަން އިސްލާހު ކުރާނެކަމަށް ފުލުހުން ބުނެފި
05 މެއި 2026

އިދިކޮޅު ޕާޓީތަކަށް ފިޔަވަޅު ނާޅާނަމަ އީސީ ވެރިން އިސްތިއުފާ ދެއްވަންޖެހޭ ކަމަށް ވިދާޅުވެ ޕީއެންސީ ޕީޖީ ލީޑަރުގެ އިންޒާރެއް!

05 މެއި 2026
އިދިކޮޅު ޕާޓީތަކަށް ފިޔަވަޅު ނާޅާނަމަ އީސީ ވެރިން އިސްތިއުފާ ދެއްވަންޖެހޭ ކަމަށް ވިދާޅުވެ ޕީއެންސީ ޕީޖީ ލީޑަރުގެ އިންޒާރެއް!
04 މެއި 2026

މިދިޔަ އަހަރު ކުރީ ކޮޅު ފަށާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި މާލޭގެ މަގުތައް ހެދުމުގެ މަޝްރޫއުގެ މަސައްކަތް ފެށޭނެ ދުވަހެއް ކޮންސްޓްރަކްޝަން މިނިސްޓަރަކަށް ވިދާޅެއް ނުވެވުނު.

04 މެއި 2026
މިދިޔަ އަހަރު ކުރީ ކޮޅު ފަށާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި މާލޭގެ މަގުތައް ހެދުމުގެ މަޝްރޫއުގެ މަސައްކަތް ފެށޭނެ ދުވަހެއް ކޮންސްޓްރަކްޝަން މިނިސްޓަރަކަށް ވިދާޅެއް ނުވެވުނު.
29 އެޕްރީލު 2026

ބަނގުރާ ގެންގުޅެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި މާލެއިން ހައްޔަރު ކުރި 3 ބިދޭސީން ޑީޕޯޓް ކޮށްލަނީ

29 އެޕްރީލު 2026
ބަނގުރާ ގެންގުޅެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި މާލެއިން ހައްޔަރު ކުރި 3 ބިދޭސީން ޑީޕޯޓް ކޮށްލަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު