Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ސިއްހަތު
ކޮވިޑް-19

އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

އެމެރިކާގެ ވެކްސިން އާ ބެހޭގޮތުން ލަފާދޭ މުހިންމު ކޮމިޓީ އިން ކޮވިޑް-19 ވެކްސިންގެ އާންމު ބޭނުން ހުއްޓާލަން ފެންނަ ކަމަށް ވަނީ ނިންމާފައެވެ. އަދި އެންމެންނަށް އަހަރަކު އެއްފަހަރު ޖަހަމުން އައި މި ވެކްސިން ކުރިއަށް އޮތްތަނުގައި ޑޮކްޓަރެއްގެ ލަފަޔާއެކު އަމިއްލައަށް ނިންމޭ ގޮތަށް ވަނީ ބަދަލު ކޮށްފައެވެ.

ރާއްޖެ އެމްވީ | 21 ސެޕްޓެމްބަރު 2025 | އާދީއްތަ 16:13
ކޮވިޑް-19 ވެކްސިން

ކޮވިޑް-19 ވެކްސިން

އެމެރިކާގެ މުހިންމު ވެކްސިން އާ ބެހޭ ކޮމިޓީއަކުން، ބޮޑެތި މީހުންނަށް ކޮވިޑް ވެކްސިން ޖެހުމަށް ލަފާ ނުދިނުމަށް ނިންމައިފިއެވެ.

ކޮމިޓީން މިގޮތައް ނިންމި އިރު ބަލިމަޑުކަމަށްފަހު މިހާތަނަށް އޮތީ އެމެރިކާ ރައްޔިތުންނަށް އަހަރަކު އެއްފަހަރު ކޮވިޑް-19 ވެކްސިން ޖެހުމަށް ހުއްދަ ދީފައެވެ.

އެޑްވައިޒަރީ ކޮމިޓީ އޮން އިމިއުނައިޒޭޝަން ޕްރެކްޓިސަސް (އޭސިޕް) އިން ވަނީ ކޮވިޑް ވެކްސިން ޕްރިސްކްރައިބް ކުރުމަށް ތާއީދު ނުކުރުމަށް ވެސް ވޯޓު ދީފައެވެ.

ޕެނަލުން ހުކުރު ދުވަހު ވަނީ، ވޭތުވެދިޔަ އަހަރުތަކުގައި ކޮންމެ އަހަރަކު އެއްފަހަރު ފްލޫ ވެކްސިން ޖެހުން ފަދައިން، ޖެހުމަށް އާންމު ކޮށް ލަފާދީފައިވާ ކޮވިޑް-19 ވެކްސިނާ މެދު ފުޅާ ދާއިރާ އެއްގައި މަޝްވަރާކޮށްފައެވެ.

އޭސިޕް އިން ވަނީ 65 އަހަރުން މަތީގެ މީހުން ފަދަ ރިސްކް ބޮޑު އާބާދީތަކަށް ވެސް ކޮވިޑް ވެކްސިން ޖެހުމަށް ތާއީދު ނުކުރުމަށް ވެސް ވޯޓު ދީފައެވެ.

އޭގެ ބަދަލުގައި އެމީހުން ނިންމީ މެޑިކަލް ޕްރޮފެޝަނަލަކާ މަޝްވަރާ ކުރުމަށް ފަހު އެމީހުންނަށް އަމިއްލައަށް ވެކްސިން ޖެހުމާ މެދު ގޮތެއް ނިންމިދާނެ ކަމަށެވެ.

މެއި މަހު، އެމެރިކާގެ ފެޑެރަލް ސަރުކާރުން ވަނީ ދުޅަހެޔޮ ސިއްހަތެއްގައި ތިބި މާބަނޑު އަންހެނުންނާއި ކުޑަކުދިންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާދިނުން ހުއްޓާލާފައެވެ.

ބުރާސްފަތި ދުވަހު، ޕެނަލުން ވަނީ 4 އަހަރުން ދަށުގެ ކުދިންނަށް އެމްއެމްއާރްވީ ކޮމްބައިންޑް ވެކްސިން ޖެހުމަށް ލަފާ ނުދިނުމަށް ވޯޓު ދީފައެވެ.

ނަމަވެސް ހުކުރު ދުވަހު ޕެނަލުން ނިންމީ ވަކި ދެ ވެކްސިނެއް ދިނުމަށް ތާއީދު ކުރުމަށެވެ - މީސްލްސް އާއި މަމްޕްސް އާއި ރުބެއްލާއަށް އެއް ވެކްސިން، އަދި ވެރިސެއްލާއަށް އަނެއް ވެކްސިން ދިނުމަށް ފެންނަ ކަމުގައެވެ.

މަސްދަރު: ބީބީސީ

އެމެރިކާކޮވިޑް-19އޭސިޕްވެކްސިން

ކޮމެންޓް

އިތުރަށް ކިޔާލަން

ހެޕަޓައިޓިސް ބީ ވެކްސިން އުފަންވުމާއެކު ދިނުމުގެ އުސޫލު ނިމުމަކަށް ގެނައުމަށް އެމެރިކާގެ ވެކްސިން ކޮމިޓީ އިން ފާސްކޮށްފި

ހެޕަޓައިޓިސް ބީ ވެކްސިން އުފަންވުމާއެކު ދިނުމުގެ އުސޫލު ނިމުމަކަށް ގެނައުމަށް އެމެރިކާގެ ވެކްސިން ކޮމިޓީ އިން ފާސްކޮށްފި

06 ޑިސެމްބަރު 2025
ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

30 ސެޕްޓެމްބަރު 2025
ޓްރަމްޕް ވިދާޅުވީ، މާބަނޑު އިރު ޕެރަސެޓަމޯލް ބޭނުން ކުރުމުންނާއި ކުޑަކުދިންނަށް ވެކްސިން ދިނުމުން އޯޓިޒަމްގެ ނުރައްކާ އޮންނަ ކަމަށް، ޑަބްލިޔުއެޗްއޯ އިން ބުނަނީ އެފަދަ ހެތްކެއް ނެތް ކަމަށް!

ޓްރަމްޕް ވިދާޅުވީ، މާބަނޑު އިރު ޕެރަސެޓަމޯލް ބޭނުން ކުރުމުންނާއި ކުޑަކުދިންނަށް ވެކްސިން ދިނުމުން އޯޓިޒަމްގެ ނުރައްކާ އޮންނަ ކަމަށް، ޑަބްލިޔުއެޗްއޯ އިން ބުނަނީ އެފަދަ ހެތްކެއް ނެތް ކަމަށް!

24 ސެޕްޓެމްބަރު 2025
 ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

11 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

15 އެޕްރީލު
އިގްތިޞާދު ބިނާކުރެވެނީ ޓިކްޓޮކް ކުޅެގެންތޯއެވެ.
20251 އަހަރު ކުރިން
ރިޕޯޓު

އިގްތިޞާދު ބިނާކުރެވެނީ ޓިކްޓޮކް ކުޅެގެންތޯއެވެ.

ޕްރެޝަރު ބޮޑުވެ، ސަރުކާރުން މަގޫދޫ ރައްޔިތުން "ގުނބޯ" ހައްދަން މަސައްކަތް ކުރަނީ!
20242 އަހަރު ކުރިން
ރިޕޯޓު

ޕްރެޝަރު ބޮޑުވެ، ސަރުކާރުން މަގޫދޫ ރައްޔިތުން "ގުނބޯ" ހައްދަން މަސައްކަތް ކުރަނީ!

އާމިލާ - "ބިޒީ މަންމަ އެއް، ހުށަހެޅުމާއި މަދަހަކިޔުމަށް ރަނގަޅު ފުރުސަތެއްގެ އުންމީދުގައި"
20233 އަހަރު ކުރިން
ރިޕޯޓު

އާމިލާ - "ބިޒީ މަންމަ އެއް، ހުށަހެޅުމާއި މަދަހަކިޔުމަށް ރަނގަޅު ފުރުސަތެއްގެ އުންމީދުގައި"

ޔޫކްރެއިންގެ 3،000 ސިފައިން މަރުވެއްޖެ، ރައީސް އެދިވަޑައިގަންނަވަނީ ރަޝިޔާއަކީ ޓެރަރިޒަމަށް ވާގިވެރިވާ ގައުމެއްގެގޮތުގައި ކަނޑައެޅުމަށް
20224 އަހަރު ކުރިން
ދުނިޔެ

ޔޫކްރެއިންގެ 3،000 ސިފައިން މަރުވެއްޖެ، ރައީސް އެދިވަޑައިގަންނަވަނީ ރަޝިޔާއަކީ ޓެރަރިޒަމަށް ވާގިވެރިވާ ގައުމެއްގެގޮތުގައި ކަނޑައެޅުމަށް

މާލެ ރައްޔިތުންގެ 24 އިންސައްތަ ލިބުމުން އެއީ ޕާޓީކުރަންވީ ސަބަބެއް ނޫން!
20215 އަހަރު ކުރިން
ރިޕޯޓު

މާލެ ރައްޔިތުންގެ 24 އިންސައްތަ ލިބުމުން އެއީ ޕާޓީކުރަންވީ ސަބަބެއް ނޫން!

ހަނގާ ކުރުން ހުއްޓުވަން ލަސްވެއްޖެ
20197 އަހަރު ކުރިން
ރިޕޯޓު

ހަނގާ ކުރުން ހުއްޓުވަން ލަސްވެއްޖެ

ރައީސް ޔާމީންގެ ދަނޑިމާރު ސަރުކާރު
20188 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީންގެ ދަނޑިމާރު ސަރުކާރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު