Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ސިއްހަތު
ޕެރަސެޓަމޯލް

ޓްރަމްޕް ވިދާޅުވީ، މާބަނޑު އިރު ޕެރަސެޓަމޯލް ބޭނުން ކުރުމުންނާއި ކުޑަކުދިންނަށް ވެކްސިން ދިނުމުން އޯޓިޒަމްގެ ނުރައްކާ އޮންނަ ކަމަށް، ޑަބްލިޔުއެޗްއޯ އިން ބުނަނީ އެފަދަ ހެތްކެއް ނެތް ކަމަށް!

ޓްރަމްޕްގެ ވާހަކަފުޅުތަކާ ގުޅޭގޮތުން އިތުރަށް ތަފްސީލު ދިނުމަށް އެދުމުން، ޑަބްލިޔުއެޗްއޯ ގެ ތަރުޖަމާނު ވިދާޅުވީ، ވެކްސިން ދީގެން އޯޓިޒަމް ނުޖެހޭ ކަމަށާއި އަދި ވެކްސިން އަކީ ފުރާނަ ސަލާމަތްކުރާ އެއްޗެއްކަން ކަށަވަރުކޮށްދީފައި ކަމަށެވެ. "މިއީ ސައިންސް އިން ސާބިތުކޮށްދީފައިވާ ކަމެކެވެ. އަދި މިފަދަ ކަންކަމާމެދު ސުވާލު އުފައްދާކަށް ނުޖެހޭނެއެވެ،"

ރާއްޖެ އެމްވީ | 24 ސެޕްޓެމްބަރު 2025 | ބުދަ 09:18
މިހާރުގެ ސިއްހީ އިރުޝާދަކީ މާބަނޑު މީހުންނާއި ގާތުން ކިރުދޭ އަންހެނުންނަށް ޕެރަސިޓަމޯލް ރައްކާތެރިކަމާއެކު ބޭނުންކުރެވިދާނެ ކަމަށް

މިހާރުގެ ސިއްހީ އިރުޝާދަކީ މާބަނޑު މީހުންނާއި ގާތުން ކިރުދޭ އަންހެނުންނަށް ޕެރަސިޓަމޯލް ރައްކާތެރިކަމާއެކު ބޭނުންކުރެވިދާނެ ކަމަށް

މާބަނޑު އިރު ޕެރަސެޓަމޯލް ބޭނުންކުރުމާއި އޯޓިޒަމްއާ ދެމެދު ގުޅުމެއް ހުރިކަން ކަށަވަރުކޮށްދޭ އެއްވެސް ސައިންޓިފިކް ހެކިތަކެއް މިވަގުތު ނެތް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިޔުއެޗްއޯ) އިން ބުނެފިއެވެ.

ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ އިން މިހެން ބުނެފައިވާއިރު މާބަނޑު މީހުން ޕެރަސެޓަމޯލް ބޭނުން ކުރުމާ އޯޓިޒަމް ބައްޔާ ގުޅުން ހުރި ކަމަށް ދޭހަވާ ގޮތައް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ހޯމަ ދުވަހު ވާހަކަފުޅު ދައްކަވާފައެވެ.

އޭގެ އިތުރުން ޓްރަމްޕް ވިދާޅުވީ ކުޑަކުދިންނަށް ދޭ ވެކްސިން ގެ ސަބަބުން އޯޓިޒަމް ޖެހުމުގެ ފުރުސަތު އޮތް ކަމުގައެވެ.

ޔޫރަޕިއަން މެޑިސިންސް އޭޖެންސީ (އީއެމްއޭ) އިން އަންގާރަ ދުވަހު ބުނެފައިވަނީ، އެމެރިކާގައި ޓައިލެނޯލްގެ ނަމުގައި މަޝްހޫރު ޕެރަސެޓަމޯލް މާބަނޑު ދުވަސްވަރު ބޭނުންކުރުމާ ގުޅޭގޮތުން މިހާރު އެ ސަރަޙައްދުގައި ދެވިފައިވާ ލަފާތަކަށް ބަދަލެއް ގެންނަންޖެހޭ ފަދަ އައު ހެއްކެއް ނެތް ކަމަށެވެ.

"މާބަނޑު ދުވަސްވަރު ޕެރަސެޓަމޯލް ބޭނުންކުރުމާއި އޯޓިޒަމްއާ ދެމެދު ގުޅުމެއް ވާކަމަށް ލިބިފައިވާ ހެކިތަކުން ދައްކާފައެއް ނުވެއެވެ،" އީއެމްއޭ އިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ. އަދި އިތުރަށް ބުނެފައި ވަނީ ބޭނުންވެއްޖެ ހިނދެއްގައި މާބަނޑު ދުވަސްވަރު ޕެރަސެޓަމޯލް ބޭނުންކުރެވިދާނެ ކަމަށެވެ. ނަމަވެސް ބޭސް ބޭނުން ކުރުމުގައި އެންމެ ދަށް އަދި އެކަށީގެންވާ މިންވަރަކަށް ބޭނުން ކުރުމަށާއި ތަކުރާރުކޮށް ބޭނުންކުރުމަށް އިރުޝާދު ދީފައިވެއެވެ.

ހޯމަ ދުވަހު އިނގިރޭސިވިލާތުގެ ސިއްޙަތާ ބެހޭ އޮފިޝަލުން ބުނެފައިވަނީ މިއީ ރައްކާތެރިކަމާއެކު ބެކު ބޭނުންކުރެވިދާނެ ބޭހެއް ކަމަށެވެ.

މާބަނޑު ދުވަސްވަރު ޕެރަސެޓަމޯލް ބޭނުންކުރުމާއި އޯޓިޒަމްއާ ދެމެދު އޮތް ގުޅުމާ ބެހޭގޮތުން ކުރެވުނު ސުވާލަކަށް ޖަވާބު ދެއްވަމުން ޖެނީވާގައި ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑަބްލިޔުއެޗްއޯގެ ތަރުޖަމާނު ޠާރިޤް ޖަޝާރެވިޗް، ވަކި ދިރާސާ އަކަށް ހަވާލާ ނުދެއްވާ ވިދާޅުވީ، އަދި މިހާތަނަށް ސާބިތު ނުކުރެވޭ ބައެއް ހޯދުންތަކުން އެފަދަ ނަތީޖާ އެއް ފެނިދާނެ ކަމަށް ބުނި ނަމަވެސް ފަހުން ކުރެވުނު ދިރާސާތަކުން މިކަން ކަށަވަރުކޮށްދީފައި ނުވާ ކަމުގައެވެ.

ހޯމަ ދުވަހު ވައިޓް ހައުސްގައި ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓްރަމްޕް ވަނީ މާބަނޑު އަންހެނުންނަށާއި ތުއްތު ކުދިންގެ މައިންބަަފައިންނަށް ސިއްހީ އިރުޝާދު ދެއްވާފައެވެ. އޭނާ ތަކުރާރުކޮށް ވިދާޅުވީ ތަދު ކެނޑުވުމަށް ބޭނުން ކުރާ މި ބޭސް ބޭނުން ނުކުރުމަށާއި ދަރިފުޅަށް ނުދިނުމަށް ބާރު އަޅުއްވާ ކަމުގައެވެ. އަދި އޭނާ ވަނީ އާންމު ވެކްސިންތައް އެއްފަހަރާ ކުޑަކުދިންނަށް ނުދިނުމަށާއި ކުއްޖާގެ އުމުރުން ވަރަށް ހަގު އިރު ނުދިނުމަށް ލަފާ ދެއްވާފައެވެ.

ޓްރަމްޕްގެ މި ލަފާ ސިއްހީ ތަޖުރިބާރާކުން ދީ ފައިވާ ލަފަޔާ ދިމާ އިދިކޮޅުކަން ފާހަގަ ކުރެވެއެވެ. ގިނަ ދިރާސާތަކުގެ މަޢުލޫމާތުތަކަށް ހަވާލާދީ، އެ ފަރާތްތަކުން ބުނެފައިވަނީ ޓައިލެނޯލްގައި ހިމެނޭ މައިގަނޑު މާއްދާއެއް ކަމުގައިވާ އެސެޓަމިނޯފެން އަކީ މާބަނޑު އަންހެނުންގެ ދުޅަހެޔޮކަމަށް ރައްކާތެރި ދައުރެއް އަދާކުރާ މާއްދާއެއް ކަމަށެވެ.

ޓްރަމްޕްގެ ވާހަކަފުޅުތަކާ ގުޅޭގޮތުން އިތުރަށް ތަފްސީލު ދިނުމަށް އެދުމުން، ޑަބްލިޔުއެޗްއޯ ގެ ތަރުޖަމާނު އިތުރަށް ވިދާޅުވީ، ވެކްސިން ދީގެން އޯޓިޒަމް ނުޖެހޭ ކަމަށާއި އަދި ވެކްސިން އަކީ ފުރާނަ ސަލާމަތްކުރާ އެއްޗެއްކަން ކަށަވަރުކޮށްދީފައި ކަމަށެވެ. "މިއީ ސައިންސް އިން ސާބިތުކޮށްދީފައިވާ ކަމެކެވެ. އަދި މިފަދަ ކަންކަމާމެދު ސުވާލު އުފައްދާކަށް ނުޖެހޭނެއެވެ،" އޭނާ އިތުރަށް ވިދާޅުވިއެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާޕެރެސެޓަމޯލްއޯޓިޒަމްޑޮނަލްޑް ޓްރަމްޕްވެކްސިންޓައިލެނޯލް

ކޮމެންޓް

އިތުރަށް ކިޔާލަން

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025
ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ

ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ

09 ޑިސެމްބަރު 2025
އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

13 މެއި
ފަނޑިޔާރުކަމުގެ މަގާމުން އަޒުލުކޮށްފައިވަނީ ބުއްދީގެ ހަމަތަކާ އިންސާފު އިސްނުކުރައްވާ އަޅުވެތި ކުދި ސޯބުތަކެއްގެ ގޮތުގައި މަސައްކަތް ކުރައްވައިގެން: އަޒްމިރަލްދާ
20251 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުކަމުގެ މަގާމުން އަޒުލުކޮށްފައިވަނީ ބުއްދީގެ ހަމަތަކާ އިންސާފު އިސްނުކުރައްވާ އަޅުވެތި ކުދި ސޯބުތަކެއްގެ ގޮތުގައި މަސައްކަތް ކުރައްވައިގެން: އަޒްމިރަލްދާ

މަންޒަރު ބަދަލުވެއްޖެ، މިއީ ކާކު؟
20242 އަހަރު ކުރިން
މީހުން

މަންޒަރު ބަދަލުވެއްޖެ، މިއީ ކާކު؟

ރާއްޖޭގެ އިރުދެކުނުގައި ތޫފާނެއް އުފެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އިރުދެކުނުގައި ތޫފާނެއް އުފެދިއްޖެ

100 ކިލޯ ޑްރަގް ކޭސް: ޓްރެފިކިންގ ދައުވާއިން ސަލާމަތްވުމުގެ ފުރުސަތު ފަހިވީ ފުލުހަކަށް ހެދުނު ގޯހަކުން
20224 އަހަރު ކުރިން
ރިޕޯޓު

100 ކިލޯ ޑްރަގް ކޭސް: ޓްރެފިކިންގ ދައުވާއިން ސަލާމަތްވުމުގެ ފުރުސަތު ފަހިވީ ފުލުހަކަށް ހެދުނު ގޯހަކުން

"މެންބަރަކު ގުޅުއްވި، ވިދާޅުވީ ރައީސަށް ބައްލަވައްޗޭ"
20215 އަހަރު ކުރިން
ރިޕޯޓު

"މެންބަރަކު ގުޅުއްވި، ވިދާޅުވީ ރައީސަށް ބައްލަވައްޗޭ"

ލުތުފަރު މަރާލީ ގޮތް ކުޅުވައިފި
20197 އަހަރު ކުރިން
ރާއްޖެ

ލުތުފަރު މަރާލީ ގޮތް ކުޅުވައިފި

ސުނާމީ ބިނާ ސަރަހައްދު ކުއްޔަށް ދޫކުރުމަށް ނިންމައިފި
20188 އަހަރު ކުރިން
ރާއްޖެ

ސުނާމީ ބިނާ ސަރަހައްދު ކުއްޔަށް ދޫކުރުމަށް ނިންމައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު