Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ސިއްހަތު
ވެކްސިން

އެމެރިކާގެ ކުޑަކުދިންނަށް ދޭ ވެކްސިން ގެ ސިޔާސަތައް ބޮޑެތި ބަދަލުތަކެއް ގެނެސް، ދޭން ޖެހޭ ވެކްސިން ގެ އަދަދު ދަށްކޮށްފި

ޓްރަމްޕްގެ ސަރުކާރުން އެމެރިކާގެ ކުޑަކުދިންނަށް ދޭ ވެކްސިންތަކުގެ އަދަދު 17 އިން 11 އަށް މަދުކޮށްފައިވާއިރު، ރޮޓާވައިރަސް އާއި އިންފްލުއެންޒާ ފަދަ ބަލިތަކުގެ ވެކްސިން ހުރިހާ ކުދިންނަށް ދިނުމަށް މިހާރު އިރުޝާދެއް ނުދޭ.

ރާއްޖެ އެމްވީ | 6 ޖެނުއަރީ 2026 | އަންގާރަ 09:49
ކުޑަކުއްޖަކަށް ވެކްސިން ޖަހަނީ

ކުޑަކުއްޖަކަށް ވެކްސިން ޖަހަނީ | ގެޓީ އިމޭޖަސް

އެމެރިކާގެ ކުޑަކުދިންނަށް ދޭ ވެކްސިން ގެ ސިޔާސަތައް ބޮޑެތި ބަދަލުތަކެއް ގެނެސް، ދޭ ވެކްސިންތަކުގެ އަދަދު މަދުކުރުމަށް އެގައުމުގެ ސަރުކާރުން ނިންމައިފި އެވެ.

ޓްރަމްޕްގެ ސަރުކާރުން ހޯމަ ދުވަހު ވަނީ އެމެރިކާގެ ކުޑަކުދިންނަށް ވެކްސިން ދިނުމުގެ ތާވަލަށް ބޮޑެތި ބަދަލުތަކެއް ގެނެސްފަ އެވެ. މިއީ ބަލިތަކުން ރައްކާތެރިވުމަށްޓަކައި ސައިންޓިފިކް ހޯދުންތަކުގެ މައްޗަށް ބިނާކޮށް އެތައް އަހަރެއް ވަންދެން އަމަލުކުރަމުން އައި އުސޫލުތަކަށް ގެނައި ވަރަށް ބޮޑު ބަދަލެކެވެ.

ވެކްސިންތަކާ މެދު ސުވާލު އުފައްދަވާ ބޭފުޅެއްގެ ގޮތުގައި މަޝްހޫރުވެފައިވާ ރޮބަޓް އެފް. ކެނެޑީ ޖޫނިއާ އިސްކޮށް ހުންނަވާ އެމެރިކާގެ ހެލްތު ޑިޕާޓްމަންޓުން އިއުލާނުކުރި މި ބަދަލާ އެކު، ރޮޓާވައިރަސް އާއި އިންފްލުއެންޒާ ފަދަ ބަލިތަކުން ރައްކާތެރިވުމަށް ހުރިހާ ކުދިންނަށް ވެކްސިން ދިނުމަށް ދެން އެގައުމުން އިރުޝާދެއް ނުދޭނެ އެވެ.

އެމެރިކާގެ ސެންޓަރ ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީ.ޑީ.ސީ) އިން ދެން އިރުޝާދު ދޭނީ މި ބަލިތަކުގެ އިތުރުން ހެޕަޓައިޓިސް އޭ، ހެޕަޓައިޓިސް ބީ އަދި މެނިންގޯކޮކަލް ފަދަ ބަލިތަކުން ރައްކާތެރިވުމަށް ދޭ ވެކްސިންތަކަކީ ހަމައެކަނި ބަލީގެ ނުރައްކާ ބޮޑު ކުދިންނަށް ނުވަތަ ބެލެނިވެރިންނާއި ޑޮކްޓަރުން އެއީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް ދެކޭ ހާލަތްތަކުގައި ދޭ އެއްޗެއްގެ ގޮތުގައެވެ. މިއީ ކުރިން އޮތް އާންމު އުސޫލަށް އައި ބޮޑު ބަދަލެއްގެ ގޮތުގައި ވަނީ ފާހަގަ ކުރެވިފަ އެވެ.

އެ އިދާރާ އިން 2025 ވަނަ އަހަރު ކޮވިޑް-19 ގެ ވެކްސިން ދިނުމުގައި ވެސް ވަނީ މި އުސޫލަށް އަމަލުކުރަން ފަށާފަ އެވެ.

2024 ވަނަ އަހަރުގެ ނިޔަލަށް ސީ.ޑީ.ސީ އިން ކޮންމެ ކުއްޖަކަށް 17 ވެކްސިނެއް ދިނުމަށް ލަފާދީފައި އޮތް ނަމަވެސް، މިހާރު އެ އަދަދު ވަނީ 11 އަށް މަދުކޮށްފަ އެވެ.

ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ މި ބަދަލުތަކަށް ތައުރީފު ކުރައްވާފަ އެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ކެނެޑީގެ ސިޔާސަތުތަކަށް ތާއީދުކުރާ އޮންލައިން އިންފްލުއެންސަރުންގެ ގުރޫޕެއް ކަމަށްވާ "މާހާ މަމްސް" އިން ދިޔައީ މިފަދަ "ބުއްދިވެރި" އިސްލާހުތަކަކަށް އެދި އެތައް އަހަރެއް ވަންދެން އެދެމުން ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.

މި ބަދަލުތަކާ ގުޅިގެން ޓްރަމްޕް ކުރެއްވި މެސެޖުގެ ކުރިން، އޭނާ ވަނީ ވެކްސިންގެ ރައްކާތެރިކަމާ މެދު ސައިންޓިފިކް ހަގީގަތްތަކާ ހިލާފު ވާހަކަތަކެއް ހިމެނޭ ޕޯސްޓެއް 'ޓްރުތް ސޯޝަލް' ގައި ކުރައްވާފަ އެވެ.

މި ނިންމުމަކީ އެމެރިކާގެ ވެކްސިން ޝެޑިއުލް އެހެން ގައުމުތަކާ އަޅާކިޔުމަށް ޓްރަމްޕް މިދިޔަ މަހު ދެއްވި އިރުޝާދުގެ ދަށުން ނިންމި ނިންމުމެކެވެ. މިގޮތުން އެންމެ ބޮޑަށް ބަލާފައި ވަނީ ޑެންމާކުގެ ވެކްސިން ތާވަލަށެވެ. އެމެރިކާގެ އާ އިރުޝާދުތައް މިހާރު ބޮޑަށް އެއްގޮތީ އެ ގައުމުގެ އުސޫލުތަކާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

"ހެކިތަކަށް ފުރިހަމައަށް ބެލުމަށްފަހު، އަޅުގަނޑުމެން މިވަނީ އެމެރިކާގެ ކުޑަކުދިންގެ ވެކްސިން ތާވަލު ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތްކޮށް، ހާމަކަން ބޮޑު އަދި މައުލޫމާތު ލިބިގެން ދޭ އެއްޗެއްގެ ގޮތަށް އުސޫލު ވަރުގަދަކޮށްފައި. މި ނިންމުމުގެ ސަބަބުން ކުދިން ރައްކާތެރިކޮށްދީ، އާއިލާތަކަށް އިހުތިރާމްކޮށް، އާންމު ސިއްހީ ނިޒާމަށް އޮތް އިތުބާރު އަލުން އާލާވާނެ،" ކެނެޑީ ނެރުއްވި ބަޔާނެއްގައި ވިދާޅުވިއެވެ.

ނަމަވެސް، ސިއްހީ މާހިރުން ވަނީ މި ބަދަލަށް ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ.

އެމެރިކަން އެކަޑަމީ އޮފް ޕީޑިއަޓްރިކްސް ކޮމިޓީ އޮން އިންފެކްޝަސް ޑިޒީޒަސްގެ މުގައްރިރު ޝޯން އޯލިއަރީ ވިދާޅުވީ، އެމެރިކާގެ ކުޑަކުދިންގެ ވެކްސިން ތާވަލަކީ ނުރައްކާތެރި އަދި ފުރާނަ އަށް ގެއްލުންދޭ ބަލިތަކުން ކުދިން ރައްކާތެރިކުރުމަށްޓަކައި އެންމެ ބޮޑަށް ދިރާސާކުރެވިފައިވާ އެއް ވަސީލަތް ކަމަށެވެ.

"ވެކްސިން ތާވަލާ މެދު ނިންމާ ކޮންމެ ނިންމުމަކީ ސައިންޓިފިކް ހެކިތަކާއި، ހާމަކަން ބޮޑު އިޖުރާއަތްތަކުގެ މައްޗަށް ބިނާވެފައިވާ ކަމަކަށް ވާންޖެހޭނެ. އެއީ ގައުމުތަކާއި ސިއްހީ ނިޒާމުތަކުގެ މެދުގައި ހުރި މުހިންމު ތަފާތުތަކަށް ނުބަލައި ހަމައެކަނި އަޅާކިޔުމެއްގެ މައްޗަށް ނިންމާ ނިންމުމަކަށް ވެގެން ނުވާނެ،" އޭނާ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވި އެވެ.

ޔުނިވަރސިޓީ އޮފް މިނެސޮޓާގެ 'ވެކްސިން އިންޓެގްރިޓީ ޕްރޮޖެކްޓް' ގެ މާހިރުން ފާހަގަކުރެއްވި ގޮތުގައި، އެމެރިކާގެ ވެކްސިން ތާވަލު ކުރިން ވެސް އޮތީ ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށެވެ.

އެމެރިކާރޮބަޓް ކެނެޑީ ޖޫނިއަރރައީސް ޑޮނަލްޑް ޓްރަމްޕްސެންޓަރ ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަންޔުނިވަރސިޓީ އޮފް މިނެސޮޓާވެކްސިން

ކޮމެންޓް

އިތުރަށް ކިޔާލަން

ވެނެޒުއޭލާ އާ ގުޅުން އޮތް ކަމަށް ބުނާ ރަޝިޔާގެ ދިދަ ނެގި ތެޔޮ ޓޭންކަރު އެމެރިކާ ސިފައިން ހިފައިފި

ވެނެޒުއޭލާ އާ ގުޅުން އޮތް ކަމަށް ބުނާ ރަޝިޔާގެ ދިދަ ނެގި ތެޔޮ ޓޭންކަރު އެމެރިކާ ސިފައިން ހިފައިފި

07 ޖެނުއަރީ 2026
މިޑް ޓާމް އިންތިޚާބުގައި ރިޕަބްލިކަނުން ބަލިވެއްޖެ ނަމަ، އަހަރެން އަޒުލު ކުރާނެ: ޓްރަމްޕް

މިޑް ޓާމް އިންތިޚާބުގައި ރިޕަބްލިކަނުން ބަލިވެއްޖެ ނަމަ، އަހަރެން އަޒުލު ކުރާނެ: ޓްރަމްޕް

07 ޖެނުއަރީ 2026
ޓްރަމްޕް ގްރީންލޭންޑަށް ބިރުދެއްކުމާ ގުޅިގެން ނޭޓޯ އާއި ވިލާތުގެ އިއްތިހާދަށް ނުތަނަވަސްކަން

ޓްރަމްޕް ގްރީންލޭންޑަށް ބިރުދެއްކުމާ ގުޅިގެން ނޭޓޯ އާއި ވިލާތުގެ އިއްތިހާދަށް ނުތަނަވަސްކަން

07 ޖެނުއަރީ 2026
ޔޫކްރެއިން އަށް ސަލާމަތީ ޔަޤީންކަން ދިނުމަށް، ޔޫރަޕާއި އެމެރިކާގެ އިއްތިހާދުން އެއްބަސްވެއްޖެ

ޔޫކްރެއިން އަށް ސަލާމަތީ ޔަޤީންކަން ދިނުމަށް، ޔޫރަޕާއި އެމެރިކާގެ އިއްތިހާދުން އެއްބަސްވެއްޖެ

07 ޖެނުއަރީ 2026
އެމެރިކާގެ ރައީސް ޓްރަމްޕްގެ ނެށުން މަދޫރޯ ކޮޕީކޮށް މަލާމާތް ކުރުމުން އެމެެރިކާ ސަރުކާރުން އޭނާ ހައްޔަރު ކުރުމަށް އިތުރު ބާރަކަށްވި

އެމެރިކާގެ ރައީސް ޓްރަމްޕްގެ ނެށުން މަދޫރޯ ކޮޕީކޮށް މަލާމާތް ކުރުމުން އެމެެރިކާ ސަރުކާރުން އޭނާ ހައްޔަރު ކުރުމަށް އިތުރު ބާރަކަށްވި

07 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

1 ފެބުރުއަރީ
ކުއިކް އެމްވީ ޓެކްސީ އެޕްލިކޭޝަނުން، ޓެކްސީ ދަތުރުތަކަށް އިތުރު ލުއިފަސޭހަކަން!
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކުއިކް އެމްވީ ޓެކްސީ އެޕްލިކޭޝަނުން، ޓެކްސީ ދަތުރުތަކަށް އިތުރު ލުއިފަސޭހަކަން!

ބްރިޖް ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި، ކާރެއް ކޮންޓްރޯލްނުވެ ގޮސް އެރީ ސޯލާ ޕެނަލްތަކުގެ ދަގަނޑުތަކަށް، ގެއްލުން ބޮޑު!
20242 އަހަރު ކުރިން
ރާއްޖެ

ބްރިޖް ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި، ކާރެއް ކޮންޓްރޯލްނުވެ ގޮސް އެރީ ސޯލާ ޕެނަލްތަކުގެ ދަގަނޑުތަކަށް، ގެއްލުން ބޮޑު!

ރައީސާ ދެކޮޅަށް ލޭއޮހޮރުވުމަކަށް ދާން ގޮވާލި މައްސަލަ ފުލުހުން ބަލަން ފަށައިފި
20233 އަހަރު ކުރިން
ރާއްޖެ

ރައީސާ ދެކޮޅަށް ލޭއޮހޮރުވުމަކަށް ދާން ގޮވާލި މައްސަލަ ފުލުހުން ބަލަން ފަށައިފި

ފަރާ: ކުޅި، ފާ އަދި ޗަސްބިންތަކަށް އާދަޔާޚިލާފު ލޯތްބެއް
20224 އަހަރު ކުރިން
ރިޕޯޓު

ފަރާ: ކުޅި، ފާ އަދި ޗަސްބިންތަކަށް އާދަޔާޚިލާފު ލޯތްބެއް

އިދިކޮޅުގެ ސިޔާސީ ގޭމް މިފަހަރު ގޮވީ އަތަށް!
20215 އަހަރު ކުރިން
ރިޕޯޓު

އިދިކޮޅުގެ ސިޔާސީ ގޭމް މިފަހަރު ގޮވީ އަތަށް!

ރާޑަރު ބަހައްޓާ ވާހަކަ ދެއްކީ މި ސަރުކާރަކުން ނޫން!
20197 އަހަރު ކުރިން
ރިޕޯޓު

ރާޑަރު ބަހައްޓާ ވާހަކަ ދެއްކީ މި ސަރުކާރަކުން ނޫން!

ފުލުހުންތަކެއް މުޒާހަރާގެ ބައިވެރިނާ ގުޅިގެން، އަޑުއުފުލާ މަންޒަރު ފެންނަ ވީޑިއޯއެއް!
20188 އަހަރު ކުރިން
ރާއްޖެ

ފުލުހުންތަކެއް މުޒާހަރާގެ ބައިވެރިނާ ގުޅިގެން، އަޑުއުފުލާ މަންޒަރު ފެންނަ ވީޑިއޯއެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު