Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ގަޒުފު ތުހުމަތު

ޒިނޭގެ ތުހުމަތު ނޫން ގޮތަކަށް، އެ ވަށައިގެން އެހެން ގޮތްގޮތަށް ބުނެވޭ ބަހަކުން ގަޒުފެއް ނުކުރެވޭނެ: ޑރ. ޖަމީލް

ގަޒުފުގެ ކުށް ސާބިތުކުރުމުގައި ޒިނޭގެ ތުހުމަތު ސީދާ ގޮތެއްގައި ނުވަތަ ސާފު މާނައެއް ދޭހަވާ ގޮތަށް ކުރަންޖެހޭނެ ކަމަށް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ. އެކި ކުށްތަކަށް ތުހުމަތު ކުރުމަކީ ގަޒުފަކަށް ނުވާނެކަން ފާހަގަކުރައްވައި، އެމަނިކުފާނު ވިދާޅުވީ ތިންވަނަ ފަރާތަކަށް ހީވާ ހީވުމަކަށް ބިނާކޮށް މިފަދަ ކުށެއް ސާބިތު ނުކުރެވޭނެ ކަމަށް. އެހެންކަމުން ގަޒުފުގެ ކުށުގެ ތެރެއަށް ވަންނާނީ ޒިނޭގެ ތުހުމަތު މުތުލަގުކޮށް މީހެއްގެ ބޮލުގައި އެޅުވުމުން ކަމަށް ވެސް ޖަމީލް ވިދާޅުވި.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް, ރާއްޖެ އެމްވީ | 22 މެއި 2026 | ހުކުރު 13:51
ރާއްޖެ ޓީވީގެ "ޓީވީ ޓޯކް" ޕްރޮގްރާމްގައި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވާހަކަ ދައްކަވަނީ

ރާއްޖެ ޓީވީގެ "ޓީވީ ޓޯކް" ޕްރޮގްރާމްގައި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވާހަކަ ދައްކަވަނީ | ރާއްޖެ އެމްވީ

ޒިނޭގެ ސީދާ ތުހުމަތު ނޫން ގޮތަކަށް، އެ ކަމުގެ ވަށައިގެން އެހެން ގޮތްގޮތަށް  ބުނެވޭ ބަހަކުން މީހެއްގެ މައްޗަށް ގަޒުފުގެ ކުށް ސާބިތު ނުކުރެވޭނެ ކަމަށް ރާއްޖޭގެ ކުރީގެ ނައިބް ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙުމަދު ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީގެ "ޓީވީ ޓޯކް" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޑރ. ޖަމީލް ވަނީ ގަޒުފުގެ ކުށުގެ ތަޢުރީފާއި އެކަން ސާބިތުވާނެ ގޮތްތަކާ ގުޅޭގޮތުން ޝަރުޢީ އަދި ޤާނޫނީ ތަފްސީލް ދެއްވާފަ އެވެ.

Advertisement - newsAdvertisement

ޑރ. ޖަމީލް ވިދާޅުވީ ގަޒުފަކީ އިސްލާމީ ޝަރީޢަތުގައި ވަރަށް ޞަރީޙަކޮށް އޭގެ ތަޢުރީފް އައިސްފައިވާ ކަމެއް ކަމަށާއި، އެއީ އިސްލާމްދީނުގައި ޙައްދު ކަނޑައެޅިފައިވާ ކުށްތަކުގެ ތެރެއިން އެއް ކުށް ކަމަށެވެ. ޑރ. ޖަމީލް ވިދާޅުވި ގޮތުގައި ގަޒުފު ކުރެވެނީ ސީދާ ގޮތުންނާއި ނުސީދާ މާނަ ދޭހަވާ ގޮތަށް ކަމަށް ވީނަމަވެސް، ކޮންމެ ގޮތަކަށް އެކަން ކުރި ކަމުގައި ވިޔަސް އޭގެ ސީދާ މާނަ ސާފުކޮށް އެނގެން އޮންނަން ޖެހޭނެ އެވެ. އެގޮތުން އެ މީހަކަށް އެ ކުރެވެނީ ޒިނޭގެ ތުހުމަތުކަން ޔަގީންވާން ޖެހޭނެ ކަމަށާއި، އެ ނޫން ގޮތަކަށް ބުނެވޭ ބަހަކުން ގަޒުފުގެ ކުށް ސާބިތު ނުކުރެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ޒިނޭގެ ތުހުމަތު ނޫން ގޮތަކަށް، އެ ވަށައިގެން އެހެން ގޮތްގޮތަށް ބުނެވޭ ބަހަކުން އަދި ގަޒުފެއް ނުކުރެވޭނެ. އެހެންވީމާ، ވަރަށް މުހިންމު ކަމެއް އެއީ. މި ދެންނެވިހެން ގަޒުފުގެ ތަޢުރީފު ނުވަތަ ގަޒުފު މީހަކަށް ސާބިތުކުރާ ކަމުގައި ވަނީނަމަ، އެ ބުނެވުނު ބަހުން އެނެކާއަށް ރައްދުވި މީހާއަށް، ގަޒުފު ކުރެވުނު މީހާ ނުވަތަ ރައްދުވި މީހާއަށް އެ ކުރަނީ، އަޑުއަހަން ހުރި މީހާ، ނުވަތަ ސާފު ބަހުން، އިޢުތިރާފުން އެ ގަޒުފު ކުރިކަން އެއްކަމަކަށް.
ކުރީގެ ނައިބް ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙުމަދު

އެމަނިކުފާނު އިތުރަށް ތަފްސީލް ދެއްވަމުން ވިދާޅުވީ ގަޒުފު ސާބިތުކުރުމުގައި އެ ބުނެވުނު ބަހަކީ އަޑުއަހަން ހުރި މީހާއަށް ސާފުކޮށް އެނގޭ ބަހަކަށް ވާންޖެހޭނެ ކަމަށެވެ. މިސާލަކަށް "މިއީ ޙަރާމް ދަރިއެކޭ" ބުނުން ފަދަ ސީދާ ބަސްތަކުން ގަޒުފު ސާބިތުވާނެ ކަމަށް ވިދާޅުވިއެވެ.

ނަމަވެސް، ޝައްކުގެ މައްޗަށް ބިނާކޮށް ނުވަތަ "ހީވެއޭ" ބުނެ ދައްކާ ވާހަކައަކުން ގަޒުފުގެ ކުށް ސާބިތު ނުކުރެވޭނެ ކަމަށް ޖަމީލް ވިދާޅުވިއެވެ. އަދި ރާއްޖޭގެ ޤާނޫނުލްއުޤޫބާތާއި ޚާއްޞަ ޤާނޫނުތަކުގައި ޖިންސީ ތަފާތު ކުށްތައް ކަނޑައެޅިފައިވީ ނަމަވެސް، އެކި ފަންތީގެ ޖިންސީ ކުށްތަކަށް ތުހުމަތު ކުރުމަކީ އަދި ގަޒުފަކަށް ނުވާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ޑރ. ޖަމީލް އިތުރަށް ވިދާޅުވީ، ގަޒުފުގެ ކުށުގައި ޖެހޭނީ މުޠުލަގުކޮށް ޒިނޭގެ ތުހުމަތު އެ ރައްދުވާ މީހާގެ ބޮލުގައި އެޅުވުމުން ކަމަށެވެ. މިއީ އިސްލާމީ ޝަރީޢަތުގައި ކަނޑައެޅިގެން ބަޔާންވެގެންވާ އުސޫލެއްކަން އެމަނިކުފާނު ތަކުރާރުކޮށް ފާހަގަކުރެއްވި އެވެ.

ޓީވީ ޓޯކްކަރާމާތް ގެއްލުންޤާނޫނުލްޢުޤޫބާތުއިސްލާމީ ޝަރީޢާކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު

ކޮމެންޓް

އިތުރަށް ކިޔާލަން

އައިޝާ ޑޮކިއުމެންޓްރީގެ ތަހުގީގަށް ހުރިހާ ވާހަކައެއް ކިޔައިދީ އެއްބާރުލުންދޭން އީޝާ ހުރީ ތައްޔާރަށް: ޝަމީމް

އައިޝާ ޑޮކިއުމެންޓްރީގެ ތަހުގީގަށް ހުރިހާ ވާހަކައެއް ކިޔައިދީ އެއްބާރުލުންދޭން އީޝާ ހުރީ ތައްޔާރަށް: ޝަމީމް

06 މެއި 2026
 އުމުރު ދުވަހު ޖަލުގަ އޮންނަން ޖެހުނަސް މަސްދަރު ހާމައެއް ނުކުރާނަން: ފިޔާޒް

އުމުރު ދުވަހު ޖަލުގަ އޮންނަން ޖެހުނަސް މަސްދަރު ހާމައެއް ނުކުރާނަން: ފިޔާޒް

29 އެޕްރީލު 2026
އެމްއެމްޕީއާރުސީގެ ފައިސާ ގޯނި އުފުއްލި ކަމަށް އިއުތިރާފުވެވަޑައިގެންނެވި މެމްބަރު މުހައްމަދު އިސްމާއިލް، އަތްފައި ބުރިކުރަން ޖެހޭ ކަމަށް ވިދާޅުވީ އެހެން މެންބަރުންގެ

އެމްއެމްޕީއާރުސީގެ ފައިސާ ގޯނި އުފުއްލި ކަމަށް އިއުތިރާފުވެވަޑައިގެންނެވި މެމްބަރު މުހައްމަދު އިސްމާއިލް، އަތްފައި ބުރިކުރަން ޖެހޭ ކަމަށް ވިދާޅުވީ އެހެން މެންބަރުންގެ

05 ޖެނުއަރީ 2026
ރައީސް މުއިއްޒު މޫނަކަށް ކަނދުރާ އަކަށް ނުބައްލަވާ، ބައްލަވަނީ ވޮލެޓާ ބޭންކް ބެލެންސަށް: މެންބަރު ޒިޔާދު

ރައީސް މުއިއްޒު މޫނަކަށް ކަނދުރާ އަކަށް ނުބައްލަވާ، ބައްލަވަނީ ވޮލެޓާ ބޭންކް ބެލެންސަށް: މެންބަރު ޒިޔާދު

05 ޖެނުއަރީ 2026
ޖުވާ ކުޅުމާއި ޖުވާކުޅޭ ތަންތަން ހިންގުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅަން ހުށަހަޅައިފި

ޖުވާ ކުޅުމާއި ޖުވާކުޅޭ ތަންތަން ހިންގުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅަން ހުށަހަޅައިފި

04 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

21 މެއި
ސްޕޯޓްސް މިނިސްޓްރީއަށް އިތުރު ޕޮލިޓިކަލް ޑިރެކްޓަރެއް!
20251 އަހަރު ކުރިން
ރާއްޖެ

ސްޕޯޓްސް މިނިސްޓްރީއަށް އިތުރު ޕޮލިޓިކަލް ޑިރެކްޓަރެއް!

އުދުހެމުން ދިޔަ ގުޑުގުޑާ ދޫނިތަކެއްގައި ޖެހި އެމިރޭޓްސް ބޯޓަކަށް ގެއްލުން ވެއްޖެ
20242 އަހަރު ކުރިން
ދުނިޔެ

އުދުހެމުން ދިޔަ ގުޑުގުޑާ ދޫނިތަކެއްގައި ޖެހި އެމިރޭޓްސް ބޯޓަކަށް ގެއްލުން ވެއްޖެ

މޭރީ ހަށިގަނޑު ހޮސްޕިޓަލަށް ގެންދިޔަފަހުން މާވިންއާއި ލަމްހާ އެކުގައި ތިބެގެން ފޯނުން އެއްޗެއް ބެލި: ހެކިވެރިޔާ
20233 އަހަރު ކުރިން
ރާއްޖެ

މޭރީ ހަށިގަނޑު ހޮސްޕިޓަލަށް ގެންދިޔަފަހުން މާވިންއާއި ލަމްހާ އެކުގައި ތިބެގެން ފޯނުން އެއްޗެއް ބެލި: ހެކިވެރިޔާ

ޕީޕީއެމްގެ ކުރީސަފުގައި އުޅުނު ސްޓެޕް އައްޔަ، އިންޑިއާ އައުޓް ހަރަކާތާ ދުރަށް
20224 އަހަރު ކުރިން
ރާއްޖެ

ޕީޕީއެމްގެ ކުރީސަފުގައި އުޅުނު ސްޓެޕް އައްޔަ، އިންޑިއާ އައުޓް ހަރަކާތާ ދުރަށް

ހަމަލާއާ ގުޅިގެން ހައްޔަރުކުރި ފާތިހުއަކީ މީގެ ކުރިން ފުލުހުންގެ ވަޒީފާގައި ހުރި މީހެއް
20215 އަހަރު ކުރިން
ރާއްޖެ

ހަމަލާއާ ގުޅިގެން ހައްޔަރުކުރި ފާތިހުއަކީ މީގެ ކުރިން ފުލުހުންގެ ވަޒީފާގައި ހުރި މީހެއް

ރިޔާސީ އިންތިހާބާ ގުޅިގެން ނުދައްކާ ހުރި ވާހަކަތަކެއް އަކްރަމް ތިލަ ކޮށްދެއްވައިފި
20197 އަހަރު ކުރިން
ރާއްޖެ

ރިޔާސީ އިންތިހާބާ ގުޅިގެން ނުދައްކާ ހުރި ވާހަކަތަކެއް އަކްރަމް ތިލަ ކޮށްދެއްވައިފި

500 މޭލު ދުރުން ފެށި ކެމްޕޭނުން ވެސް ބަޔަކު މޭ ކަރައިފި!؟
20188 އަހަރު ކުރިން
ރިޕޯޓު

500 މޭލު ދުރުން ފެށި ކެމްޕޭނުން ވެސް ބަޔަކު މޭ ކަރައިފި!؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު