އެމްއެމްޕީއާރުސީގެ ފައިސާ ގޯނި އުފުއްލި ކަމަށް އިއުތިރާފުވެވަޑައިގެންނެވި މެމްބަރު މުހައްމަދު އިސްމާއިލް، އަތްފައި ބުރިކުރަން ޖެހޭ ކަމަށް ވިދާޅުވީ އެހެން މެންބަރުންގެ
ވިލިމާލެ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލް މަޖިލީހުގައި ވާހަކަދައްކަވަމުން ވިދާޅުވީ 18 ވަނަ މަޖިލީހުގެ ބައެއް މެމްބަރުން ޚިޔާނާތްތެރިވެފައިވާ ކަމަށާއި އެމެމްބަރުންގެ އަތްފައި ބުރިކުރަން ޖެހޭ ކަމަށް. އޭނާ ވަނީ ޤާނޫނުލްއުޤޫބާތު އިސްލާހުކުރުމާއި ދެކޮޅަށް މަސައްކަތް ކުރާ މެމްބަރުން ތިބޭ ކަމަށް ތުހުމަތުކޮށް ރަނގަޅު އިސްލާމީ ޝަރީއަތެއް ހިނގާ ނަމަ މިފަދަ މެމްބަރުން ބަރޯގައި އުޅޭނެ ކަމަށް ވިދާޅުވެފައި. އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ މެމްބަރުންނަށް ގޯނި ގޯނިން ބެހި ކަމަށް މުހައްމަދު އިސްމާއިލް ކުރިން އިއުތިރާފުވެވަޑައިގެންނެވި ނަމަވެސް އޭނާ ވަނީ އެ ވާހަކަ އެކި ފަހަރު މަތިން އެކި ގޮތްގޮތަށް އޮޅުވާލަން މަސައްކަތް ކުރައްވާފައި.


ވިލިމާލޭ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރު މުހައްމަދު އިސްމާއިލް | ޕީޕަލްސް މަޖްލިސް
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ގޯނި ގޯނީގައި ބެހި ކަމަށް އަމިއްލަފުޅަށް ކުރިން އިއުތިރާފު ވެވަޑައިގަންނަވާފައިވާ ވިލިމާލެ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލް، އެމްއެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިގައި ހިމެނޭ މެމްބަރުން ގެ އަތްފައި ބުރިކުރަން ޖެހޭ ކަމަށް ވިދާޅުވެއްޖެ އެވެ.
އޭނާ އެފަދައިން ވިދާޅުވީ ހޯމަ ދުވަހު މަޖިލީހުގައި ވާހަކަދައްކަވަމުންނެވެ.
އޭނާ ވަނީ 18 ވަނަ މަޖިލީހުގެ ބައެއް މެމްބަރުން ޚިޔާނާތްތެރިވެފައިވާ ކަމަށާއި، ފައިސާ އާއި ގުޅުން ހުރި ކަންކަމުގައި އަމަލު ކުރީ ރަނގަޅަށް ނޫން ކަމަށް ފާހަގަކޮށް އެކަމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އޭނާ ވަނީ ޤާނޫނުލްއުޤޫބާތު އިސްލާހުކުރުމަށް މަސައްކަތް ކުރުމާއި ދެކޮޅަށް ބައެއް މެމްބަރުން މަސައްކަތް ކުރާ ކަމަށާއި، ޤާނޫނުލްއުޤޫބާތު އިސްލާހުކުރުމުން ބިރު ގަންނާނެ ބައެއް ފަރާތްތައް ތިބޭނެ ކަމަށް ވެސް ވިދާޅުވެފަ އެވެ. އަދި އެކަން ނުބައި ގޮތަށް އާއްމުންނަށް މާނަ ދޭހަވާ ގޮތަށް މެމްބަރުން ވާހަކަދައްކާ ކަމަށް އޭނާ ވަނީ ތުހުމަތުކުރައްވާފަ އެވެ.
"ރަނގަޅު އަދަބުތަކެއް ކަނޑައެޅިފައި ހުރި ނަމަ މި ބޭބޭފުޅުން ހިނގާފައި ނޫޅޭނެ. ބަރޯގައި އިއްޒަތްތެރި ރައީސް މި ބޭފުޅުން އުޅޭނީ. އިސްލާމީ ޝަރީއަތެއް ރަނގަޅަށް މިތަނުގައި ހިނގާ ނަމަ." މެމްބަރު މުހައްމަދު އިސްމާއިލް ވިދާޅުވި އެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ގޯނި ހިފައިގެން ބަހަން ދިޔަ ކަމަށް މުހައްމަދު އިސްމާއިލް އިއުތިރާފުވެވަޑައިގަތީ އޭނާ ހޯރަފުށީ ދާއިރާގެ މެމްބަރު ކަމުގައި ހުންނެވި އިރުއެވެ. 2016 ވަނަ އަަހަރު ރައްޔިތުންގެ މަޖިލީހުގައި އެމްއެމްޕީއާރުސީގެ 1.22 ބިލިއަން ރުފިޔާގެ ހިޔާނާތާއި ގުޅޭ ބަހުސް އެއް ކުރިއަށް ދިޔަ އިރު އޭނާ ވަނީ އެ ފައިސާ މެމްބަރުންނަށް ބަހަން ވަޑައިގެންނެވި ކަމަށް ތަކުރާރުކޮށް ވިދާޅުވެފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ޚިޔާނާތުގެ ފައިސާ ބެހުމަށްޓަކާ "ފައިސާ ގޯނި" ހިފައިގެން ވަޑައިގެންނެވި ކަމަށް އޭނާ ވިދާޅުވީ ކޮރަޕްޝަނާ މެދު އާންމުން ހޭލުންތެރިކުރުވަން "ޖިހާދެއް"ގެ ގޮތުގައި ކަމަށް އޭނާ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ތަހުގީގައި އޭނާ ވަނީ އޭރު ބުނެފަ އެވެ. އަދި ފައިސާ ގޯނި އާއި މެދު ދެއްކި ވާހަކަ އެކި ފަހަރު މަތިން އެކި ގޮތް ގޮތަށް އޮޅުވާލަން އޭނާ ވަނީ މަސައްކަތް ކުރައްވާފަ އެވެ.







