Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޖުވާކުޅުން

ޖުވާ ކުޅުމާއި ޖުވާކުޅޭ ތަންތަން ހިންގުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅަން ހުށަހަޅައިފި

ޖުވާކުޅުން ނުވަތަ ޖުވާކުޅޭ ތަނެއް ހިންގައިފި ނަމަ އެއީ ޖިނާޔަތުގެ 4 ވަނަ ދަރަޖައިގެ ކުށެއް ކަމަށް ބިލުގައިވޭ.

ރާއްޖެ އެމްވީ | 4 ޖެނުއަރީ 2026 | އާދީއްތަ 10:33
ކެސިނޯއެއްގެ ރޫލެޓް ވީލް އަނބުރަނީ

ކެސިނޯއެއްގެ ރޫލެޓް ވީލް އަނބުރަނީ

ޖުވާ ކުޅުމާއި ޖުވާކުޅޭ ތަންތަން ހިންގުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅަން ދިވެހި ރާއްޖޭގެ ގާނޫން އުގޫބާތައް އިސްލާހު ގެންނަން ހުށަހަޅައިފި އެވެ.

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ހޯމަ ދުވަހުގެ ޖަލްސާ އަށް ހުށަހަޅާ މި ބިލުގެ ބޭނުމެއް ކަމަށް ބުނެފައިވަނީ ޖުވާ ކުޅުމާއި ޖުވާ ކުޅޭ ތަންތަން ހިންގުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ކަމުގައެވެ.

Advertisement - newsAdvertisement

ޖުވާ ކުޅުން ކަމަށް ހުށަހަޅާފައިވާ ބިލުގައި ބުނެފައި ވަނީ ވަކި މުބާރާތެއްގައި ނުވަތަ ވަކި ކުޅިވަރެއް ގައި ނުވަތަ ސްކީމެއް ގައި އިލެކްޓްރޯނިކް ކޮށް ނުވަތަ ޖުވާ ކުޅުމުގެ އާލާތެއް މެދުވެރިކޮށް ނުވަތަ ހިނގަމުންދާ ނުވަތަ ކުރިއަށް އޮތް ތަނުގައި ހިނގާނެ ވަކި ކަމެއްގެ މައްޗަށް ބިނާ ކޮށް އެކަމަކުން ނުކުންނާނެ ކަނޑައެޅޭ ވަކި ނަތީޖާ އެއް ލިބިގަތުމުގެ މުގާބިލުގައި މީހަކު އަގެއް ހުރި އެއްޗެއް ދޫކޮށްލުމެވެ.

ނަމަވެސް މުނިފޫހި ފިލުވުމާއި ކުޅިވަރުގެ ބޭނުމުގައި މުބާރާތްތަކުގައި ބައިވެރިވުމާއި މުބާރާތްތަކުން ލިބޭ ފައިސާގެ އިނާމަކީ ޖުވާކުޅުމުގެ ތެރޭގައި ހިމެނޭ ކަމެއް ނޫން ކަމަށް ބުނެފައިވެ އެވެ.

އޭގެ އިތުރުން އެއްވެސް އަގެއް ނުދީ މީހުންގެ މެދުގައި ގުރުއަތުލައިގެން ހޮވޭ ފަރާތްތަކަށް ފައިސާ އާއި އިނާމު ދިނުމަކީ ވެސް ޖުވާ ކުޅުން ނޫން ކަމަށާއި، ޖުވާ ކުޅުމުގެ އާލާތް ކަމުގައި ނުވާ ޑިވައިސް އަކުން ނުވަތަ މެޝިނަކުން ކުޅުން ތެރިންނަށް ލިބޭ ވަނަތަކާއި އިނާމަކީ ވެސް ޖުވާކުޅުން ނޫން ކަމަށް ވަނީ ބިލުގައި ކަނޑައަޅާފަ އެވެ.

ޖުވާކުޅުން ނުވަތަ ޖުވާކުޅޭ ތަނެއް ހިންގައިފި ނަމަ އެއީ ޖިނާޔަތުގެ 4 ވަނަ ދަރަޖައިގެ ކުށެއް ކަމަށް ބިލުގައިވެ އެވެ.

ޖުވާކުޅުންޤާނޫނުލްޢުޤޫބާތުރައްޔިތުންގެ މަޖިލިސްޖިނާއީ ކުށްތައް

އިތުރަށް ކިޔާލަން

04 ޖެނުއަރީ 2026

މަޖިލިސް އިންތިޚާބާއި ރިޔާސީ އިންތިޚާބު އެކުގައި ބާއްވަން ގާނޫނު އަސާސީ އަށް އިސްލާހު ހުށަހަޅައިފި

04 ޖެނުއަރީ 2026
މަޖިލިސް އިންތިޚާބާއި ރިޔާސީ އިންތިޚާބު އެކުގައި ބާއްވަން ގާނޫނު އަސާސީ އަށް އިސްލާހު ހުށަހަޅައިފި
04 ޖެނުއަރީ 2026

ސަރުކާރުން ގާނޫނު އަސާސީ އަށް އަނެއްކާ ވެސް ބަދަލު ގެންނަނީ

04 ޖެނުއަރީ 2026
ސަރުކާރުން ގާނޫނު އަސާސީ އަށް އަނެއްކާ ވެސް ބަދަލު ގެންނަނީ
04 ޖެނުއަރީ 2026

މަޖިލީހުގެ ޖަލްސާ އެއް ދައުރުން ބޭރުން ހޯމަ ދުވަހު ބާއްވަނީ

04 ޖެނުއަރީ 2026
މަޖިލީހުގެ ޖަލްސާ އެއް ދައުރުން ބޭރުން ހޯމަ ދުވަހު ބާއްވަނީ
30 ޑިސެމްބަރު 2025

ރައްޔިތުންގެ މަޖިލީސް ގޮވައިގެން މެމްބަރު މައުރޫފް ކޯޓަށް ދަނީ

30 ޑިސެމްބަރު 2025
ރައްޔިތުންގެ މަޖިލީސް ގޮވައިގެން މެމްބަރު މައުރޫފް ކޯޓަށް ދަނީ
30 ޑިސެމްބަރު 2025

ރައްޔިތުންގެ މަޖިލީހުގެ މައިކްރޯފޯނަށް ގެއްލުން ދިން މައްސަލައެއް ގައި ބަދަލު ނެގުމުގެ ގޮތުން މެމްބަރުންގެ މުސާރައިން 8 ހާހަށް ވުރެ ގިނަ ރުފިޔާ އުނިކޮށްފި

30 ޑިސެމްބަރު 2025
ރައްޔިތުންގެ މަޖިލީހުގެ މައިކްރޯފޯނަށް ގެއްލުން ދިން މައްސަލައެއް ގައި ބަދަލު ނެގުމުގެ ގޮތުން މެމްބަރުންގެ މުސާރައިން 8 ހާހަށް ވުރެ ގިނަ ރުފިޔާ އުނިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު