Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މަޖިލިސް 20

މީހުންގެ ފުރާނަ އަށް ނުރައްކާވާ ގޮތަށް އެއްގަމު އުޅަނދު ދުއްވުން ކުށެއްގެ ގޮތުގައި ހިމަނަން ހުށަހެޅި ބިލް ބަލައިގަނެފި

މީހުންގެ ފުރާނައަށް ނުރައްކާވާ ގޮތަށް އެއްގަމު އުޅަނދު ދުއްވުން ކުށެއްގެ ގޮތުގައި ޤާނޫނުލްއުގޫބާތުގައި ހިމެނުމަށް ބިލެއް ވަނީ ހުށަހަޅާފަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 5 އޯގަސްޓު 2025 | އަންގާރަ 09:42
ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް

މީހުންގެ ފުރާނަ އަށް ނުރައްކާވާ ގޮތަށް އެއްގަމު އުޅަނދު ދުއްވުން ކުށެއްގެ ގޮތުގައި ޤާނޫނުލްއުގޫބާތުގައި ހިމަނަން ހުށަހެޅި ބިލް މަޖިލީހަށް ބަލައިގަނެފިއެވެ.

އެ ބިލު ހުށަހެޅުއްވާފައި ވަނީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަޙްމަދު ނަސީމްއެވެ. އަންގާރަ ދުވަހު، މި ބިލު ބަލައިގަނެފައި ވަނީ 71 މެމްބަރުންގެ ވޯޓާއި އެކުގައެވެ. ބިލު ބަލައިގަންނަން ނުފެންނަ ކަަމށް އެއްވެސް މެމްބަރަކު ވޯޓުދެއްވާފަ އެއް ނުވެއެވެ.

މި ބިލު އިތުރަށް ދިރާސާކުރުމަށް ޖުޑީޝަރީ ކޮމިޓީ އަށް ވަނީ ފޮނުވާފައެވެ.

އެ ބިލް ހުށަހަޅުއްވަމުން ވިދާޅުވެފައި ވަނީ މި ބިލު ހުށަހެޅުމުގެ މަގުސަދަކީ، ޤާނޫނު ނަންބަރު 2014/9 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 121 ވަނަ މާއްދާ މިހާރު އޮތް ގޮތުން، ފަރުވާލެއްނެތި ކުރާ ޢަމަލަކުން އަނިޔާއެއް ލިބިދާނެކަމުގެ ބިރުދެއްކުމުގެ އަމަލުތަކަކީ ކުށެއްގެ ގޮތުގައި ކަނޑައަޅާފައި އޮތްނަމަވެސް، އެ މާއްދާގެ (ށ) އޮތް ގޮތުން، މީހަކު މަރުވެދާނެ ކަމުގެ ނުވަތަ މީހެއްގެ ހަށިގަނޑަށް ބޮޑު އަނިޔާއެއް ލިބިދާނެކަމާމެދު ފަރުވާލެއްނެތި ކުރާ އަމަލެއްގެ ގޮތުގައި ބެލެވޭނެ ހާލަތްތަކުގެ ތެރޭގައި، މަގުމަތީގެ ގަވާއިދުތަކާއި ހިލާފަށް އަދި މަގުމަތި ބޭނުންކުރާ ފަރާތްތަކުގެ ފުރާނައަށް ފަރުވާލެއްނެތް ގޮތަށް އިންޖީނުލީ އުޅަނދު ފަހަރު ދުއްވުމާބެހޭ ހާލަތް ހިމަނާފައިނުވުމުގެ ސަބަބުން ދިމާވާ ކަންކަން ހައްލުކުރުމަށް ކަމަށެވެ.

އެގޮތުން ބިރުވެރިކަން އުފެދޭ ގޮތަށް ނުވަތަ ނުރައްކާތެރިކޮށް އިންޖީނުލީ އުޅަނދު ދުއްވުމުން ކުރިމަތިވާ އެކްސިޑެންޓުތަކުގައި ޝާމިލުވާ ފަރާތްތަކާމެދު ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން އެކަށީގެންވާ ފިޔަވަޅު އެޅެން ނެތުމުން ދިމާވާ ގޮންޖެހުންތައް ހައްލުކުރުމަކީ ބިލުގެ މަގްސަދެއް ކަމަށް ވަނީ ބުނެފައެވެ. މީގެ އިތުރުން މަގުމަތީގެ ގަވާއިދުތަކާއި ހިލާފަށް އަދި ފަރުވާލެއްނެތް ގޮތަށް އުޅަނދުފަހަރު ދުއްވުމުން ކުރިމަތިވަ އެކްސިޑެންޓުތަކުގައި އަނިޔާގެ ޝިކާރައަކަށްވާ މީހުންނަށް އިންސާފުލިބޭނެ މަގު ފަހިކޮށްދިނުމުގެ ގޮތުން، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުއަށް ގެންނަންޖެހޭ އިސްލާހު ގެނައުމަކީ ވެސް މި ބިލުގެ މަޤްސަދެއް ކަމަށް ބުނެފައިވެއެވެ.

މީކާއިލް އަހުމަދު ނަސީމްގަލޮޅު ދެކުނު ދާއިރާޖުޑިޝަރީ ކޮމިޓީޤާނޫނުލްޢުޤޫބާތުނުރައްކާތެރި ދުއްވުންއެކްސިޑެންޓު

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ޑްރަގް އެތެރެކުރާ މީހުންނަށް މަރު ގެ އަދަބު ދެވޭ ގޮތް ހަދަން ފާސްކޮށްފި

ޑްރަގް އެތެރެކުރާ މީހުންނަށް މަރު ގެ އަދަބު ދެވޭ ގޮތް ހަދަން ފާސްކޮށްފި

03 ޑިސެމްބަރު 2025
ގާޒީ، ފާއިޒް މަގާމުން ވަކި ކުރަން މަޖިލީހުގެ ތަޅުމަށް ފޮނުވަން ފާސްކޮށްފި

ގާޒީ، ފާއިޒް މަގާމުން ވަކި ކުރަން މަޖިލީހުގެ ތަޅުމަށް ފޮނުވަން ފާސްކޮށްފި

02 ޑިސެމްބަރު 2025
މުއިއްޒު ޕާޓީ އިން އަސްމާ އަށް ފިޔަވަޅު އަޅައި މުގައްރިރު ކަމުން ވަކި ކޮށް ދަތުރުތައް ކެންސަލް ކުރީ އަންހެނަކަށް ވީތީ: މީކާއިލް

މުއިއްޒު ޕާޓީ އިން އަސްމާ އަށް ފިޔަވަޅު އަޅައި މުގައްރިރު ކަމުން ވަކި ކޮށް ދަތުރުތައް ކެންސަލް ކުރީ އަންހެނަކަށް ވީތީ: މީކާއިލް

01 ޑިސެމްބަރު 2025
ސިނަމާލެ ބުރިޖު ގެ ހައިވޭ ގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަންހެނަކާ ފިރިހެނެކަށް އަނިޔާ ވެއްޖެ

ސިނަމާލެ ބުރިޖު ގެ ހައިވޭ ގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަންހެނަކާ ފިރިހެނެކަށް އަނިޔާ ވެއްޖެ

29 ނޮވެމްބަރު 2025
ހުޅުމާލޭގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި 19 އަހަރުގެ ޒުވާނަކު ނިޔާވެއްޖެ

ހުޅުމާލޭގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި 19 އަހަރުގެ ޒުވާނަކު ނިޔާވެއްޖެ

10 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

17 މާރިޗު
އޮރެންޖް މެރިންގ ޕައި
20251 އަހަރު ކުރިން
ލައިފް ސްޓައިލް

އޮރެންޖް މެރިންގ ޕައި

ނުޒުހާ ބްރޯޑްކޮމް އަށް އައްޔަންކޮށްފި، އެކަމަކު ފަތްކޮޅު ފޮނުވީ ގެއަށް
20242 އަހަރު ކުރިން
ރާއްޖެ

ނުޒުހާ ބްރޯޑްކޮމް އަށް އައްޔަންކޮށްފި، އެކަމަކު ފަތްކޮޅު ފޮނުވީ ގެއަށް

އދ. ދިއްދޫ ކައުންސިލްގެ ރައީސްކަމަށް އައްޝާން އަބްދުﷲ ހޮވިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

އދ. ދިއްދޫ ކައުންސިލްގެ ރައީސްކަމަށް އައްޝާން އަބްދުﷲ ހޮވިއްޖެ

މޮޔަގެރި އަވަލާހެން އިންޑިޔާ ފަހަތުން ނުނެއްޓިގެން އުޅެނީ ކީއްވެގެން؟
20224 އަހަރު ކުރިން
ރިޕޯޓު

މޮޔަގެރި އަވަލާހެން އިންޑިޔާ ފަހަތުން ނުނެއްޓިގެން އުޅެނީ ކީއްވެގެން؟

ރައީސް ކަމަށް ކުރިމަތިލަނީ ވަރުގަދަ ޓީމަކާއެކު: އިއްލަ
20215 އަހަރު ކުރިން
ކުޅިވަރު

ރައީސް ކަމަށް ކުރިމަތިލަނީ ވަރުގަދަ ޓީމަކާއެކު: އިއްލަ

މި ދެމަފިރިން ފަހު ނޭވާ ދޫކުރީ އަތާއި އަތް ގުޅުވައިގެން ތިބެ ލޯތްބާ އެކު
20197 އަހަރު ކުރިން
ރިޕޯޓު

މި ދެމަފިރިން ފަހު ނޭވާ ދޫކުރީ އަތާއި އަތް ގުޅުވައިގެން ތިބެ ލޯތްބާ އެކު

ތިން ފަނޑިޔާރުންނާ އަނާރާ ކުރެއްވި ސުވާލު: އެހެން ދީނަކަށް ފުރުސަތު ދޭނަންތޯ؟
20188 އަހަރު ކުރިން
ރާއްޖެ

ތިން ފަނޑިޔާރުންނާ އަނާރާ ކުރެއްވި ސުވާލު: އެހެން ދީނަކަށް ފުރުސަތު ދޭނަންތޯ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު