Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޖުވާ ކުޅުން މަނާ ކުރުން

ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު

ރައީސް މުއިއްޒު އެކްސް ގައި ޖުވާކުޅުން މަނާ ކުރުމަށް ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް މަޖިލީހަށް ފޮނުވާފައިވާ އިރު މިއީ ގޭންގު މަނާ ކުރުމަށް ގާނޫނު ހަދައި ގޭންގުތައް ނެތް ކަމަށް އިއުލާނުކުރި ގޮތަށް ޖުވާކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް ސަރުކާރުން އިއުލާނު ކުރާނެ ކަމަށް ޒިޔާދު ވިދާޅުވި.

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 12 ޑިސެމްބަރު 2025 | ހުކުރު 05:46
ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު

ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު

ގޭންގު މަނާކުރުމުގެ ގާނޫނެއް ހަދައި، ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނު ކުރި ގޮތަށް ޖުވާ ކުޅުން މަނާކުރުމަށް ގާނޫނަށް ގެންނަ ބަދަލާއެކު އެފަދަ ތަންތަނާއި މީހުން ނެތްކަމަށް ވެސް ސަރުކާރުން އިއުލާނު ކުރާނެ ކަމަށް ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ވިދާޅުވެއްޖެ އެވެ. 

އެމްޑީޕީގެ ހަރުގެ ޖަލްސާ ގައި ކޮންމެ މުޒާހަރާ އެއްގެ ކުރިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އެކްސް ގައި ކޮންމެވެސް ޕޯސްޓެއް ނުވަތަ ސަރުކާރުގެ ތަރުޖަމާނު ކޮންމެވެސް އާ ކަމެއް ލިޔުއްވާނެ ކަމަށެވެ. މި ފަހަރު މި ދިމާވީ ޖުވާކުޅުމާ ބެހޭ ކަމަކަށް ކަމަށާއި މިއީ ހަޤީޤަތު ގައި ބިރުވެރި ކަމެއް ކަމަށާއި އެއީ މިކަން ވާން އުޅޭ ގޮތުން ކަމަށް އޭނާ ވިދާޅުވި އެވެ.

މެންބަރު ޒިޔާދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އެކްސް ގައި ލިޔުއްވާފައި އެ އޮތީ ޖުވާކުޅުމާއި ޖުވާކުޅެވޭ ތަންތަން އެއީ ކުށެއް ކަމުގައި ގާނޫނުލްޢުޤޫބާތުގައި ލިޔަން އިޞްލާޙެއް ތިމަންނާ ފޮނުވައިފި ކަމަށެވެ. މިހާރުވެސް ދަޢުވާ ކުރެވޭ ނަމަވެސް އެއަށްވުރެ ރަނގަޅުކޮށްލި ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ ބިރުގަންނަންޖެހޭ ތަންކޮޅަކީ، މިކަން ގޭންގު ގާނޫނަށް ވީހެންވެ، މުޅި ރާއްޖޭގައި ހުއްދަ ކަމެއް ކަމުގައި މިކަން ވެދާނެތީ. މިއަދު ދިވެހިރާއްޖޭގައި ގޭންގެއް ނެތް ގާނޫނު ހެދީމަ. މާދަމާ މި ގާނޫނަކަށް ވެގެން ނުކުންނައިރުގައި ދިވެހިރާއްޖޭގައި ޖުވާކުޅޭ ތަނެއް ނެތިއްޔާ، ނެތް ކަމަށް ސަރުކާރަކުން ނިންމައިފިއްޔާ އެ ހުއްދަވީ. އެހެންވީމާ، ބޮޑަށް ވައްތަރީ މިއީ އެކަހަލަ ކަމެއް ކަމަށް ސަރުކާރާ ދެކޮޅަށް ނުވަތަ ސަރުކާރާ އިހުތިޖާޖަކަށް ނުކުންނަ ކޮންމެ ފަހަރަކު މި ބާވަތުގެ ކަމެއް އެބައާދޭ.
ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު

މެންބަރު ޒިޔާދު ވިދާޅުވީ ބޮޑަށް ވައްތަރީ މިއީ އެކަހަލަ ކަމަކާ ކަމަށެވެ. ސަރުކާރާ ދެކޮޅަށް ނުވަތަ އިހުތިޖާޖަކަށް ނުކުންނަ ކޮންމެ ފަހަރަކު މި ބާވަތުގެ ކަމެއް އަންނަ ކަމަށެވެ. މިއީ ކޮންމެވެސް ވަރަކަށް ރައްޔިތުންނަށް އޮޅުވާލުމުގެ ނިޔަތުގައި ކުރާ ކަންކަން ކަމަށް އޭނާ ވިދާޅުވި އެވެ.

ޒިޔާދު ވިދާޅުވީ މި ކަމަކީ މިވަރު ބޮޑު ސުރުޚީ އެއް ނުލިޔަސް ކުރަން ޖެހޭ ކަމެއް ކަމަށާއި މިހާރުވެސް ކުރެވެން އޮތް ކަމެއް ކަމަށެވެ. އަދި ކުރެވޭ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މަސްވެރިންގެ ދުވަހު ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން އިން ސަރުކާރުންވި ވައުދުތައް ނުފުއްދައިގެން މުޒާހަރާ ކުރަމުންދަނިކޮށް ރައީސް މުއިއްޒު އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޖުވާ ކުޅުމާއި ޖުވާ ކުޅޭ ތަނެއް ހިންގުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ދިވެހިރާއްޖޭގެ ޤާނޫނުލް ޢުގޫބާތަށް އިސްލާޙު ގެނައުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ ކަމަށެވެ. 

ޖުވާ ކުޅުމަކީ ގާނޫނުލް އުގޫބާތުން މިހާރު ވެސް މަނާ ކަމެކެވެ. ނަމަވެސް އޮންލައިންކޮށް ކުޅޭނަމަ އަދަބު ދިނުމުގައި ހުރަސްތަކެއް އެބަހުއްޓެވެ. 

ހުސައިން ޒިޔާދުރައީސް މުއިއްޒުޖުވާކުޅުންގޭންގު ޤާނޫނުޤާނޫނުލްޢުޤޫބާތު

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު

މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު

11 ޑިސެމްބަރު 2025
ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް

ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް

10 ޑިސެމްބަރު 2025
ރައީސް މުޢިއްޒު އާއި މިނިސްޓަރު، މަސްވެރިންނާ ބައްދަލުކޮށް ޑިމާންޑް ތަކަށް ހައްލު ހޯދައިދެން ދެން މުޒާހަރާ ކުރިއަށް ގެންދަން ނިންމައިފި

ރައީސް މުޢިއްޒު އާއި މިނިސްޓަރު، މަސްވެރިންނާ ބައްދަލުކޮށް ޑިމާންޑް ތަކަށް ހައްލު ހޯދައިދެން ދެން މުޒާހަރާ ކުރިއަށް ގެންދަން ނިންމައިފި

10 ޑިސެމްބަރު 2025
"ހުޅުމާލެއިން ބައެއް ވެހިކަލްތައް ޓޯވ ކުރީ ޕާކްކުރަން ދިން ހުސް ބިން އެޗްޑީސީ އިން އަތުލައި އުޅަނދުތައް މަގުތަކަށް ނެރެ އެއްލާލުމުން"

"ހުޅުމާލެއިން ބައެއް ވެހިކަލްތައް ޓޯވ ކުރީ ޕާކްކުރަން ދިން ހުސް ބިން އެޗްޑީސީ އިން އަތުލައި އުޅަނދުތައް މަގުތަކަށް ނެރެ އެއްލާލުމުން"

08 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

23 މާރިޗު
މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި
20251 އަހަރު ކުރިން
ރާއްޖެ

މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!
20242 އަހަރު ކުރިން
ރިޕޯޓު

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!
20233 އަހަރު ކުރިން
ރިޕޯޓު

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ
20224 އަހަރު ކުރިން
ރިޕޯޓު

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި
20215 އަހަރު ކުރިން
ދުނިޔެ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ
20197 އަހަރު ކުރިން
ރާއްޖެ

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު