Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ނުަރަައްކާތެރިކޮށް ދުއްވުން

މީހުންގެ ފުރާނަ އަށް ނުރައްކާވާ ގޮތަށް އެއްގަމު އުޅަނދު ދުއްވުން ކުށެއްގެ ގޮތުގައި ހިމަނަން ހުށަހެޅި ބިލަށް އާންމުންގެ ހިޔާލު ހޯދަނީ

ހިޔާލު ހުށަހެޅުމުގެ ސުންގަނޑިއަކީ 31 އޮގަސްޓް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 7 އޯގަސްޓު 2025 | ބުރާސްފަތި 09:07
ސިނަމާލެ ބްރިޖުގެ ހައިވޭ ލޭންގައި ހިނގި އެކްސިޑެއްޓެއް - ފައިލް ފޮޓޯ

ސިނަމާލެ ބްރިޖުގެ ހައިވޭ ލޭންގައި ހިނގި އެކްސިޑެއްޓެއް - ފައިލް ފޮޓޯ

މީހުންގެ ފުރާނަ އަށް ނުރައްކާވާ ގޮތަށް އެއްގަމު އުޅަނދު ދުއްވުން ކުށެއްގެ ގޮތުގައި ޤާނޫނުލްއުގޫބާތުގައި ހިމަނަން ހުށަހެޅި ބިލަށް އާންމުންގެ ހިޔާލު ހޯދަން ހުޅުވާލައިފިއެވެ.

މި ބިލަކީ ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމުގެ ބިލެކެވެ. މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމެވެ. މި ބިލަށް އާންމުންގެ ހިޔާލު ހޯދަން ހުޅުވާލާފައިވާއިރު، މަޖިލީހުގެ އިދާރާއިން ބުނީ ޖުޑިޝަރީ ކޮމިޓީއިން ދިރާސާކުރަމުން ގެންދާ ބިލަށް އާންމުންގެ ހިޔާލު ހޯދުމަށް ހުޅުވާލާ ކަމަށެވެ. އެގޮތުން ބުރާސްފަތި ދުވަހުން ފެށިގެން 31 އޮގަސްޓާއި ހަމައަށް މި ފުރުސަތު ވަނީ ހުޅުވާލާފައެވެ.

Advertisement - newsAdvertisement

މެންބަރު މީކާއިލް ވިދާޅުވީ ބިލު ހުށަހެޅުއްވީ ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 121 ވަނަ މާއްދާ މިހާރު އޮތްގޮތުން ފަރުވާލެއްނެތި ކުރާ އަމަލަކުން އަނިޔާއެއް ލިބިދާނެކަމުގެ އަމަލުތަކަކީ ކުށެއްކަމަށް ކަނޑައަޅާފައި އޮތްނަމަވެސް އެ މާއްދާގެ (ށ) އޮތް ގޮތުން މީހަކު މަރުވެދާނެ ނުވަތަ މީގެއްގެ ހަށިގަނޑަށް ބޮޑު އަނިޔާއެއް ލިބިދާނެކަމާ މެދު ފަރުވާލެއް ނެތި ކުރާ އަމަލެއްގެ ގޮތުގައި ބެލެވޭނެ ހާލަތްތަކުގެ ތެރޭގައި މަގުމަތީގެ ގަވާއިދުތަކާއި ހިލާފަށް އަދި މަގުމަތި ބޭނުންކުރާ ފަރާތްތަކުގެ ފުރާނައަށް ފަރުވާލެއް ނެތްގޮތަށް އިންޖީނުލީ އުޅަނދު ދުއްވުމާއި ބެހޭ ހާލަތު ހިމަނާފައި ނުވުމުގެ ސަބަބުން ބިރުވެރިކަން އުފެދޭގޮތަށް ނުވަތަ ނުރައްކާތެރިކޮށް އިންޖީނުލީ އުޅަނދު ދުއްވުމުން ކުރިމަތިވާ އެކްސިޑެންޓުތަކުގައި ޝާމިލުވާ ފަރާތްތަކާއި މެދު ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން އެކަށީގެންވާ ފިޔަވަޅު އެޅެން ނެތުމުން ދިމާވާ ގޮންޖެހުންތައް ހައްލުކުރުމެވެ. މީގެ އިތުރުން މަގުމަތީގެ ގަވާއިދުތަކާއި ހިލާފަށް އަދި ފަރުވާލެއް ނެތް ގޮތަށް އުޅަނދުފަހަރު ދުއްވުމުން ކުރިމަތިވާ އެކްސިޑެންޓްތަކުގައި އަނިޔާގެ ޝިކާރައަކަށްޗާ މީހުންނަށް އިންސާފު ނުލިބޭނެ ގޮތަށް އޮތް އޮތުން އިސްލާހުކުރުންވެސް މަގުސަދުތަކުގެ ތެރޭގައި ހިމެނޭ ކަމަށް މެންބަރު މީކާއިލް ވިދާޅުވިއެވެ.

މީގެ އިތުރުން އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ދަށުން ކަނޑައަޅާފައިވާ އާންމު މިންގަނޑުތަކާއި ހިލާފަށް އަދި ނުރައްކާތެރުކޮށް އުޅަނދު ދުއްވާ ފަރާތްތަކާއި މެދު ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން ފިޔަވަޅުއެޅޭނޭ މަގުަފަހިކުރުމުގެ ގޮތުން ނުރައްކާތެރިކޮށް އެއްގަމު އުޅަނދު ދުއްވުމަކީ ވަކި ކުށެއްގެ ގޮތުގައި ކަނޑައެޅުމަށްޓަކައި ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތަށް ގެންނަންޖެހެ އިސްލާހުތައް ގެނައުން ކަމަށް މެންބަރު މީކާއިލް ވިދާޅުވިއެވެ.

މެންބަރު މީކާއިލް ވިދާޅުވީ ބިލުގައި މައިގަނޑު 2 ކަމެއް ހިމަނާފައިވާނެ ކަމަށެވެ.

ފުރަތަމަ ކަމަކަށް ބިރުވެރިކަން އުފެދޭގޮތަށް މީހެއްގެ ފުރާނައަށް ގެއްލުމެއް ކުރިމަތިވެދާނެ ކަމާއިމެދު ފަރުވާލެއް ނެތްގޮތަށް އިންޖީނުލީ އެއްގަމު އުޅަނދުފަހަރު ދުއްވުމަކީ އެހެންމީހެއްގެ ހަށިގަނޑަށް ބޮޑު އަނިޔާއެއް ލިބިދާނެ ގޮތަށް ނުވަތަ އޭނާ މަރުވެދާނެ ގޮތަށް ފަރުވާލެއް ނެތި ބިރު ކުރިމަތިވެދާނެ ގޮަތަށް ކުރާ އަމަލެއްގެ ގޮތުގައި، މި އިސްލާހުގެ ދަށުން ބަލާނެ. ދެވަނަ ކަމަކަށް ނުރައްކާތެރިކޮށް ވެހިކަލް ދުއްވުމަކީ ކުށެއްކަމަށް ކަނޑައެޅުމަށް ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތަށް މާއްދާއެއް މި ބިލުން ތާރަފަކުރެވިގެން އެބަދޭ.
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް

މެންބަރު މީކާއިލް ވިދާޅުވީ މިހާރު ގާނޫނު އޮތްގޮތުން ޝަރީއަތުގެ މަރުހަލާގައި ކުށް ސާބިތުކުރަން އުނދަގޫ ކަމަށެވެ. އެގޮތުން ކުރި ކުށަކާއި ގުޅިގެން މީހަކަށް އަނިޔާއެއް ނުލިބޭނަމަ ނުވަތަ މަރު ނުވާނަމަ ނުރައްކާތެރިކޮށް ދުއްވުން ކުށަކަށް ނުވާ ކަމަށެވެ. ނަމަވެސް ހުށަހަޅާފައިވާ އިސްލާހާއެކު މީހަކަށް އަނިޔާއެއް ލިބުނަސް ނުވަތަ ނުލިބުނަސް މީހުންގެ ފުރާނައަށް ނުރައްކާވާފަދަ ގޮތަކަށް އޯވަރޓޭކް ކުރުމާއި ސްޕީޑް ލިމިޓަށްވުރެ ބާރަށް ދުއްވުމަކީ ނުބައި މަގުތަކުން ދުއްވުމަކީ ކުށެއްގެ ގޮތުގައި ވަކި އަދަބެއްގެ ގޮތުގައި ބިލުން ކަނޑައެޅިގެންދާނެ ކަމަށެވެ.

މިކަމަށް ހައްލު އަންނާނީ ހަމައެކަނި ގާނޫނުން އަދަބު ކަނޑައެޅިގެން ނޫން. މިހާރުވެސް ގާނޫނު އޮތްގޮތުން ކުށުގެ އަދަބުގެ މަރުހަލާއަށް ދެވެން އޮންނަކަން ފާހަގަކުރެވޭ. އެހެންނަމަވެސް ހޭލުންތެރިކަން އިތުރުކުރަން އެބަޖެހޭ. ލާމަރުކަޒީ ނިޒާމަށްވެސް އިސްލާހު އަންނަތަން އެބަފެނޭ. ކައުންސިލްތަކުގެ ބަޖެޓުންވެސް ކުރިއަށް އޮތްތަނުގައި ވަކި އިންސައްތައެއް ޓްރެފިކް ހޭލުންތެރިކުރުމަށް ހަމަޖައްސަން އެބަޖެހޭ. އަދަބު ދީގެން އެކަނި އިސްލާހުވާނަމަ މިކަން އޮންނާނީ އިސްލާހުވެފައި. އެހެންނަމަވެސް ތަންފީޒީ މަރުހަލާފައި މި ކަންކަން ހުއްޓުވަން ތިބޭ ފުލުހުންގެ ދައުރު އިންތިހާއަށް ބޮޑުކަން ފާހަގަކުރަން.
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް

މެންބަރު މީކާއިލް ވަނީ ކޮމިޓީ މަރުހަލާފައި މަޝްވަރާ ހޯދާއިރު ހުރިހާ ކަމަކަށް ބަލައިގެން ރަނގަޅު މަސައްކަތެއް މަޖިލީހުން ކޮށްދެއްވާނެކަމަށް އުއްމީދުކުރައްވާ ކަމަށް ވިދާޅުވެފައެވެ. މެންބަރު ވަނީ ކޮމިޓީ މަރުހަލާގައި ކަމާއި ގުޅުންހުރި ހުރިހާ ފަރާތްތަކެއްގެ ޝާމިލުވުން ހިމެނޭހެން ބިލުގެ މަސައްކަތް ސިޔާސީ ނަަޒަރަކުން ނުބަލައި ކުރިއަށް ގެންދިއުމަށް އެދިވަޑައިގެންފައެވެ.

މީކާއީލް އަހުމަދު ނަސީމްގަލޮޅު ދެކުނު ދާއިރާޤާނޫނުލްޢުޤޫބާތުޖުޑިޝަރީ ކޮމިޓީއެއްގަމު އުޅަނދުނުރައްކާތެރި ދުއްވުން

ކޮމެންޓް

އިތުރަށް ކިޔާލަން

ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު

ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު

12 ޑިސެމްބަރު 2025
ޑްރަގް އެތެރެކުރާ މީހުންނަށް މަރު ގެ އަދަބު ދެވޭ ގޮތް ހަދަން ފާސްކޮށްފި

ޑްރަގް އެތެރެކުރާ މީހުންނަށް މަރު ގެ އަދަބު ދެވޭ ގޮތް ހަދަން ފާސްކޮށްފި

03 ޑިސެމްބަރު 2025
ގާޒީ، ފާއިޒް މަގާމުން ވަކި ކުރަން މަޖިލީހުގެ ތަޅުމަށް ފޮނުވަން ފާސްކޮށްފި

ގާޒީ، ފާއިޒް މަގާމުން ވަކި ކުރަން މަޖިލީހުގެ ތަޅުމަށް ފޮނުވަން ފާސްކޮށްފި

02 ޑިސެމްބަރު 2025
ޔޫރަޕަށް ބޭރުކުރާ މަހުން ނަގާ ޑިއުޓީ އާއި މެދު ސުވާލުކުރުމުން މިނިސްޓަރ ސައީދުގެ ވާހަކަ "ޑިފެންސް" އަށް!

ޔޫރަޕަށް ބޭރުކުރާ މަހުން ނަގާ ޑިއުޓީ އާއި މެދު ސުވާލުކުރުމުން މިނިސްޓަރ ސައީދުގެ ވާހަކަ "ޑިފެންސް" އަށް!

14 އޮކްޓޯބަރު 2025
އިންތިޚާބުތައް އެއްކޮށްލުމަކީ 2028 ގެ އިންތިޚާބު ވަގަށް ނެގުމަށް ރައީސް މުއިއްޒު ކުރާކަމެއް: މީކާއީލް

އިންތިޚާބުތައް އެއްކޮށްލުމަކީ 2028 ގެ އިންތިޚާބު ވަގަށް ނެގުމަށް ރައީސް މުއިއްޒު ކުރާކަމެއް: މީކާއީލް

08 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

6 ޖެނުއަރީ
އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް
20251 އަހަރު ކުރިން
ސިއްހަތު

އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި
20233 އަހަރު ކުރިން
ދުނިޔެ

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟
20197 އަހަރު ކުރިން
ސިއްހަތު

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު