Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައްޔިތުންގެ މަޖިލިސް

ރައީސް މުއިއްޒު މޫނަކަށް ކަނދުރާ އަކަށް ނުބައްލަވާ، ބައްލަވަނީ ވޮލެޓާ ބޭންކް ބެލެންސަށް: މެންބަރު ޒިޔާދު

ރާއްޖެ އަށް ގޭސް އެތެރެކުރާ ސަރުކާރުގެ ކުންފުނި، މޯލްޑިވް ގޭސް އިން ގޭހުގެ ޝިޕްމަންޓަކަށް ދެއްކި އެޑްވާންސް ފައިސާ ވީނުވީއެއް ނޭނގި ގެއްލިފައިވާ އިރު އެކަމަށް ކުރެވުނީ ކޮން ކަމެއްތޯ ވެސް ޒިޔާދު ސުވާލުއުފެއްދެވި.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 5 ޖެނުއަރީ 2026 | ހޯމަ 06:44
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވައިކަރަދޫ ދާއިރާގެ މެމްބަރު ޙުސެއިން ޒިޔާދު ވާހަކަ ދައްކަވަނީ

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވައިކަރަދޫ ދާއިރާގެ މެމްބަރު ޙުސެއިން ޒިޔާދު ވާހަކަ ދައްކަވަނީ

 ރައީސް ޑރ. މުހައްމަދު މުއިއްޒު މޫނަކަށް ކަނދުރާއަކަށް ނުބައްލަވާ މީހުންނަށް ފިޔަވަޅު އަޅާ ކަމަށް ބުނެ ބަޔަކު ތައުރީފު ކުރާ އިރު އެކަން ގަބޫލު ކުރައްވާ ކަމަށާ ފިޔަވަޅު އެޅުއްވުމުގައި މުއިއްޒު ބައްލަވަނީ ވޮލެޓާ ބޭންކު ބެލެންސަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ވިދާޅުވެއްޖެ އެވެ. 

ހޯމަ ދުވަހު ދައުރުން ބޭރުން ބޭއްވި ޖަލްސާގައި ޖުވާ ކުޅުމާއި ޖުވާކުޅޭ ތަންތަން ހިންގުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅަން ދިވެހި ރާއްޖޭގެ ގާނޫލްއުގޫބާތަށް އިސްލާހު ގެންނަން ވަނީ ހުށަހަޅާފަ އެވެ. 

މި އިސްލާހަށް ބަހުސް ކުރައްވާ މެންބަރު ޒިޔާދު ވިދާޅުވީ ގާނޫނެއް ހެދުމަކީ ވަރަށް ފަސޭހަ ކަމެއް ކަމަށެވެ. އުނދަގުލީ ގާނޫނު ތަންފީޒު ކުރަން ކަމަށް ވެސް މެންބަރު ވިދާޅުވި އެވެ.

މިސާލެއްގެ ގޮތުން މެންބަރު ވިދާޅުވީ ގޭންގު ބިލަށް ވީގޮތް އެންމެންނަށް ވެސް ފެންނަ ކަމަށެވެ. އެގޮތުން ވަރަށް ޒަމާނުން، ވަރަށް ވަރުގަދަ އަށް ވަރަށް ގިނަ ގޮތްގޮތަށް މަޝްވަރާ ކޮށްގެން ބިލު ނިންމާ، ތިން މަސް ނުވެ ރައީސް އިއުލާނު ކުރެއްވީ ރާއްޖޭގައި ގޭންގެއް ނެތް ކަން ކަމަށް މެންބަރު ވިދާޅުވި އެވެ. 

މެންބަރު ވިދާޅުވީ މިދަފަ ގޮތަކަށް ގާނޫނުލް އުގޫބާތަށް ގެންނަ އިސްލާހަށް ފަރުވާ ކުޑަކޮށް، ނުވަތަ އަމިއްލަ އެދުމަކަށް ގާނޫނަށް އަމަލު ނުކޮށްފި ނަމަ މި މުޖުތަމައު އިން މި މައްސަލަ ފިލުވާލަން މާ އުނދަގޫ ވާނެ ކަމަށެވެ. 

މެންބަރު އިތުރަށް ވިދާޅުވީ ބައެއް ބޮޑެތި ކުށްތަކަށް އަދަބު ނުދެވެނީ ގާނޫނުގައި އެކަންކަމަށް އަދަބު ކަނޑައެޅިފައި ނެތުމުން ތޯ ރައްޔިތުން ސުވާލު ކުރާ ކަމަށެވެ. 

އެގޮތުން ރާއްޖެ އަށް ގޭސް އެތެރެކުރާ ސަރުކާރުގެ ކުންފުނި، މޯލްޑިވް ގޭސް އިން ގޭހުގެ ޝިޕްމަންޓަކަށް ދެއްކި އެޑްވާންސް ފައިސާ ވީނުވީއެއް ނޭނގި ގެއްލިފައިވާ އިރު އެކަމަށް ކުރެވުނީ ކޮން ކަމެއްތޯ ވެސް ޒިޔާދު ސުވާލުއުފެއްދެވި އެވެ. އެކަން ވެސް ނުބިލެގެން އުޅެނީ ގާނޫނުގައި އެކަން ލިޔެވިފައި ނެތުމުން ތޯ ވެސް މެންބަރު ސުވާލު އުފެއްދެވި އެވެ. 

އަޅުގަނޑު މި ދަންނަވަނީ މިސާލާއެކު. ހަމަ މާލިއްޔަތު ކޮމިޓީ އިން އަޅުގަނޑުމެން ބެލިން އެއް މައްސަލައިގަ އަޅުގަނޑު އަޑުއެހިން ހަމަ ގައިމުވެސް ބުނާތީ، 250،000 ޑޮލަރެއްގެ ވާހަކަ..... އެ ފައިސާ އެއް ނެތް. މި މައްސަލަ ނުބެލި މިއޮތީ ގާނޫނުލް އުގޫބާތުގަ މި ވާހަކަ ނުލިޔެގެން ތޯ. މި ސުވާލު ރައްޔިތުން ކުރާނީ. އަނެއް ސުވާލަކަށް ވާނީ މޯލްޑިވް ގޭސް ގެ އެމްޑީ އެ 250،000 ޑޮލަރަށް ހެދި ގޮތެއް، ގާނޫނުލް އުގޫބާތު މިކަން ލިޔުނީމަ ވާނެތޯ. މި މައްސަލަ ބެލޭނެތޯ. މި ހިސާބުން މިން އަޅަން ޖެހޭނީ ފުރަތަމަ،
ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު 

ޒިޔާދު ވިދާޅުވީ މިއަދު ރައީސް އަށް ބައެއް ފަރާތްތަކުން ތައުރީފު ކުރަމުން ދަނީ ރައީސް އަކީ މޫނަކަށް ކަނދުރާއަކަށް ނުބައްލަވާ މީހުންނަށް ފިޔަވަޅު އަޅާ ބޭފުޅެއް ކަމަށް ބުނެ ކަމަށެވެ. އެއީ ހަގީގަތެއް ކަމަށާ އޭގެ ބަދަލުގައި ރައީސް ފިޔަވަޅު އެޅުއްވުމުގައި ބައްލަވަނީ މީހުންގެ ވޮލެޓާ ބޭންކް ބެލެންސަށް ކަމަށް ވެސް މެންބަރު ވިދާޅުވި އެވެ. 

ސިނގިރޭޓް ތަކެއް ވަގަށް ނެގި މައްސަލައަށް އެކަނި ބަލާލުމުން ވެސް އެކަން އެނގޭ ކަމަށް މެންބަރު ވިދާޅުވި އެވެ. އެ މައްސަލައިގައި ވެސް ވަކި ބަޔަކަށް ވަކި ގޮތަކަށް ކަންތައް ކުރި މަންޒަރު ފެނިގެން ދިއަ ކަމަށާ އެކަން އެގޮތަށް ވާނެ ކަމަށް ކުރިން ވެސް ބުނި ކަމަށް ޒިޔާދު ވިދާޅުވި އެވެ. 

އެހެން ކަމުން ގައުމުގައި ބައެއް ކަންކަން ވަނީ ކޮންމެހެން ގާނޫނެއް ނެތުމުން ނުވަތަ ގާނޫނުގައި ކަންތައްތަކެއް ބަޔާން ކޮށްފައި ނެތުމުން ނޫން ކަމަށް މެންބަރު ވިދާޅުވި އެވެ. ގާނޫނުލް އުގޫބާތަށް ވެސް ގެނެވޭ އިސްލާހަކީ އިޚުލާސްތެރި އިސްލާހެއް ނަމަ، މޯލްޑިވް ގޭސް އިން ގެއްލުވާލި ފައިސާގެ މައްސަލަ ފަދަ މައްސަލަތައް ހައްލުކުރުމަށް މަސައްކަތް ކުރުމުން ފަށަން ޖެހޭ ކަމަށް މެންބަރު ވިދާޅުވި އެވެ. 

ހުސައިން ޒިޔާދުވައިކަރަދޫ ދާއިރާޤާނޫނުލްޢުޤޫބާތުޖުވާކުޅުންރައްޔިތުންގެ މަޖިލިސް

ކޮމެންޓް

އިތުރަށް ކިޔާލަން

ޖުވާ ކުޅުމާއި ޖުވާކުޅޭ ތަންތަން ހިންގުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅަން ހުށަހަޅައިފި

ޖުވާ ކުޅުމާއި ޖުވާކުޅޭ ތަންތަން ހިންގުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅަން ހުށަހަޅައިފި

04 ޖެނުއަރީ 2026
މަޖިލިސް އިންތިޚާބާއި ރިޔާސީ އިންތިޚާބު އެކުގައި ބާއްވަން ގާނޫނު އަސާސީ އަށް އިސްލާހު ހުށަހަޅައިފި

މަޖިލިސް އިންތިޚާބާއި ރިޔާސީ އިންތިޚާބު އެކުގައި ބާއްވަން ގާނޫނު އަސާސީ އަށް އިސްލާހު ހުށަހަޅައިފި

04 ޖެނުއަރީ 2026
ސަރުކާރުން ގާނޫނު އަސާސީ އަށް އަނެއްކާ ވެސް ބަދަލު ގެންނަނީ

ސަރުކާރުން ގާނޫނު އަސާސީ އަށް އަނެއްކާ ވެސް ބަދަލު ގެންނަނީ

04 ޖެނުއަރީ 2026
މަޖިލީހުގެ ޖަލްސާ އެއް ދައުރުން ބޭރުން ހޯމަ ދުވަހު ބާއްވަނީ

މަޖިލީހުގެ ޖަލްސާ އެއް ދައުރުން ބޭރުން ހޯމަ ދުވަހު ބާއްވަނީ

04 ޖެނުއަރީ 2026
ރައްޔިތުންގެ މަޖިލީސް ގޮވައިގެން މެމްބަރު މައުރޫފް ކޯޓަށް ދަނީ

ރައްޔިތުންގެ މަޖިލީސް ގޮވައިގެން މެމްބަރު މައުރޫފް ކޯޓަށް ދަނީ

30 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

6 އެޕްރީލު
ޝައްމާންގެ ގެއިން ހޯދި ފޯނަކީ މައްސަލައާ ގުޅުންހުރި ބިދޭސީ މީހާގެ ފޯނު، އެ ފޯނުގައި ވަޒީރަކާއެކު ހަދާފައިވާ ޑީލްތަކެއް ހުރި ކަމުގެ ތުހުމަތު
20251 އަހަރު ކުރިން
ރާއްޖެ

ޝައްމާންގެ ގެއިން ހޯދި ފޯނަކީ މައްސަލައާ ގުޅުންހުރި ބިދޭސީ މީހާގެ ފޯނު، އެ ފޯނުގައި ވަޒީރަކާއެކު ހަދާފައިވާ ޑީލްތަކެއް ހުރި ކަމުގެ ތުހުމަތު

6 މަސްވީ ގަތުލުއާންމުގައި ބަސްމާގެ ޙުއްމޫޞް ވީ ސަލާމަތުގެ އައްޑަނައަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

6 މަސްވީ ގަތުލުއާންމުގައި ބަސްމާގެ ޙުއްމޫޞް ވީ ސަލާމަތުގެ އައްޑަނައަކަށް!

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ހަތަރު ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ހަތަރު ބައިވެރިން އިއުލާންކޮށްފި

"90 އިންސައްތަ ބައިވެރިން ވޯޓު ދިނީ އެކަކު އެލިމިނޭޓް ކުރަން"
20224 އަހަރު ކުރިން
ރިޕޯޓު

"90 އިންސައްތަ ބައިވެރިން ވޯޓު ދިނީ އެކަކު އެލިމިނޭޓް ކުރަން"

ޕަރސް ދޮންނަން މާދަން ޢާދޭ، މި ލަވައާއި އަލީ ރަމީޒާ ކޮން ގުޅުމެއް؟
20215 އަހަރު ކުރިން
ރިޕޯޓު

ޕަރސް ދޮންނަން މާދަން ޢާދޭ، މި ލަވައާއި އަލީ ރަމީޒާ ކޮން ގުޅުމެއް؟

ކުރީގެ 11 މެމްބަރަން އަލުން މަޖިލީހަށް!
20197 އަހަރު ކުރިން
ރާއްޖެ

ކުރީގެ 11 މެމްބަރަން އަލުން މަޖިލީހަށް!

ޖަގަހަ ތަކުގެ ޓިނު ބާއްވެއްޖެނަމަ، ޓިނު ހަދިޔާކުރަން އަދުރޭ ނިންމައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖަގަހަ ތަކުގެ ޓިނު ބާއްވެއްޖެނަމަ، ޓިނު ހަދިޔާކުރަން އަދުރޭ ނިންމައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު