Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުޑަބްލިއު މޯލްޑިވްސް

ނޫސްވެރިންނަށް ކުރިމަތިވަމުންދާ ފިއްތުންތަކާ ދެކޮޅަށް ރާއްޖޭގެ ބޮޑެތި މީޑިއާތަކުން ޚަބަރު ފެތުރުން މެދުކަނޑާލައި "ބްލެކްއައުޓް"އަކަށް!

ނޫސްވެރިކަމުގެ މިނިވަންކަން ހަނިކޮށް، ނޫސްވެރިންނަށް ކުރިމަތިވަމުންދާ ބިރުދެއްކުންތަކާއި ފިއްތުންތަކާ ދެކޮޅަށް ރާއްޖޭގެ ބޮޑެތި މީޑިއާތަކުން މިއަދު ވަނީ ޚަބަރު ފެތުރުން މެދުކަނޑާލައި "ބްލެކްއައުޓް" އިހުތިޖާޖެއް ފަށާފައި. މި ހަރަކާތަކީ ނޫސްވެރިންގެ މައްޗަށް ޖިނާއީ ދައުވާ އުފުލުމާއި މީޑިއާތައް ރެއިޑްކުރުން ފަދަ ކަންކަމާ ގުޅިގެން، ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށްދިނުމުގެ ހައްގު ދިފާއުކުރުމަށް ކުރިއަށްގެންދާ ސުލްހަވެރި އިހުތިޖާޖެއް. މީޑިއާތަކުން ގަބޫލުކުރާ ގޮތުގައި ނޫސްވެރިކަމަށް ހުރަސްއެޅުމަކީ ދެފުއް ފެންނަ ސަރުކާރެއް ބޭއްވުމަށް އޮތް ހުރަހަކަށް ވުމުގެ އިތުރުން، މުޅި ރައްޔިތުންނަށް ލިބޭނެ ބޮޑު އުނިކަމެއް.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 19 މެއި 2026 | އަންގާރަ 09:32
ނޫސްވެރިންނަށް ކުރިމަތިވަމުންދާ ފިއްތުންތަކާ ދެކޮޅަށް ރާއްޖޭގެ ބޮޑެތި މީޑިއާތަކުން ޚަބަރު ފެތުރުން މެދުކަނޑާލައި "ބްލެކްއައުޓް"އަކަށް

ނޫސްވެރިންނަށް ކުރިމަތިވަމުންދާ ފިއްތުންތަކާ ދެކޮޅަށް ރާއްޖޭގެ ބޮޑެތި މީޑިއާތަކުން ޚަބަރު ފެތުރުން މެދުކަނޑާލައި "ބްލެކްއައުޓް"އަކަށް | ރާއްޖެ އެމްވީ

މިއަދު ރާއްޖޭގެ ބޮޑެތި ނޫސްތަކާއި އޮންލައިން މީޑިއާތައް ވަނީ "ބްލެކްއައުޓަކަށް" ގޮސްފައެވެ. ނޫސްވެރިން އިސްނަގައިގެން ކުރިއަށްގެންދާ މި ޙަރަކާތުގައި ވަކި ވަގުތެއް ވަންދެން އެ ނޫސްތަކުގެ ވެބްސައިޓާއި މީސްމީޑިއާގައި ޚަބަރު ފެތުރުމާއި ޕަބްލިޝް ކުރުން ވަނީ މުޅިން މެދުކަނޑާލާފައެވެ. އެއްވެސް ޙާލެއްގައި ރިޕޯޓްކުރާނެ ޚަބަރެއް ނެތިގެންނެއް ނޫނެވެ. އެކަން އެގޮތަށް ދިމާވީ، ހަގީގަތުގައިވެސް މިއަދު ނޫސްވެރިކަން ބްލެކްއައުޓެއްގެ ތެރޭގައި އޮތުމުންނެވެ.

މިއީ މީޑިއާގެ ބާރު ކަނޑުވާލައި، ނޫސްވެރިން ބިރުވެރިކަމެއްގެ ތެރެއަށް ކޮށްޕާލަމުންދާ ކަމަށް ގަބޫލުކުރާ ނޫސްވެރިން، އެކަމާ ދެކޮޅަށް ގުޅިގެން ކުރިއަށްގެންދާ އިހުތިޖާޖެކެވެ. މި އިހުތިޖާޖުގައި ރާއްޖޭގެ ބޮޑެތި އޮންލައިން މީޑިއާތަކުން ވެސް ބައިވެރިވެފައިވެއެވެ.

މިއަދު ދިވެހި ނޫސްވެރިން މަސައްކަތް ކުރަމުން އަންނަނީ ފިއްތުންތަކުގެ ތެރޭގައިކަން މިއީ ފެންނަން އޮތް ހަގީގަތެކެވެ. މިއީ އެކި ޒަމާނުގައި، އެކި ސިފަސިފައިގައި ނޫސްވެރިންނަށް ދިމާވާ ގޮންޖެހުންތަކެއް ނަމަވެސް، މިއަދު ފެންނަމުންދަނީ ކުރިއަށްވުރެ ވެސް ބޮޑަށް މި މިނިވަންކަން ނަގާލެވެމުންދާ މަންޒަރެވެ.

ވެރިކަމުގައި އޮތީ ކޮންމެ ސަރުކާރެއް ކަމުގައި ވިޔަސް، ފާޑުކިޔުމާއި، ބިރުދެއްކުމާއި، ސިޔާސީ ގޮތުން ކުރިމަތިވާ ހުރަސްތަކަކީ ރިޕޯޓަރުންނާއި އެޑިޓަރުންނަށް އާ ކަންކަމެއް ނޫނެވެ. ނަމަވެސް މިހާރު ފެންނަމުންދާ ކަންކަމަކީ، ނޫސްވެރިންގެ މައްޗަށް ޖިނާއީ ދައުވާ އުފުލުމާއި، ހައްޔަރުކުރުމާއި، ޙުކުމްކޮށް ޖަލަށް ލުމާއި، މީޑިއާ ސްޓޭޝަންތައް ރެއިޑްކުރުމާއި، ވަކި މައުޟޫއުތަކަށް ރިޕޯޓްކުރުން ހަނިކުރުމުގެ އިތުރުން، ނޫސްވެރިކަމުގެ މަސައްކަތް ކުރުމުން ގާނޫނީ އަދަބު ލިބިދާނެ ކަމުގެ ބިރު އިންތިހާއަށް އޮތްކަމެވެ. މި "ބްލެކްއައުޓް" ގެ ފަހަތުގައިވާ ހަގީގީ ސަބަބުތަކަކީ ވެސް އެއީއެވެ.

ނޫސްވެރިކަން ބްލެކްއައުޓަކަށް ދިއުމަކީ ކަންބޮޑުވާން ޖެހޭ ކަމެކެވެ. ކިތަންމެ މަދުވަގުތުކޮޅަކަށް ނަމަވެސް، މީޑިއާއެއްގެ މަސައްކަތް ހުއްޓާލަން ޖެހޭ ހިސާބަށް ދިއުމަކީ ނޫސްވެރިކަމަށް އޮތް ގޮންޖެހުންތަކާއި، ނޫސްވެރިކަން އޮތް ޙާލަތުވެސް ވަރަށް ސާފުކޮށް ފެންނަން އޮތް ކަމެކެވެ. މިކަމުގެ ގެއްލުން އޮތީ ހަމައެކަނި ނޫސްވެރިންނަށް ނުވަތަ ނޫސްމީޑިއާތަކަށް އެކަންޏެއް ނޫނެވެ.

މީޑިއާ ހިމޭންކުރުވުމަކީ ހަމައެކަނި ރިޕޯޓަރުންނަށް ދެވޭ އަދަބެއް ނޫނެވެ. އެއީ މުޅި ރައްޔިތުންނަށް ލިބޭ އުނިކަމެކެވެ. ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމާއި، ވެރިކަމުގައި އެ އިރަކު ތިބޭ ފަރާތްތަކާ ސުވާލުކުރުމާއި، ބޮޑެތި މައްސަލަތަކާ ގުޅޭގޮތުން ރިޕޯޓްކުރުމަށް ނޫސްވެރިންނަށް ހުރަސްއެޅުމުން، ރައްޔިތުންނަށްވެސް ދެފުއް ފެންނަ ސަރުކާރެއް ފެނިގެން ދިއުމަށް އޮތް ދޮރުތައް ބަންދުވެގެން ދެއެވެ.

މިއަދުގެ ބްލެކްއައުޓްގެ ފަހަތުގައި ތިބީ ނޫސްވެރިންނާއި، އެޑިޓަރުންނާއި، ކެމެރާމަނުންނާއި ޕްރޮޑިއުސަރުންނެވެ. އެމީހުން އެ އުނދަގޫ ނިންމުން ނިންމީ، މުސްތަގުބަލުގައި ވެސް ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށްދިނުމުގެ ހައްގު ދިފާއުކުރުމަށްޓަކައި، ވަގުތީ ގޮތުން މައުލޫމާތު ފޯރުކޮށްދިނުން ހުއްޓާލުމަށެވެ. ނޫސްވެރިންނަށް ލިބެމުންދާ ގެއްލުންތަކާމެދު ނުރުހޭކަން ބުނެދިނުމަށް ކުރެވޭ އިހުތިޖާޖެއްގެ ގޮތުގައެވެ.

ހަމަ ޔަގީނުންވެސް މިއީ ފަސޭހަ ކަމެއް ނޫނެވެ. ނިއުސްރޫމްތައް ހުންނަނީ ޚަބަރު ފެތުރުމަށެވެ. ނަމަވެސް ބައެއް މީޑިއާތަކުން މި އުނދަގޫ ނިންމުން ނިންމީ މީޑިއާ ނެތް ދުވަހަކު ގައުމުގެ ހާލަތު އޮންނާނެ ގޮތް ރައްޔިތުންނަށް އިހުސާސް ކޮށްދިނުމަށްކަމަށް ވެސް ވެދާނެއެވެ. މަދު ގަޑިއިރުތަކަކަށް ނަމަވެސް، މިނިވަން ނޫސްވެރިކަމެއް ނެތް ގައުމެއް ފެންނާނެ ގޮތުގެ ކުޑަ މަންޒަރެއް މި ބްލެކްއައުޓުން ފެނިގެން ގޮސްފިއެވެ.

ޑަބްލިއު މޯލްޑިވްސްނޫސްވެރިޔާމީޑިއާ ބްލެކްއައުޓްޕްރެސް ފްރީޑަމްކަރަޕްޝަން

އިތުރަށް ކިޔާލަން

17 މެއި 2026

ޖަލަށް ލާއިފަވާ ނޫސްވެރިން ދޫކޮށްލުމަށް ގޮވާލާ އެމްޑީޕީ އިން ކުރި އިހުތިޖާޖަށް ފުލުހުން ހުރަސް އަޅައިފި

17 މެއި 2026
 ޖަލަށް ލާއިފަވާ ނޫސްވެރިން ދޫކޮށްލުމަށް ގޮވާލާ އެމްޑީޕީ އިން ކުރި އިހުތިޖާޖަށް ފުލުހުން ހުރަސް އަޅައިފި
17 މެއި 2026

ޖަލަށްލާފައިވާ ނޫސްވެރިން ވަގުތުން މިނިވަންކޮށް ސިއްހީ ފަރުވާ ކަށަވަރުކުރުމަށް ޝާހިދު ގޮވާލައްވައިފި

17 މެއި 2026
ޖަލަށްލާފައިވާ ނޫސްވެރިން ވަގުތުން މިނިވަންކޮށް ސިއްހީ ފަރުވާ ކަށަވަރުކުރުމަށް ޝާހިދު ގޮވާލައްވައިފި
16 މެއި 2026

ކޮރަޕްޝަން ހިންގާ ފަރާތެއް ޖަވާބުދާރީ ކުރުވަން ކެރޭނެ: ކުރީގެ ތިން ރައީސުން

16 މެއި 2026
ކޮރަޕްޝަން ހިންގާ ފަރާތެއް ޖަވާބުދާރީ ކުރުވަން ކެރޭނެ: ކުރީގެ ތިން ރައީސުން
16 މެއި 2026

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ތަހުގީގު: މިއީ އަންނަ ރުޅިއަކުން ނުވަތަ ހިތްހަމަ ޖައްސާލުމަށް ދައްކާ ވާހަކައެއްތަ؟

16 މެއި 2026
އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ތަހުގީގު: މިއީ އަންނަ ރުޅިއަކުން ނުވަތަ ހިތްހަމަ ޖައްސާލުމަށް ދައްކާ ވާހަކައެއްތަ؟
16 މެއި 2026

"އަދަދު" ނޫހުގެ ނޫސްވެރިން ޖަލަށްލި މައްސަލަ އދ. ގެ ހިއުމަން ރައިޓްސް ކަމިޝަނަރގެ އޮފީހަށް ހުށަހަޅައިފި

16 މެއި 2026
 "އަދަދު" ނޫހުގެ ނޫސްވެރިން ޖަލަށްލި މައްސަލަ އދ. ގެ ހިއުމަން ރައިޓްސް ކަމިޝަނަރގެ އޮފީހަށް ހުށަހަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު