Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއަންހެނުންގެ ކޮމެޓީ މުސާރަ

ސިޓީތަކުގެ އަންހެނުންގެ ކޮމެޓީ ރައީސުންނަށް މަހަކު 41،000 ރުފިޔާ އަދި ރަށްރަށުގެ ރައީސުންނަށް މަހަކު 21،000 ރުފިޔާ ދޭން ނިންމައިފި

އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކަކީ ފުލްޓައިމްކޮށް މަސައްކަތްކުރާ ބައެއްގެ ގޮތުގައި ކަނޑައަޅައި، އެ ކޮމެޓީތަކުގެ ރައީސުންނާއި ނައިބު ރައީސުންގެ މުސާރަ ބޮޑުކުރުމަށް ޕޭ ކޮމިޝަނުން ވަނީ ނިންމާފަ. ޕޭ ކޮމިޝަނުން މިހާރު ނިންމާފައިވަނީ ސިޓީތަކުގެ އަންހެނުންގެ ކޮމެޓީގެ ރައީސުންގެ މުސާރައަށް މަހަކު 41،500ރ. ދިނުމަށާއި އަދި ރަށްރަށުގެ އަންހެނުންގެ ކޮމެޓީތަކުގެ ރައީސުންނަށް މަހަކު 21،000ރ. ދިނުމަށް.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް | 21 މެއި 2026 | ބުރާސްފަތި 16:45
އަލަށް އިންތިޚާބުވި ކައުންސިލަރުން މަޤާމުގެ ހުވާކޮށް، ޑަބްލިއުޑީސީ މެމްބަރުން އިޤުރާރުގައި ސޮއިކުރުމުގެ ރަސްމިއްޔަތުގެ ތެރެއިން

އަލަށް އިންތިޚާބުވި ކައުންސިލަރުން މަޤާމުގެ ހުވާކޮށް، ޑަބްލިއުޑީސީ މެމްބަރުން އިޤުރާރުގައި ސޮއިކުރުމުގެ ރަސްމިއްޔަތުގެ ތެރެއިން | މާލެ ސިޓީ ކައުންސިލް

ސިޓީތަކާއި ރަށްރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ (ޑަބްލިއުޑީސީ) ރައީސުންގެ މުސާރަ އެތައް ގުނައެއް ބޮޑުކުރަން ނޭޝަނަލް ޕޭ ކޮމިޝަނުން ނިންމައިފި އެވެ.

ޕޭ ކޮމިޝަނުން ނިންމާފައިވާ ގޮތުގައި ސިޓީތަކުގެ އަންހެނުންގެ ކޮމެޓީގެ ރައީސުންގެ މުސާރައަށް މަހަކު 41,500 ރުފިޔާ ލިބޭނެ އެވެ. މީގެ ތެރޭގައި ހިމެނެނީ 33,000 ރުފިޔާގެ އަސާސީ މުސާރައާއި 8,500 ރުފިޔާގެ ލިވިން އެލަވަންސެވެ. މީގެ ކުރިން ސިޓީތަކުގެ ރައީސުންނަށް ލިބެމުން އައީ މަހަކު 7,000 ރުފިޔާ އެވެ.

Advertisement - newsAdvertisement

ރަށްރަށުގެ އަންހެނުންގެ ކޮމެޓީތަކުގެ ރައީސުންގެ މުސާރަ 6,000 ރުފިޔާ އިން 21,000 ރުފިޔާ އަށް ވަނީ ބޮޑުކޮށްފަ އެވެ. އެއީ 16,500 ރުފިޔާގެ އަސާސީ މުސާރައާއި 4,500 ރުފިޔާގެ ލިވިން އެލަވަންސެވެ. 

މީގެ އިތުރުން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ ނައިބު ރައީސުންނާއި މެމްބަރުންގެ މުސާރައަށް ވެސް ބަދަލުތަކެއް ގެނެސްފައިވެ އެވެ. ސިޓީތަކުގެ އަންހެނުންގެ ކޮމެޓީތަކުގެ ނައިބު ރައީސުންގެ މުސާރަ 7،000 ރުފިޔާ އަށް ބޮޑުކުރުމުގެ އިތުރުން ބައިވެރިވާ ކޮންމެ ބައްދަލުވުމަކަށް 500 ރުފިޔާގެ އެލަވަންސެއް ދިނުމަށް ނިންމާފައިވެ އެވެ. އަދި ރަށްރަށުގެ ކޮމެޓީތަކުގެ ނައިބު ރައީސުންގެ މުސާރަ 6،000 ރުފިޔާއަށް ބޮޑުކުރުމުގެ އިތުރުން ބައިވެރިވާ ކޮންމެ ބައްދަލުވުމަކަށް އިތުރު 500 ރުފިޔާގެ އެލަވަންސެއް ދިނުމަށް ނިންމާފައިވެ އެވެ.

ސިޓީތަކާއި ރަށްރަށުގެ އަންހެނުންގެ ކޮމެޓީގެ މެމްބަރުންގެ މުސާރަ ބޮޑު ނުކުރި ނަމަވެސް އެ މީހުންނަށް ވެސް ބައިވެރިވާ ކޮންމެ ބައްދަލުވުމަކަށް 500 ރުފިޔާގެ އިތުރު އެލަވަންސެއް ދިނުމަށް ޕޭ ކޮމިޝަނުން ވަނީ ނިންމައިފަ އެވެ.

މުސާރައަށް ބަދަލު ގެނައިކަން އަންހެނުންގެ ކޮމެޓީތަކުގެ ރައީސުންނާއި މެމްބަރުންނަށް ހޮވުނު މީހުންނަށް ވެސް މިހާރު ވަނީ އަންގާފަ އެވެ.

މި ބަދަލާއެކު ސިޓީތަކުގެ އަންހެނުންގެ ކޮމެޓީތަކުގެ މެންބަރުންގެ މުސާރައަށް ކޮންމެ އަހަރަކު 6 މިލިއަން ރުފިޔާ އާއި ރަށްރަށުގެ ކޮމެޓީތަކުގެ މެންބަރުންގެ މުސާރަ އަށް އަހަރަކަށް 73 މިލިއަން ރުފިޔާ ހަރަދުވާނެކަމަށް ލަފާކުރެވެ އެވެ.  

ލާމަރުކަޒީ ގާނޫނަށް މި ފަހުން ގެނައި އިސްލާހުގައިވާ ގޮތުން އަންހެނުންގެ ކޮމެޓީތަކުގެ މެންބަރުންގެ މުސާރަ ކަނޑައަޅަން ޖެހެނީ ޕޭ ކޮމިޝަނުންނެވެ. ޕޭ ކޮމިޝަނުން މުސާރަ ކަނޑައެޅުމަށްފަހު އެ ކޮމިޝަނުގެ ރައީސް އަދި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވަނީ ލޯކަލް ގަވަރުމެންޓް އޮތޯރިޓީގެ ސީއީއޯ މުހައްމަދު ނިމާލަށް ސިޓީއެއް ފޮނުވާފަ އެވެ.


ނޭޝަނަލް ޕޭ ކޮމިޝަންލޯކަލް ގަވަރމަންޓް އޮތޯރިޓީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުއަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ

އިތުރަށް ކިޔާލަން

21 މެއި 2026

އަތޮޅު އޮފީސްތަކަށް ކިޔާނެ ނަމެއް ނުނިންމިގެން އެތައް ޚިދުމަތެއް ހުއްޓިފައި!

21 މެއި 2026
އަތޮޅު އޮފީސްތަކަށް ކިޔާނެ ނަމެއް ނުނިންމިގެން އެތައް ޚިދުމަތެއް ހުއްޓިފައި!
18 މެއި 2026

ހިރިމަރަދޫ ކައުންސިލާއި އަތޮޅު ކައުންސިލްތައް ރަސްމީކޮށް އުވާލައިފި

18 މެއި 2026
ހިރިމަރަދޫ ކައުންސިލާއި އަތޮޅު ކައުންސިލްތައް ރަސްމީކޮށް އުވާލައިފި
18 މެއި 2026

އަތޮޅު އޮފީސްތައް އުފައްދައި ގަސްތުގައި ގާނޫނާ ޚިލާފުވެއްޖެ! އެ މީހުން ގެ މައްޗަށް ދައުވާކުރަންޖެހޭ: ސުއޫދު

18 މެއި 2026
އަތޮޅު އޮފީސްތައް އުފައްދައި ގަސްތުގައި ގާނޫނާ ޚިލާފުވެއްޖެ! އެ މީހުން ގެ މައްޗަށް ދައުވާކުރަންޖެހޭ: ސުއޫދު
17 މެއި 2026

ރައީސް މައުމޫނުގެ ވެރިކަމުގައި އޮތްގޮތަށް އަތޮޅު އޮފީސްތައް ރައީސް މުއިއްޒު އުފައްވައިފި

17 މެއި 2026
ރައީސް މައުމޫނުގެ ވެރިކަމުގައި އޮތްގޮތަށް އަތޮޅު އޮފީސްތައް ރައީސް މުއިއްޒު އުފައްވައިފި
17 މެއި 2026

ތިނަދޫ ސިޓީ ފިޔަވައި، 4 ސިޓީ އަށް ވެސް ޑެޕިއުޓީ މޭޔަރުން އިންތިޚާބު ކޮށްފި!

17 މެއި 2026
ތިނަދޫ ސިޓީ ފިޔަވައި، 4 ސިޓީ އަށް ވެސް ޑެޕިއުޓީ މޭޔަރުން އިންތިޚާބު ކޮށްފި!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު