Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކައުންސިލަރުން ހުވާކުރުން

އަލަށް އިންތިޚާބުވި ކައުންސިލަރުން މަޤާމުގެ ހުވާކޮށް، ޑަބްލިއުޑީސީ މެމްބަރުން އިޤުރާރުގައި ސޮއިކޮށްފި

ލޯކަލް ކައުންސިލްތަކުގެ ފަސްވަނަ ދައުރަށް އިންތިޚާބުވި މެންބަރުން ހުވާކުރުމާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިޤުރާރުގައި ސޮއިކުރުމުގެ ރަސްމިއްޔާތުތައް މުޅި ރާއްޖޭގައި އެއްވަގުތެއްގައި ބާއްވައިފި. މި ރަސްމިއްޔާތުތަކަށްފަހު ކައުންސިލްތަކާއި ކޮމިޓީތަކުގެ ފުރަތަމަ ބައްދަލުވުން ބާއްވައި، ނައިބު ރައީސުން ހޮވުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް ލޯކަލް ގަވަރންމަންޓް އޮތޯރިޓީން މަޢުލޫމާތުދޭ.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 17 މެއި 2026 | އާދީއްތަ 06:33
އަލަށް އިންތިޚާބުވި ކައުންސިލަރުން މަޤާމުގެ ހުވާކޮށް، ޑަބްލިއުޑީސީ މެމްބަރުން އިޤުރާރުގައި ސޮއިކުރުން

އަލަށް އިންތިޚާބުވި ކައުންސިލަރުން މަޤާމުގެ ހުވާކޮށް، ޑަބްލިއުޑީސީ މެމްބަރުން އިޤުރާރުގައި ސޮއިކުރުން | ޕީއެސްއެމް

ލޯކަލް ކައުންސިލްތަކުގެ ފަސްވަނަ ދައުރަށް އިންތިޚާބުވި ކައުންސިލަރުން ހުވާކުރުމާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން އިޤްރާރުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށް ގެންގޮސްފިއެވެ.

ހުވާކުރުން ކުރިއަށް ގެންގޮސްފައިވަނީ މެއި މަހުގެ 17 ވީ އާދިއްތަ ދުވަހު ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އެއްވަގުތެއްގައެވެ. މިއީ ލާމަރުކަޒީ ގާނޫނުގެ ދަށުން ބޭއްވި ފަސްވަނަ ދައުރުގެ ކައުންސިލަރުންގެ ހުވާކުރުމުގެ ރަސްމިއްޔާތެވެ.

Advertisement - newsAdvertisement

ލޯކަލް ގަވަރންމަންޓް އޮތޯރިޓީން މި ތާރީޚު ކަނޑައަޅާފައިވަނީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން، އެންމެ ފަހުން ކައުންސިލަރުން ހުވާކުރިތާ ފަސް އަހަރު ހަމަވާ ދުވަހަށް ރިޢާޔަތް ކޮށްގެންނެވެ.

ރާއްޖޭގެ ރަށްތަކާއި ސިޓީތަކުގައި ކުރިއަށް ގެންދިޔަ މި ރަސްމިއްޔާތުގައި ލޯކަލް ކައުންސިލްތަކަށް އިންތިޚާބުވި ކައުންސިލަރުން މަޤާމުގެ ހުވާކުރެއްވުމާއެކު، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން އިޤުރާރުގައި ސޮއިކުރުން ވަނީ ކުރިއަށް ގެންގޮސްފައެވެ.

އަލަށް އިންތިޚާބުވި ހުރިހާ މެންބަރުން ހުވާކުރައްވައި އިޤުރާރުގައި ސޮއިކުރައްވައި ނިމުމުން، ކައުންސިލްތަކުގެ ފުރަތަމަ ރަސްމީ ބައްދަލުވުން ބާއްވައި، ކައުންސިލްތަކުގެ ނައިބު ރައީސުން ހޮވުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް ލޯކަލް ގަވަރންމަންޓް އޮތޯރިޓީން މަޢުލޫމާތު ދީފައިވެ އެވެ.

މީގެ އިތުރުން، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުން ވެސް އިޤުރާރުގައި ސޮއިކުރެއްވުމަށްފަހު، އެ ކޮމިޓީތަކުގެ ނައިބު ރައީސުން ހޮވުމުގެ މަސައްކަތް ކުރިއަށް ގެންދާނެ އެވެ. އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ މަޤާމަކީ ފުލްޓައިމް މަޤާމެއް ކަމަށް އެލްޖީއޭ އިން ބުނެ އެވެ.

ލޯކަލް ކައުންސިލްތައްލޯކަލް ގަވަމަންޓް އޮތޯރިޓީއަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީލާމަރުކަޒީ ގާނޫނު

އިތުރަށް ކިޔާލަން

15 މެއި 2026

ރައީސް މުއިއްޒަށް ކައުންސިލް އިންތިހާބު ގެއްލުމުން ކައުންސިލުތަކުގެ މިނިވަންކަން ނިގުޅައިގަންނަނީ!

15 މެއި 2026
ރައީސް މުއިއްޒަށް ކައުންސިލް އިންތިހާބު ގެއްލުމުން ކައުންސިލުތަކުގެ މިނިވަންކަން ނިގުޅައިގަންނަނީ!
12 މެއި 2026

މިވަގުތު ވެސް އުވާލި އަތޮޅު ކައުންސިލްތަކުގެ 600 އެއްހާ މުވައްޒަފުން ތިބީ ވާނުވާގައި: ޒިޔާދު

12 މެއި 2026
މިވަގުތު ވެސް އުވާލި އަތޮޅު ކައުންސިލްތަކުގެ 600 އެއްހާ މުވައްޒަފުން ތިބީ ވާނުވާގައި: ޒިޔާދު
12 މެއި 2026

އެލްޖީއޭގެ ބޯޑުގެ ބާރު ކަނޑުވާލާ ބިލު ދިރާސާ ކުރަން ލާމަރުކަޒީ ކޮމިޓީ އަށް

12 މެއި 2026
އެލްޖީއޭގެ ބޯޑުގެ ބާރު ކަނޑުވާލާ ބިލު ދިރާސާ ކުރަން ލާމަރުކަޒީ ކޮމިޓީ އަށް
12 މެއި 2026

އަތޮޅުތައް ހިންގުން އެލްޖީއޭ އާ ހަވާލު ކުރަން ނިންމުމަށް ފަހު އެލްޖީއޭގެ މުވައްޒަފުން ސިވިލް ސަރވިސްގެ ދަށަށް ބަދަލު ކުރަން ސަރުކާރުގެ ފަރާތުން އިސްލާހެއް

12 މެއި 2026
އަތޮޅުތައް ހިންގުން އެލްޖީއޭ އާ ހަވާލު ކުރަން ނިންމުމަށް ފަހު އެލްޖީއޭގެ މުވައްޒަފުން ސިވިލް ސަރވިސްގެ ދަށަށް ބަދަލު ކުރަން ސަރުކާރުގެ ފަރާތުން އިސްލާހެއް
04 މެއި 2026

އަތޮޅު ކައުންސިލްތައް އުވައިނުލައި، ކުރީން އޮތްގޮތަށް އަނބުރައި ރުޖޫއަކުރަން މަޖިލީހަށް ހުށަހެޅި ބިލު ބޭރު ކޮށްލައިފި

04 މެއި 2026
އަތޮޅު ކައުންސިލްތައް އުވައިނުލައި، ކުރީން އޮތްގޮތަށް އަނބުރައި ރުޖޫއަކުރަން މަޖިލީހަށް ހުށަހެޅި ބިލު ބޭރު ކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު