Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އަތޮޅު އޮފީސް އުފެއްދެވުން

ރައީސް މައުމޫނުގެ ވެރިކަމުގައި އޮތްގޮތަށް އަތޮޅު އޮފީސްތައް ރައީސް މުއިއްޒު އުފައްވައިފި

ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހާއެކު އަތޮޅު ކައުންސިލްތައް އުވި، އެ އިދާރާތައް ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ދަށުން ހިންގާ އަތޮޅު އޮފީސްތަކަކަށް ބަދަލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފި. މި ބަދަލާ ގުޅިގެން އަތޮޅު ކައުންސިލްތަކުގެ މުވައްޒަފުންގެ ވަޒީފާ ނުގެއްލޭނެ ގޮތަށާއި، މުސާރައާއި އިނާޔަތްތަކަށް އުނިކަމެއް ނާންނާނެހެން ކަންކަން ހަމަޖެއްސުމަށް ރައީސް ވަނީ އަންގަވާފަ. މީގެ ފަހުން މި އިދާރާތައް ރަސްމީކޮށް ބޭނުންކުރާނީ "ލޯކަލް ގަވަރމަންޓް އޮތޯރިޓީ - (އަތޮޅު) އޮފީސް" މި ނަން.

މަޚްތޫމް
މަޚްތޫމް, ރާއްޖެ އެމްވީ | 17 މެއި 2026 | އާދީއްތަ 14:11
ރައީސް ޑރ މުއިއްޒު ބ އަތޮޅު ކައުންސިލް އާ ބައްދަލުކުރެއްވުން - ފައިލް

ރައީސް ޑރ މުއިއްޒު ބ އަތޮޅު ކައުންސިލް އާ ބައްދަލުކުރެއްވުން - ފައިލް | ރައީސް އޮފީސް

ލާމަރުކަޒީ ނިޒާމުގެ ދަށުން އިދާރީ ދާއިރާތައް ހިންގުމަށް ގެނައި ބަދަލުގެ ދަށުން އުފެއްދި އަތޮޅު ކައުންސިލްތައް އުވާލުމަށްފަހު، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި އޮތްގޮތަށް އަތޮޅު އޮފީސްތައް ރައީސް ޑރ. މުހައްމަދު މުއިއްޒު އުފައްދަވައިފި އެވެ. 

އާދީއްތަ ދުވަހު އައު ކައުންސިލްތައް ހުވާކުރި އިރު، މި ސަރުކާރުން ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހަކާއެކު އަތޮޅު ކައުންސިލްތައް އޮތީ އުވިފަ އެވެ. އަދި އަތޮޅު ކައުންސިލްތައް ލޯކްލަ ގަވަރމަންޓް އޮފީހުގެ ދަށުން ކުރިން އެޓޯލްސް މިނިސްޓްރީ ހިންގި ގޮތަށް ސަރުކާރުން އޮތީ ނިންމާފަ އެވެ. 

Advertisement - newsAdvertisement

އާދީއްތަ ދުވަހު ރައީސް އޮފީހުން ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު) 1-85 ވަނަ މާއްދާގެ ދަށުން, އެ އޮތޯރިޓީގެ ޚިދުމަތްތައް އިދާރީ ދާއިރާތަކުގައި ދިނުމަށް ޓަކައި ގާއިމުކުރައްވާ އެ އޮތޯރިޓީގެ އޮފީސްތަކަކީ، އެ އޮތޯރިޓީގެ ބައެއްގެ ގޮތުގައި ގާއިމުކުރެވޭ ތަންތަނަށްވެފައި، އެ ތަންތަނަކީ ސަރުކާރުގެ ވަކި އިދާރާތަކުގެ ގޮތުގައި ގާއިމުކުރެވޭ ތަންތަނަށް ނުވާތީ، އެ ތަންތަނަށް ތަފާތު ވަކި ނަމެއް ހަމަޖެއްސެވުމުގެ ބަދަލުގައި، ކޮންމެ އޮފީހެއްގައި ވެސް "ލޯކަލް ގަވަރމަންތް އޮތޯރިޓީ - (އަތޮޅު) އޮފީސް ނަން ބޭނުންކުރެއްވުމަށް ފެނިވަޑައިގަންނަވާކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ކަމަށެވެ. 

މީގެ އިތުރުން، ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު) އަށް ގެނެސްފައިވާ އިޞްލާޙާ ގުޅިގެން، މިހާރު ހިނގަމުންދާ އަތޮޅު ކައުންސިލްގެ އުމުރު ހަމަވުމާއެކު، އަތޮޅު ކައުންސިލްތަކުގެ އިދާރާތައް އުވިގެންދާނެތީ، އެ އިދާރާތަކުގައި މަސައްކަތް ކުރަމުންދާ މުވައްޒަފުންގެ ވަޒީފާއާ ގުޅޭ ކަންކަން, ޤާނޫނު ނަންބަރު 22/2025 (ގާނޫނު ނަންބަރު 2010/7 ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު) އަށް 17 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު) ގެ 58 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ހަމަޖެއްސެވުމަށް ދަންނަވާ ކަމަށެވެ.

އަދި، އެ މުވައްޒަފުންގެ ވަޒީފާގެ ކަންކަން ހަމަޖެއްސެވުމުގައި، އެއްވެސް މުވައްޒަފެއްގެ ވަޒީފާ ނުގެއްލޭނެ ގޮތަށް އަދި އެ މުވައްޒަފުންނަށް މިހާރު ލިބެމުންދާ މުސާރައާއި ޢިނާޔަތްތަކަށް އުނިކަމެއް ނާންނާނެ ގޮތަށް، ކަމާބެހޭ ފަރާތްތަކާ މަޝްވަރާކުރައްވައިގެން ކަންކަން ހަމަޖެއްސެވުމަށް ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ކަމަށް މި ސިޓީގައި ބުނެފައިވެ އެވެ. 

ރައީސްގެ މި އެންގެވުމާއެކު ކުރިން އަތޮޅު ކައުންސިލްތައް އަނބުރާ އަތޮޅު އޮފީސްތަކަށް ބަދަލުވެގެންދާނެ އެވެ. އެގޮތުން ދެން އަތޮޅު ކައުންސިލްގެ ބަދަލުގައި ހުންނާނީ އެ އަތޮޅެއްގެ އަތޮޅު ރަމްޒުކޮށްދޭ އަކުރު ޖެހުމަށްފަހު އޮފީހެވެ. މިސާލަކަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ - ކ. އަތޮޅު އޮފީސް އެވެ. 

ޑރ. މުޙައްމަދު މުޢިއްޒުލޯކަލް ގަވަމަންޓް އޮތޯރިޓީލާމަރުކަޒުކުރުންއަތޮޅު އޮފީސް

ކޮމެންޓް

އިތުރަށް ކިޔާލަން

ފިޔާޒާއި ހަސަނުގެ މައްޗަށް ކުރާ ޤަޛުފުގެ ދައުވާގެ ޝަރީއަތް އޮބްޒަރވް ކުރުމުގެ ފުރުސަތުދޭން ނޫސްވެރިންގެ ޖަމިއްޔާއިން އެދިއްޖެ

ފިޔާޒާއި ހަސަނުގެ މައްޗަށް ކުރާ ޤަޛުފުގެ ދައުވާގެ ޝަރީއަތް އޮބްޒަރވް ކުރުމުގެ ފުރުސަތުދޭން ނޫސްވެރިންގެ ޖަމިއްޔާއިން އެދިއްޖެ

17 މެއި 2026
އަލަށް އިންތިޚާބުވި ކައުންސިލަރުން މަޤާމުގެ ހުވާކޮށް، ޑަބްލިއުޑީސީ މެމްބަރުން އިޤުރާރުގައި ސޮއިކޮށްފި

އަލަށް އިންތިޚާބުވި ކައުންސިލަރުން މަޤާމުގެ ހުވާކޮށް، ޑަބްލިއުޑީސީ މެމްބަރުން އިޤުރާރުގައި ސޮއިކޮށްފި

17 މެއި 2026
ތިން ރައީސުންވެސް ވިދާޅުވީ، އިނަފް އިސް އިނަފްކަމަށް!

ތިން ރައީސުންވެސް ވިދާޅުވީ، އިނަފް އިސް އިނަފްކަމަށް!

15 މެއި 2026
ޤައުމު ހަމަ މަގަށް އެޅުވުމަށް 3 ރައީސުން ވެސް ގުޅިގެން މަސައްކަތް ކުރުމަށް އެއްބަސްވެއްޖެ!

ޤައުމު ހަމަ މަގަށް އެޅުވުމަށް 3 ރައީސުން ވެސް ގުޅިގެން މަސައްކަތް ކުރުމަށް އެއްބަސްވެއްޖެ!

15 މެއި 2026
ތިން ރައީސުންގެ ތާރީޚީ މަޝްވަރާތައް ފެށިއްޖެ

ތިން ރައީސުންގެ ތާރީޚީ މަޝްވަރާތައް ފެށިއްޖެ

15 މެއި 2026

އަހަރުތަކުން މިއަދު

18 މެއި
ބަންކަރިން އާ ބެހޭ ގޮތުން މުއިއްޒުގެ ސަރުކާރުން ދޮގު ހަދާ އޮޅުވާލަނީ...
20251 އަހަރު ކުރިން
ރިޕޯޓު

ބަންކަރިން އާ ބެހޭ ގޮތުން މުއިއްޒުގެ ސަރުކާރުން ދޮގު ހަދާ އޮޅުވާލަނީ...

އާމެނިއަން ޔޫތު އޯޕަން ޑަބަލްސް ފައިނަލްގައި ރާއްޖޭގެ ލައިބާގެ ޕެއާ!
20242 އަހަރު ކުރިން
ކުޅިވަރު

އާމެނިއަން ޔޫތު އޯޕަން ޑަބަލްސް ފައިނަލްގައި ރާއްޖޭގެ ލައިބާގެ ޕެއާ!

"މަ ނޫން މީހަކަށް ލިބިގެން ނުވާނެ"
20233 އަހަރު ކުރިން
ރިޕޯޓު

"މަ ނޫން މީހަކަށް ލިބިގެން ނުވާނެ"

ޕެޓްރޯލް ލިބެންދެން ކައިރި ހޮޓަލެއްގައި ހުރެވޭނެ އިންތިޒާމް ހަމަޖައްސައިދޭން ބައެއް އެމްޕީން އެދިއްޖެ
20224 އަހަރު ކުރިން
ދުނިޔެ

ޕެޓްރޯލް ލިބެންދެން ކައިރި ހޮޓަލެއްގައި ހުރެވޭނެ އިންތިޒާމް ހަމަޖައްސައިދޭން ބައެއް އެމްޕީން އެދިއްޖެ

ފަހާފައިވާ ތަންތަނުގެ ރޮދި ކޮށައި އިތުރު ފަރުވާއަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

ފަހާފައިވާ ތަންތަނުގެ ރޮދި ކޮށައި އިތުރު ފަރުވާއަށް ތައްޔާރުވަނީ

އުރީދޫ އިން ބިދޭސީންނަށް ހާއްސަކޮށް ރޯދަ ވީއްލުމެއް ބާއްވައިފި
20197 އަހަރު ކުރިން
ރާއްޖެ

އުރީދޫ އިން ބިދޭސީންނަށް ހާއްސަކޮށް ރޯދަ ވީއްލުމެއް ބާއްވައިފި

ޗައިނާ ސަރުކާރުން މުސްލިމުންގެ ކަރުބުޑަށް ރާއަޅަނީ..
20188 އަހަރު ކުރިން
ދުނިޔެ

ޗައިނާ ސަރުކާރުން މުސްލިމުންގެ ކަރުބުޑަށް ރާއަޅަނީ..

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު