Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ޕީއެންސީގެ އެތެރޭގައި މި ހިނގަނީ ކޮން ކަންތައްގަނޑެއް؟

ސަރުކާރު ހިންގާ ޕީއެންސީގެ އެތެރޭގެ ބާރުވެރިކަމަށް އަންނަ ބަދަލުތަކާއެކު، މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ނައިބު ރައީސް އަހްމަދު ނާޒިމްގެ ސިޔާސީ ނުފޫޒަށް ބޮޑެތި ލޮޅުންތަކެއް ވަނީ އަރާފަ. ކުރިން ބާކީކޮށްލާފައި ހުރި އަބްދުއްރަހީމް އަލުން ސަރުކާރުގެ އެންމެ އަރިސް ބޭފުޅަކަށް ވެފައިވާއިރު، ނާޒިމް މަގާމުން ވަކިކުރުމުގެ މަސައްކަތް ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕުން މިހާރު ވަނީ ފަށާފަ. ނާޒިމްގެ ރިޔާސަތުގައި ޖަލްސާ ނުބޭއްވުމަށް ޕީއެންސީ ގެ މެންބަރުން ވަނީ މަޖިލީހުގެ ޖަލްސާ ވެސް ބޮއިކޮޓް ކުރައްވާފަ.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 13 މެއި 2026 | ބުދަ 11:59
ރައީސް މުއިއްޒު އަދި ޕީއެންސީ ޕާލިމަންޓްރީ ގްރޫޕް ގެ ބައެއް މެންބަރުން

ރައީސް މުއިއްޒު އަދި ޕީއެންސީ ޕާލިމަންޓްރީ ގްރޫޕް ގެ ބައެއް މެންބަރުން | ރާއްޖެއެމްވީ

ރާއްޖޭގައި އޮންނަނީ ދެ މޫސުމެވެ. ހުޅަނގު މޫސުމާ އިރުވައި މޫސުމެވެ. ބައެއް ގައުމުތަކަށް 4 މޫސުން އަންނަ އިރު ސަރުކާރު ހިންގާ ޕީޕަލްސް ނެޝެނަލް ކޮންގްރެސް (ޕީއެންސީ) އަށް ވެސް އަންނަ މޫސުންތަކުގެ އަދަދު ބުނެދެވޭނެ މީހަކު ހުރި ހެނެއް ހިޔެއް ނުވެ އެވެ. އެ ޕާޓީ އަށް އަންނަ ބައެއް މޫސުން ތަކުގައި ކަމުގޮސް، ނިކަން ރަނގަޅު ވެގެން އުޅޭ މީހުންނަށް ދެން އަންނަ މޫސުމުގައި ކުރިމަތިލާން ޖެހެނީ ބާކީ ކަމާއި، އެކަނިވެރިކަމާ އެވެ. ޕީއެންސީ އަށް މީހުން ރަނގަޅުވުމާ ކަމުދިޔުމާއި، ބާރު ދިނުމާއި، ބާރުތައް އަތުލުން ވެސް ގުޅިފައި ވަނީ މިބުނާ މޫސުންތަކާ އެވެ. 

އެންމެ ފުރަތަމަ ފެނިގެން ދިޔައީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަބްދުއްރަހީމް އަބްދުﷲ ވަރެއް މި ސަރުކާރަށް ނެތިގެން އުޅުއްވި މަންޒަރެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ގެނައުމަށް އެންމެ ބުރަ މަސައްކަތެއް ކުރެއްވި އެއް ބޭފުޅަކީ ވެސް އަބްދުއްރަހީމް ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ. ޕޯޑިއަމްގައި ގަދަ ބަސް ވިދާޅުވުމާއި މުއިއްޒު ވެރިކަމަށް ގެންނަން މޮޅެތި ހިސާބުތައް ޖެއްސެވި ކަަމަށް އޭނާ ވިދާޅުވިއިރު އޭރު އަބްދުއްރަހީމަށް އޮތީ ވަރުގަދަ ބާރެކެވެ. 

މީހުން އައްޔަނު ކުރުމާއި، މީހުން ވަކި ކުރުމުގެ ބާރެވެ. މީހުންނަށް ރުހުން ދިނުމުގެ ބާރެވެ. ޕީއެންސީގެ ޖަލްސާތައް ކުރިއަށް ގެންދިއުމުގެ ބާރެވެ. ޖަލްސާތަކުގައި ވާހަކަދެއްކެވުމުގެ ބާރެވެ. ބައެއް ވުޒާރާތަކުގެ މިނިސްޓަރުން ފެންވަރުގެ މަގާމުތަކަށާއި ސްޓޭޓް މިނިސްޓަރުންފެންވަރުގެ މަގާމުތަކަށް ވެސް ބޭފުޅުން އައްޔަން ކުރައްވަމުން ގެންދެވީ އަބްދުއްރަހީމްގެ ލަފާގެ މަތިންނެވެ. އަބްދުއްރަހީމަކީ އޭރު ނެތްވަރުގެ މޮޅު "އެޑްވައިޒަރ" އެކެވެ. ޚުދު މުއިއްޒު ސަރުކާރުގެ އެންމެ މުހިންމު އެއް ވުޒާރާ ކަމުގައިވާ ޓޫރިޒަމް މިނިސްޓަރު ކަން ދެއްވީ ވެސް އަބްދުއްރަހީމްގެ ދަރިކަލުންނަށެވެ.

ނަމަވެސް މަންޒަރު ބަދަލުވަމުން ބަދަލުވަމުން ގޮސް އަބްދުއްރަހީމްގެ ދަރިކަލުން ވަޒީރުކަމުން ވަކިކުރި އެވެ.  ޕީއެންސީން ރެކޯޑް ހެއްދެވިކަމަށް ބުނާ ބޮޑު ޖަލްސާ ނިންމާލީ އަބްދުއްރަހީމަށް އަނގައިން ބުނާނެ ފުރުސަތެއް ނުދީ އެވެ. ކުރިން ކީ ލަވަ ބަދަލުވީ ވަރު ހާމަވީ، ރައީސް މުއިއްޒުގެ ތަގުރީރުންނެވެ. އަބްދުއްރަހީމް ގެ ބުރަ މަސައްކަތުން ވެރިކަމަށް އާދެވުނު ކަމަށް ވިދާޅުވި ރައީސް އެ ރޭ ވިދާޅުވީ އަމިއްލަ އަށް ކަންކަން ކުރެއްވި ވާހަކަ އެވެ. އެއްކަލަ މޮޅު އެޑްވައިޒަރުގެ ނަން ވެސް ވިދާޅުނުވި އެވެ. 

އޭގެ ފަހުން މަޖިލީހުގައި ވެސް އަބްދުއްރަހީމް ފެނުނީ ގައިދުކޮށް، ބާކީ ކޮށްފައިވާ ދޫންޏެއްގެ ގޮތުގަ އެވެ. ބާކީ ކުރަމުން ކުރަމުން ގޮސް އޭނާ މަޖިލީހުގެ ރައީސް ކަމުގެ މަގާމުން ވަކި ކުރަން އުޅޭ ކަމުގެ އަޑުތައް ވެސް ގަދަވި އެވެ. 

އެ ވަގުތަކީ ރައީސް މުއިއްޒުގެ ދެބެންގެދެދަރި ބޭފުޅެއް ކަމަށްވާ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް ގެ މޮޅު ކަމާ، ހިންގުންތެރިކަމުގެ ވާހަކަ ދެއްކުން އިތުރުވެގެން ދިޔަ ވަގުތަކަށެވެ. މި ސަރުކާރުން ޚާއްސަ އިސްކަމެއް ދީގެން މަސައްކަތް ކުރި މީޑިއާ ކޮންޓްރޯ ބިލުގެ ކަންކަމުގައި އިސްކޮށް އުޅުއްވި އެއް ބޭފުޅަކީ ނާޒިމް އެވެ. އޭރު ނާޒިމް އަކީ ސަރުކާރުގެ ސިޔާސަތުތައް ދިފާއުކުރެއްވި ވަރުގަދަ ޝަހުސިއްޔަތެކެވެ. މަޖިލީހުގެ އެންމެ މުހިއްމު ދެ ކޮމިޓީގައި ވެސް ނާޒިމް ކުރައްވާ މަސައްކަތް ވަކިން ފާހަގަ ކުރެވުނެވެ. އެންމެ ފަހުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ވުރެ ބޮޑަށް ނާޒިމްގެ ނުފޫޒު ގަދަވެ، މަޖިލީހުގެ ރައީސްގެ މަގާމަށް ނާޒިމް އަތުވެދާނެ ކަމުގެ އަޑުތައްވެސް ފެތުރުނެވެ. 

އަނެއްކާ ވެސް މިއޮތީ މޫސުން ބަދަލުވެފަ އެވެ. ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް އެ މަގާމުން ވަކިކުރުމަށް ސަރުކާރު ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޕާލަމެންޓްރީ ގްރޫޕުން ނިންމައިފި އެވެ. ނާޒިމް އެކަހެރި ކުރުމުގެ މަސައްކަތް ފެށިތާ ދުވަސްކޮޅެއް ވެއްޖެ އެވެ. އެންމެ ފުރަތަމަ އޭނާ ވަކި ކުރީ މަޖިލީހުގެ އެންމެ ބާރުގަދަ ދެ ކޮމިޓީ ކަމަށްވާ ސަލާމަތާ ޚިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އާއި މާލިއްޔަތު ކޮމިޓީ އިންނެވެ. އެއަށްފަހު ޕީއެންސީގެ މެންބަރުން މުއާމަލާތްކުރާ މައި ވަޓްސްއެޕް ގްރޫޕުން ނާޒިމް ވަނީ ބޭރުކޮށްލާފަ އެވެ. އެވަރުން ނުވެގެން ނާޒިމްގެ ރިޔާސަތުގައި ޖަލްސާ ނުބޭއްވުމަށް ޕީއެންސީ ގެ މެންބަރުން ވަނީ މަޖިލީހުގެ ޖަލްސާ ވެސް ބޮއިކޮޓް ކުރައްވާފަ އެވެ.

ނާޒިމް އެކަހެރި ކުރިއިރު އަނެއްކާ ވެސް އަބްދުއްރަހީމް މުހިއްމު ވެއްޖެ އެވެ. ސަރުކާރުގެ މުހިންމު ޖަލްސާތަކާއި އިވެންޓްތަކުގައި އަބްދުއްރަހީމް ގެ އަޑު އިވެން ފަށައިފި އެވެ. ރައީސް މުއިއްޒުގެ އެންމެ އަރިސް ބޭފުޅެއްގެ ގޮތުގައި އަނެއްކާ ވެސް އޭނާ ދެއްކުމަށް މަސައްކަތް ފަށައިފި އެވެ. 

މިފަހަރުގެ މޫސުމުގައި ޕީއެންސީގެ ރާޅުތައް މާ ބޮޑަށް ވެސް ބޮޑެވެ. އާއިލީ ގުޅުމަށްވުރެ ސިޔާސީ ގުޅުންތައް މުހިއްމު ވެއްޖެ އެވެ. ނާޒިމްގެ ބަސްވިކުނު ދުވަސްތައް ނިމުމަކަށް އައި އިރު، މި މޫސުމުގައި ޕީއެންސީގެ ތަރި އަކަށް ވެގެންދާނީ ކާކުތޯ ހިތަށް އަރާނެ ލައްކަ މީހުން ތިބޭނެކަން ޔަގީނެވެ. 

ޕީއެންސީއަބްދުއްރަހީމް އަބްދުﷲޑރ. މުޙައްމަދު މުޢިއްޒުއަހްމަދު ނާޒިމްރައްޔިތުންގެ މަޖިލިސް

ކޮމެންޓް

އިތުރަށް ކިޔާލަން

ނާޒިމް ނައިބު ރައީސްކަމުން ވަކިކުރަން ޕީއެންސީ އިން ނިންމައިފި

ނާޒިމް ނައިބު ރައީސްކަމުން ވަކިކުރަން ޕީއެންސީ އިން ނިންމައިފި

13 މެއި 2026
ޖަލްސާ ކެންސަލް ކުރީ ޕީއެންސީ އެތެރޭގެ ކޯޅުންގަނޑެއްގައި ނާޒިމްގެ ރިޔާސަތުގައި ޖަލްސާ ނުބޭއްވުމަށް އަންގައިގެން!

ޖަލްސާ ކެންސަލް ކުރީ ޕީއެންސީ އެތެރޭގެ ކޯޅުންގަނޑެއްގައި ނާޒިމްގެ ރިޔާސަތުގައި ޖަލްސާ ނުބޭއްވުމަށް އަންގައިގެން!

13 މެއި 2026
ޕީއެންސީގެ ސުޕަމެޖޯރިޓީ އޮތް މަޖިލީހުގެ ޖަލްސާގެ ކޯރަމް ހަމަ ނުވެގެން ކެންސަލް ކޮށްލައިފި

ޕީއެންސީގެ ސުޕަމެޖޯރިޓީ އޮތް މަޖިލީހުގެ ޖަލްސާގެ ކޯރަމް ހަމަ ނުވެގެން ކެންސަލް ކޮށްލައިފި

13 މެއި 2026
މަޖިލީހުގެ ނައިބު ރައީސް ނާޒިމް ޕީއެންސީގެ ވަޓްސްއެޕް ގްރޫޕުން ބޭރުކޮށްލައިފި

މަޖިލީހުގެ ނައިބު ރައީސް ނާޒިމް ޕީއެންސީގެ ވަޓްސްއެޕް ގްރޫޕުން ބޭރުކޮށްލައިފި

13 މެއި 2026
ކޯރަމް ހަމަނުވެގެން މިއަދުގެ ޖަލްސާ ފެށުން ފަސްކޮށްފި

ކޯރަމް ހަމަނުވެގެން މިއަދުގެ ޖަލްސާ ފެށުން ފަސްކޮށްފި

13 މެއި 2026

އަހަރުތަކުން މިއަދު

12 މެއި
ބިދޭސީއެއްގެ އަތުން ފައިސާ ހޯދިގޮތް ފުލުހުން ކިޔައިދީފި، ފައިސާ ޝަމްއާންގެ ގެއަށް ގެންދިޔައީ ލައްސާނު އާއި އިބްރާހިމް އަހުމަދު
20251 އަހަރު ކުރިން
ރާއްޖެ

ބިދޭސީއެއްގެ އަތުން ފައިސާ ހޯދިގޮތް ފުލުހުން ކިޔައިދީފި، ފައިސާ ޝަމްއާންގެ ގެއަށް ގެންދިޔައީ ލައްސާނު އާއި އިބްރާހިމް އަހުމަދު

ރާއްޖޭގައި ތުރުކީގެ އަސްކަރީ ސިފައިން ބައިތިއްބަން ޖެހޭކަމަށް އެ ޤައުމުގެ އަސްކަރީ ތަޖުރިބާކާރަކު ވިދާޅުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގައި ތުރުކީގެ އަސްކަރީ ސިފައިން ބައިތިއްބަން ޖެހޭކަމަށް އެ ޤައުމުގެ އަސްކަރީ ތަޖުރިބާކާރަކު ވިދާޅުވެއްޖެ

ތާރީހީ ކާމިޔާބީއެއް، އަލީ ވަހީދު ތަށި ހޯދައިފި
20233 އަހަރު ކުރިން
ކުޅިވަރު

ތާރީހީ ކާމިޔާބީއެއް، އަލީ ވަހީދު ތަށި ހޯދައިފި

ޗެއަރޕާސަން ބަހުސަށްފަހު ރާއްޖެޓީވީން ހުޅުވާލި ޕޯލް ފައްޔާޒު ކާމިޔާބު ކުރައްވައިފި
20224 އަހަރު ކުރިން
ރާއްޖެ

ޗެއަރޕާސަން ބަހުސަށްފަހު ރާއްޖެޓީވީން ހުޅުވާލި ޕޯލް ފައްޔާޒު ކާމިޔާބު ކުރައްވައިފި

ތުއްތު ދަރިފުޅުގެ މަތީތަލިން ކުއްލިއަކަށް ފެނުނީ ބޮޑު ބާގަނޑެއް
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ތުއްތު ދަރިފުޅުގެ މަތީތަލިން ކުއްލިއަކަށް ފެނުނީ ބޮޑު ބާގަނޑެއް

އަންހެނުން މަރުވި މައްސަލާގައި ފިރިހެން މީހާ ލަންކާ އިން ފުރުން މަނާ!
20197 އަހަރު ކުރިން
ދުނިޔެ

އަންހެނުން މަރުވި މައްސަލާގައި ފިރިހެން މީހާ ލަންކާ އިން ފުރުން މަނާ!

ފަރެސްމާތޮޑާގައި އޮށެއް ނެތް ރަތް ކަދުރު!
20188 އަހަރު ކުރިން
ރިޕޯޓު

ފަރެސްމާތޮޑާގައި އޮށެއް ނެތް ރަތް ކަދުރު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު