Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
އެމްއެމްޕީއާރްސީ

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ތަހުގީގު: މިއީ އަންނަ ރުޅިއަކުން ނުވަތަ ހިތްހަމަ ޖައްސާލުމަށް ދައްކާ ވާހަކައެއްތަ؟

އެމްއެމްޕީއާރްސީގެ ބޮޑު ޚިޔާނާތުގެ މައްސަލަ ބަލައި ފައިސާ ހޯދުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދަކަށް ވީނަމަވެސް، މިހާތަނަށް އެކަމުގައި އަމަލީ ނަތީޖާއެއް ފެނިފައި ނުވާތީ އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައި. ޚާއްސަކޮށް ސިޔާސީ މަސްރަހު ހަލަބޮލިވާ ދަނޑިވަޅުތަކުގައި މި ވާހަކަ ދެއްކެވުމަކީ ރައްޔިތުންގެ ސަމާލުކަން އަނބުރާލުމަށް ބޭނުންކުރާ އުކުޅެއްގެ ގޮތުގައި ގިނަ ބަޔަކު ދެކޭ. އެހެންކަމުން، ތަހުގީގަށް ކުރިއެރުމެއް ނުލިބި ދިގުލައިގެން ދިއުމަކީ ސަރުކާރުގެ އިޚުލާސްތެރިކަމާ މެދު ސުވާލު އުފެދޭ ކަމެއް.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 16 މެއި 2026 | ހޮނިހިރު 08:11
އެމްއެމްޕީއާރްސީ ހިޔާނާތް ތަހުގީގު ކުރުމަށް އަނެއްކާ ވެސް ރައީސް ޑރ.މުހައްމަދު މުއިއްޒު ވަނީ ގޮވާލާފައްވާފައި. ނަމަވެސް މިސަރުކާރުގައި މިހާތަނަށް އެއްވެސް ކުރިއެރުމެއް ލިބިފައިނުވޭ.

އެމްއެމްޕީއާރްސީ ހިޔާނާތް ތަހުގީގު ކުރުމަށް އަނެއްކާ ވެސް ރައީސް ޑރ.މުހައްމަދު މުއިއްޒު ވަނީ ގޮވާލާފައްވާފައި. ނަމަވެސް މިސަރުކާރުގައި މިހާތަނަށް އެއްވެސް ކުރިއެރުމެއް ލިބިފައިނުވޭ. | ރާއްޖެއެމްވީ ގްރެފިކްސް

ދިވެހިރާއްޖޭގެ ފަހުގެ ތާރީޚެއްގައި ހިންގާފައިވާ އެންމެ ބޮޑު އަދި އެންމެ ނުފޫޒުގަދަ ކޮރަޕްޝަނަކީ އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ފެންމަތިވި މި މައްސަލައަކީ ދައުލަތުގެ އެތައް ބިލިއަން ރުފިޔާއެއް ގެއްލި، ރާއްޖޭގެ ސިޔާސީ މަސްރަހު މުޅިން ބަދަލުކޮށްލި ކަމެކެވެ. ނަމަވެސް، މިއަދާ ހަމައަށް އައިއިރުވެސް މި މައްސަލައިގައި އިންސާފު ގާއިމުކުރެވިފައި ނުވުމަކީ ރައްޔިތުންގެ ބޮޑު ކަންބޮޑުވުމެކެވެ.

ސަރުކާރުތަކުގެ ވައުދާއި، އަމަލީ މަސައްކަތަށް ބަލާއިރު، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު ވެރިކަމަށް އައީ މި ހިޔާނާތުގެ މައްސަލަ ބަލައި، ގެއްލުނު ފައިސާ ހޯދާނެ ކަމުގެ ފޮނި އުންމީދުތަކަކާ އެކުގަ އެވެ. އެގޮތުން ރިޔާސީ ކޮމިޝަނެއް އުފައްދައި، އެތައް މިލިއަން ރުފިޔާއެއް އެ މަސައްކަތަށް ހޭދަކުރި އެވެ. ނަމަވެސް ފަސް އަހަރުގެ ދައުރު ނިމިގެން ދިޔައިރު، މި މައްސަލައިގައި މާބޮޑު ކުރިއެރުމެއް ލިބިފައިނުވެ އެވެ. މިއީ ރައްޔިތުންގެ މެދުގައި ސަރުކާރުތަކަށް އޮތް އިތުބާރު ކުޑަވެގެން ދިޔަ މައިގަނޑު އެއް ސަބަބު ކަމަށް ވެސް ގިނަ ބަޔަކު ބުނެ އެވެ.

އޭގެފަހުން 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕޭން ތެރޭގައި މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު އެންމެ ބޮޑަށް ޕްރޮމޯޓް ކުރެއްވި އެއް ވައުދުފުޅަކީ ހިޔާނާތުގެ މައްސަލަތައް ބަލައި، ކޮރަޕްޝަން މި ގައުމުން ނައްތާލާނެކަމުގެ ވައުދުފުޅެވެ. އަދި ވެރިކަމަށް ވަޑައިގަތުމަށްފަހު ވެސް އެކިއެކި ޖަލްސާތަކުގައި މި ވާހަކަ ތަކުރާރު ކުރައްވަމުން ގެންދަވަ އެވެ. ޚާއްސަ ގޮތެއްގައި އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލަ ބަލައި، ފައިސާ ހޯދާނެ ވާހަކަ އެވެ. 

އެގޮތުން ޖުލައި 2024 ގައި ބޭއްވި ޕީއެންސީން ޖަލްސާއެއްގައި ރައީސް މުއިއްޒު ވިދާޅުވީ، ދައުލަތުގެ މުދާ ނަހަމަ ގޮތުގައި ވިއްކައިގެން ފައިދާ ހޯދި ފަރާތްތަކުގެ ކިބައިން އެ މުދާ އަނބުރާ ހޯދާނެ ކަމަށެވެ. 

ނަމަވެސް، ގިނަ ފަހަރަށް ރައީސް މުއިއްޒު މި ވާހަކަ ދައްކަވަނީ ސިޔާސީ މަސްރަހު ހަލަބޮލިވާ ދަނޑިވަޅުތަކުގަ އެވެ. އެކަން ވަރަށް ސާފުކޮށް މިއޮތީ މިފަހަރު މިއޮތީ ފެނިފަ އެވެ. ކުރީގެ ތިން ރައީސުން ގުޅިވަޑައިގެން ސަރުކާރާ ދެކޮޅަށް ސިޔާސީ ހަރަކާތްތައް ވަރުގަދަކުރަމުންދާ ދަނޑިވަޅެއްގައި، 14 މެއި 2026 ގައި ރައީސް މުއިއްޒު ވަނީ އެމްއެމްޕީއާރްސީ ހިޔާނާތް ފަދަ ރާއްޖޭގައި ހިންގާފައިވާ ބޮޑެތި ކޮރަޕްޝަންގެ މައްސަލަތައް ބެލުމަށް އަނެއްކާ ވެސް މިނިވަން މުއައްސަސާތަކަށް ގޮވާލައްވާފަ އެވެ. އަދި މި ހިޔާނާތުގައި އިސްކޮށް ތިބި މީހުން ދޫވެފައި ތިބި ތިބުމަށް އެމަނިކުފާނު ފާޑު ވިދާޅުވި އެވެ.

މީގެ އިތުރުން ކޮވިޑް-19 ގެ ވެންޓިލޭޓަރު ހިޔާނާތުގެ ވާހަކައަކީވެސް ރައްޔިތުން ހަނދާން ނެތޭނެ ކަމެއް ނޫން ކަމަށް ވިދާޅުވެ، އެކަމުގައި ޝާމިލުވާ ފަރާތްތަކަށް އަދަބު ދޭންޖެހޭނެ ކަމަށް ވިދާޅުވި އެވެ.

ނަމަވެސް، މި ހުރިހާ ވާހަކަތަކެއް ދައްކަވާއިރު ވެސް، އަމަލީ ގޮތުން ނަތީޖާއެއް ފެންނަން ނެތުމަކީ ސުވާލު އުފެދޭ ކަމެއް ނުންތޯ އެވެ. އެމްއެމްޕީއާރްސީގެ މައްސަލަ ބަލައި، ކުރިއަށް ގެންދަން ނުކުރޭނެ ކަަމަށް ތަކުރާރުކޮށް ކުރީގެ ރައީސް ޔާމީން ވިދާޅުވަމުން ގެންދަވާ ވާހަކަތަކުގައި ވެސް ބުރަދަނެއް ހުރިކަން ހާމަވެ އެވެ. އެއީ  މި ސަރުކާރަށް ދެ އަހަރަށް ވުރެ ގިނަ ދުވަސްވެގެން ދިޔައިރު، ތަހުގީގަށް އެއްވެސް ކުރިއެރުމެއް ލިބިފައިނުވާތީ އެވެ. 

އެހެންކަމުން މިއީ ސިޔާސީ ގޮތުން ރައީސް މުއިއްޒަށް ދަތިވާ ކޮންމެ ފަހަރަކު ރައްޔިތުންގެ ސަމާލުކަން އަނބުރާލުމަށް ބޭނުންކުރާ ހަތިޔާރެއްގެ ގޮތުގައި ބެލުމުގެ ޖާގަ އެބައޮތެއްނުންތޯއެވެ! 

އެމްއެމްޕީއާރްސީކަރަޕްޝަން ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު

ކޮމެންޓް

އިތުރަށް ކިޔާލަން

އެމްޑީޕީގެ ސިޔާސަތަކީ އެންމެން އަބަދު ހަމައިގެ ނުތިބެ، ބޮވެންވާނެ ސިޔާސަތު: ރައީސް މުއިއްޒު

އެމްޑީޕީގެ ސިޔާސަތަކީ އެންމެން އަބަދު ހަމައިގެ ނުތިބެ، ބޮވެންވާނެ ސިޔާސަތު: ރައީސް މުއިއްޒު

15 މެއި 2026
ރައީސް މުއިއްޒުގެ ކައިވެނި ރޫޅާލެވޭތޯ ވެސް އިދިކޮޅު ސިޔާސީ ފަރާތްތަކުން އުޅޭ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެ

ރައީސް މުއިއްޒުގެ ކައިވެނި ރޫޅާލެވޭތޯ ވެސް އިދިކޮޅު ސިޔާސީ ފަރާތްތަކުން އުޅޭ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެ

15 މެއި 2026
ބޭރުގެ ނޫސް ޗެނަލްތަކުން ގެގް އޯޑަރާ ޚިލާފު ކޮންޓެންޓު ދެއްކިޔަސް، އެ ކޮންޓެންޓު މަނާކުރުމުގެ ވިސްނުމެއް ސަރުކާރުގެ ނެތް، ފިޔަވަޅު އަޅަނީ ރާއްޖޭގެ ނޫސްވެރިންނަށް!

ބޭރުގެ ނޫސް ޗެނަލްތަކުން ގެގް އޯޑަރާ ޚިލާފު ކޮންޓެންޓު ދެއްކިޔަސް، އެ ކޮންޓެންޓު މަނާކުރުމުގެ ވިސްނުމެއް ސަރުކާރުގެ ނެތް، ފިޔަވަޅު އަޅަނީ ރާއްޖޭގެ ނޫސްވެރިންނަށް!

14 މެއި 2026
ނޫސްވެރިންގެ ހައްގުގައި އެމްޑީޕީން ކޮންމެ ދުވަހަކު ވެސް މުޒާހަރާ ކުރާނެ: ކުރީގެ ރައީސް ނަޝީދު

ނޫސްވެރިންގެ ހައްގުގައި އެމްޑީޕީން ކޮންމެ ދުވަހަކު ވެސް މުޒާހަރާ ކުރާނެ: ކުރީގެ ރައީސް ނަޝީދު

14 މެއި 2026
ގައުމު ސަލާމަތް ކުރުމަށް ކުރީގެ ރައީސް ސޯލިހާއި، ނަޝީދު އަދި ޔާމީން އެކުގައި ނުކުތުމަށް ގޮވާލައްވައިފި

ގައުމު ސަލާމަތް ކުރުމަށް ކުރީގެ ރައީސް ސޯލިހާއި، ނަޝީދު އަދި ޔާމީން އެކުގައި ނުކުތުމަށް ގޮވާލައްވައިފި

13 މެއި 2026

އަހަރުތަކުން މިއަދު

5 ޖޫން
ޢީދު ކުޅިވަރުތައް ބައްލަވާލެއްވުމަށް އުއްޗު ކަމަދޫއަށް
20251 އަހަރު ކުރިން
ރާއްޖެ

ޢީދު ކުޅިވަރުތައް ބައްލަވާލެއްވުމަށް އުއްޗު ކަމަދޫއަށް

އުމުރުން ދުވަސްވީ ދިވެހިން ލަންކާގައި ދެމި ތިބެވޭނެ ހުއްދަ ލިބޭތޯ ރާއްޖޭން މަސައްކަތް ކުރަނީ
20242 އަހަރު ކުރިން
ރާއްޖެ

އުމުރުން ދުވަސްވީ ދިވެހިން ލަންކާގައި ދެމި ތިބެވޭނެ ހުއްދަ ލިބޭތޯ ރާއްޖޭން މަސައްކަތް ކުރަނީ

ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަން އެމްޑީޕީ ޕީޖީން ފާސްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަން އެމްޑީޕީ ޕީޖީން ފާސްކޮށްފި

ކީރިތި ރަސޫލާއަށާއި އިސްލާމްދީނަށް ފުރައްސާރަކުރުމަކީ ދިވެހި ސަރުކާރުން އެންމެ ހަރުކަށިއިބާރާތުން ކުށްވެރިކުރާކަމެއް
20224 އަހަރު ކުރިން
ރާއްޖެ

ކީރިތި ރަސޫލާއަށާއި އިސްލާމްދީނަށް ފުރައްސާރަކުރުމަކީ ދިވެހި ސަރުކާރުން އެންމެ ހަރުކަށިއިބާރާތުން ކުށްވެރިކުރާކަމެއް

މައްސަރު ދުވަސްވަރު ބައިތިއްބަނީ ވަކި ޖިފުޓިތަކެއްގައި
20215 އަހަރު ކުރިން
ދުނިޔެ

މައްސަރު ދުވަސްވަރު ބައިތިއްބަނީ ވަކި ޖިފުޓިތަކެއްގައި

އުމުރު ތަފާތު މައްސަލަ އަށް ރައްދުވާ ފާޑުކިޔުންތަކަށް ޕްރިޔަންކާ ޖަވާބު ދީފި
20197 އަހަރު ކުރިން
ތަފާތު ޚަބަރު

އުމުރު ތަފާތު މައްސަލަ އަށް ރައްދުވާ ފާޑުކިޔުންތަކަށް ޕްރިޔަންކާ ޖަވާބު ދީފި

ޓެރަރިސްޓަކާއި ބައްދަލު ނުކުރާނަން: އެމެރިކާ އެމްބެސެޑަރ
20188 އަހަރު ކުރިން
ރާއްޖެ

ޓެރަރިސްޓަކާއި ބައްދަލު ނުކުރާނަން: އެމެރިކާ އެމްބެސެޑަރ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު