Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެނާޒިމުގެ އިތުބާރު ބަހުސް

ނާޒިމް ވަކިކުރުމުގެ މައްސަލަ: ޖަވާބުދާރީ ވާން ނާޒިމް އަށް ޖުމްލަ 10 މިނިޓު، ބަހުސް އަށް މެމްބަރަކަށް 3 މިނިޓުގެ 1 ފުރުސަތު

20 މެއި 2026 | ބުދަ 13:15

މަޖިލީހުގެ އާންމު ކޮމިޓީން ބުދަ ދުވަހު ބޭއްވި ބައްދަލުވުމުގައި، ނާޒިމްގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ބަހުސަށް ކަނޑައެޅި އެއްގަޑިއިރުގެ ތެރެއިން މެންބަރުންންގެ ބަހުސް އަށް ޖުމްލަ 50 މިނިޓު ދިނުމަށް ވަނީ ނިންމާފަ.

ނަޒާހަތު އިބްރާހިމް
ނަޒާހަތު އިބްރާހިމް | 20 މެއި 2026 | ބުދަ 13:15
ރައްޔިތުން މަޖިލީހުގެ ނައިބު ރައީސް، ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް

ރައްޔިތުން މަޖިލީހުގެ ނައިބު ރައީސް، ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް | މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމްގެ އިތުބާރު ނެތް ކަމަށް ހުށަހަޅާފައިވާ ގަރާރަށް ބަހުސް ކުރުމަށް 50 މިނިޓު އަދި ޖަވާބުދާރީ ވާން 10 މިނިޓު ދިނުމަށް މަޖިލީހުގެ އާއްމު ކޮމިޓީ އިން ނިންމައިފި އެވެ.

ބުދަ ދުވަހު ހަވީރު ބޭއްވި އާއްމު ކޮމިޓީގެ ރިޔާސަތު ބެލެހެއްޓެވީ ކޮމިޓީގެ މުގައްރިރު އަދި ހުޅުދޫ ދާއިރާގެ މެމްބަރު މުޙައްމަދު ޝާހިދު އެވެ.

ބައްދަލުވުމުގައި ހޮޅުދޫ ދާއިރާގެ މެމްބަރު އަބްދުއްސައްތާރު މުހައްމަދު ވަނީ މި މައްސަލައިގައި މަޖިލިސް ފްލޯގައި ބަހުސްކުރުމަށް ޖުމްލަ 1 ގަޑި އިރު، ބަހުސް އަށް 50 މިނިޓު ދިނުމަށް ހުށަހަޅުއްވާފަ އެވެ. އެ ވަގުތު ޕާޓީތަކުގެ މެދުގައި ބަހާލުމަށް އޭނާ ހުށަހެޅުއްވި އެވެ. 
 އާއްމުކޮށް 4 ގަޑި އިރުގެ ބަހުސް އެއްގައި މެމްބަރަކަށް ލިބެނީ 5 މިނިޓުގެ ވަގުތެއް ކަމަށް ވުމާއި އެކު މި މައްސަލައިގައި ބަހުސް ކުރުމަށް 3 މިނިޓުގެ 1 ފުރުސަތު ދިނުމަށައި ޖަވާބުދާރީވުމަށް ނާޒިމް އަށް 10 މިނިޓު ދޭން ރަނގަޅު ކަމަށް ފެންނަ ކަމަށް ވެސް މެމްބަރު ވިދާޅުވި އެވެ. 

އެ ހުށަހެޅުމަށް ދުވާފަރު ދާއިރާގެ މެމްބަރު މުހައްމަދު އަލީ ވަނީ ތާއީދު ކުރައްވާފަ އެވެ. އެ ނިންމުން  ފާސްކޮށްފައި ވަނީ ވޯޓުގައިި ބައިވެރިވި 5 މެމްބަރުން ވޯޓު ދީގެންނެވެ. 

ބުދަ ދުވަހުގެ ކޮމިޓީގައި ބައިވެރިވަޑައިގަންނަވާފައިވަނީ ހޮޅުދޫ ދާއިރާގެ މެމްބަރު އަބްދުއް ސައްތާރު މުހައްމަދު، ތިމަރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ރިޔާޒް، އަލިފުށި ދާއިރާގެ މެމްބަރު ޢަބްދުއްލަޠީފް ޢަބްދުއްރަޙްމާނު، ދުވާފަރު ދާއިރާގެ މެމްބަރު މުހައްމަދު އަލީ، މާފުށީ ދާއިރާގެ މެމްބަރު ޙުސައިން ރިޟާ އާދަމް އަދި މާވަށު ދާއިރާގެ މެމްބަރު އަހުމަދު ޝާކިރު އެވެ. ވޯޓުގައި ބައިވެރިވީ މީގެ ތެރެއިން ޕީއެންސީގެ މެމްބަރުންނެވެ.

މި މަހުގެ 14 ވަނަ ދުވަހު ނާޒިމް މަގާމުން ވަކިކުރުމުގެ ގަރާރެއް ލިބިފައިވާ ކަމަށް މަޖިލީހުގެ އިދާރާއިން ވަނީ ބުނެފަ އެވެ. އަދި އެ މައްސަލަ ގާނޫނު އަސާސީއާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެ މަތިން ކުރިއަށްގެންދާނެ ކަމަށް މަޖިލީހުގެ އިދާރާއިން ވަނީ ހަމަ އެ ދުވަހު ބުނެފަ އެވެ.

އަހްމަދު ނާޒިމް20 ވަނަ ރައްޔިތުންގެ މަޖިލީސްއަބްދުއްސައްތާރު މުހައްމަދުމުހައްމަދު ޝާހިދުހޮޅުދޫ ދާއިރާ

އިތުރަށް ކިޔާލަން

20 މެއި 2026

ދައުރު ދަންމާލައިގެން ކުރަން ޖެހޭ "މުހިއްމު މަސައްކަތަކީ" ނާޒިމް ވަކިކުރުން

20 މެއި 2026
ދައުރު ދަންމާލައިގެން ކުރަން ޖެހޭ "މުހިއްމު މަސައްކަތަކީ" ނާޒިމް ވަކިކުރުން
20 މެއި 2026

މަޖިލީހުގެ ނައިބު ރައީސް ކަމުން ނާޒިމް ވަކިކުރުން: ގަރާރަށް ބަހުސް ކުރާނެ މެންބަރުންގެ އަދަދާ، ދިފާއުގައި ވާހަކަދައްކަން ދޭނެ ވަގުތު ކަނޑައަޅަނީ

20 މެއި 2026
މަޖިލީހުގެ ނައިބު ރައީސް ކަމުން ނާޒިމް ވަކިކުރުން: ގަރާރަށް ބަހުސް ކުރާނެ މެންބަރުންގެ އަދަދާ، ދިފާއުގައި ވާހަކަދައްކަން ދޭނެ ވަގުތު ކަނޑައަޅަނީ
18 މެއި 2026

މުހިއްމު މަސައްކަތް ހުރި ކަމަށް ބުނެ މަޖިލީހުގެ ދައުރު ދަންމާލުމަށް ފަހު ތާވަލު ކުރި ފުރަތަމަ ޖަލްސާ ވެސް ކެންސަލް

18 މެއި 2026
މުހިއްމު މަސައްކަތް ހުރި ކަމަށް ބުނެ މަޖިލީހުގެ ދައުރު ދަންމާލުމަށް ފަހު ތާވަލު ކުރި ފުރަތަމަ ޖަލްސާ ވެސް ކެންސަލް
14 މެއި 2026

މީދޫ އިންތިޚާބުގެ މައްސަލަ: ހައިކޯޓުގެ ނިންމުމާއެކު އެމްޑީއޭއާއި ޕީއެންސީ ކެންޑިޑޭޓާ ވޯޓު އެއްވަރުވެއްޖެ!

14 މެއި 2026
 މީދޫ އިންތިޚާބުގެ މައްސަލަ: ހައިކޯޓުގެ ނިންމުމާއެކު އެމްޑީއޭއާއި ޕީއެންސީ ކެންޑިޑޭޓާ ވޯޓު އެއްވަރުވެއްޖެ!
14 މެއި 2026

މަޖިލީހުގެ ފުރަތަމަ ދައުރު ދިގުދަންމާލައިފި

14 މެއި 2026
 މަޖިލީހުގެ ފުރަތަމަ ދައުރު ދިގުދަންމާލައިފި
13 މެއި 2026

ބުރާސްފަތި ދުވަހުގެ ޖަލްސާއަށް ނާޒިމްގެ އިތުބާރު ނެތްކަމަށް ހުށަހަޅަނީ

13 މެއި 2026
ބުރާސްފަތި ދުވަހުގެ ޖަލްސާއަށް ނާޒިމްގެ އިތުބާރު ނެތްކަމަށް ހުށަހަޅަނީ
13 މެއި 2026

ޕީއެންސީގެ އެތެރޭގައި މި ހިނގަނީ ކޮން ކަންތައްގަނޑެއް؟

13 މެއި 2026
ޕީއެންސީގެ އެތެރޭގައި މި ހިނގަނީ ކޮން ކަންތައްގަނޑެއް؟
13 މެއި 2026

ނާޒިމް ނައިބު ރައީސްކަމުން ވަކިކުރަން ޕީއެންސީ އިން ނިންމައިފި

13 މެއި 2026
ނާޒިމް ނައިބު ރައީސްކަމުން ވަކިކުރަން ޕީއެންސީ އިން ނިންމައިފި
13 މެއި 2026

ޖަލްސާ ކެންސަލް ކުރީ ޕީއެންސީ އެތެރޭގެ ކޯޅުންގަނޑެއްގައި ނާޒިމްގެ ރިޔާސަތުގައި ޖަލްސާ ނުބޭއްވުމަށް އަންގައިގެން!

13 މެއި 2026
ޖަލްސާ ކެންސަލް ކުރީ ޕީއެންސީ އެތެރޭގެ ކޯޅުންގަނޑެއްގައި ނާޒިމްގެ ރިޔާސަތުގައި ޖަލްސާ ނުބޭއްވުމަށް އަންގައިގެން!
13 މެއި 2026

ޕީއެންސީގެ ސުޕަމެޖޯރިޓީ އޮތް މަޖިލީހުގެ ޖަލްސާގެ ކޯރަމް ހަމަ ނުވެގެން ކެންސަލް ކޮށްލައިފި

13 މެއި 2026
ޕީއެންސީގެ ސުޕަމެޖޯރިޓީ އޮތް މަޖިލީހުގެ ޖަލްސާގެ ކޯރަމް ހަމަ ނުވެގެން ކެންސަލް ކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް