Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
މަހުދީ ނިޔާވި ހާދިސާ

މަހުދީ ނިޔާވި ހާދިސާ ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފި

ވ. އަތޮޅުގައި ގެއްލުނު ފަތުރުވެރިން ހޯދުމުގެ އޮޕަރޭޝަނުގައި އުޅެނިކޮށް ޑީކޯވެގެން ނިޔާވި ސާޖަންޓް ފަސްޓް ކްލާސް މުޙައްމަދު މަހުދީގެ މަރުގެ މައްސަލަ ފުލުހުން ތަޙުޤީޤު ކުރަން ފަށައިފި. މި ހިތާމަވެރި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމުގެ މަސައްކަތް ކުރަމުންދާއިރު، މަހުދީ ނިޔާވީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް ކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދޭ. އިޓަލީގެ ޑައިވަރުންތަކެއް ގެއްލިގެން ރިޕޯޓުކުރުމާ ގުޅިގެން ފެށި މި އޮޕަރޭޝަނުގައި ހިނގި މި ހާދިސާގެ އިތުރު ތަފްސީލެއް ކަމާބެހޭ އިދާރާތަކުން އަދި ހާމައެއް ނުކުރޭ.

މަޚްތޫމް
މަޚްތޫމް, ރާއްޖެ އެމްވީ | 20 މެއި 2026 | ބުދަ 18:31
ގެއްލުނު ޑައިވަރުން ހޯދުމުގެ މަސައްކަތް ކުރަނިކޮށް ނިޔާވި އެމްއެންޑީއެފްގެ ސްޓާފް ސާޖަންޓް މުޙައްމަދު މަހުދީ

ގެއްލުނު ޑައިވަރުން ހޯދުމުގެ މަސައްކަތް ކުރަނިކޮށް ނިޔާވި އެމްއެންޑީއެފްގެ ސްޓާފް ސާޖަންޓް މުޙައްމަދު މަހުދީ | އެމްއެންޑީއެފް

އިޓަލީގެ ޑައިވަރުން ހޯދުމުގެ އޮޕަރޭޝަންގައި ސާޖަންޓް ފަސްޓް ކްލާސް މުޙައްމަދު މަހުދީ ނިޔާވި ހާދިސާ ހިނގަން މެދުވެރިވި ގޮތް ފުލުހުން ބަލަމުން އަންނަ ކަމަށް ބުނެފި އެވެ. 

ވ. އަތޮޅުގައި ފީނަން ދިޔަ ޑައިވަރުންގެ ތެރެއިން ގެއްލުނު ހަތަރު ޑައިވަރުން ހޯދުމަށް، އެމްއެންޑީއެފުން ކުރިއަށްގެންދިޔަ، ސާޗް އެންޑް ރެސްކިއު އޮޕަރޭޝަނުގައި ހޮނިހިރު ދުވަހު ޑައިވްކުރި، މަހުދީ ވަނީ ޑީކޯ ވެގެން ނިޔާވެފައި ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ. ނަމަވެސް މިކަމާ ގުޅޭ އިތުރު ތަފްސީލެއް މިހާތަނަށް އެމްއެންޑީއެފް އަދި ފުލުހުން ވެސް ދީފައި ނުވެ އެވެ. 

Advertisement - newsAdvertisement

ފުލުހުންގެ މީޑިއާ ގްރޫޕަށް ފޮނުވި މެސެޖެއްގައި ބުނީ 2026 މެއި 16 ވަނަ ދުވަހު ކުރިއަށް ގެންދިޔަ ސަރޗް އޮޕަރޭޝަންގައި ސާޖަންޓް ފަސްޓް ކްލާސް މުޙައްމަދު މަހުދީ ނިޔާވި ހިތާމަވެރި ހާދިސާ ހިނގަން މެދުވެރިވި ގޮތް ފުލުހުން ގެންދަނީ ބަލަމުންނެވެ.

އެމްއެންޑީއެފް އިން ހޮނިހިރު ދުވަހު ރިޕޯޓު ކުރި ގޮތުގައި ހާލު ދެރަވެގެން، އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެނިކޮށް ނިޔާވީ ސްޓާފް ސާޖަންޓް މުޙައްމަދު މަހުދީ އެވެ.

ޑައިވަރުން ގެއްލިގެން އުޅޭކަމުގެ ރިޕޯޓް، އެމްއެންޑީއެފް ކޯސްޓްގާޑު، މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ)އަށް ބުރާސްފަތި ދުވަހު 13:45 ހާއިރު އެވެ. 

މުޙައްމަދު މަހުދީވ. އަތޮޅުއެމްއެންޑީއެފް

ކޮމެންޓް

އިތުރަށް ކިޔާލަން

މަހުދީ މަރާގުޅޭ ޢާއްމުންގެ ސުވާލުތަކެއް. ސިފައިންގެ ވެރިޔާ ސިޔާސީ ވާހަކަތަކެއް

މަހުދީ މަރާގުޅޭ ޢާއްމުންގެ ސުވާލުތަކެއް. ސިފައިންގެ ވެރިޔާ ސިޔާސީ ވާހަކަތަކެއް

20 މެއި 2026
ހޮހަޅައިން އިޓަލީގެ ދެ މީހެއްގެ ހަށިގަނޑު ނަގައިފި

ހޮހަޅައިން އިޓަލީގެ ދެ މީހެއްގެ ހަށިގަނޑު ނަގައިފި

19 މެއި 2026
ފަޅައިގެންގޮސް ދިޔަވި ލޯންޗުން ދަތުރުކުރި ހުރިހާ ދަރިވަރުން ސަލާމަތްތެރި ކަމާއެކު މާލެ ގެނެސްފި

ފަޅައިގެންގޮސް ދިޔަވި ލޯންޗުން ދަތުރުކުރި ހުރިހާ ދަރިވަރުން ސަލާމަތްތެރި ކަމާއެކު މާލެ ގެނެސްފި

18 މެއި 2026
 ވ. އަތޮޅުގައި ޑައިވް ކުރަނިކޮށް ގެއްލުނު 4 ފަތުރުވެރިންގެ ހަށިގަނޑު ފެނިއްޖެ

ވ. އަތޮޅުގައި ޑައިވް ކުރަނިކޮށް ގެއްލުނު 4 ފަތުރުވެރިންގެ ހަށިގަނޑު ފެނިއްޖެ

18 މެއި 2026
 އެކަށީގެންވާ ތަމްރީނެއް، ވަސީލަތެއް ނެތި ސިފައިން "ރިސްކަކަށް" ހުށަހެޅުން: ރައީސް ޒިންމާ ނަންގަވަން ނުޖެހޭނެތޯ؟

އެކަށީގެންވާ ތަމްރީނެއް، ވަސީލަތެއް ނެތި ސިފައިން "ރިސްކަކަށް" ހުށަހެޅުން: ރައީސް ޒިންމާ ނަންގަވަން ނުޖެހޭނެތޯ؟

17 މެއި 2026

އަހަރުތަކުން މިއަދު

11 ޖޫން
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ނުލިބޭ މީހުންނަށް އެކަން އަންގަން ފަށައިފި
20251 އަހަރު ކުރިން
ރާއްޖެ

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ނުލިބޭ މީހުންނަށް އެކަން އަންގަން ފަށައިފި

މަދު ބަންގްލަދޭޝް މީހުން ކޮޅެއް ކުރާ މުޒާހަރާ އެއް ވީމާ އެތާކަށް ނުދާނަން: ފިޝަރީޒް މިނިސްޓަރ ޝިޔާމް
20242 އަހަރު ކުރިން
ރާއްޖެ

މަދު ބަންގްލަދޭޝް މީހުން ކޮޅެއް ކުރާ މުޒާހަރާ އެއް ވީމާ އެތާކަށް ނުދާނަން: ފިޝަރީޒް މިނިސްޓަރ ޝިޔާމް

މަންމަ މަރުވިތާ 40 ދުވަސް ފަހުން ސަލާމަތްވި ދަރިންކޮޅުގެ އިންތިޒާރުގައި މާމައާއި ކާފަ ކެތްމަދުވެފައި
20233 އަހަރު ކުރިން
ރިޕޯޓު

މަންމަ މަރުވިތާ 40 ދުވަސް ފަހުން ސަލާމަތްވި ދަރިންކޮޅުގެ އިންތިޒާރުގައި މާމައާއި ކާފަ ކެތްމަދުވެފައި

މާބްލް ޝީޓްތަކެއްގެ ތެރޭގައި ތާށިވެ ބިދޭސީއަކު މަރުވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

މާބްލް ޝީޓްތަކެއްގެ ތެރޭގައި ތާށިވެ ބިދޭސީއަކު މަރުވެއްޖެ

ސައްމެ، ވަކިވެގެން އެ ދިޔައީ މުޅި ނިލަންދޫ ރޮއްވާލާފައި!
20215 އަހަރު ކުރިން
ރިޕޯޓު

ސައްމެ، ވަކިވެގެން އެ ދިޔައީ މުޅި ނިލަންދޫ ރޮއްވާލާފައި!

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ފެމިލީ ކޯޓުގެ އިސް ފަނޑިޔާރު ސަސްޕެންޑްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ފެމިލީ ކޯޓުގެ އިސް ފަނޑިޔާރު ސަސްޕެންޑްކޮށްފި

ރޯދަހިފުން: ބަރުދަން ލުއި ކުރުމަށް އޮތް ރަނުގެ ފުރުސަތެއް
20188 އަހަރު ކުރިން
ސިއްހަތު

ރޯދަހިފުން: ބަރުދަން ލުއި ކުރުމަށް އޮތް ރަނުގެ ފުރުސަތެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު