Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކަނޑުމަތީގެ ހާދިސާ

ފަޅައިގެންގޮސް ދިޔަވި ލޯންޗުން ދަތުރުކުރި ހުރިހާ ދަރިވަރުން ސަލާމަތްތެރި ކަމާއެކު މާލެ ގެނެސްފި

ޝެރަޓަން ރިސޯޓް ކައިރިން ހިނގި މި ހާދިސާގައި ލޯންޗު ދިޔަވާން ފެށުމުން، މެރިން ޕޮލިހާއި އެމްއެންޑީއެފް ގުޅިގެން ކުރި މަސައްކަތުން ހުރިހާ ދަރިވަރުން ވަނީ ރައްކާތެރިކަމާއެކު މާލެ ގެނެސްފަ. މި ހާދިސާގައި އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައި ނުވާއިރު، ފުލުހުން މިހާރު ގެންދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް | 18 މެއި 2026 | ހޯމަ 18:19
ޅ. މަފިލާފުށިން މާލެ ދަތުރުކުރަމުން ދަނިކޮށް ފަޅައިގެންދިޔަ ލޯންޗް

ޅ. މަފިލާފުށިން މާލެ ދަތުރުކުރަމުން ދަނިކޮށް ފަޅައިގެންދިޔަ ލޯންޗް | ސޯޝަލް މީޑިއާ

ޝެރަޓަން މޯލްޑިވްސް ފުލް މޫން ރިސޯޓް އެންޑް ސްޕާ ކައިރިން ދަތުރުކުރި ލޯންޗެއް ފަޅައިގެން ގޮސް ދިޔަވި ހާދިސާގައި، އޭގެއިން ދަތުރުކުރި ހުރިހާ ދަރިވަރުން ސަލާމަތްތެރިކަމާއެކު މާލެ ގެނެސްފައިވާ ކަމަށް އެމްއެންޑީއެފް އިން ބުނެފި އެވެ.

މި ހާދިސާ ހިނގާފައިވަނީ ހޯމަ ދުވަހުގެ އިރުއޮއްސުނުހާ އިރު އެވެ. މި ލޯންޗަކީ ޅ. މާފިލާފުށީގައި ކުރިއަށްދިޔަ "ވަތަނީ ހިދުމަތުގެ ޓްރެއިނިންގ" ނިންމި ދަރިވަރުންތަކެއް ގޮވައިގެން މާލެއަށް ދަތުރުކުރަމުން ދިޔަ އުޅަނދެކެވެ.

Advertisement - newsAdvertisement

މި ހާދިސާއާ ގުޅޭގޮތުން ފުލުހުން ބުނީ، ލޯންޗެއް ފަޅައިގެން ގޮސްގެން އުޅޭކަމުގެ ރިޕޯޓު ލިބިފައިވަނީ 2026 މެއި 18 ވާ ހޯމަ ދުވަހުގެ އިރުއޮއްސި 18:04 އެހައިކަންހާއިރު ކަމަށެވެ. މި ރިޕޯޓު ލިބުމާއެކު މެރިން ޕޮލިސްގެ ދެ ލޯންޗެއް ވަގުތުން އެ ސަރަހައްދަށް ގޮސް، މީހުން ސަލާމަތްކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

އެމްއެންޑީއެފް އިން ބުނި ގޮތުގައި، ލޯންޗު ފަޅައިގެން ގޮސް ދިޔަވާން ފެށުމުން އޭގައި ތިބި ހުރިހާ ދަރިވަރުން މިހާރު ވަނީ ސަލާމަތްތެރިކަމާއެކު މާލެ ގެނެސްފައެވެ. މި ހާދިސާގައި ކަނޑުވި މީހުންގެ ތެރެއިން ބައެއް މީހުން މާލެ ގެނައުމުގައި ފުލުހުންގެ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބުނު ކަމުގެ ރިޕޯޓެއް މިހާތަނަށް ލިބިފައެއް ނުވެ އެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށްޓަކައި ފުލުހުން މިހާރު ގެންދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ. ކަނޑުމަތީގެ މިފަދަ ހާދިސާތަކުން ސަލާމަތްވުމަށްޓަކައި ދަތުރުވެރިންނާއި އުޅަނދުފަހަރު ދުއްވާ ފަރާތްތަކުން ސަލާމަތީ ފިޔަވަޅުތަކަށް ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން އަބަދުވެސް އިލްތިމާސް ކުރެ އެވެ.

ޅ. މާފިލާފުށިމާލެޝެރަޓަން މޯލްޑިވްސް ފުލް މޫން ރިސޯޓް އެންޑް ސްޕާމެރިން ޕޮލިހުންއެމްއެންޑީއެފްގައުމީ ޚިދުމަތް

އިތުރަށް ކިޔާލަން

18 މެއި 2026

ވަތަނީ ހިދުމަތުގެ ކުދިންތަކެއް ދަތުރުކުރަމުންދިޔަ ލޯންޗެއް ފަޅައިގެންގޮސްގެން ފުލުހުން ހަރަކާތްތެރިވަނީ

18 މެއި 2026
ވަތަނީ ހިދުމަތުގެ ކުދިންތަކެއް ދަތުރުކުރަމުންދިޔަ ލޯންޗެއް ފަޅައިގެންގޮސްގެން ފުލުހުން ހަރަކާތްތެރިވަނީ
17 މެއި 2026

ޖަލަށް ލާއިފަވާ ނޫސްވެރިން ދޫކޮށްލުމަށް ގޮވާލާ އެމްޑީޕީ އިން ކުރި އިހުތިޖާޖަށް ފުލުހުން ހުރަސް އަޅައިފި

17 މެއި 2026
 ޖަލަށް ލާއިފަވާ ނޫސްވެރިން ދޫކޮށްލުމަށް ގޮވާލާ އެމްޑީޕީ އިން ކުރި އިހުތިޖާޖަށް ފުލުހުން ހުރަސް އަޅައިފި
17 މެއި 2026

އެކަށީގެންވާ ތަމްރީނެއް، ވަސީލަތެއް ނެތި ސިފައިން "ރިސްކަކަށް" ހުށަހެޅުން: ރައީސް ޒިންމާ ނަންގަވަން ނުޖެހޭނެތޯ؟

17 މެއި 2026
 އެކަށީގެންވާ ތަމްރީނެއް، ވަސީލަތެއް ނެތި ސިފައިން "ރިސްކަކަށް" ހުށަހެޅުން: ރައީސް ޒިންމާ ނަންގަވަން ނުޖެހޭނެތޯ؟
17 މެއި 2026

މާލޭ ސިޓީ ކައުންސިލުން ނިންމާ ނިންމުންތަކުގެ އަސަރު މުޅި ރާއްޖޭގެ އިންތަކަށް ފޯރާނެ: އާޒިމް

17 މެއި 2026
މާލޭ ސިޓީ ކައުންސިލުން ނިންމާ ނިންމުންތަކުގެ އަސަރު މުޅި ރާއްޖޭގެ އިންތަކަށް ފޯރާނެ: އާޒިމް
16 މެއި 2026

ސްޓާފް ސާޖެންޓް މަހުދީގެ ކަށު ނަމާދު މިރޭ 22:00 ގައި އިސްލާމީ މަރުކަޒުގައި

16 މެއި 2026
ސްޓާފް ސާޖެންޓް މަހުދީގެ ކަށު ނަމާދު މިރޭ 22:00 ގައި އިސްލާމީ މަރުކަޒުގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު