Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެބޭރުގެ ޗެނަލް މަނާ

ބޭރުގެ ނޫސް ޗެނަލްތަކުން ގެގް އޯޑަރާ ޚިލާފު ކޮންޓެންޓު ދެއްކިޔަސް، އެ ކޮންޓެންޓު މަނާކުރުމުގެ ވިސްނުމެއް ސަރުކާރުގެ ނެތް، ފިޔަވަޅު އަޅަނީ ރާއްޖޭގެ ނޫސްވެރިންނަށް!

ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރާ ޚިލާފަށް ބޭރުގެ ބައެއް މީޑިއާތަކުން ކޮންޓެންޓް ފަތުރަމުންދިޔަ ނަމަވެސް، އެފަދަ ޗެނަލްތައް ރާއްޖޭގައި މަނާކުރުމުގެ ވިސްނުމެއް ނެތްކަމަށް ރައީސް އޮފީހުން ވަނީ ހާމަކޮށްފައި. ރައީސުލްޖުމްހޫރިއްޔާއަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން ނޫސްވެރިންނަށް ފިޔަވަޅު އަޅަމުންދާތީ ނޫސްވެރިންގެ ޖަމިއްޔާތަކުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ބޭރުގެ ޗެނަލްތައް ބަންދުކުރުމަކީ ކޯޓުން ނިންމާނެ ކަމެއްކަމަށް ސަރުކާރުގެ ތަރުޖަމާނު ވިދާޅުވި.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 14 މެއި 2026 | ބުރާސްފަތި 11:16
ސަރުކާރުގެ ތަރުޖަމާނު މުޙައްމަދު ހުސައިން ޝަރީފް (މުންދު)

ސަރުކާރުގެ ތަރުޖަމާނު މުޙައްމަދު ހުސައިން ޝަރީފް (މުންދު) | ރައީސް އޮފީސް

ކްރިމިނަލް ކޯޓުން ނެރެފައިވާ އަނގަ ބަންދު ކުރުމުގެ އަމުރު (ގެގް އޯޑަރ) އާ ޚިލާފު ކޮންޓެންޓު ގެނައި ނަމަވެސް، އެފަދަ ކޮންޓެންޓު ދައްކާ ބޭރުގެ ޗެނަލްތައް ރާއްޖޭގައި މަނާ ކުރުމުގެ އެއްވެސް ވިސްނުމެއް ނުގެންގުޅޭކަމަށް ސަރުކާރުން ބުނެފިއެވެ. 

ރައީސުލްޖުމްހޫރިއްޔާއަށް ތުހުމަތުތަކެއް ކޮށް އަދަދު ނޫހުން ގެނެސްދިން އައިޝާ ޑޮކިއުމެންޓްރީގެ ވާހަކަ ސީދާކޮށް ވެސް ނުސީދާކޮށް ވެސް ދެއްކުން މަނާކޮށް "މުޅި ރާއްޖެ" އަށް ކްރިމިނަލް ކޯޓުން އަމުރެއް ނެރެފައިވާއިރު،  އެ އަމުރާ ގުޅިގެން ފުލުހުންނާއި، ކޮންޓްރޯލް ކޮމިޝަނާއި، ރައީސް އޮފީސްވެސް ހިމެނޭގޮތަށް އެކި އިދާރާތަކުން ގެންދަނީ ނުސްވެރިންނަށް އަމާޒުކޮށް ފިޔަވަޅުތައް އަޅަމުންނެވެ.

އެހެންނަމަވެސް، ބޭރުގެ ބައެއް ޗެނަލްތަކުން އެ ޑޮކިއުމަންޓްރީގެ ވާހަކަ ގެންދަނީ ރިޕޯޓު ކުރަމުންނެވެ.

ވީއިރު، އެފަދަ ޗެނަލްތައް މަނާ ކުރުމަކީ ރާއްޖޭގެ ސަރވިސް ޕްރޮވައިޑަރުންނާ ގުޅިގެން މިވަގުތު ސަރުކާރުން ކުރާނެ ކަމެއްތޯ ރާއްޖެޓީވީން ވަނީ ބުރާސްފަތި ދުވަހުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މުޙައްމަދު ހުސައިން ޝަރީފް (މުންދު) އާ ސުވާލު ކޮށްފައެވެ. 

އެ ސުވާލުގެ ޖަވާބުގައި މުންދު ވިދާޅުވީ، އެފަދަ ކޮންޓެންޓު ގެނައި ނަމަވެސް، އެ ކޮންޓެންޓު ގެންނަ ބޭރުގެ ޗެނަލްތައް ރާއްޖޭގައި މަނާ ކުރުމުގެ އެއްވެސްަ ވިސްނުމެއް ނެތް ކަމަށެވެ. އަދި އެއީ ކޯޓުން ކުރާ ކަމެއްކަމަށް މުންދު ވިދާޅުވިއެވެ. 

ރައީސް މުހައްމަދު މުއިއްޒުގެ މައްޗަށް ކުރެވޭ ޖިންސީ ގޯނާ އާއި، ފުރައްސާރަ އާއި، އަދި މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ތުހުމަތުތަކާ ގުޅޭގޮތުން ޚަބަރު ފެތުރި ދެ ނޫސްވެރިއަކު ދިވެހިރާއްޖޭގައި ޖަލަށްލާފައިވާއިރު، އެކަން ކުށްވެރިކޮށް މޯލްޑިވްސް ޖަރނަލިސްޓް އެސޯސިއޭޝަންގެ އިތުރުން އިތުރު އެކިއެކި ޖަމިއްޔާ ޖަމާއަތްތަކުންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ރާއްޖޭގެ ވަކިވަކި ނޫސްވެރިންނާއި މީޑިއާތަކަށް އަމާޒުކޮށް ފިޔަވަޅުތައް އަޅަމުންދާކަމަށް އެތައް ބަޔަކު ގެންދަނީ ބުނަމުންނެވެ. 

ކްރިމިނަލް ކޯޓްރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒުއައިޝާ ޑޮކިއުމެންޓްރީމުޙައްމަދު ޙުސެއިން (ވަލޭ)އެމްޖޭއޭ

އިތުރަށް ކިޔާލަން

14 މެއި 2026

ނޫސްވެރިންގެ ހައްގުގައި އެމްޑީޕީން ކޮންމެ ދުވަހަކު ވެސް މުޒާހަރާ ކުރާނެ: ކުރީގެ ރައީސް ނަޝީދު

14 މެއި 2026
ނޫސްވެރިންގެ ހައްގުގައި އެމްޑީޕީން ކޮންމެ ދުވަހަކު ވެސް މުޒާހަރާ ކުރާނެ: ކުރީގެ ރައީސް ނަޝީދު
13 މެއި 2026

ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށް ސާބިތުވެ، ދެމީހަކު ޖަލަށްލުމަށް ހުކުމްކޮށްފި

13 މެއި 2026
ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށް ސާބިތުވެ، ދެމީހަކު ޖަލަށްލުމަށް ހުކުމްކޮށްފި
13 މެއި 2026

ގައުމު ސަލާމަތް ކުރުމަށް ކުރީގެ ރައީސް ސޯލިހާއި، ނަޝީދު އަދި ޔާމީން އެކުގައި ނުކުތުމަށް ގޮވާލައްވައިފި

13 މެއި 2026
ގައުމު ސަލާމަތް ކުރުމަށް ކުރީގެ ރައީސް ސޯލިހާއި، ނަޝީދު އަދި ޔާމީން އެކުގައި ނުކުތުމަށް ގޮވާލައްވައިފި
13 މެއި 2026

ދެ ނޫސްވެރިއަކު ޖަލަށްލުމަކީ ޑިމޮކްރެޓިކް ވެރިކަމެއްގެ އަސާސްތަކަށް ދެވޭ ވަރަށް ބޮޑު ހަމަލާ އެއް: ޓްރާންސްޕޭރެންސީ

13 މެއި 2026
ދެ ނޫސްވެރިއަކު ޖަލަށްލުމަކީ ޑިމޮކްރެޓިކް ވެރިކަމެއްގެ އަސާސްތަކަށް ދެވޭ ވަރަށް ބޮޑު ހަމަލާ އެއް: ޓްރާންސްޕޭރެންސީ
13 މެއި 2026

ޝަރުއީ ދާއިރާ ސިޔާސީވެފައިވާކަން ފާހަގަކޮށް އެމްޖޭއޭއިން ގޮވާލީ ރައީސަށް ކުރެވޭ ތުހުމަތުތަކުގެ މިނިވަން ތަހުގީގެއް ހިންގަން!

13 މެއި 2026
ޝަރުއީ ދާއިރާ ސިޔާސީވެފައިވާކަން ފާހަގަކޮށް އެމްޖޭއޭއިން ގޮވާލީ ރައީސަށް ކުރެވޭ ތުހުމަތުތަކުގެ މިނިވަން ތަހުގީގެއް ހިންގަން!
13 މެއި 2026

ކުޑަކުދިންތަކަކަށް ޖިންސީގޯނާކުރި މީހެއްގެ މައްޗަށް ކުށްސާބިތުވެ 15 އަހަރަށް ޖަލަށް!

13 މެއި 2026
ކުޑަކުދިންތަކަކަށް ޖިންސީގޯނާކުރި މީހެއްގެ މައްޗަށް ކުށްސާބިތުވެ 15 އަހަރަށް ޖަލަށް!
13 މެއި 2026

އަދަދު ނޫހުގެ "އައިޝާ ޑޮކިއުމެންޓްރީ" އަށްފަހު ފެންނާން ފެށި އަނެއް ފަރާތް

13 މެއި 2026
އަދަދު ނޫހުގެ "އައިޝާ ޑޮކިއުމެންޓްރީ" އަށްފަހު ފެންނާން ފެށި އަނެއް ފަރާތް
13 މެއި 2026

ދޫ ބަންދު ކުރުމަކީ އެއްވެސް ޒަމާނެއްގައި އެއްވެސް ވެރިއަކަށް ކާމިޔާބު ކުރެވުނު ކަމެއް ނޫން: ކުރީގެ މެންބަރު އިބްރާހިމް ރަޝީދު

13 މެއި 2026
ދޫ ބަންދު ކުރުމަކީ އެއްވެސް ޒަމާނެއްގައި އެއްވެސް ވެރިއަކަށް ކާމިޔާބު ކުރެވުނު ކަމެއް ނޫން: ކުރީގެ މެންބަރު އިބްރާހިމް ރަޝީދު
13 މެއި 2026

ކޯޓުތަކުގެ ޤާނޫނު އޮތް ގޮތުން ގެގް އޯޑަރ ފަދަ އަމުރުތައް ނެރުމުގެ ބާރު ކްރިމިނަލް ކޯޓަކަށް ނެތް!

13 މެއި 2026
ކޯޓުތަކުގެ ޤާނޫނު އޮތް ގޮތުން ގެގް އޯޑަރ ފަދަ އަމުރުތައް ނެރުމުގެ ބާރު ކްރިމިނަލް ކޯޓަކަށް ނެތް!
12 މެއި 2026

ނޫސްވެރިންނަށް ކުރި ޖަލު ހުކުމަކީ ބިރުވެރި އިންޒާރެއް: ޝާހިދު

12 މެއި 2026
ނޫސްވެރިންނަށް ކުރި ޖަލު ހުކުމަކީ ބިރުވެރި އިންޒާރެއް: ޝާހިދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު