Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
މުޒާހަރާ

ނޫސްވެރިންގެ ހައްގުގައި އެމްޑީޕީން ކޮންމެ ދުވަހަކު ވެސް މުޒާހަރާ ކުރާނެ: ކުރީގެ ރައީސް ނަޝީދު

ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއަޅައި ނޫސްވެރިން ހައްޔަރުކުރާތީ، އެ ހައްގުތަކުގެ ދިފާއުގައި އެމްޑީޕީން ކޮންމެ ދުވަހަކު މުޒާހަރާ ކުރާނެ ކަމަށް ނަޝީދު ވިދާޅުވި. ބުދަ ދުވަހުގެ ރޭ ބޭއްވި މުޒާހަރާގައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ، ސަރުކާރުން ނޫސްވެރިންނަށް ބިރުދެއްކުމަކީ ގައުމުގެ އިގްތިސާދަށް ވެސް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމެއް ކަމަށް. މި މުޒާހަރާގެ ތެރެއިން ހައްޔަރުކުރި ނޫސްވެރިން މިނިވަންކުރުމަށް ގޮވާލާފައިވާއިރު، ފުލުހުން ބާރުގެ ބޭނުންކޮށްގެން މުޒާހަރާ ރޫޅާލައި 10 މީހަކު ވަނީ ހައްޔަރު ކޮށްފައިވޭ.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 14 މެއި 2026 | ބުރާސްފަތި 06:25
ނޫސްވެރިންގެ ހައްގުގައި ކުރިއަށް ގެންދިޔާ މުޒާހަރާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވާހަކަ ދައްކަވަނީ.

ނޫސްވެރިންގެ ހައްގުގައި ކުރިއަށް ގެންދިޔާ މުޒާހަރާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވާހަކަ ދައްކަވަނީ. | އަދަދު

ނޫސްވެރިންގެ ހައްގުގައި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ކޮންމެ ދުވަހަކު ވެސް މުޒާހަރާ ކުރާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ބުދަ ދުވަހުގެ ރޭ ކުރިއަށް ގެންދިޔަ މުޒާހަރާގައި ހުންނަވައި ނަޝީދު ވިދާޅުވީ ރާއްޖޭގެ ފެހި ގާނޫނު އަސާސީން ރައްޔިތުންނަށް ފޯރުކޮށްދޭ އެއް ހައްގަކީ ހިޔާލު ފާޅު ކުރުމުގެ މިނިވަންކަމާއި، ނޫސްވެރިކަމުގެ މިނިވަންކަން ކަމަށެވެ. އަދި މި ހައްގުތަކަށް އަރައި ނުގަނެވޭނެ ކަމަށް އެމަނިކުފާނު ތަކުރާރުކޮށް ވިދާޅުވި އެވެ.

Advertisement - newsAdvertisement

ނަމަވެސް ރައީސް މުއިއްޒުގެ ސަރުކާރުން ނޫސްވެރިއަކު ކުރާ ސުވާލަކާ ގުޅިގެން އެ ނޫސްވެރިޔާ ހިފާ ހައްޔަރު ކުރާ ކަމަށާއި، މިއީ ބަލައިގަންނާނެ ކަމެއް ނޫން ކަަމަށް ނަޝީދު ވިދާޅުވި އެވެ. އަދި ވިދާޅުވީ ނޫސްވެރިންގެ ހައްގުގައި އެމްޑީޕީން ކޮންމެ ދުވަހަކު ވެސް މުޒާހަރާ ކުރާނެ ކަމަށެވެ.

މީގެ އިތުރުން ނަޝީދު ވިދާޅުވީ މިކަމުގެ ނޭދެވޭ އަސަރު ފެންނާނެ ކަމަށާއި، ރާއްޖޭގެ ފުދުންތެރިކަމަށް ނުހަނު ބޮޑަށް ލޮޅުން އަރާނެ ކަމަށެވެ.

ބުދަ ދުވަހުގެ ރޭ ކުރިއަށް ގެންދިޔަ މުޒާހަރާގައި ގިނަ އަދަދެއްގެ އާއްމު ރައްޔިތުން ބައިވެރިވެފައިވެ އެވެ. ރައީސް މުއިއްޒުގެ އިސްތިއުފާ އަށް ގޮވާލާފައިވާއިރު، 12 މެއި 2026 ގަައި ޖަލަށްލި އަދަދުގެ ދެ ނޫސްވެރިން ކަމުގައިވާ ލީވާން އަލީ ނަސީރާއި މުހައްމަދު ޝަހުޒާން ވަގުތުން މިނިވަން ކުރުމަށް ގޮވާލާފައިވެ އެވެ. 

މި މުޒާހަރާ ހޫނުވެ، ބާރުގެ ބޭނުން ކޮށްގެން މުޒާހަރާ ރޫޅާލިއިރު، 10 މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ. 

މުހައްމަދު ނަޝީދުމޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީލީވާން އަލީ ނާސިރުމުޙައްމަދު ޝަހުޒާންޕްރެސް ފްރީޑަމްރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒުމުޒާހަރާ

ކޮމެންޓް

އިތުރަށް ކިޔާލަން

ނޫސްވެރިން ދޫކޮށްލަން ގޮވާލާ މާލޭގައި ކުރި މުޒާހަރާއިން 10 މީހަކު ހައްޔަރުކުރި!

ނޫސްވެރިން ދޫކޮށްލަން ގޮވާލާ މާލޭގައި ކުރި މުޒާހަރާއިން 10 މީހަކު ހައްޔަރުކުރި!

14 މެއި 2026
ނޫސްވެރިން ދޫކޮށްލަން ގޮވާލާ މާލޭގައި މުޒާހަރާކޮށްފި

ނޫސްވެރިން ދޫކޮށްލަން ގޮވާލާ މާލޭގައި މުޒާހަރާކޮށްފި

13 މެއި 2026
ގައުމު ސަލާމަތް ކުރުމަށް ކުރީގެ ރައީސް ސޯލިހާއި، ނަޝީދު އަދި ޔާމީން އެކުގައި ނުކުތުމަށް ގޮވާލައްވައިފި

ގައުމު ސަލާމަތް ކުރުމަށް ކުރީގެ ރައީސް ސޯލިހާއި، ނަޝީދު އަދި ޔާމީން އެކުގައި ނުކުތުމަށް ގޮވާލައްވައިފި

13 މެއި 2026
ދެ ނޫސްވެރިއަކު ޖަލަށްލުމަކީ ޑިމޮކްރެޓިކް ވެރިކަމެއްގެ އަސާސްތަކަށް ދެވޭ ވަރަށް ބޮޑު ހަމަލާ އެއް: ޓްރާންސްޕޭރެންސީ

ދެ ނޫސްވެރިއަކު ޖަލަށްލުމަކީ ޑިމޮކްރެޓިކް ވެރިކަމެއްގެ އަސާސްތަކަށް ދެވޭ ވަރަށް ބޮޑު ހަމަލާ އެއް: ޓްރާންސްޕޭރެންސީ

13 މެއި 2026
ދޫ ބަންދު ކުރުމަކީ އެއްވެސް ޒަމާނެއްގައި އެއްވެސް ވެރިއަކަށް ކާމިޔާބު ކުރެވުނު ކަމެއް ނޫން: ކުރީގެ މެންބަރު އިބްރާހިމް ރަޝީދު

ދޫ ބަންދު ކުރުމަކީ އެއްވެސް ޒަމާނެއްގައި އެއްވެސް ވެރިއަކަށް ކާމިޔާބު ކުރެވުނު ކަމެއް ނޫން: ކުރީގެ މެންބަރު އިބްރާހިމް ރަޝީދު

13 މެއި 2026

އަހަރުތަކުން މިއަދު

4 ޖޫން
ދީނުގެ ތެރެއަށް ގެންނަ އައު ކަންކަން ބަލައިނުގަތުމަށް އަރަފާތު ޚުތުބާ ގައި ގޮވާލައިފި
20251 އަހަރު ކުރިން
އިސްލާމް

ދީނުގެ ތެރެއަށް ގެންނަ އައު ކަންކަން ބަލައިނުގަތުމަށް އަރަފާތު ޚުތުބާ ގައި ގޮވާލައިފި

އިންޑިއާގެ ބޮޑުވަޒީރު މޯދީ މަގާމުން އިސްތިއުފާ ދެއްވައިފި
20242 އަހަރު ކުރިން
ދުނިޔެ

އިންޑިއާގެ ބޮޑުވަޒީރު މޯދީ މަގާމުން އިސްތިއުފާ ދެއްވައިފި

ރޮނާލްޑޯގެ ޓީމު ރެލިގޭޓްވެއްޖެ
20233 އަހަރު ކުރިން
ކުޅިވަރު

ރޮނާލްޑޯގެ ޓީމު ރެލިގޭޓްވެއްޖެ

މީގެ 70 އަހަރުކުރިން އިނގިރޭސީންގެ ރަސްކަމުގެ ތަޚުތަށް ރާނީ، އިސްވެވަޑައިގަތުމުގެ މުނާސަބަތު ދިވެހިރާއްޖޭގައި ކުލަގަދަ ގޮތެއްގައި ފާހަގަކުރުން!
20224 އަހަރު ކުރިން
ކޮލަމް

މީގެ 70 އަހަރުކުރިން އިނގިރޭސީންގެ ރަސްކަމުގެ ތަޚުތަށް ރާނީ، އިސްވެވަޑައިގަތުމުގެ މުނާސަބަތު ދިވެހިރާއްޖޭގައި ކުލަގަދަ ގޮތެއްގައި ފާހަގަކުރުން!

ސަލާމަތްވާން ލިއުޝާ ވަރަށް މަސައްކަތްކުރި، އެންޑީއޭގެ ޒިންމާކޮބާ؟
20215 އަހަރު ކުރިން
ރިޕޯޓު

ސަލާމަތްވާން ލިއުޝާ ވަރަށް މަސައްކަތްކުރި، އެންޑީއޭގެ ޒިންމާކޮބާ؟

ފިރިމީހާ، ލިއަމްއާ އެކު ހިނގާފައި ދަނިކޮށް މައިލީ ސައިރަސް ގަޔަށް އަތްލާ ފުރައްސާރަކޮށްފި
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ފިރިމީހާ، ލިއަމްއާ އެކު ހިނގާފައި ދަނިކޮށް މައިލީ ސައިރަސް ގަޔަށް އަތްލާ ފުރައްސާރަކޮށްފި

ނިހާން އިންޑިއާއަށް ވަޑައިގަތުމުން އެޤައުމަށް ނާރުވާ ބޭރުކޮށްލައިފި!
20188 އަހަރު ކުރިން
ރާއްޖެ

ނިހާން އިންޑިއާއަށް ވަޑައިގަތުމުން އެޤައުމަށް ނާރުވާ ބޭރުކޮށްލައިފި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު