Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު

ރައީސް މުއިއްޒުގެ ކައިވެނި ރޫޅާލެވޭތޯ ވެސް އިދިކޮޅު ސިޔާސީ ފަރާތްތަކުން އުޅޭ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެ

ޕީއެންސީގެ ހަރުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ އިދިކޮޅު ފަރާތްތަކުން އެމަނިކުފާނުގެ އާއިލީ ދިރިއުޅުމާ ބެހޭގޮތުން ދޮގު ވާހަކަ ފަތުރަމުންދާ ކަމަށް ވިދާޅުވެ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައި. އިދިކޮޅު ފަރާތްތަކަކީ ޒިންމާދާރުކަމެއް ނެތް، އަމިއްލަ މަންފާއަށް މަސައްކަތްކުރާ ބައެއްގެ ގޮތުގައި ސިފަކުރައްވަމުން، ސަރުކާރުގެ ސިޔާސަތުތަކަށް ރައްދުދޭނެ އިތުރު ގޮތެއް ނެތުމުން ޒާތީ ކަންކަމާ ބެހެނީ ކަމަށް ރައީސް ފާހަގަކުރެއްވި.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 15 މެއި 2026 | ހުކުރު 08:58
ޕީއެންސީން ބޭއްވި ޚާއްސަ ތަރާވީހުގައި ރައީސް ޑރ.މުހައްމަދު މުއިއްޒު އާއި ، އެމަނިކުފާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ބައިވެރިވެވަޑައިގަންނަވަނީ. ފައިލް ފޮޓޯ

ޕީއެންސީން ބޭއްވި ޚާއްސަ ތަރާވީހުގައި ރައީސް ޑރ.މުހައްމަދު މުއިއްޒު އާއި ، އެމަނިކުފާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ބައިވެރިވެވަޑައިގަންނަވަނީ. ފައިލް ފޮޓޯ | ޕީއެންސީ

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކައިވެނި ރޫޅާލެވޭތޯ ވެސް އިދިކޮޅު ސިޔާސީ ފަރާތްތަކުން އުޅޭ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެ އެވެ. 

ބުރާސްފަތި ދުވަހުގެ ރޭ ޕީއެންސީން ބޭއްވި ހަރުގެ ޖަލްސާގައި ރައީސް މުއިއްޒު ވަނީ އިދިކޮޅު ސިޔާސީ ޕާޓީތަކާއި، ބޭފުޅުންނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. 

Advertisement - newsAdvertisement

އިދިކޮޅު ސިޔާސީ ފަރާތްތަކަށް އިޝާރާތް ކުރައްވައި އެމަނިކުފާނުގެ ކައިވެނި ރޫޅާލެވޭތޯ ވެސް އިދިކޮޅުން މަސައްކަތް ކުރާ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ. 

އަޅުގަނޑުގެ އަންހެނުން އަޅުގަނޑާ ދުރުކުރެވޭތޯ މިމީހުން މާ ބޯޑަށް އެބައުޅޭ. ދެން އަޅުގަނޑު ސާޖީގާތުގައި އަހާލާފިން މިއީ ކިހިނެއްވާ ކަމެއް ބާއޭ އަނެއްކާ. މިހާރު އިނގިރޭސިވިލާތަށް އަޅުގަނޑުގެ ދަރިފުޅު ކައިރިއަށް މާ ކުރިން މީގެ ދޮޅު މަހެއްހާ ކުރިން ޕްލޭން ކޮށްފައި އޮތް ދަތުރެއް ގޮސް އެ ވެސް ގޮސް މި ބަދަލުވީ މިމީހުން ބޭނުންވާ ކޮންމެވެސް ނެރޭޓިވްއަކަށް. މިއީ މިހެން އޮންނަ ކަމެއް ނޫނެއް މިއީ. ބަޔަކު ވާހަކަ ދައްކާ ގޮތް އެއީ ހަގީގަތަކަށް ވާކަށް ނުޖެހޭނުންތޯ. އެމީހުން މިހާރު އަޅުގަނޑުމެން ދެމީހުން ދުރުކޮށް ނިންމާ ހުރިހާ ކަމެއް ކޮށް ނިންމައިފި.  
ރައީސް ޑރ.މުހައްމަދު މުއިއްޒު

ރައީސް މުއިއްޒުގެ ކައިވެނި ރޫޅާލެވޭތޯ ވެސް އިދިކޮޅު ސިޔާސީ ފަރާތްތަކުން އުޅޭ ކަމަށް އެމަނިކުފާނު ވިދާޅުވިއިރު، އިދިކޮޅު ފަރާތްތަކުން ގޮވާލަމުން ދަނީ ޑޮކިއުމަންޓްރީގެ މައްސަލައާ ގުޅިގެން ހައްޔަރުކުރި ނޫސްވެރިން މިނިވަން ކުރުމަށެވެ. އަދި ޑޮކިއުމަންޓްރީގެ ވާހަކަ ނުދެއްކުމަށް ކްރިމިނަލް ކޯޓުން މުޅި ރާއްޖެއަށް ނެރިފައިވާ ގެގް އޯޑަރ އަކީ މިނިވަން ނޫސްވެރިކަމާއި، ހިޔާލު ފާޅު ކުރުމުގެ މިނިވަން ކަމަށް ސަރުކާރުން އަޅާފައިވާ ހުރަހެއް ކަމަށެވެ. އަދި މި ހައްގުތަކަށް އަރައިނުގަނެވޭނެ ކަމަށާއި، އެ ކޯޓު އަމުރު ބާތިލް ކުރުމަށް ސިޔާސީ އިދިކޮޅު ފަރާތްތަކާއި، ގިނަ އާއްމު ރައްޔިތުން ދަނީ ގޮވާލަމުންނެވެ.

މި މައްސަލަތަކާ ގުޅިގެން ކޮންމެ ރެއަކު މާލޭގައި މުޒާހަރާ ކުރަމުންދާއިރު، މިއިން އެއްވެސް ކަމަކަށް ބެއްލެވުމެއް ނެތި، ރައީސް މުއިއްޒު އިތުރަށް ވިދާޅުވީ ޑިމޮކްރަސީގެ ވާހަކަ ދައްކާއިރު އިދިކޮޅުގަ ޒިންމާދާރު ބަޔަކު ނެތް ކަމަށާއި، ގައުމާއި ދީނާ މެދު ނުވިސްނާ ކަމަށާއި، ހަމަ ހިތުހުރި ގޮތަކަށް މަސައްކަތް ކުރާ ކަމަށެވެ. އަދި އިދިކޮޅު ފަރާތްތަކަކީ ފުރުސަތު ލިބޭ ކޮންމެ ފަހަރަކު އަމިއްލަ މަންފާއަށް މަސައްކަތް ކުރާ ބައެއްގެ ގޮތުގައި ސިފަކުރެއްވި އެވެ.

ރައީސް މުއިއްޒު ވިދާޅުވީ، މި ސަރުކާރުގެ ސިޔާސަތުތަކަށާއި، ކުރާ މަސައްކަތާއެކު ނެރެމުންދާ ނަތީޖާއަށް އިދިކޮޅުން ދޭނެ ރައްދެއް ނެތް ކަމަށެވެ. އަދި މި ސަރުކާރުގެ އަމާޒަކީ ގައުމަށް ހެވާއި ލާބަ ލިބޭނެ ކަންކަން ކުރުން ކަމަށާއި މީގެ ތެރެއިން ކޮރަޕްޝަން ނައްތާލުމަށް ހަގީގީ މާނައިގައި މަސައްކަތް ކުރާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. 

ނަމަވެސް މިހާތަނަށް މިސަރުކާރުގައި ކޮރަޕްޝަންގެ ތުހުމަތު ކުރެވުނު އެއްވެސް ބޭފުޅެއްގެ މައްސަލަ ބަލާފައިނުވެ އެވެ. 

ޕީއެންސީޕްރެސް ފްރީޑަމްކްރިމިނަލް ކޯޓްކަރަޕްޝަން އަނގަ ބަންދުކުރުމަށް ނެރޭ އަމުރުރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު

އިތުރަށް ކިޔާލަން

14 މެއި 2026

އެމްޑީޕީ އިން ބުރާސްފަތި ދުވަހުގެ ރޭ ކުރި މުޒާހަރާގެ ބައިވެރިން ގަޔަށް، ފުލުހުން އިންޒާރު ދިނުމެއް ނެތި ޕެޕަރ ސްޕްރޭ ޖަހާ އެކަކު ހައްޔަރު

14 މެއި 2026
އެމްޑީޕީ އިން ބުރާސްފަތި ދުވަހުގެ ރޭ ކުރި މުޒާހަރާގެ ބައިވެރިން ގަޔަށް، ފުލުހުން އިންޒާރު ދިނުމެއް ނެތި ޕެޕަރ ސްޕްރޭ ޖަހާ އެކަކު ހައްޔަރު
14 މެއި 2026

ކޯޓުން ދޫކޮށްލަން އަމުރުކުރި މީހަކު 7 ގަޑިއިރު ފަހުންވެސް ބަންދުގައި

14 މެއި 2026
ކޯޓުން ދޫކޮށްލަން އަމުރުކުރި މީހަކު 7 ގަޑިއިރު ފަހުންވެސް ބަންދުގައި
14 މެއި 2026

އަދަދު ނޫސް ރައީސް އޮފީހަށް ނުވައްދަން ނިންމި ނިންމުން ސަރުކާރުގެ ތަރުޖަމާނަކަށް ސާފެއް ނޫން

14 މެއި 2026
އަދަދު ނޫސް ރައީސް އޮފީހަށް ނުވައްދަން ނިންމި ނިންމުން ސަރުކާރުގެ ތަރުޖަމާނަކަށް ސާފެއް ނޫން
14 މެއި 2026

އަނގަ ބަންދުކުރާ އަމުރު މޯލްޑިވްސް ޖަރނަލިސްޓް އެސޯސިއޭޝަނުން އިސްތިއުނާފުކޮށްފި

14 މެއި 2026
އަނގަ ބަންދުކުރާ އަމުރު މޯލްޑިވްސް ޖަރނަލިސްޓް އެސޯސިއޭޝަނުން އިސްތިއުނާފުކޮށްފި
14 މެއި 2026

ބޭރުގެ ނޫސް ޗެނަލްތަކުން ގެގް އޯޑަރާ ޚިލާފު ކޮންޓެންޓު ދެއްކިޔަސް، އެ ކޮންޓެންޓު މަނާކުރުމުގެ ވިސްނުމެއް ސަރުކާރުގެ ނެތް، ފިޔަވަޅު އަޅަނީ ރާއްޖޭގެ ނޫސްވެރިންނަށް!

14 މެއި 2026
ބޭރުގެ ނޫސް ޗެނަލްތަކުން ގެގް އޯޑަރާ ޚިލާފު ކޮންޓެންޓު ދެއްކިޔަސް، އެ ކޮންޓެންޓު މަނާކުރުމުގެ ވިސްނުމެއް ސަރުކާރުގެ ނެތް، ފިޔަވަޅު އަޅަނީ ރާއްޖޭގެ ނޫސްވެރިންނަށް!
ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު