Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެނާޒިމްގެ އިތުބާރުނެތްކަމުގެ މައްސަލަ

ބުރާސްފަތި ދުވަހުގެ ޖަލްސާއަށް ނާޒިމްގެ އިތުބާރު ނެތްކަމަށް ހުށަހަޅަނީ

ރައީސުލްޖުމްހޫރިއްޔާ އެންގެވި އެންގެވުމާ އެއްގޮތަށް އިސްތިއުފާ ނުދެއްވުމާ ގުޅިގެން، މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމްގެ އިތުބާރު ނެތްކަމުގެ މައްސަލަ 24 މެންބަރުންގެ ސޮޔާއެކު ހުށަހެޅުމަށް ޕީއެންސީގެ ޕީޖީ ގްރޫޕުން ވަނީ ނިންމާފަ. މި ފިޔަވަޅު އަޅާފައިވަނީ ރައީސް މުއިއްޒުގެ ސީދާ އިރުޝާދުގެ ދަށުން ކަމަށްވާއިރު، މީގެ ކުރިން ނާޒިމް ވަނީ މަޖިލީހުގެ މުހިންމު ކޮމިޓީތަކުންނާއި ޕާޓީގެ މުއާސަލާތީ ގްރޫޕްތަކުން ވެސް ވަކިކޮށްފަ. ނާޒިމް މަގާމުން ވަކިކުރުމުގެ ރަސްމީ މަސައްކަތް ބުރާސްފަތި ދުވަހުގެ ޖަލްސާއަށް ހުށަހެޅުމަށް މިހާރު ވަނީ ތައްޔާރުވެފަ.

މަޚްތޫމް
މަޚްތޫމް | 13 މެއި 2026 | ބުދަ 15:19
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (ވ) އަދި މަޖިލީހުގެ ނައިބު ރައީސް ނާޒިމް (ކ) ޕީއެންސީ މެންބަރުންނާއެކު.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (ވ) އަދި މަޖިލީހުގެ ނައިބު ރައީސް ނާޒިމް (ކ) ޕީއެންސީ މެންބަރުންނާއެކު. | ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް އެ މަގާމުން ވަކިކުރުމަށް ސަރުކާރު ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ބުރާސްފަތި ދުވަހު އޮންނަ މަޖިލީހުގެ ޖަލްސާއަށް ހުށަހަޅަން ނިންމައިފި އެވެ. 

އިތުބާރުހުރި ފަރާތަކުން ރާއްޖެއެމްވީއަށް މައުލޫމާތު ދެމުން ބުނީ ނާޒިމްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަނީ، އޭނާ މަޖިލީހުގެ ނައިބު ރައީސް ކަމުން އިސްތިއުފާ ދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެންގެވި ނަމަވެސް އިސްތިއުފާ ނުދެއްވުމާއި ގުޅިގެންނެވެ. އަދި އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލަ ބުރާސްފަތި ދުވަހު އޮންނަ މަޖިލީހުގެ ޖަލްސާއަށް ހުށަހެޅުމަށް ބޭނުންވާ މެންބަރުންގެ ސޮއި ހަމަކޮށްފައިވާ ކަމަށް މައުލޫމާތު ދިން ފަރާތުން ބުނެފައިވެ އެވެ. 

ބުރާސްފަތި ދުވަހުގެ ޖަލްސާގެ އެޖެންޑާ ވެސް މަޖިލީހުގެ އިދާރާއިން ވަނީ އާންމުކޮށްފަ އެވެ. ބުރާސްފަތި ދުވަހުގެ ޖަލްސާ ތާވަލުކޮށްފައިވަނީ ހެނދުނު 9:00 ގަ އެވެ. 

މައުލޫމާތު ދިން ފަރާތުން ބުނީ 24 މެންބަރުންގެ ސޮއި ހަމަކޮށް ނާޒިމްގެ އިތުބާރު ނެތްކަމުގެ މައްސަލަ ވެއްދުމަށް މިހާރު ވަނީ ތައްޔާރުވެފަ އެވެ. އަދި މިކަން ކުރަމުންދަނީ ސީދާ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުފުޅުގެ ދަށުންނެވެ. 

ނާޒިމް މަޖިލީހުގެ ނައިބު ރައީސް ކަމުން ވަކިކުރަން ޕީއެންސީގެ ޕީޖީ ގްރޫޕުން ނިންމީ ބުދަ ދުވަހުގެ ހެނދުނު 11:15 ގައި ބޭއްވި އެ ޕާޓީގެ ޕީޖީ ގްރޫޕްގެ ބައްދަލުވުމުގަ އެވެ.

މަޖިލީހުގެ ގަވާއިދު ބުނާގޮތުން މަޖިލީހުގެ ނައިބު ރައީސް ވަކިކުރުމުގެ މައްސަލައެއް ހުށަހެޅޭނީ މަދުވެގެން 24 މެންބަރުންގެ ސޮޔާއެކުގަ އެވެ. މަޖިލީހުގެ ސުޕަރ މެޖޯރިޓީ އޮތް ޕީއެންސީގައި މިހާރު 75 މެންބަރުން ތިއްބަވަ އެވެ.

ނާޒިމް މަގާމުން ވަކިކުރަން ޕީއެންސީގެ ޕީޖީން ނިންމާފައި މިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މެންބަރުންނަށް އިރުޝާދު ދެއްވުމަށް ގެންގުޅުއްވާ ވަޓްސްއެޕް ގްރޫޕުން އޭނާ ބޭރުކޮށްލެއްވިތާ މަދު ގަޑިއިރުތަކެއްގެ ތެރޭގަ އެވެ. ރައީސްގެ އެ ގްރޫޕުން ނާޒިމް ބޭރުކޮށްލާފައިވަނީ މިއަދު ހެނދުނު 6:00 އެހާކަންހާއިރު އެވެ. ނަމަވެސް އޭނާ ގްރޫޕުން ބޭރުކުރި ސަބަބެއް ނުވަތަ ނައިބު ރައީސްކަމުން ވަކިކުރަން އުޅޭ ސަބަބެއް މިހާތަނަށް އެ ޕާޓީން އިންވެސް ޕީއެންސީ ޕީޖީ އިން ވެސް ރަސްމީކޮށް ހާމަކޮށްފައެއް ނުވެ އެވެ.

ނާޒިމާ މެދު ފިޔަވަޅު އެޅުމުގެ މަސައްކަތް ފަށާފައިވާއިރު، މިދިޔަ މަހުގެ ތެރޭގައި ވަނީ މަޖިލީހުގެ އެންމެ ބާރުގަދަ ދެ ކޮމިޓީ ކަމަށްވާ މާލިއްޔަތު ކޮމިޓީ އާއި ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އިން ވެސް އޭނާ ވަކިކޮށްފަ އެވެ. މީގެ އިތުރުން ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ވަޓްސްއެޕް ގްރޫޕުން ވެސް މިހާރު ވަނީ އޭނާ ބޭރުކޮށްލާފަ އެވެ.

އަހްމަދު ނާޒިމްޕީއެންސީޑރ. މުޙައްމަދު މުޢިއްޒުރައްޔިތުންގެ މަޖިލިސްދިއްގަރު ދާއިރާ

އިތުރަށް ކިޔާލަން

13 މެއި 2026

ޕީއެންސީ އަށް ނިސްބަތްވާ 9 މެމްބަރެއްގެ ގޮނޑި ވަނީ ގެއްލިފަ، ފެށޭ ހަފްތާގަ ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާނަން: އަލީ ހުސެއިން

13 މެއި 2026
 ޕީއެންސީ އަށް ނިސްބަތްވާ 9 މެމްބަރެއްގެ ގޮނޑި ވަނީ ގެއްލިފަ، ފެށޭ ހަފްތާގަ ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާނަން: އަލީ ހުސެއިން
13 މެއި 2026

ޕީއެންސީގެ އެތެރޭގައި މި ހިނގަނީ ކޮން ކަންތައްގަނޑެއް؟

13 މެއި 2026
ޕީއެންސީގެ އެތެރޭގައި މި ހިނގަނީ ކޮން ކަންތައްގަނޑެއް؟
13 މެއި 2026

ނާޒިމް ނައިބު ރައީސްކަމުން ވަކިކުރަން ޕީއެންސީ އިން ނިންމައިފި

13 މެއި 2026
ނާޒިމް ނައިބު ރައީސްކަމުން ވަކިކުރަން ޕީއެންސީ އިން ނިންމައިފި
13 މެއި 2026

ޖަލްސާ ކެންސަލް ކުރީ ޕީއެންސީ އެތެރޭގެ ކޯޅުންގަނޑެއްގައި ނާޒިމްގެ ރިޔާސަތުގައި ޖަލްސާ ނުބޭއްވުމަށް އަންގައިގެން!

13 މެއި 2026
ޖަލްސާ ކެންސަލް ކުރީ ޕީއެންސީ އެތެރޭގެ ކޯޅުންގަނޑެއްގައި ނާޒިމްގެ ރިޔާސަތުގައި ޖަލްސާ ނުބޭއްވުމަށް އަންގައިގެން!
13 މެއި 2026

ޕީއެންސީގެ ސުޕަމެޖޯރިޓީ އޮތް މަޖިލީހުގެ ޖަލްސާގެ ކޯރަމް ހަމަ ނުވެގެން ކެންސަލް ކޮށްލައިފި

13 މެއި 2026
ޕީއެންސީގެ ސުޕަމެޖޯރިޓީ އޮތް މަޖިލީހުގެ ޖަލްސާގެ ކޯރަމް ހަމަ ނުވެގެން ކެންސަލް ކޮށްލައިފި
13 މެއި 2026

މަޖިލީހުގެ ނައިބު ރައީސް ނާޒިމް ޕީއެންސީގެ ވަޓްސްއެޕް ގްރޫޕުން ބޭރުކޮށްލައިފި

13 މެއި 2026
މަޖިލީހުގެ ނައިބު ރައީސް ނާޒިމް ޕީއެންސީގެ ވަޓްސްއެޕް ގްރޫޕުން ބޭރުކޮށްލައިފި
13 މެއި 2026

ކޯރަމް ހަމަނުވެގެން މިއަދުގެ ޖަލްސާ ފެށުން ފަސްކޮށްފި

13 މެއި 2026
ކޯރަމް ހަމަނުވެގެން މިއަދުގެ ޖަލްސާ ފެށުން ފަސްކޮށްފި
12 މެއި 2026

އޭޑީއެޗްޑީ ބޭސް ނުލިބޭ މައްސަލަ އެމްޑީޕީގެ މެންބަރު ކުޑޫ ހުށަަހަޅައި މަސައްކަތް ކުރިއަށްދަނިކޮށް ކުއްލިގޮތަކަށް ރައީސް މުއިއްޒުގެ ގަރާރަކުން އެކަން ކުރައްވަން ނިންމަވައިފި

12 މެއި 2026
އޭޑީއެޗްޑީ ބޭސް ނުލިބޭ މައްސަލަ އެމްޑީޕީގެ މެންބަރު ކުޑޫ ހުށަަހަޅައި މަސައްކަތް ކުރިއަށްދަނިކޮށް ކުއްލިގޮތަކަށް ރައީސް މުއިއްޒުގެ ގަރާރަކުން އެކަން ކުރައްވަން ނިންމަވައިފި
12 މެއި 2026

އަދަދެއް ނުހުއްޓުވޭނެ، ސަރުކާރު ޖަވާބުދާރީކުރާނަން، ޖަލުން ނުކުންނަނީ ގަލަން ހިފައިގެން: ފިޔާޒު

12 މެއި 2026
އަދަދެއް ނުހުއްޓުވޭނެ، ސަރުކާރު ޖަވާބުދާރީކުރާނަން، ޖަލުން ނުކުންނަނީ ގަލަން ހިފައިގެން: ފިޔާޒު
12 މެއި 2026

ހަބަރެއް ލިޔެގެންނާއި ސުވާލު ކޮށްގެން، ލީވާން 10 ދުވަހަށް، ޝަހުޒާން 15 ދުވަހަށް ޖަލަށް ލުމަށް ހުކުމްކޮށްފި

12 މެއި 2026
ހަބަރެއް ލިޔެގެންނާއި ސުވާލު ކޮށްގެން، ލީވާން 10 ދުވަހަށް، ޝަހުޒާން 15 ދުވަހަށް ޖަލަށް ލުމަށް ހުކުމްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު